ޑރ މުހައްމަދު މުއިއްޒު އިހަވަންދޫ ޖަލްސާގައި/ ފޮޓޯ: ޕީޕީއެމް
ހަބަރު
13 Aug 2023 | 22:49
ރައީސް ޔާމީންގެ ތަރައްގީގެ ރަން ޒަމާން އަނބުރާ ގެންނާނަން: ޑރ މުއިއްޒު

ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ވެރިކަމެއްގައި ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމު ގެނެސްދެއްވި ތަރައްގީ މުޅި ޤައުމަށް ގެނެސްދެއްވާނެކަމަށް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ޑރ މުއިއްޒު މިފަދައިން ވިދާޅުވެފައި ވަނީ އެމަނިކުފާނު ތިލަދުންމައްޗަށް ކުރައްވާ ކެމްޕޭނު ދަތުރުފުޅުގައި ހއ އިހަވަންދޫއަށް ވަޑައިގެން ރައްޔިތުންނާއި މުޚާބަތުކުރައްވާ ވާހަކަދައްކަވަމުން ނެވެ.

ޑރ މުއިއްޒު ވިދާޅުވީ ޕީޕީއެމް-ޕީއެންސީއަކީ ތަރައްގީގެ ފިކުރުގެ މީހުން ކަމަށެވެ. އެއީ ރައީސް ޔާމީންގެ ވެރިކަމުގައި ޤައުމަށް ގެނެސްދެއްވި އަގުނުކުރެވޭ ތަރައްގީގެ ހިއްސާދާރުން ކަމަށެވެ.

އަދި މިހާރު ވެސް މަސައްކަތްޕުޅު ކުރައްވަނީ އެ ފިކުރުގައި، އެމަނިކުފާނުގެ ވިސްނުންފުޅާއި އެއްގޮތަށް ކަމަށާއި، ރައްޔިތުންގެ ވޯޓުލިބި ރިޔާސީ އިންތިޚާބު ކާމިޔާބުވެއްޖެ ނަމަ ރައީސް ޔާމިނުގެ ތަރައްގީގެ ރަން ޒަމާން އަނބުރާ ގެނެސްދެއްވާނެކަމަށް ޑރ މުއިއްޒު ވިދާޅުވި އެވެ.

"ރައީސް ޔާމިނަކީ ތަރައްގީ މި ގައުމަށް މީގެކުރިން ދުވަހަކުވެސް ނުފެންނަވަރަށް ގެނެސްދެއްވި ތަރައްގީގެ ބާނީ. އެމަނިކުފާނުގެ ފަރާތުން އަޅުގަނޑުމެންނަށް މި ކަންކަން ދަސްވެފައި ވަނީ. އެހެންވީމާ ޔަގީންކުރައްވަންވީ ކަމަކީ އަޅުގަނޑުމެންނަށް ރައްޔިތުން އިތުބާރުކޮށް މިކަން ހަވާލުކޮށްފި ނަމަ މި ޤައުމުން ފެނިގެން ދާނީ ތަރައްގީގެ ރަން ޒަމާނެއް، އެމަނިކުފާނުގެ ލަފަޔާއި އިރުޝާދާއި އެކީގައި އަޅުގަނޑުމެން ގެންނަތަނޭ"

ޑރ މުޙައްމަދު މުއިއްޒު 

ޑރ މުއިއްޒު ވިދާޅުވީ އެމަނިކުފާނު ގެންގުޅުއްވަނީ ދިވެހިރާއްޖޭގެ ކުރިމަގަށް ރައީސް ޔާމީން އެކުލަވާލި މެނިފެސްޓޯކަމަށެވެ. އެއީ ރައްޔިތުންގެ ގިނަ މައްސަލަތަކުގެ ޙައްލުކަމަށާއި، ތަރައްގީގެ މަސައްކަތްތައް ކުރައްވަމުން ގެންދަވާނީ ރައީސް ޔާމީންގެ ލަފާފުޅާއި އިރުޝާދާއި އެކުގައި ކަމަށް ޑރ މުއިއްޒު ވިދާޅުވި އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
06 Aug 2026
ކޯޓްތަކަށް ސަރުކާރުން ނުފޫޒު ނުފޯރުވާކަން އެންމެ ރަނގަޅަށް އެނގޭނީ ޔާމީނަށް: އަބްދުއްރަހީމް
"ކޯޓުތަކަށް މި ސަރުކާރުން ނުފޫޒު ނުފޯރުވާކަން އެންމެ ރަނގަޅަށް އެނގިވަޑައިގަންނަވާނީ ރައީސް ޔާމީނަށް، އެންމެ ރަނގަޅަށް އެނގިވަޑައިގަންނަވާނީ ރައީސް ޔާމީނަށް," އަބްދުއްރަހީމް ވިދާޅުވި އެވެ.
06 Aug 2026
ދަތިތައް ހުރިނަމަވެސް ވައުދުތައް ފުއްދައިދޭނަން: ރައީސް ޑރ.މުއިއްޒު
ދަތިތަކާއެކުވެސް ރައްޔިތުންނަށް ވީ ވައުދުތައް 2028 ވަނަ އަހަރުގެ ފުރަތަމަ ހަމަސްދުވަހުގެ ތެރޭގައި ފުއްދަވާނޭކަމަށް ރައީސް ވިދާޅުވިއެވެ
05 Aug 2026
ގޮނޑުހޮވައި މަގުމަތިވެގެން އުޅޭ ހާހެއްހާ ކުދިން މާލެ ސަރަހައްދުގައި
އާޒިމް ވިދާޅުވީ މާލެ ސަރަހައްދުގައި އުޅޭ މިފަދަ ކުދިން އަލުން މުޖުތަމައުއަށް ނެރުމަށް އެންޑީއެމްއޭ އާއި ފުލުހުންނާއި، މާލެސިޓީ ކައުންސިލް އަދި ސަރުކާރު ގުޅިގެން މަސައްކަތްތަކެއް ކުރަންޖެހޭކަމަށެވެ
05 Aug 2026
ފަރުމަސްވެރި ކަމަށް ހާއްސަކޮށް އަޅާ ފުރަތަމަ އައިސްޕްލާންޓް އުކުޅަހުގައި
މިއީ ފަރުމަސްވެރި ކަމަށް ހާއްސަކޮށްގެން އަޅާ ކުދި އައިސްޕްލާންޓު ތަކުގެ ތެރެއިން ފުރަތަމަ އައިސްޕްލާންޓެވެ.
05 Aug 2026
އުކުޅަހުން އެދުނީ އަގުހެޔޮކޮށް ތެޔޮ ލިބޭނެ އިންތިޒާމެއް ހަމަޖައްސައިދިނުމަށް
މި ބައްދަލުކުރެއްވުން ކުރިއަށްދިޔައީ މިއަދު މެންދުރު އުކުޅަހު ކޮންވެންޝަން ސެންޓަރުގެ އިދާރާގަ އެވެ.
05 Aug 2026
އެމްޑީޕީގެ މުޒާހަރާގެ މައިގަނޑު މަގްސަދަކީ ރާއްޖޭގެ ހާލަތު ބަދަލުކުރުން: ޝިފާޒް
އެމްޑީޕީން ކުރިއަށްގެންދާ މި މުޒާހަރާ ފެށުމަށް ހަމަޖެހިފައިވަނީ އޮގަސްޓް 13 ވަނަ ދުވަހުގެ ރޭ 20:30 ގައި މަޖީދީމަދު ސޯޝަލް ސެންތަރު ކައިރިން ކަމަށް އެޕާޓީން ބުނެއެވެ
05 Aug 2026
'ޕާލް ރެސިޑެންސް" އާ ގުޅިގެން އިލްމުވެރިންގެ ގުޅުމުން މަޝްވަރާ ބައްދަލުވުންތަކެއް ކުރިއަށްގެންދަނީ
ޕާލް ރެސިޑެންސް ޕްރޮގްރާމާ ގުޅޭގޮތުން ސަރުކާރުން ބުނެފައިވަނީ، މިއީ ރާއްޖެއަށް ގެއްލުންވާ ބީދައިން ކުރިއަށްގެންދާ ޕްރޮގްރާމެއް ނޫންކަމަށެވެ
05 Aug 2026
ނިޔާވި ފަރާތްތަކުގެ އެކައުންޓަށް ޖަމާވި ފައިސާ ރިކަވާވޭ
ނިޔާވެފައިވާ 700 ވުރެ ގިނަ މީހުންގެ އެކައުންޓަށް ޖަމާކޮށްފައިވާ 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ރިކަވާ ކުރެވެމުންދާ ކަމަށް އެންސްޕާގެ ސީއީއޯ އާމިނަތު ޝިރުނާ ވިދާޅުވެއްޖެ އެވެ.