ލިވަރޕޫލް ބިމާ ހަމަވިއިރު ޕީއެސްޖީ އަށް ފަސޭހަ މޮޅެއް

04 Oct 2018 | 07:17

މި ސީޒަނުގެ ހުރިހާ މުބާރާތެއްގައި ވެސް މޮޅު ކުޅުމެއް ދައްކަމުން އަންނަ ލިވަޕޫލް މައްޗައް ނަޕޯލީއިން ކުރި ހޯދައިފިއެވެ.

ޗެންޕިއަންސް ލީގުގައި ނަޕޯލީ އަދި ލިވަޕޫލް ބައްދަލުކުރި މެޗު ނަޕޯލީއިން ކާމިޔާބު ކޮށްފައިވަނީ މެޗުގެ 90 ވަނަ މިނެޓުގައި އިންސީނިއޭ ޖަހައިދިން ލަނޑުންނެވެ.

މި މެޗުގައި ރީތި ކުޅުމެއް ކުޅެ ގިނަ ވަގުތު ބޯޅަ ގެންގުޅެ ގިނަ ހަމަލާތަކެއް އުފައްދާފައިވަނީ ނަޕޯލީއިންނެވެ. ލިވަޕޫލުގެ ފަރާތުން މި މެޗުގައި ފެނުނު ދަށް ކުޅުމުގެ ސަބަބުން ގިނަ ބަޔަކު ވަނީ ހައިރާން ކުރުވާފައެވެ.

ސަލާހުއަށް މިދިޔަ ސީޒަނުގަ ދެއްކި މޮޅު ކުޅުން މި ސީޒަނުގަ ތަކުރާރު ނުކުރެވޭތަން މިހާތަނަށް ލިވާޕޫޕް ކުޅުނު ހުރިހާ މެޗަކުންވެސް ވަނީ ފާހަގަ ކުރެވިފައެވެ.

މި ގުރޫޕުގައި ދެން ކުޅެވުނު މެޗުގައި ކްރެވީނާ ކޮޅަށް 6 ލަނޑު ޖަހައި ޕީއެސްޖީ އިން ވަނީ ފަސޭހަކަމާއެކު މޮޅުވެފައެވެ.

ޕީއެސްޖީގެ ފަރާތުން ފެނުނު ލަނޑުތައް އެ ޓީމަށް ކާމިޔާބުކޮށް ދީފައިވަނީ ނޭމާ، ކަވާނީ، ޑި މާރިއާ އަދި އެމްބައްޕޭއެވެ. ނޭމަރ ވަނީ މި މެޗުގައި 3 ލަނޑު ޖަހައި ހެޓްރިކް ހަދާފައެވެ.

ކްރެވީނާގެ ފަރާތުންވެސް މި މެޗުގައި ވަނީ ލަނޑެއް ފެނިފައިވެއެވެ. މި ލަނޑު އެޓީމަށް ޖަހައިދިނީ މާކޯ މަރިންއެވެ.

މިފަހަރުގެ ޗެންޕިއަންސް ލީގުގައި ގުރޫޕް އޮފް ޑެތްގެ ނަމުން މަޝްހޫރު ގުރޫޕް ސީ ގެ އެއްވަނައިގަ އޮތީ 4 ޕޮއިންޓާއެކު ނަޕޯލީއެވެ. ޕޮއިންޓުގެ ގޮތުން އެއްވަރު ވިނަމަވެސް ލަނޑުގެ ތަފާތުން 3 ޕޮއިންޓާއެކު ގުރޫޕުގެ ދެވަނަ ލިބެނީ ޕީއެސްޖީއަށެވެ. ލިވަޕޫލް އޮތީ ތިންވަނައިގައެވެ.  

Advertisement

ކޮމެންޓް

Advertisement