ހުޅުމާލެ އިން ގޯތި ދޫކުރާ ސަރަހައްދު
ހަބަރު
14 Aug 2023 | 09:19
ގޯތި ލިބޭމީހުންގެ ފައިނަލް ލިސްޓު ނެރެ، މާދަމާ ގޯތިތައް ދޫކުރާނެ

މާލޭ ރައްޔިތުންނަށް ގޯތި ދިނުމަށް ޚާއްސަ  ކޮށްގެން ހިންގި ބިންވެރިޔާ ސްކީމްގެ ދަށުން ނެރުނު ގޯތި ލިބޭ މީހުންގެ ލިސްޓު ފައިނަލް ކޮށް ރޭ އެލިސްޓު ނެރެ، މާދަމާ ގޯތިތައް ދޫކުރަން ފަށާނެ ކަމަށް މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ ހައުސިންގެ އެންޑް އިންފްރާންސްޓްރަކްޗަރ އިން ބުނެފިއެވެ.

ރޭ އެމިނިސްޓްރީ އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެމިނިސްޓްރީ އިން ބުނެފައިވަނީ މާދަމާ ހުޅުމާލެއިން ނެގޭ ގޯތިތަކުގެ އިން ވަކި ކޮށްދިނުމުގެ މަސައްކަތް ކުރިއަށް ގެންދާނެ ކަމަށެވެ.

ރޭ އެ މިނިސްޓްރީން ކުރިއަށްގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަދި ފްލެޓް ކޮމިޓީގެ ޗެއާމަން އަކްރަމް ކަމާލުއްދީން ވިދާޅުވީ، ގޯތި ލިބޭ ފަރާތްތަކުގެ ގުރުއަތުލުން ބާއްވަން ހަމަޖެހިފައި ވަނީ އަންގާރަ ދުވަހު ކަމަށެވެ.

ބިންވެރިޔާ ސްކީމްގެ ދަށުން ގޯއްޗަށް އެދުނު މީހުންގެ ތެރެއިން ޝަރުތު ހަމަވާ އެންމެންނަށް ގޯތި ދޭން ނިންމާ ލިސްޓު އާންމުކުރީ ޖޫން 26 ވަނަ ދުވަހުއެވެ. އަންގާރަ ދުވަހު ގޯތި ދޫކުރަން ފެށި ނަމަވެސް ހުޅުމާލެ ފިޔަވައި ދެން ގޯތި ދޭން ބިން ކަނޑައަޅާފައިވާ ގުޅިފަޅާއި ގިރާވަރުފަޅު އަދި ހިއްކައި ނުނިމެއެވެ.

ބިންވެރިޔާ ސްކީމްގެ ދަށުން ގޯއްޗަށް އެދި ހުށައެޅުމަށް ހުޅުވާލުމުން 15،164 ފޯމު ހުށަހަޅާފައިވާއިރު އޭގެ ތެރޭގައި ވަކި ފަރުދުން އަދި އެކަކަށް ވުރެ ގިނަމީހުން ބައިވެރިވެރިވާ  ގޮތުގައި ޖުމްލަ 23،088 މީހުން ހިމެނެއެވެ. މީގެ ތެރެއިން 19،858 މީހުން ގޯއްޗަށް ޝަރުތު ހަމަވެއެވެ. ގޯތި ލިބޭ މީހުންގެ ވަގުތީ ލިސްޓުގައި 10،314 މީހުން ހިމެނެއެވެ.

ރޭ ގޯތި ލިބޭ މީހުންގެ ދާއީމީ  ލިސްޓް އާއްމު ކޮށްފައިވަނީ އެކަކަށްވުރެ ގިނަ މީހުން ބައިވެރިވާ ގޮތައް ހުށައަޅަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލުމަށް ފަހުގައެވެ. އޭގެ ތެރޭގައި ވަކި ފަރުދުން އަދި އެކަކަށް ވުރެ ގިނަމީހުން ބައިވެރިވެރިވާގޮތުގައި ޖުމްލަ 23،088 މީހުން ހިމެނެއެވެ. މީގެ ތެރެއިން 19،639 މީހުން ޝަރުތު ހަމަވެއެވެ. .

ގޯތި ލިބޭ މީހުންގެ ދާއިމީ ލިސްޓުގައި 18,955 މީހުން ހިމެނޭއިރު ގޯތި ނުލިބޭ ލިސްޓުގައި 684 ފަރާތެއް ހިމެނެއެވެ. މީގެ ތެރޭގައި ހިމެނެނީ 18 އަހަރާއި 25 އަހަރާއި ދެމެދުގެ ކައިވެނި ނުކޮށް ތިބި ދަރިންވެސް ނެތް މީހުންކަން ފާހަގަކޮށްލަން ޖެހެވެ.

ޕްލޭނިން މިނިސްޓްރީގެ ޑިރެކްޓަރު މުހައްމަދު އާރިފް ވިދާޅުވީ، ގޯތި ލިބޭ ތަންތަނަށް ކަނޑައަޅަނީ ބަކެޓަކަށް ކަރުދާސްކޮޅު އަޅާ އޭގެ ތެރެއިން ނެގޭ ތަނަކުން ކަމަށެވެ. މީގެ ތެރޭގައި ހުޅުމާލެ އާއި ގުޅިފަޅުން އަދި ގިރާވަރު ފަޅުން ނެގޭ ގޯތިތައް ހިމެނޭ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އަދި ގުރުއަތު ކަރުދާސް ކޮޅާއެކު، ގޯތި ހުންނާނެ ތަންވެސް ހާމަ ކުރައްވާނެ ކަމަށް އާރިފް ވިދާޅުވިއެވެ. އަދި ގުޅީފަޅުން ގޮތި ލިބޭ މީހުންގެެވެސް ގޯތި ކަނޑާ ދިނުމުގެ މަސައްކަތް ކުރިއަށް ގެންދާނެ ކަމަށްވެސް އާރިފް ވިދާޅުވިއެވެ.

އަކްރަމް ވިދާޅުވީ، ގޯތިތައް ދެނީ ރެޖިސްޓަރ ކުރުމަށްފަހު، އިންވެސް ވަކިކޮށްފައި ކަމުން، ސަރުކާރު ބަދަލުވި ކަމުގައިވިޔަސް، ޤާނޫނީ ހުރަހެއް ނޯންނާނެ ކަމަށެވެ.

ހުޅުމާލެ އިން 1،351 ގޯތި ދޫކުރަން ނިންމާފައިވާއިރު، ގުޅީފަޅުން 2،218 ގޯތި އަދި ގިރާވަރުފަޅުން 5،432 ގޯތި ދޫކުރަން ނިންމާފައި ވެއެވެ. މީގެ ތެރެއިން ހުޅުމާލެ އިން ދޫކުރާ ގޯތިތައް ދޫކުރާނީ ހުޅުމާލޭ ދެވަނަ ފިޔަވަހިންނެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
ހިމަބިހީގެ އިތުރު 13 ކޭސް، ޖުމްލަ އަދަދު 199 އަށް
އެޗްޕީއޭ އިން ބުނީ މިދިޔަ ހަފްތާގައި ހިމަބިހީގެ 13 ކޭސް މާލެ ސަރަހައްދުން ފެނިފައިވާ ކަމަށެވެ.
04 Aug 2026
ނުރަނގަޅު ތަޞައްވުރު ފެތުރުން ހުއްޓާލުމަށް ކަސްޓަމްސްއިން އިލްތިމާސްކޮށްފި
ރާއްޖެއަށް އެތެރެކުރުން މަނާތަކެތި ބޯޑަރުން އެތެރެވިޔަނުދީ ހިފެހެއްޓުމަކީ ކަސްޓަމްސްގެ ޤާނޫނީ ޒިންމާއެއް ކަމަށާއި، އެ މަސައްކަތާމެދު ރައްޔިތުންގެ މެދުގައި ނުރަނގަޅު ތަޞައްވުރެއް އުފެދޭގޮތަށް ޢަމަލުނުކުރުމަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން އިލްތިމާސްކޮށްފިއެވެ.
04 Aug 2026
ބީއެމްއެލްގެ ހިންގުމުގެ އޮނިގަނޑަށް ބޮޑެތި ބަދަލުތަކެއް ގެނެސްފި
ބީއެމްއެލްއިން ބުނީ މި ބަދަލުތަކަކީ ބޭންކުގެ ޒިންމާދާރުކަން އިތުރުކުރުމަށާއި، ކަސްޓަމަރުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް ފަސޭހަކޮށް، ދެމެހެއްޓެނިވި ކުރިއެރުމެއް ހޯދުމަށް އެކުލަވާލާފައިވާ ދިގު މުއްދަތުގެ އިސްތިރާތީޖީގެ ދަށުން ގެނައި ބަދަލުތަކެއް ކަމަށެވެ. މިގޮތުން ގެނައި ބަދަލުތަކާއެކު އެގްޒެކެޓިވް ޓީމުގެ ހަތަރު މެންބަރަކު ވަނީ ކުރިއަށް އޮތް ހަ މަސް ދުވަހުގެ މުއްދަތަށް އާ މަގާމުތަކަކާ ހަވާލުވެފައެވެ.
04 Aug 2026
ވީއައިއޭއާއި މާމަހި ލައުންޖް ވޯލްޑް ޓްރެވަލް އެވޯޑްސް އަށް ނޮމިނޭޓްވެއްޖެ
ވޯލްޑް ޓްރެވަލް އެވޯޑްސް 2026 ގެ ޝަރަފުވެރި ދެ ކެޓަގަރީއަކުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓާއި މާމަހި އެގްޒެކެޓިވް ލައުންޖް ނޮމިނޭޓްވެއްޖެއެވެ.
04 Aug 2026
އެސްޖޭ މިސްކިތް ލަސްވުމުން ކުންފުނީގެ ދިފާޢުގައި ޝަހީމް ނުކުންނަވައިފި
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހުޅުމާލެ އުތުރު ދާއިރާގެ މެންބަރު ޙުސައިން ޝަރީފު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ވަޒީރު ވިދާޅުވީ، އެ މިސްކިތް ބިނާކުރުމުގެ ކަންކަމާގުޅޭ އިދާރީ މަސައްކަތާއި އަދި މިސްކިތުގެ ޑިޒައިނާއި ގުޅިގެން، މަސައްކަތްކުރިއަށް ގެންދާ ކުންފުންޏަށް ބޮޑެތި ދަތިތަކާ ކުރިމަތިލާންޖެހިފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރު ސުވާލުކުރެއްވި އިރު މިސްކިތުގެ މައްސަލަ ހައްލުވިތާ 4 މަސް ފާއިތުވެ ހިނގައްޖެ
މެމްބަރުގެ ސުވާލަށް ޖަވާބުދެއްވަމުން މިނިސްޓަރު ޝަހީމް ވިދާޅުވީ، ތުޅާދޫ މިސްކިތް ހުރި ސަރަހައްދުން ގަބުރުތައް ނަގައި ސާފްކޮށް ނިމިގެންދިޔަ ރޯދަމަހު އެ މިސްކިތުގައި ނަމާދުކުރަން ފަށާފައިވާކަމަށެވެ
04 Aug 2026
ޣައްޒާގައި ބޭއްވޭ އެންމެ ބޮޑު އެއް ޖަނާޒާ މިއަދު
އިސްރާއީލުގެ ނިރުބަވެރި ބާރުތަކުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކުގައި ޝަހީދުކޮށްލާފައިވާ އެއް އާއިލާއަކަށް ނިސްބަތްވާ 112 މީހެއްގެ ހަށިގަނޑު ވަޅުލުމަށް ބާއްވާ ބޮޑު ޖަނާޒާ މިއަދު ބޭއްވުމަށް ތައްޔާރުވެއްޖެއެވެ. މިއީ މި ޤަތުލްއާއްމު ފެށުނު ފަހުން ބޭއްވޭ އެންމެ ބޮޑު އެއް ޖަނާޒާއެވެ.
04 Aug 2026
މި ދައުރުގައި ޤުރުއާނާ ބެހޭ މަރުކަޒުގެ މަސައްކަތްތައް ހުރިހާ ރަށަކަށް ފުޅާކުރެވޭނެ
މި ދައުރުގެ ތެރޭގައި ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުގެ މަސައްކަތްތައް މުޅި ރާއްޖެއަށް ފުޅާ ކުރެވިގެންދާނެ ކަމަށް އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ މުހައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.