ފާރިސްގެ ކެމްޕެއިން އިފްތިތާޙްކުރަމަށް ބޭއްްވި ޖަލްސާގެ ތެރެއިން--ފޮޓޯ/ ވޮއިސް
ހަބަރު
14 Aug 2023 | 10:16
ވެރިކަން ލިބިއްޖެ ނަމަ ބަރަހަނާ ވެބްސައިޓްތައް ބްލޮކްކޮށް ސްޕާތައް ބަންދު ކުރާނަން: ފާރިސް

ރާއްޖޭގައި ހިންގަމުންދާ ބަރަހަނާ ވެބްސައިޓްތައް ބްލޮކްކޮށް، ސްޕާގެ ނަމުގައި ހިންގަމުންދާ މަސާޖު ޕާލަރުތައް ބަންދު ކުރަން މި އަހަރުގެ ރިޔާސީ އިންތިހާބުގައި އަމިއްލަ ގޮތުން ވާދަކުރައްވާ ފާރިސް މައުމޫން ވައުދުވެއްޖެއެވެ.

ރޭ ފާރިސްގެ ކެމްޕެއިން ރަސްމީކޮށް ލޯންޗުކުރުމަށް ބޭއްވި ޖަލްސާގައި ވަނީ އޭނާގެ ރިޔާސީ ބައެއް ވައުދުތައް ހާމަކުރައްވާފައެވެ.  

އެގޮތުން އިސްލާމް ދީނުގެ ރިވެތި އަޚްލާގު ދިވެހިންގެ ކިބައިގައި އަށަގެންނެވުމަށް ކުރައްވާނެ ކަންކަމަށް ވައުދުވެވަޑައިގެންނެވި ކަންކަމުގެ ތެރޭގައި އިސްލާމްދީނުގެ ރިވެތި އުސޫލުތައް ދަމަހައްޓާ ފަތުވާ މަޖިލިސް ބާރުވެރި ކުރުވުން ހިމެނެއެވެ. 

އަދި ސްޕާގެ ނަމުގައި ހިންގާ ނުރަނގަޅު ތަންތަން ބަންދުކޮށް ރެގިއުލޭޓް ކުރުމާއި ބަރަހަނާ ވެބްސައިޓުތައް ރާއްޖޭގައި ބްލޮކް ކުރުމަށްވެސް ވަނީ ވައުދުވެވަޑައިގެންފައެވެ.

ބައިނަލްއަޤްވާމީ އުސޫލުތަކާއި އެއްގޮތަށް ހެޔޮ ވެރިކަމެއް ކުރުމަށް ފަންނީ ޤާބިލް މީހުން އައްޔަން ކުރުމާއި، އެންމެންގެ ބައިވެރިވުމާއެކު ދެފުށް ފެންނަ އުސޫލެއްގެ ތެރެއިން ވެރިކަން ކުރުމަށް ވަޢުދުވެވަޑައިގެންފައިވެއެވެ. 

މީގެ އިތުރުން، ރައްޔިތުންގެ މަޖިލީސް މެންބަރެއްގެ ހިދުމަތް ރައްޔިތުން އެދޭ ފެންވަރެއްގައި ނުކުރެވޭނަމަ، އެ މެންބަރެއްގެ އިތުބާރު ނެތް ކަމުގެ ވޯޓު ނަގަން ޕެޓިޝަނެއް ހުށަހަޅާ، އޭނާ މަގާމުން ދުރުކުރެވޭނެ އިންތިޒާމް ގާއިމް ކުރުމާއި، މެންބަރުންގެ ހުންނަން ޖެހޭ ޝަރުތު މުރާޖައާކޮށް، ހުންނަން ޖެހޭ ތައުލީމީ ފެންވަރު މަތި ކުރުންވެސް ފާރިސްގެ ރިޔާސީ ވަޢުދުތަކުގެ ތެރޭގައި ހިމެނެއެވެ. 

އަދި ރާއްޖެ ސިޔާސަތު ކަނޑައަޅާ ތަންފީޒުކުރުމާއި، ބޭކާރު ޚަރަދު ކުޑަކުރުމާއި، އާސަންދަ އާއި އެންސްޕާގެ ދަށުން އެހީދޭ އުސޫލު ދެފުށް ފެންނަ ގޮތަށް އެކުލަވާ އާންމު ކުރަންވެސް މެނިފެސްޓޯ ވަޢުދެއްގެ ގޮތުގައި ހިމަނާފައިވެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
12 Sep 2026
މޫސުން ވަރަށް ގޯސްވެއްޖެ. ބައެއް ސަރަހައްދުތަކަށް ޔެލޯ އެލާޓް
ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ފިޔަވައި އެހެން ދަތުރުތައް ނުކުރުމަށާއި، ދަތުރަށް ފުރުމުގެ ކުރިން މޫސުމާ ބެހޭ އެންމެ ފަހުގެ މަޢުލޫމާތު ހޯދައި، ސަލާމަތީ ވަސީލަތްތައް ފުރިހަމައަށް ހުރިތޯ ޔަޤީންކުރުމަށް ކަމާބެހޭ ފަރާތްތަކުން ވަނީ އަންގާފައެވެ
12 Sep 2026
ބްރިޖު ރައްކާތެރިކޮށް ރަނގަޅު ގޮތުގައި ބެލެހެއްޓުމަށް ގުޅިގެން މަސައްކަތް ކުރުމަށް ސަފީރު ގޮވާލައްވައިފި
މި ދެ ބޯޓު ވަނީ ދިޔަވެ، މާލެ އަތޮޅުގެ އިރުން، ރާއްޖޭގެ ސަރަހައްދުން 30 ނޯޓިކަލްމޭލު ބޭރަށް މިރޭގެ ވަގުތެއްގައި އަޑިއަށް ގޮސްފަ އެވެ.
11 Sep 2026
ބްރިޖަށް އުރުނު ދެ ބޯޓް ދިޔަވެ އަޑިއަށް ހިނގައްޖެ
ސިނަމާލެ ބްރިޖަށް ރޭ އުރުނު ދެ ބޯޓް ދިޔަވެ މިރޭ އަޑިއަށް ހިނގައްޖެ އެވެ.
11 Sep 2026
ފީފާއިން ބައްސާމް އުމުރަށް ސަސްޕެންޑްކޮށް، 1.2 މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފި
ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް، ކޮވިޑް-19 ގެ ރިލީފް ފަންޑުގެ ފައިސާ އަމިއްލަ ބޭނުމަށް ބޭނުންކުރި މައްސަލައިގައި ފުޓްބޯޅައާ ގުޅުންހުރި އެންމެހައި ހަރަކާތްތަކުން އުމުރަށް ސަސްޕެންޑްކޮށް، ބޮޑު އަދަދަކުން ޖޫރިމަނާކުރުމަށް ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ (ފީފާ) އިން ނިންމައިފިއެވެ.
11 Sep 2026
ޕީއެންސީގެ އަންހެނުންގެ ހަރަކާތުގެ ރައީސާ އަކަށް މިނިސްޓަރު ހީނާ
ހީނާ އަކީ ޕީޕީއެމް / ޕީއެންސީ އެކުގައި ހިންްގިއިރު އެ ޕާޓީގެ އިސް މަގާމުތައް ފުރުއްވި ބޭފުޅެކެވެ. އެގޮތުން ދެ ޕާޓީގެ ތަރުޖަމާންކަން ކުރެއްވި އެވެ.
11 Sep 2026
ބޯޓް އުރުނު ހާދިސާ؛ ބްރިޖުގެ ސްޓްރަކްޗާއަށް ގެއްލުމެއް ނުވޭ
މި ތެޔޮ ބޯޓު އުތުރު ފަރާތުން އޮޔާ އައިސް އެންމެ ފުރަތަމަ ޖެހުނީ ސިނަމާލެ ބްރިޖުގެ ތަނބެއްގައެވެ. ތަނބުގައި ޖެހުމުގެ ސަބަބުން ބޯޓަށް އެކި ވަރުގެ ގެއްލުންތައް ލިބިފައިވެ އެވެ.
11 Sep 2026
ދެކުނަށް މޫސުން ގޯސް; ފޭދޫގެ 30 ވުރެ ގިނަ ގެއަށް ފެންވަދެ ގެއްލުން
އެ އޮތޯރިޓީން ބުނީ އައްޑޫ ސިޓީގެ ރަށްރަށުގައި ފެންބޮޑުވުމާ ގުޅިގެން، ކައުންސިލްތަކާއިސިފައިންނާއި ފުލުހުން ގުޅިގެން ފެންހިއްކުމުގެ މަސައްކަތް މެދުކެނޑުމެއްނެތި ދަނީ ކުރަމުން ކަމަށެވެ.
11 Sep 2026
އިކުއިޓީ ޕޭމަންޓް ދެއްކޭނެ ފެސޭހަ ސިސްޓަމެއް ގާއިމް ކުރަނީ
އިކުއިޓީ ޕޭމަންޓް ދެއްކޭނެ ލުއި ސިސްޓަމެއް ގާއިމް ކުރުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.