އިބްރާހީމް އިސްމާއީލް
ހަބަރު
14 Aug 2023 | 11:08
ޝަރުޢީ ނިޒާމަށް ސަރުކާރުން އިންތިހާއަށް ބާރުފޯރުވާ ކަމަށްބުނެ، އިބުރާ އެމްޑީޕީން ވަކިވެއްޖެ!

ޝަރުއީ ކޯޓުތަކަށް ސަރުކާރުގެ ނުފޫޒު އިންތިހާއަށް އޮތް ކަމަށް ބުނެ، ސަރުކާރު ހިންގާ މައި ޕާޓީ، އެންޑީޕީގެ ޗެއާޕާސަން ފައްޔާޟް އިސްމާއިލްގެ ބޭބެ އަދި އެ ޕާޓީގެ ކުރީގެ ރައީސް، އިބްރާހިމް އިސްމާއިލް (އިބުރާ) އެމްޑީޕީން އިސްތިއުފާ ދެއްވައިފިއެވެ.

އެމްޑީޕީން އިސްތިއުފާ ދެއްވިކަން ހާމަކުރައްވައި ފައްޔާޟުއަށް ފޮނުވި ސިޓީގައި އިބުރާ ވިދާޅުވީ އެމްޑީޕީ އުފެދުނީ، އަދުލު އިންސާފާއި، އިންސާނީ ކަރާމަތާއި، ރައްޔިތުންގެ މެދުގައި ހަމަހަމަކަން ގާއިމުކުރުމަށް އެތައް ބަޔަކު ގުރުބާން ވެގެން ކަމަށެވެ. 

އަދި 2018 ވަނަ އަހަރު އެމްޑީޕީއާއި ވެރިކަން ހަވާލުކޮށް އަދި ޖެހިގެން އައި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ގާނޫނު އަސާސީ އިސްލާހު ކުރެވޭވަރަށް ގޮނޑިތައް ރައްޔިތުން ދިނީ ވަރަށް ފޮނި އުއްމީދުތަކެއް ކޮށްގެން ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

"އަދުލުއިންސާފަށް ހުރި ހުރަސްތައް ނައްތާލައި ރައްޔިތުންގެ ހައްގުތައް ރައްކާ ކޮށްދޭނެ ސަރުކާރެއް ގެނައުމުގެ ބޭނުމުގައެވެ." އިބުރާގެ އިސްތިއުފާ ސިޓީގައި ބުނެފައިވެއެވެ. 

ނަމަވެސް ފާއިތުވެގެން މިދިޔަ ފަސް އަހަރު ފެނިގެން ދިޔައީ އެކަންކަން އިހުނަށްވުރެ ގޯސްވެގެން ދިޔަތަން ކަމަށް އިބުރާ ވިދާޅުވިއެވެ.

"މިއަދު ސިވިލް ކޯޓަކީ ބަންޑާރަނައިބު އޮފީހުގެ ސެކްޝަނަކަށް ޕާޓީން ބަދަލުކޮށްފިއެވެ. މިއަދު ހައިކޯޓު ހިނގަމުން ދަނީ ރައީސުލްޖުމްހޫރިއްޔާ އޮފީހުގެ ލީގަލް ސެކްޝަންގެ ބެލުމުގެ ދަށުންނެވެ. ދައުލަތުގެ ވަޒީރުން ތަކުރާރުކޮށް ރައްޔިތުންގެ ހައްގުތައް ހިފަހައްޓަމުން ދާއިރު އެކަންކަން ދިފާއު ކުރައްވަނީ ބަންޑާރަނައިބެވެ. ޝަރުއީ ނިޒާމުގެ ތެރޭގައި ރައްޔިތުންގެ ހައްގުތައް ތާށިކޮށް ޖެއްސުންކުރުމުގެ އަމަލުތައް ހިންގަމުން ގެންދަނީ ދައުލަތުގެ ވަކީލުންނެވެ. އާދެ! ޕާޓީގެ ސަރުކާރު ތަމްސީލްކުރާ ވަކީލުންނެވެ. "ޝަރުއީ ނިޒާމަށް މިސަރުކާރުން ނުފޫޒު ފޯރުވަމުންދާ މިންވަރު ހާމަކުރައްވައި އިބުރާ ވިދާޅުވިއެވެ. 

އިބުރާ ވިދާޅުވީ އެމްޑީޕީގެ ސަރުކާރު މިއަދު ހިނގަމުން ދަނީ އެގޮތްކަކާއި ދެކޮޅު ހަދައި ޖިސްމު ގުރުބާންކުރާން ނުކުތް ގޮތްތަކަށެވެ. އަދި އެމްޑީޕީގެ ސަރުކާރު މިއަދު ހިންގަނީ ދައުލަތުގެ މުދަލާއި ފައިސާއަކީ ރައީސުލްޖުމްހޫރިއްޔާގެ ވެރިކަން ދެމެހެއްޓުމަށް ހޭދަކުރާން ހުރި އެއްޗެހިކަމުގައި ދެކިގެން ހުޝާމަދު ކުރާ މުނާފިގުންނަށް ކަންކަން ފަހިކުރުމާއި ހެޔޮނިޔަތުގައި ކަމެއް ރަނގަޅުކުރާން ބަސް ބުނާ މީހުންގެ މައްޗަށް އަނިޔާވެރިވެގެން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އިބުރާ ވިދާޅުވި ގޮތުގައި ސިޔާސީ ޕާޓީއެއްގައި އޭނާ ބައިވެރިވީ އަމިއްލަ ޒާތީ ކަންތައްތަކެއް ފުއްދާކަށް ނޫނެވެ. އޭނާ ޕާޓީއެއްގައި ބައިވެރިވީ ހަމަތަކަކާއި އުސޫލުތަކެއް ގައުމުގައި ހިންގުމަށް ބަސްބުނެ މަގުފަހި ކުރުމަށް ކަމުގައި އިބުރާ ވިދާޅުވިއެވެ.

އަމިއްލަ ނަފްސު ގަބޫލު ނުކުރާ އުސޫލުތަކެއް ހިންގާ ބަސްނުވިކޭ، އަގުވަޒަން ނުކުރެވޭ ތަނެއްގައި އަނިޔާވެރިކަމަށް ނަސްރުދޭން ހުރުމަކީ ޟަމީރަށް އުނދަގޫވާ ކަމެއް ކަމަށާއި މިއަދު އެމްޑީޕީން ކަންކުރަމުން ގެންދަވާ ގޮތާއި ދެކޮޅަށް ކުރެވެން އޮތް ކަމަކީ އެކަންކަމާއި ބައިވެރި ނުވުން ކަމަށް އިބުރާ ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ މުނި ދަރީން މިކަންކަމާއި އަޑުއުފުލާއިރު އަޅުގަނޑަކީ ތިޔަ ހިޔާނާތުގައި ބައިވެރިވި މީހެއް ނޫންކަން ފަތްފުށްތަކުގައި ލިޔެފައި ބޭއްވުމެވެ." އިބުރާ ވިދާޅުވިއެވެ.

އެހެން ކަމުން، ވަރަށް ހިތާމަޔާއި އެކު، އެމްޑީޕީން ވަކިވިކަން އިބުރާ ވަނީ ވަނީ އަންގަވާފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
08 Oct 2026
ޒިޕެލް ކުންފުނި ޗައިނާގެ ކޮސްކޯއަށް ވިއްކާލުން ޖަރުމަނުން ހުއްޓުވައިފި
ޖަރުމަނުވިލާތުގެ އިކޮނޮމިކް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މި ކުންފުނި ގަތުމުގެ ސަބަބުން އެހެން ފަރާތްތަކަށް ބަރޯސާވާ މިންވަރު އިތުރުވެ، ޖަރުމަނާއި އީޔޫގެ ސަޕްލައި ޗޭންތަކުގެ ރައްކާތެރިކަމަށް ނުރައްކާވާނެ ކަމަށެވެ.
08 Oct 2026
ސައިކަލެއް ކަހާލައިގެން ވެއްޓި ހައިވޭގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި
މި އެކްސިޑެންޓްގައި 3 މީހަކަށް އަނިޔާ ލިބުމާ ގުޅިގެން ޓްރީޓޮޕް ހޮސްޕިޓަލަށް ގެންގޮސް ދަނީ ފަރުވާ ދެމުން ކަމަށް ވެސް ބުންޏެވެ.
08 Oct 2026
ޗައިނާ އަތުން ރާއްޖޭގެ ކުރިކެޓް ޓީމަށް މޮޅެއް
މުބާރާތުގައި ރާއްޖެ ދެން ބައްދަލުކުރާނީ ސިންގަޕޫރާއެވެ. މި މެޗު އޮންނާނީ މާދަމާ، ރާއްޖެ ގަޑިން ހެނދުނު 11:00 ގައި ސެލަންގޯރ ޓާފް ކްލަބްގައެވެ.
08 Oct 2026
ޖައިޝަންކަރު އެފްރިކާއަށް ކުަރައްވާ ދަތުރުފުޅެއް ފައްޓަވައިފި
އިންޑިއާގެ ހާރިޖިއްޔާއިން މަޢުލޫމާތު ދޭ ގޮތުގައި، މި ދަތުރުފުޅުގެ މައިގަނޑު މަގުސަދަކީ އެފްރިކާގެ ގައުމުތަކާއެކު އޮންނަ ވިޔަފާރިއާއި، އިގްތިސާދީ، އަދި ތަރައްގީގެ ދާއިރާތަކުން ގުޅުން އިތުރަށް ބަދަހިކުރުމެވެ.
08 Oct 2026
ހަފްތާ ބަންދުގައި ޕާސްޕޯޓްގެ ސްޓޮކް ލިބޭނެ، 2646 ޕާސްޕޯޓްގެ ބެކްލޮގެއް
އަންނަ އާދިއްތަ ދުވަހުން ފެށިގެން ޕާސްޕޯޓްގެ ހިދުމަތް އާންމު ހާލަތަށް ގެނެވޭނެ ކަމަށް ވިދާޅުވި އެވެ.
08 Oct 2026
ގޫގުލް މެޕް މެދުވެރިކޮށް އަގުހެޔޮކޮށް ތެއޮ ލިބޭ ތަންތަން ހޯދޭނެގޮތް އިނގިރޭސިވިލާތުގައި ހަދައިފި
އެ ގައުމުގެ ބޮޑުވަޒީރު އޭންޑީ ބާންހަމް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ތެލުގެ އަގާ މެދު ރައްޔިތުން ކަންބޮޑުވާކަން އެމަނިކުފާނަށް އެނގިވަޑައިގަންނަވާ ކަމަށެވެ.
08 Oct 2026
ތިމަރަފުށީ ސްކޫލު ލެބޯޓަރީ ގޮއްވާލަން ރޭވުން: ބައެއް ދައުވާތައް ސާބިތު، އެކަކު ފިޔަވާ އެންމެން މިނިވަންވެއްޖެ
މި މައްސަލާގައި ހަތް ދައުވާއެއް އަށް މީހެއްގެ މައްޗަށް އުފުލާ ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވެ އެވެ. އޭގެ ތެރެއިން ތިން ދައުވާ ބައެއް މީހުންގެ މައްޗަށް ވަނީ ސާބިތުވެފަ އެވެ.
08 Oct 2026
ތެޔޮ ފީފާއެއްގެ އަގު 102 ޑޮލަރަށްވުރެ މައްޗަށް އުފުލިއްޖެ
ގަލްފު ސަރަހައްދުގައި ކަނޑު ދަތުރުތަކަށް އޮތް ނުރައްކާ ބޮޑުވަމުން ދިޔުމާ ގުޅިގެން ތެލުގެ ބާޒާރުގައި ނުތަނަވަސްކަން ވަނީ އިތުރުވެފައެވެ. ހާއްސަކޮށް ހޮރްމޫޒް ކަނޑުއޮޅިއާއި ގަލްފުގައި އުޅަނދުތަކަށް އަމާޒުކޮށް ދޭ ހަމަލާތައް އިތުރުވަމުންދާކަމަށް މީޑިއާގެ ރިޕޯޓްތައް ބުނެއެވެ