ދަ ޑިމޮކްރެޓޤސްގެ ޖަލްސާއެއް ކުރިއަށް ދަނީ
ހަބަރު
14 Aug 2023 | 11:45
ދަ ޑިމޮކްރަޓްސްގެ މެނިފެސްޓޯ މާދަމާ އިޢުލާނު ކުރަނީ

ރައީސް ނަޝީދުގެ މޭސްތިރި ކަމުގެ ދަށުން ހިންގަމުންދާ ދަ ޑިމޮކްރެޓްސްގެ މެނިފެސްޓޯ މާދަމާ އިޢުލާނު ކުރުމަށް ނިންމައިފިއެވެ.

"ފަރުދީ ތަނަވަސްކަން- އަބުރުވެރި ޙަޔާތެއް" މި ޝިޢާރުގެ ދަށުން ނެރޭ މެނިފެސްޓޯ އިޢުލާނު ކުރުން އޮންނާނީ މާލޭ ސަލްޓަން ޕާކުގައި މާދަމާ ރޭ 8:30 ގައި ކަމަށް އެޕާޓީއިން ބުނެފައިވެއެވެ.

ސެޕްޓެމްބަރު 9 ވަނަ ދުވަހު ރިޔާސީ އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވާއިރު މި އިންތިޚާބުގައި ވާދަ ކުރައްވާ ކެންޑިޑޭޓަކީ ހުޅުދޫ ދާއިރާގެ މަޖިލިސް މެމްބަރު އިލްޔާސް ލަބީބެވެ. އަދި އިލްޔާސްގެ ރަނިންމޭޓެއްގެ ގޮތުގައި ކަނޑައަޅާފައި ވަނީ އެސްޓީއޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ހުސައިން ޢަމްރެވެ.

ޑިމޮކްރެޓްސް ގެ މެނިފެސްޓޯ އެކުލަވައިލައިފައިވަނީ ރައްޔިތުން ގާތަށް ގޮސް ރައްޔިތުންނާއި މަޝްވަރާ ކުރުމަށް ފަހުގައި ކަމަށް އެޕާޓީން ވަނީ ބުނެފައެވެ. މެނިފެސްޓޯ ރަސްމީކޮށް އަދި އިޢްލާނު ނުކުރިނަމަވެސް އެ ޕާޓީގެ ބައެއް ސިޔާސަތުތައް  ވަނީ ހާމަކުރައްވައިފައެވެ.

އެހެން ކެންޑިޑޭޓުން ނެކޭ އެއްގޮތައް ޑިމޮކްރެޓްސްގެ ކެންޑިޑޭޓުވެސް ދަނީ ރާއްޖެގެ ރަށްރަށަށް ވަޑައިގެން ކެމްޕޭނު ކުރައްވަމުންނެވެ. މި ކެމްޕޭނުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުޙައްމަދު ނަޝީދުވެސް ދަނީ ބައިވެރިވެވަޑައިގަންނަވަމުންނެވެ. 

ދަ ޑިމްކްރެޓްސް އަކީ އެމްޑީޕީގެ ތެރެއިން އުފެދިގެން ދިޔަ ފިކުރެއްގެ ދިރުން ފެކްޝަން އެމްޑީޕީ އިން ވަކިވެ އުފައްދައިފައިވާ ޕާޓީއެކެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.