ވެލިދޫގައި ބޭއްވުނު ޖަލްސާގައި ރައީސް ވާހަކަފުޅުދައްކަވަނީ. ފޮޓޯ:އެމްޑީިޕީ
ހަބަރު
14 Aug 2023 | 14:13
އެމްޑީޕީގެ ސިޔާސަތުތަކާއި ވާދަކުރެވޭ ވަރުގެ ސިޔާސަތުތަކެއް ހުށަނޭޅެ: ރައީސް ޞާލިޙް

އެމްޑީޕީގެ ސިޔާސަތުތަކައި ވާދަކުރެވޭ ވަރުގެ ސިޔާސަތުތަކެއް އެހެން އެއްވެސް ކެންޑިޑޭޓަކަށް ހުށަނޭޅޭ ކަމަށް ރައީސް ޞާލިޙް ވިދާޅުވެއްޖެއެވެ.

ރައީސް މިހެންވިދާޅުވީ ނ.އަތޮޅަށް ކުރައްވަމުން ގެންދަވާ ރިޔާސީ ކެމްޕޭނުގެ ދަތުރުފުޅުގައި "އާ ޒުވާނުންގެ ޖީލު" ސިޔާސަތު ތަޢާރަފްކުރުމަށް ނ.ވެލިދޫ ގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުންނެވެ.

"އަޅުގަނޑުމެންނަށް ޒުވާނުން ބަލައިގަންނާނެ ފަދަ ރަނގަޅު މަސައްކަތްތަކެއް އަޅުގަނޑު ޤަބޫލު ކުރާގޮތުގައި ހުރީ ކުރެވިފައި، ނަމަވެސް އަދި ކުރާންހުރި ބައިވަރު ކަންތައް އެބަހުރި، އެގޮތުން ޒުވާނުންގެ އާ ޖީލުގެ ދަށުން އެސިޔާސަތުތައް އެ ތަޢާރަފް ކުރެވުނީ" ރައީސް ޞާލިޙް ވިދާޅުވިއެވެ.  

ރައީސް ވިދާޅުވީ އޭގެ ތެރޭގައި 8 ސިޔާސަތެއް ވާކަމަށެވެ. އެއީ، ބާރުވެރި ޒުވާނުން، ޒުވާނުންގެ ބޯހިޔާވަހިކަން، ޒުވާނުންގެ ސިއްޙަތާއި ދުޅަހެޔޮކަން، ޒުވާނުންނާއި ޓެކްނޮލޮޖީ ، ހުނަރުވެރި ޒުވާނުން، ޒުވާން އެންޓަޕްރޮނިއާ، ޒުވާނުންގެ ބޭނުންތެރި ހުސްވަގުތު ހޭދަކުރާނެގޮތް އަދި އެއްވެސް ޒުވާނަކު ބާކީނުކުރުން ހިމެނެއެވެ.

"ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ތިޔަބޭފުޅުން ވޯޓު ދެއްވާއިރު އަޅުގަނޑުމެންގެ މި ސިޔާސަތުތަކާއި ދެން ތިޔަބޭފުޅުންގެ ކައިރިއަށް ވަޑައިގަންނަވާ ކެންޑިޑޭޓުން ހުށައަޅުއްވާ ސިޔާސަތުތައް އަޅައިކިޔާލަން ޖެހޭނެ، މިނެ ކިރާލަން ޖެހޭނެ، އެއަށް ފަހުގައި ތިޔަބޭފުޅުން ގޮތެއް ނިންމަވަން ވާނީ، އަޅުގަނޑު ދެކޭގޮތުގައި އަޅުގަނޑުމެންގެ މި ސިޔާސަތުތަކާއި ހަމަހަމަކުރެވޭ ވަރުގެ ސިޔާސަތުތަކެއް އަޅުގަނޑުމެންނާއި މިއަދު ވާދަކުރައްވަން ނުކުމެ ތިއްބެވި އެއްވެސް ބޭފުޅަކަށް  ހުށައެޅިގެނެއް ނުދާނެ" ރައީސް ޞާލިޙް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އެހެން ކެންޑިޑޭޓުންގެ ސިޔާސަތުތައް އެނގިވަޑައިގަންނަވާނެ ކަމަށާއި، އެއްބޭފުޅަކު ނުކުމެ ވަޑައިގެން ހުންނެވީ ހަތިޔާރު ހިއްޕަވައިގެން ކަމަށާއި، އަނެއް ބޭފުޅަކީ ހެނދުނު ވިދާޅުވާ ސިޔާސަތު މެންދުރަށް ބަދަލުކުރައްވާ ބޭފުޅެއް ކަމަށެވެ.

ރައީސް ޞާލިޙްގެ ޒުވާނުންނާއި ގުޅޭ ސިޔާސަތުތައް ތަޢާރަފްކުރުމަށް ބޭއްވުނު މި ޖަލްސާގައި  އެސިޔާސަތުތައް ތަޢާރަފް ކޮށްދެއްވާފައިވަނީ ޒުވާނުންގެ ޓީމަކުންނެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
ހިމަބިހީގެ އިތުރު 13 ކޭސް، ޖުމްލަ އަދަދު 199 އަށް
އެޗްޕީއޭ އިން ބުނީ މިދިޔަ ހަފްތާގައި ހިމަބިހީގެ 13 ކޭސް މާލެ ސަރަހައްދުން ފެނިފައިވާ ކަމަށެވެ.
04 Aug 2026
ނުރަނގަޅު ތަޞައްވުރު ފެތުރުން ހުއްޓާލުމަށް ކަސްޓަމްސްއިން އިލްތިމާސްކޮށްފި
ރާއްޖެއަށް އެތެރެކުރުން މަނާތަކެތި ބޯޑަރުން އެތެރެވިޔަނުދީ ހިފެހެއްޓުމަކީ ކަސްޓަމްސްގެ ޤާނޫނީ ޒިންމާއެއް ކަމަށާއި، އެ މަސައްކަތާމެދު ރައްޔިތުންގެ މެދުގައި ނުރަނގަޅު ތަޞައްވުރެއް އުފެދޭގޮތަށް ޢަމަލުނުކުރުމަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން އިލްތިމާސްކޮށްފިއެވެ.
04 Aug 2026
ބީއެމްއެލްގެ ހިންގުމުގެ އޮނިގަނޑަށް ބޮޑެތި ބަދަލުތަކެއް ގެނެސްފި
ބީއެމްއެލްއިން ބުނީ މި ބަދަލުތަކަކީ ބޭންކުގެ ޒިންމާދާރުކަން އިތުރުކުރުމަށާއި، ކަސްޓަމަރުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް ފަސޭހަކޮށް، ދެމެހެއްޓެނިވި ކުރިއެރުމެއް ހޯދުމަށް އެކުލަވާލާފައިވާ ދިގު މުއްދަތުގެ އިސްތިރާތީޖީގެ ދަށުން ގެނައި ބަދަލުތަކެއް ކަމަށެވެ. މިގޮތުން ގެނައި ބަދަލުތަކާއެކު އެގްޒެކެޓިވް ޓީމުގެ ހަތަރު މެންބަރަކު ވަނީ ކުރިއަށް އޮތް ހަ މަސް ދުވަހުގެ މުއްދަތަށް އާ މަގާމުތަކަކާ ހަވާލުވެފައެވެ.
04 Aug 2026
ވީއައިއޭއާއި މާމަހި ލައުންޖް ވޯލްޑް ޓްރެވަލް އެވޯޑްސް އަށް ނޮމިނޭޓްވެއްޖެ
ވޯލްޑް ޓްރެވަލް އެވޯޑްސް 2026 ގެ ޝަރަފުވެރި ދެ ކެޓަގަރީއަކުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓާއި މާމަހި އެގްޒެކެޓިވް ލައުންޖް ނޮމިނޭޓްވެއްޖެއެވެ.
04 Aug 2026
އެސްޖޭ މިސްކިތް ލަސްވުމުން ކުންފުނީގެ ދިފާޢުގައި ޝަހީމް ނުކުންނަވައިފި
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހުޅުމާލެ އުތުރު ދާއިރާގެ މެންބަރު ޙުސައިން ޝަރީފު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ވަޒީރު ވިދާޅުވީ، އެ މިސްކިތް ބިނާކުރުމުގެ ކަންކަމާގުޅޭ އިދާރީ މަސައްކަތާއި އަދި މިސްކިތުގެ ޑިޒައިނާއި ގުޅިގެން، މަސައްކަތްކުރިއަށް ގެންދާ ކުންފުންޏަށް ބޮޑެތި ދަތިތަކާ ކުރިމަތިލާންޖެހިފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރު ސުވާލުކުރެއްވި އިރު މިސްކިތުގެ މައްސަލަ ހައްލުވިތާ 4 މަސް ފާއިތުވެ ހިނގައްޖެ
މެމްބަރުގެ ސުވާލަށް ޖަވާބުދެއްވަމުން މިނިސްޓަރު ޝަހީމް ވިދާޅުވީ، ތުޅާދޫ މިސްކިތް ހުރި ސަރަހައްދުން ގަބުރުތައް ނަގައި ސާފްކޮށް ނިމިގެންދިޔަ ރޯދަމަހު އެ މިސްކިތުގައި ނަމާދުކުރަން ފަށާފައިވާކަމަށެވެ
04 Aug 2026
ޣައްޒާގައި ބޭއްވޭ އެންމެ ބޮޑު އެއް ޖަނާޒާ މިއަދު
އިސްރާއީލުގެ ނިރުބަވެރި ބާރުތަކުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކުގައި ޝަހީދުކޮށްލާފައިވާ އެއް އާއިލާއަކަށް ނިސްބަތްވާ 112 މީހެއްގެ ހަށިގަނޑު ވަޅުލުމަށް ބާއްވާ ބޮޑު ޖަނާޒާ މިއަދު ބޭއްވުމަށް ތައްޔާރުވެއްޖެއެވެ. މިއީ މި ޤަތުލްއާއްމު ފެށުނު ފަހުން ބޭއްވޭ އެންމެ ބޮޑު އެއް ޖަނާޒާއެވެ.
04 Aug 2026
މި ދައުރުގައި ޤުރުއާނާ ބެހޭ މަރުކަޒުގެ މަސައްކަތްތައް ހުރިހާ ރަށަކަށް ފުޅާކުރެވޭނެ
މި ދައުރުގެ ތެރޭގައި ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުގެ މަސައްކަތްތައް މުޅި ރާއްޖެއަށް ފުޅާ ކުރެވިގެންދާނެ ކަމަށް އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ މުހައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.