ކެންދޫ ދާއިރާގެ މެންބަރު ޢަލީ ހުސައިން-- ފޮޓޯ/ ޖޭޕީ
ހަބަރު
14 Aug 2023 | 14:49
ގާސިމް އަކީ ރަށެއް ޓްރާންސްފޯމްކޮށްފައި ހުރި ބޭފުޅެއް; އެހެންވީމާ ގައުމުވެސް ޓްރާންސްފޯމް ކުރެވޭނެ: އަލީ

ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމް އަކީ ރަށެއް ޓްރާންސްފޯމް ކުރައްވާފައިވާ ބޭފުޅެއް ކަމަށާ، އެހެންކަމުން، އެމަނިކުފާނަށް ގައުމުވެސް ޓްރާންސްފޯމް ކުރެއްވޭނެކަމަށް ކެންދޫ ދާއިރާގެ މެންބަރު ޢަލީ ހުސައިން ވިދާޅުވެއްޖެއެވެ. 

ރޭ ޖޭޕީން ބޭއްވި ކަށަވަރު ބޯހިޔާވެހިކަން ޕެނަލް ޑިސްކަޝަންގައި ވާހަކަފުޅުދައްކަވަމުން އަލީ ހުސެއިން ވިދާޅުވީ މި ވޭތުވެދިޔަ 60 އަހަރުގެ ތެރޭގައިވެސް، ބޯހިޔާވަހިކަން ހޯދަން މާލެއައި މީހަކު ނޫޅޭނެ ކަމަށެވެ. އެގޮތުން މިއަހަރު އެކަނިވެސް މާލެއަށް ތައުލީމް ހާސިލްކުރުމަށް އައި ކުދިންގެ އަދަދު 3000 އަށް އަރާކަން އޭނާ ފާހަގަކުރެއްވިއެވެ. 

"މާލެއަށް ހިޖުރަކުރާ މީހުން އަންނަނީ ބޯހިޔާވެހިކަން ނުލިބިގެނެއްނޫން. ރަށުގެ ރީތި ގޮނޑުދޮށްތަކާއި މޫދާއި އެހެނިހެން ހިތްފަސޭހަކަން އަދި ކާންބޯން ނުލިބިގެނެއްވެސް ނޫން އަންނަނީ. ވަޒީފާ، ސިއްހީ ހިދުމަތް, އެކަށީގެންވާ ތައުލީމް ހޯދުމަށް މާލެއަށް މީހުން ހިޖުރަކުރަނީ. އެ ހުރިހާ ހިދުމަތްތަކެއް މާލެއިން ލިބެން ހުންނާތީ މީހުން މާލެއަށް ހިޖުރަ ކުރަނީ." 

ޢަލީ ހުސެއިން 

ކަންމިހެން ހުރިނަމަވެސް، ފާއިތުވެދިޔަ އެއްވެސް ސަރުކާރަކުން ހަގީގީ މައްސަލައަށް އެޑްރެސް ނުކުރާ ކަމަށް އަލީ ހުސެއިން ވިދާޅުވިއެވެ. އެގޮތުން ވޭތުވެދިޔަ 30 އަހަރަށް ބަލާލިނަމަވެސް ފެންނަނީ މާލެ ބަރުމަރުކާގެ އަޑީގައި އޮތްތަން ކަމަށް އޭނާ ވިދާޅުވިއެވެ. އެކަން ހައްލު ކުރުމަށް ކަމަށް ބުނެ ވިލިނގިލިން ގޯތި ދިން ކަމަށާއި ނަމަވެސް ހައްލެއް ނުލިބުނު ކަމަށާ، އެއަށްްފަހު، ހުޅުމާލެ ފުރަތަމަ ފިޔަވައްސާއި ދެވަނަ ފިޔަވަހި ހިއްކައި ގޯއްޗާއި ފްލެޓް ދިން ކަމަށާއި ނަމަވެސް އެވަރުންވެސް މައްސަލަ ހައްލުވެފައިނުވާ ކަމަށް އޭނާ ވިދާޅުވިއެވެ. 

މިއާއެކު އަލީ ވިދާޅުވީ މާލޭގައި ދިމާވެފައިވާ ގިނަ އިޖްތިމާއީ މައްސަލަތައްވެސް ގުޅިފައިވަނީ ބޯހިޔާވެހިކަމާ ކަމަށާއި އެކަށީގެންދާ ބޯހިޔާވެހިކަން ނުލިބުނީމަ، ދެމަފިރިންނާއި ދަރިން އެއް ކޮޓަރިއެއްގައި ނިދުމާއި، ވަރިތައް ގިނަވުމާއި އާއިލާތައް ރޫޅުން ގިނަވުމާއި ނުނިކުމެ ނުދާނެ ގިނަ މައްސަލަތަކެއް ނިކުމެގެންދާ ކަމަށް އޭނާ ވިދާޅުވިއެވެ.

‏"އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ޖުމްހޫރީ ޕާޓީގެ ވެރިކަމެއްގައި އަދި އަޅުގަޑުމެންގެ ގައުމީ ކެންޑިޑޭޓްގެ ތަސައްވުރަކީ މައްސަލައިގެ މުލަށް ފައިބައި މައްސަލަ ހައްލުކުރަން މަސައްކަތްކުރުން. އެއީ ދިވެހިރާއްޖެއަށް ސަރަހަށްދީ ތަރައްގީ ގެނައުން. ސަރަހަށްދީ ތަރައްގީ ގެނައުމަށްޓަކައި ކުރަންޖެހޭ މަސައްކަތް، އިގްތިސޯދު ފުޅާކުރުމާއި، އެހެންތަންތާ އިގްތިސޯދީ ހަރަކާތް އުފެއްދުމާއި، ވަޒީފާތައް އުފެއްދުމާއި، މާލެ ނޫން ސަރަހަށްދުތަކުގައި ބޭސްފަރުވާ ލިބޭނެ ގޮތް ކަނޑައެޅުމާއި، މިހުރިހާކަމެއް މިއީ ހަގީގަތުގައި އަޅުގަނޑުމެން ބޭނުންވާ ކަމަކީ. އަޅުގަނޑު ގަބޫލުކުރާ ގޮތުގައި އަޅުގަނޑުމެންގެ ގައުމީ ކެންޑިިޑޭޓަކީ މިކަން ކޮށްދެވޭނެ ބޭފުޅެއް." އަލީ ހުސެއިން ވިދާޅުވިއެވެ.

ބޯހިޔާވަހިކަމުގެ މައްސަލައާއި އެނޫން މައްސަލަ ތައް ގާސިމަށް ހައްލު ކުރެވޭނެ ކަމަށް އަލީ ހުސެއިން ވިދާޅުވާ ސަބަބެއް ކަމުގައި އޭނާ ވިދާޅުވީ، ގާސިމް އަކީ ރަށެއް ޓްރާންސްފޯމްކޮށްފައި ހުރި ބޭފުޅެއް ކަމަށެވެ. ރަށެ ޓްރާންސްފޯމްކޮށްފައި ހުންނެވި ބޭފުޅަކަށް، ގައުމުވެސް ޓްރާންސްފޯމް ކުރެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ. 

"އެބޭފުޅާ (ގާސިމް)އަކީ ރަށެއް ޓްރާންސްފޯމްކޮށްފައި ހުރި ބޭފުޅެއް. ރަށެއް ޓްރާންސްފޯމްކޮށްފައި ހުންނެވި ބޭފުޅަކަށް، ގައުމުވެސް ޓްރާންސްފޯމް ކުރެވޭނެ. ކެންޑިޑޭޓުންތައް ބައްލަވާ. އެއްވެސް ކެންޑިޑޭޓެއް އެބަހުރިތޯ އެބޭފުޅާގެ އަމިއްލަ ރަށް ޓްރާންސްފޯމްކޮށްފަ ހުރި؟ މާމިގިއްޔަށް އަރާ ބައްލަވާ އަޅުގަނޑުމެންގެ ގައުމީ ކެންޑިޑޭޓް ގެނެއްސަ އޮތް ބަދަލު. ފަޅެއްގެ ތެރެއިން ބޮޑުސިންގާ އިންޓަނޭޝަނަލް އެއާޕޯޓެއް އެއޮތީ ހައްދަވާފަ. ފަޅަކަށް ކާގޯ ބޯޓު އާދެވޭނެގޮތް އެއޮތީ ހައްދަވާފަ. އެހެންކަމުން އަޅުގަނޑު ގަބޫލްކުރާ ގޮތުގައި ރަށެއް ޓްރާންސްފޯމްކޮށްފައި ހުންނެވި ބޭފުޅަކަށް، ގައުމުވެސް ޓްރާންސްފޯމް ކުރެވޭނެ." ޢަލީ ހުސެއިން ވިދާޅުވި އެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
އޭޝިއާއަށް ވިއްކާ ތެލުގެ އަގު، ސައުދީ އަރަބިއްޔާއިން ބޮޑުތަނުން ދަށްކޮށްފި
ނޮވެމްބަރު މަހު އޭޝިއާގެ ބާޒާރުތަކަށް ވިއްކާ ސާފުނުކުރާ ތެލުގެ އަގު، ފާއިތުވި ހަ އަހަރު ދުވަހުގެ ތެރޭގައި ދަށްނުކުރާ މިންވަރަކަށް ސައުދީ އަރަބިއްޔާއިން ކުޑަކޮށްފިއެވެ. މިއީ މާކެޓް އެނަލިސްޓުން އަންދާޒާކުރި ގޮތާ މުޅިން ޚިލާފަށް ނިންމި ނިންމުމެކެވެ.
05 Oct 2026
މުދައްރިސުންގެ ބުރަ ކުރުމަށް މި ސަރުކާރުން އިސްކަންދޭނެ: ރައީސް މުޢިއްޒު
މުދައްރިސުންގެ ދުޅަހެޔޮކަމަށް އިސްކަންދީ، އެ ބޭފުޅުންގެ މަސައްކަތުގެ ބުރަ ކުޑަކުރުމަށާއި މަސައްކަތުގެ މާޙައުލު ރަނގަޅުކުރުމަށް މި ސަރުކާރުން އަބަދުވެސް މަސައްކަތްކުރާނެ ކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވައިފިއެވެ.
05 Oct 2026
ކ. ގުރައިދޫ ފެރީ ގިމަތައާއެކު ރަށުގެ މަލަމައްޗަށް ޗާލުކަން; ތަފާތު ރީތި, މަސައްކަތެއް
ގުރައިދޫ ފެރީ ގިމަތައާއެކު ރަށުގެ މަލަމައްޗަށް ވަނީ ބޮޑު ފުރިހަމަ ކަމެއް ލިބިގެން ގޮސްފަ އެވެ.
05 Oct 2026
ޝެއިޚް ނައިފަރީގެ "މަގޭ ސުވާލަކީ" ގެ 100 ވަނަ ޕްރަގްރާމް ހިންނަވަރުގައި، ވަރަށް ޚާއްސަ ވާނެ
މީގެ އިތުރުން އެރޭގެ ޕްރަގްރާމަށް ހާޒިރުވާ ބައިވެރީންގެ މެދުގައި ގުރުއަތެއް ނަގާ އުމްރާ ދަތުރެއް ދޭން ނިންމާފައިވާ ކަމަށް "މަގޭ ސުވާލަކީ" ޓީމުން ބުނެ އެވެ.
05 Oct 2026
އިމާރާތެއްގެ ދެވަނަ ބުރިން ވެއްޓެމުންދިޔަ ކުޑަކުއްޖަކު ހިފައި، ސަލާމަތްކޮށްފި
މިޞްރުގެ ޖީޒާ ޕްރޮވިންސްގެ ކާރުބާރު ބޮޑު ސަރަޙައްދެއްގައި ހުރި އިމާރާތެއްގެ ދެވަނަ ބުރިން ވެއްޓުނު 4 އަހަރުގެ ކުޑަކުއްޖަކު، އެ ވަގުތު އެތަނުގައި ހުރި ޒުވާނަކު ހުޝިޔާރުކަމާއެކު ހިފަހައްޓައި އެ ކުއްޖާގެ ފުރާނަ ސަލާމަތްކޮށްފިއެވެ. މި ހައިރާންކުރުވަނިވި ހާދިސާ ހިނގި ގޮތުގެ ވީޑިއޯ މިހާރު ވަނީ ސޯޝަލް މީޑިއާގައި ވަރަށް ބޮޑަށް ވައިރަލްވެފައެވެ.
05 Oct 2026
ސައިކަލު މަތީ އޮށޯވެގެންއޮވެ ހައިވޭގައި ދުއްވި މީހާ ހައްޔަރު؛ ހުރީ މަސްތުގެ ހާލުގައި، 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ އޮތް
އޭނާ 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ ނުދައްކައި އޮތް އިރު، އޭނާގެ ޓްރެފިކް ކުށުގެ ރެކޯޑުތަކުގެ ތެރޭގައި ލައިސަންސް ނެތި ދުއްވުމާއި ވަންވޭއާ ހިލާފަށް ދުއްވުމާއި ބާރު ސްޕީޑުގައި ދުއްވުމާއި ލޯގަނޑު ނުޖަހައި ދުއްވުމާއި ލައިސަންސް ހިފަހައްޓާފައި އޮއްވައި ތަކުރާރުކޮށް ދުއްވުމާއި މަގުމަތީގެ އަމާންކަން ގެއްލޭގޮތަށް ނުރައްކާތެރިކޮށް ދުއްވުމާއި ސައިކަލުގެ ލައިޓުތައް މޮޑިފައިކޮށްގެން ދުއްވުން ހިމެނެ އެވެ.
04 Oct 2026
އުސް އިމާރާތްތަކުގައި ރޯވެއްޖެނަމަ އަލިފާން ނިންވަން ޑްރޯން ބޭނުންކުރަން ފަށަނީ
އުސް އިމާރާތްތަކުގައި ހިނގާ އަލިފާނުގެ ހާދިސާތަކުގައި އަލިފާން ނިންވުމަށް ޑްރޯން ބޭނުންކުރަން ފަށަން ތައްޔާރުވަމުންދާ ކަމަށެވެ.
04 Oct 2026
އޮޅުވާލައިގެން ރަޖިސްޓްރީކޮށްފައި ހުރި ވެހިކަލްތަކުގެ މައްސަލަ ބަލާނެ: މިނިސްޓަރު ސައީދު
"މި މައްސަލަތައް ތަހުގީގުކުރުމަށް ހާއްސަ ޓީމެއް އެކުލަވާލައި ފުލުހުންނާއި މިނިވަން މުއައްސަސާތަކާއި ގުޅިގެން މިހާރު ދަނީ މަސައްކަތް ކުރަމުން," މިނިސްޓަރު ވިދާޅުވި އެވެ.