އިހަވަންދޫއިން މުޢިއްޒުއަށް މަރުހަބާ ދެންނެވުން-- ފޮޓޯ/ ޕީޕީއެމް
ހަބަރު
14 Aug 2023 | 16:04
އެމްޑީޕީގެ މައި ރަށްރަށުން ޑރ. މުޢިއްޒު އަށް ހޫނު މަރުހަބާއެއް!

ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބުގައިވެސް އެމްޑީޕީގެ ބޮޑު އަގުލަބިއްޔަތު އޮތް ބޮޑު ތިލަދުންމަތީގެ ރަށްރަށުން، އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ކެންޑިޑޭޓު ޑރ. މުހައްމަދު މުޢިއްޒު އަށް ހޫނު މަރުހަބާއެއް ކިޔައިފި އެވެ. 

ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް ޑރ. މުޢިއްޒު ބޮޑު ތިލަދުންމައްޗަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުތަކުގެ ތެރެއިން ރޭ އެމްޑީޕީގެ މެޖޯރިޓީ އޮންނާ އިހަވަންދޫ އަށް ވަޑައިގެންފައި ވާއިރު، މިއަދު ވަނީ ހޯރަފުށްޓަށް ވަޑައިގެންފައެވެ. 

މުއިއްޒު ރޭ އިހަވަންދޫ އަށް ވަޑައިގެންނެވިއިރު އޭނާއަށް މަރުހަބާ ކިޔަން އިހަވަންދޫ ބަނދަރުން ފެށި ސަފުތައް ރަށުތެރެއާއި ހަމައަށް ވަނީ ދަމާލާފައެވެ. 

އިހަވަންދޫއިން މުޢިއްޒުއަށް މަރުހަބާ ދެންނެވުން--ފޮޓޯ/ ޕީޕީއެމް

އިހަވަންދޫގެ ދަތުރުފުޅަށްފަހު މިއަދު ހޯރަފުށްޓަށް ވަޑައިގެންނެވިއިރު އެރަށް ވެސް ވަނީ މުޢިއްޒުއަށް މަރުހަބާ ދެންނެވުމަށް ވަރަށް ބޮޑަށް ތައްޔާރުކޮށްލާފައެވެ. 

ހޯރަފުށިން މުއިއްޒަށް މަރުހަބާ ކިޔުން -ފޮޓޯ/ ވަގުތު (މުހައްމަދު އަލީފް)

އެގޮތުން މުއިއްޒު އަށް މަރުހަބާ ދެންނެވުމަށް ހޯރަފުށީ ބަނދަރު މައްޗަށް ގިނަ ބަޔަކު ޖަމާވެ ސަފުތައް ފުރާލާފައިވާއިރު،  ހޯރަފުށީ ބަނދަރު ސަރަހައްދު އޮތީ ޕީޕީއެމްގެ ދިދަ ޖަހައި ޖަރީކޮށްލާފައެވެ. 

ހޯރަފުއްޓާއި އިހަވަންދޫ އަކީވެސް މިދިޔަ 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ރައީސް އިބްރާހިމް މުހައްމަދު ޞާލިހް އަޣުލަބިއްޔަތު ހޯދި ދެ ރަށެކެވެ. އަދި 2019 ވަނަ އަހަރުގެ ރައްޔިތުން މަޖިލިސް އިންތިހާބުގައިވެސް އިހަވަންދޫ އާއި ހޯރަފުށީ ދާއިރާގެ މެންބަރުކަން ވެސް ހޯދީ އެމްޑީޕީ އަށް ނިސްބަތްވާ ބޭފުޅުންނެވެ. 

ނަމަވެސް ކައުންސިލް އިންތިހާބާއި ހަމައަށް ދިޔައިރު އިހަވަންދޫގެ ރީދޫ ކުލަ އޮތީ ޕީޕީއެމްގެ ފިޔާތޮށިކުލަ އަށް ބަދަލުވެފަ އެވެ. އެގޮތުން އިހަވަންދޫ ކައުންސިލްގެ ފަސްގޮނޑިވެސް ކާމިޔާބު ކުރެއްވީ އިދިކޮޅު ޕީޕީއެމް އިންކަން ފާހަގަކޮށްލަން ޖެހެއެވެ. 

މި ދެރަށުންވެސް އިދިކޮޅު ކެންޑިޑޭޓަށް މިހާ ބޮޑު ތާއީދެއް ލިބިގެން ގޮސްފައި މިވަނީ މިސަރުކާރުން އެ ދެރަށަށް ވެފައިވާ ވައުދުތައް ނުފުއްދުން ކަމަށް ރަށުގެ ރައްޔިތުން ބުނެއެވެ.

އެގޮތުން އިހަވަންދޫ ގައި އާހޮސްޕިޓަލެއް އަޅައި، މަސް ފެކްޓްރީއެއް އަޅަން ވީވައުދުތައް ނުފުއްދި އިހަވަންދޫ މަސްވެރިންނަށް ވަމުންދާ ގެއްލުން ތަކަކީ ސަރުކާރަށް އޮތް ތާއީދު ދަށްވެގެން ދިޔަ ސަބަބެއް ކަމުގައި ބެލެވެއެވެ. 

އަދި ހޯރަފުއްޓަށް މިސަރުކާރުންވި ވައުދު ތަކުގެ ތެރެއިން އެ ރަށުގައި އަޅަން ވައުދުވި ހޮސްޕިޓަލާއި، ކައުންސިލްގެ އިމާރާތާއި، މަގު ހެދުމުގެ މަސައްކަތް ނުނިމި ދިގުލައިގެން ދިއުމަކީ ރަށު ރައްޔިތުން ފާހަގަ ކުރާ ކަންކަމެވެ.

އޭގެ އިތުރުން ޕޮލިސް ސްޓޭޝަނާއި، ބޯޓު ޔާޑާއި، ސްކޫލްގައި އަޅަން ވައުދުވި ހަތަރު ބުރީގެ އިމާރާތުގެ މަސައްކަތް ވެސް ނުފެށެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
26 Sep 2026
ނުރައްކާތެރިކޮށް ދުއްވި މީހާ ދެނެގަނެވިއްޖެ، ހޯދުމުގެ މަސައްކަތް ދަނީ ކުރިއަށް: ފުލުހުން
މި މައްސަލަ އެއްވެސް ފަރާތަކުން ރިޕޯޓް ކޮށްފައި ނުވިނަމަވެސް، އެ މައްސަލަ ބަލަމުންދާކަމަށް ފުލުހުން ބުންޏެވެ
26 Sep 2026
ބިދޭސީންތަކެއް މަޑި ބާނާ މަންޒަރު ފެންނަ ވީޑިއޯއާ ގުޅިގެން މެމްބަރު ކުޑޫގެ ޕޯސްޓެއް
އެ ޕޯސްޓުގައި މެންބަރު ކުޑޫ ފާހަގަކޮށްފައިވާ ގޮތުގައި ބިދޭސީން މިފަދަ ޤާނޫނާ ޚިލާފު ޢަމަލުތައް ހިންގުމަށް ޖެހިލުންނުވާ ސަބަބަކީ އެފަދަ ކަންކަމުގައި އެކަށީގެންވާ ފިޔަވަޅު ނޭޅި ޤާނޫނީ ޒިންމާއިން ރެކެވޭނެ ފުރުޞަތު އޮތުމެވެ.
26 Sep 2026
ޕާކިސްތާނުގެ ފުލުހުންގެ ޗެކްޕޮއިންޓަކަށް ދިން ޖާނުންފިދާގެ ހަމަލާގައި 11 މީހަކު މަރުވެއްޖެ
ހަމަލާގައި މަރުވި މީހުންގެ ތެރޭގައި ސެކިއުރިޓީ ފޯސަސްގެ ހަތް މީހަކު ހިމެނޭ ކަމަށާއި ޒަޚަމްވި މީހުންގެ ތެރޭގައި ސެކިއުރިޓީ ބާރުތަކުގެ 20 މީހަކު ހިމެނޭ
26 Sep 2026
ހައުސިން ވުޒާރާގެ ލޮކަރުތަކެއް ހުއްދަ ނެތި ހުޅުވި މައްސަލައެއް ފުލުހުންނަށް ހުށަހަޅައިފި
ފުލުހުން ނެރުނު ބަޔާނުގައިވާ ގޮތުން އެ ވުޒާރާއިން އެ މައްސަލަ ރިޕޯޓުކުރުމާ ގުޅިގެން އިއްޔެ ރޭގަނޑު 19:18 ހާއިރު ފުލުހުން ވަނީ އެ ވުޒާރާއަށް ގޮސްފައެވެ. އެގޮތުން، ފުލުހުންގެ ކުރިމަތީގައި އެ ވުޒާރާގެ މުވައްޒަފުން ލޮކަރުތަކުގައި ހުރި ލިޔެކިޔުންތައް ބެލިއިރު އެއްވެސް ލިޔުމެއް ގެއްލިފައި ނުވާ ކަން ޔަގީންވެފައިވެއެވެ.
26 Sep 2026
ބެންކޮކް ފެންބޮޑުވުމުގައި ދިވެއްސަކަށް ގެއްލުމެއް ލިބުނުކަމުގެ ރިޕޯޓެއް އަދި ނެތް
ވޮއިސްއަށް މައުލޫމާތު ހިއްސާކުރަމުން ދިވެހިރާއްޖެއިން ތައިލެންޑަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ފުއާދު ތައުފީޤު ވިދާޅުވީ ބެންކޮކުގައި ތިބި ދިވެހިންގެ ރައްކާތެރިކަން ގާތުން ބައްލަވަމުން ގެންދަވާ ކަމަށެވެ
26 Sep 2026
ގެވެށި އަނިޔާ ލިބޭ މީހުންނަށް ތިން މަރުކަޒެއް ތަރައްޤީކުރަނީ
މި މަރުކަޒުތަކުގެ ބޭނުމަކީ ގެވެށި އަނިޔާ ލިބޭ ފަރާތްތަކަށް ރައްކާތެރިކަން ދީ އެ މީހުން ޢާންމު ދިރިއުޅުމަށް ރުޖޫޢަވުމަށް ބޭނުންވާ ހުރިހާ އެހީތެރިކަމެއް އެއް ފުރާޅެއްގެ ދަށުން ލިބޭނެ ގޮތް ހެދުން ކަމަށް ވަޒީރު ވިދާޅުވިއެވެ
26 Sep 2026
މިހާތަނަށް 8 ރަށުގައި އެފްއެސްއެމްގެ ޝެޑްތައް ގާއިމްކުރެވިއްޖެ: ސައީދު
އެފްއެސްއެމުން މިހާތަނަށް ޝެޑްތައް ގާއިމްކުރި ރަށްތަކުގެ ތެރޭގައި ހިމެނެނީ، ހަނިމާދޫ، އިހަވަންދޫ، އޭދަފުށި، ށ.މިލަންދޫ، ނިލަންދޫ، ދ.މީދޫ، ދުވާފަރުގެ އިތުރުން ކުޑަހުވަދޫއެވެ.
26 Sep 2026
ސާފް ޗެމްޕިއަންޝިޕަށް އިންޑިއާގެ ސީނިއާ ސްކޮޑު ނުފޮނުވުމަށް ނިންމައިފި
ސަރަޙައްދީ މުބާރާތެއްގައި ވާދަކުރުމަށްވުރެ މި ސަރަޙައްދުގެ ޤައުމުތަކަށްވުރެ ފެންވަރު ރަނގަޅު ޓީމަކާ ދެކޮޅަށް ކުޅުމުން އިންޑިއާގެ ފުޓުބޯޅައަށް ލިބޭ ފައިދާ ބޮޑުވާނެކަމަށް އެޤައުމުން ވަނީ ބުނެފައި