މީގެ ކުރިން ކުރިއަށް ދިޔަ މުއިއްޒުގެ ކެންޕެއިން ހަރަކާތައް ފަހު ނަގާފައިވާ ފޮޓޯއެއް
ހަބަރު
14 Aug 2023 | 16:22
ކެންޕެއިނަށް އިދިކޮޅުު ރަނިންމޭޓް މިއަދު މާލޭގެ ދޮރުން ދޮރަށް ހިނގަނީ!

އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ މުހައްމަދު މުއިއްޒު ގެ ރަނިންމޭޓް، އަދި ފަރެސްމާތޮޑާ ދާއިރާގެ މެންބަރު ހުސައިން މުހައްމަދު ލަތީފް، ބައިވެރިވެވަޑައިގެން ހިންގޭ ދޮރުން ދޮރަށް ކެންޕެއިން ހަރަކާތެއް މިއަދު މާލޭގައި ކުރިއަށް ދާނެ ކަމަށް އެ ކޯލިޝަނުން ބުނެފިއެވެ. 

އިދިކޮޅުން ބުނީ، މިއަދު ދޮރުން ދޮރަށް ކެންޕެއިން ހަރަކާތް ކުރިއަށް ދާނީ މާފަންނު ހުޅަނގު ދާއިރާގެ ގެތަކަށް ކަމަށެވެ. އަދި މިހަރަކާތް ފެށުމަށް ހަމަޖެހިފައިވަނީ 16:30 ގައި ހިރިޔާ ސުކޫލު ކައިރީގައި ހުންނަ ޕީޕީއެމް އޮފީސް ކައިރިން ކަމަށްވެސް ބުނެފައިވެއެވެ. 

މި ހަރަކާތުގައި ރަނިންމޭޓު ބައިވެރިވެވަޑައިގަންނަވާނެ ކަމަށް އެ ޕާޓީން މައުލޫމާތުދެއެވެ. 

މާލެ ސަރަހައްދުގައި ބޭއްވުނު، މުޢިއްޒުގެ ފުރަތަމަ ދޮރުން ދޮރަށް ކެންޕެއިން ހަރަކާތް އޮތީ ހުޅުމާލޭ ދެވަނަ ފިޔަވަހީގައެވެ. އެ ހަރަކާތުގައި ރިޔާސީ ކެންޑިޑޭޓް ޑރ. މުއިއްޒު އާއި ސެމްބެވެސް ބައިވެރިވެވަޑައިގެންނެވިއެވެ. 

މިވަގުތު މުޢިއްޒު އުޅުއްވަނީ ބޮޑު ތިލަދުންމަތީގެ ރަށްތަކުގައި ކެންޕެއިން ހަރަކާތްތައް ހިންގެވުމުގައެވެ. 

ޑރ. މުއިއްޒު އަކީ ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމަށް ރިޔާސީ އިންތިހާބުގައި ވާދަނުކުރެއްވުމުން އެމަނިކުފާނުގެ ބަދަލުގައި ކަނޑައެޅުނު ބެކްއަޕް ކެންޑިޑޭޓެވެ. މުއިއްޒުގެ ކެންޕެއިން ސްލޯގަންއަށްވެސް ބޭނުން ކުރަނީ ރައީސް ޔާމީންގެ ސްލޯގަން އަކަށް ކަނޑައެޅި "ދިވެހީންގެ ރާއްޖެ" އެވެ. 

ކެނޑިޑޭޓެއްގެ ގޮތުގައި ކަނޑައެޅުމަށްފަހު އެންމެ ފުރަތަަމަ ބޭއްވުނު ނޫސްވެރިންގެ ބައްދަލުވުމުގައި މުއިއްޒުވަނީ އޭނާގެ މަސައްކަތަކަށް ވާނީ، ރައީސް ޔާމީންގެ ތަރައްގީގެ ލެގަސީ ދެމެހެއްޓުން ކަމަށް ވިދާޅުވެފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
26 Sep 2026
ނުރައްކާތެރިކޮށް ދުއްވި މީހާ ދެނެގަނެވިއްޖެ، ހޯދުމުގެ މަސައްކަތް ދަނީ ކުރިއަށް: ފުލުހުން
މި މައްސަލަ އެއްވެސް ފަރާތަކުން ރިޕޯޓް ކޮށްފައި ނުވިނަމަވެސް، އެ މައްސަލަ ބަލަމުންދާކަމަށް ފުލުހުން ބުންޏެވެ
26 Sep 2026
ބިދޭސީންތަކެއް މަޑި ބާނާ މަންޒަރު ފެންނަ ވީޑިއޯއާ ގުޅިގެން މެމްބަރު ކުޑޫގެ ޕޯސްޓެއް
އެ ޕޯސްޓުގައި މެންބަރު ކުޑޫ ފާހަގަކޮށްފައިވާ ގޮތުގައި ބިދޭސީން މިފަދަ ޤާނޫނާ ޚިލާފު ޢަމަލުތައް ހިންގުމަށް ޖެހިލުންނުވާ ސަބަބަކީ އެފަދަ ކަންކަމުގައި އެކަށީގެންވާ ފިޔަވަޅު ނޭޅި ޤާނޫނީ ޒިންމާއިން ރެކެވޭނެ ފުރުޞަތު އޮތުމެވެ.
26 Sep 2026
ޕާކިސްތާނުގެ ފުލުހުންގެ ޗެކްޕޮއިންޓަކަށް ދިން ޖާނުންފިދާގެ ހަމަލާގައި 11 މީހަކު މަރުވެއްޖެ
ހަމަލާގައި މަރުވި މީހުންގެ ތެރޭގައި ސެކިއުރިޓީ ފޯސަސްގެ ހަތް މީހަކު ހިމެނޭ ކަމަށާއި ޒަޚަމްވި މީހުންގެ ތެރޭގައި ސެކިއުރިޓީ ބާރުތަކުގެ 20 މީހަކު ހިމެނޭ
26 Sep 2026
ހައުސިން ވުޒާރާގެ ލޮކަރުތަކެއް ހުއްދަ ނެތި ހުޅުވި މައްސަލައެއް ފުލުހުންނަށް ހުށަހަޅައިފި
ފުލުހުން ނެރުނު ބަޔާނުގައިވާ ގޮތުން އެ ވުޒާރާއިން އެ މައްސަލަ ރިޕޯޓުކުރުމާ ގުޅިގެން އިއްޔެ ރޭގަނޑު 19:18 ހާއިރު ފުލުހުން ވަނީ އެ ވުޒާރާއަށް ގޮސްފައެވެ. އެގޮތުން، ފުލުހުންގެ ކުރިމަތީގައި އެ ވުޒާރާގެ މުވައްޒަފުން ލޮކަރުތަކުގައި ހުރި ލިޔެކިޔުންތައް ބެލިއިރު އެއްވެސް ލިޔުމެއް ގެއްލިފައި ނުވާ ކަން ޔަގީންވެފައިވެއެވެ.
26 Sep 2026
ބެންކޮކް ފެންބޮޑުވުމުގައި ދިވެއްސަކަށް ގެއްލުމެއް ލިބުނުކަމުގެ ރިޕޯޓެއް އަދި ނެތް
ވޮއިސްއަށް މައުލޫމާތު ހިއްސާކުރަމުން ދިވެހިރާއްޖެއިން ތައިލެންޑަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ފުއާދު ތައުފީޤު ވިދާޅުވީ ބެންކޮކުގައި ތިބި ދިވެހިންގެ ރައްކާތެރިކަން ގާތުން ބައްލަވަމުން ގެންދަވާ ކަމަށެވެ
26 Sep 2026
ގެވެށި އަނިޔާ ލިބޭ މީހުންނަށް ތިން މަރުކަޒެއް ތަރައްޤީކުރަނީ
މި މަރުކަޒުތަކުގެ ބޭނުމަކީ ގެވެށި އަނިޔާ ލިބޭ ފަރާތްތަކަށް ރައްކާތެރިކަން ދީ އެ މީހުން ޢާންމު ދިރިއުޅުމަށް ރުޖޫޢަވުމަށް ބޭނުންވާ ހުރިހާ އެހީތެރިކަމެއް އެއް ފުރާޅެއްގެ ދަށުން ލިބޭނެ ގޮތް ހެދުން ކަމަށް ވަޒީރު ވިދާޅުވިއެވެ
26 Sep 2026
މިހާތަނަށް 8 ރަށުގައި އެފްއެސްއެމްގެ ޝެޑްތައް ގާއިމްކުރެވިއްޖެ: ސައީދު
އެފްއެސްއެމުން މިހާތަނަށް ޝެޑްތައް ގާއިމްކުރި ރަށްތަކުގެ ތެރޭގައި ހިމެނެނީ، ހަނިމާދޫ، އިހަވަންދޫ، އޭދަފުށި، ށ.މިލަންދޫ، ނިލަންދޫ، ދ.މީދޫ، ދުވާފަރުގެ އިތުރުން ކުޑަހުވަދޫއެވެ.
26 Sep 2026
ސާފް ޗެމްޕިއަންޝިޕަށް އިންޑިއާގެ ސީނިއާ ސްކޮޑު ނުފޮނުވުމަށް ނިންމައިފި
ސަރަޙައްދީ މުބާރާތެއްގައި ވާދަކުރުމަށްވުރެ މި ސަރަޙައްދުގެ ޤައުމުތަކަށްވުރެ ފެންވަރު ރަނގަޅު ޓީމަކާ ދެކޮޅަށް ކުޅުމުން އިންޑިއާގެ ފުޓުބޯޅައަށް ލިބޭ ފައިދާ ބޮޑުވާނެކަމަށް އެޤައުމުން ވަނީ ބުނެފައި