އިޢާދު ހަމީދު ވެލިދޫގައި ބޭއްވުނު ޖަލްސާގައި ވާހަކަދައްކަވަނީ. ފޮޓޯ:އެމްޑީޕީ
ހަބަރު
14 Aug 2023 | 16:25
މިއީ އެންމެ ތާރީޚީ އެންމެ އިންޤިލާބީ ޒުވާނުންގެ މެނިފެސްޓޯ: އިޢާދު

ރޭ އެމްޑީޕީ ކޯލިޝަނުން ތަޢާރަފްކުރި ޒުވާނުންގެ މެނިފެސްޓޯ އަކީ އެންމެ ތާރީޚީ އެންމެ އީޖާދީ އަދި އެންމެ އިންޤިލާބީ ޒުވާނުންގެ މެނިފެސްޓޯ ކަމަށް ޢަދާލަތު ޕާޓީގެ ނައިބު ރައީސް އިޢާދު ޙަމީދު ވިދާޅުވެއްޖެއެވެ.

އިޢާދު މިހެން ވިދާޅުވީ ރޭ ނ ވެލިދޫގައި ބޭއްވި އެމްޑީޕީ ކޯލިޝަންގެ ކެމްޕޭނު ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.

"މިރޭ އަޅުގަނޑުމެންނަށް ފެނިގެން މިދިޔައީ އުފާވެރި އަމާން ރާއްޖެ މެނިފެސްޓޯގެ ޒުވާނުންގެ ސިޔާސަތުތައް ހާމަކުރެވިގެން ދިޔަ މަންޒަރު، އާދެ ރާއްޖޭގެ ތާރީޚުގަވެސް އެއްވެސް ރިޔާސީ ކެންޑިޑޭޓަކު ހުށައެޅުއްވި އެންމެ އިންޤިލާބީ އެންމެ އީޖާދީ ޒުވާނުންގެ މެނިފެސްޓޯ މިރޭމި ފެނިގެންދިޔައީ" އިޢާދު ވިދާޅުވިއެވެ.

އިޢާދު ވިދާޅުވީ ދިވެހި ޒުވާނުންނަށް އެންމެ ބޮޑު އުއްމީދެއް ގެނެސްދިނީ މިސަރުކާރުން ކަމަށެވެ. މިއާއިއެކު ޒުވާނުންނަށް އެންމެ ގިނަ ފުރުސަތުތައް ފަހިކޮށްދިނީ ވެސް މިސަރުކާރުން ކަމަށް އެނާ ވިދާޅުވިއެވެ.

މިސަރުކާރުން ޒުވާނުންނަށް ފަހިކޮށްދެއްވި އެންމެ ރަނގަޅު ފުރުސަތަކީ ހިލޭ ޑިގްރީގެ ފުރުސަތު ކަމަށާއި، މީގެ ކުރީގައި ޑިގްރީ ހާސިލް ކުރުމަކީ ހަމައެކަނި ތަނަވަސް ކަން ލިބިފައިވާ ޢާއިލާތަކަށް ނިސްބަތްވާ ޒުވާނުންނަށް އެކަނި ލިބޭ ފުރުސަތެއް ކަމަށެވެ. އިޢާދު ވިދާޅުވީ ޑިގްރީ ހާސިލް ކުރަން ބޭނުން ޒުވާނުން މިހާރު ފައިސާއާއި ދޭތެރޭ ވިސްނާކަށް ނުޖެހޭ ކަމަށެވެ.

ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކަށާއި އެހެނިހެން ދާއިރާތަކުގެ  ފަރާތްތަކަށް މިސަރުކާރުން ގެނެސްދިން އެންމެ އުފާވެރި ކަމަކީ މިނިމަމް ވޭޖް ކަމަށް އިޢާދު ވިދާޅުވިއެވެ. އިތުރަށް އޭނާ ވިދާޅުވީ ރާއްޖޭގައި މީގެ ކުރިންވެސް ސަރުކާރު ތަކަކުން ވެރިކަން ކޮށްފި ކަމަށާއި ނަމަވެސް އެއްވެސް އެހެން ސަރުކާރަކަށް މިނިމަމް ވޭޖް ގެ ކަންކަން ކުރަން ނުކެރުނު ކަމަށެވެ. އެކަން ކުރައްވަން ކެރި ވަޑައިގަތް ހަމައެކަނި ވެރިޔަކީ ރައީސް ޞާލިޙް ކަމަށް އިޢާދު ވިދާޅުވިއެވެ. އަދި ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ ފަރާތަކަށް ލިބެން ޖެހޭ ސާވިސް ޗާޖު ޤާނޫނަކުން ޔަޤީން ކޮށްދެވިފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ވެލިދޫގައި ބޭއްވުނު ޖަލްސާގައި ރައީސް ޞާލިޙާއި އެކު ކޯލިޝަންގެ ޕާޓީތަކުގެ ބައެއް ލީޑަރުން ވެސް ބައިވެރިވެފައިވެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
ހިމަބިހީގެ އިތުރު 13 ކޭސް، ޖުމްލަ އަދަދު 199 އަށް
އެޗްޕީއޭ އިން ބުނީ މިދިޔަ ހަފްތާގައި ހިމަބިހީގެ 13 ކޭސް މާލެ ސަރަހައްދުން ފެނިފައިވާ ކަމަށެވެ.
04 Aug 2026
ނުރަނގަޅު ތަޞައްވުރު ފެތުރުން ހުއްޓާލުމަށް ކަސްޓަމްސްއިން އިލްތިމާސްކޮށްފި
ރާއްޖެއަށް އެތެރެކުރުން މަނާތަކެތި ބޯޑަރުން އެތެރެވިޔަނުދީ ހިފެހެއްޓުމަކީ ކަސްޓަމްސްގެ ޤާނޫނީ ޒިންމާއެއް ކަމަށާއި، އެ މަސައްކަތާމެދު ރައްޔިތުންގެ މެދުގައި ނުރަނގަޅު ތަޞައްވުރެއް އުފެދޭގޮތަށް ޢަމަލުނުކުރުމަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން އިލްތިމާސްކޮށްފިއެވެ.
04 Aug 2026
ބީއެމްއެލްގެ ހިންގުމުގެ އޮނިގަނޑަށް ބޮޑެތި ބަދަލުތަކެއް ގެނެސްފި
ބީއެމްއެލްއިން ބުނީ މި ބަދަލުތަކަކީ ބޭންކުގެ ޒިންމާދާރުކަން އިތުރުކުރުމަށާއި، ކަސްޓަމަރުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް ފަސޭހަކޮށް، ދެމެހެއްޓެނިވި ކުރިއެރުމެއް ހޯދުމަށް އެކުލަވާލާފައިވާ ދިގު މުއްދަތުގެ އިސްތިރާތީޖީގެ ދަށުން ގެނައި ބަދަލުތަކެއް ކަމަށެވެ. މިގޮތުން ގެނައި ބަދަލުތަކާއެކު އެގްޒެކެޓިވް ޓީމުގެ ހަތަރު މެންބަރަކު ވަނީ ކުރިއަށް އޮތް ހަ މަސް ދުވަހުގެ މުއްދަތަށް އާ މަގާމުތަކަކާ ހަވާލުވެފައެވެ.
04 Aug 2026
ވީއައިއޭއާއި މާމަހި ލައުންޖް ވޯލްޑް ޓްރެވަލް އެވޯޑްސް އަށް ނޮމިނޭޓްވެއްޖެ
ވޯލްޑް ޓްރެވަލް އެވޯޑްސް 2026 ގެ ޝަރަފުވެރި ދެ ކެޓަގަރީއަކުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓާއި މާމަހި އެގްޒެކެޓިވް ލައުންޖް ނޮމިނޭޓްވެއްޖެއެވެ.
04 Aug 2026
އެސްޖޭ މިސްކިތް ލަސްވުމުން ކުންފުނީގެ ދިފާޢުގައި ޝަހީމް ނުކުންނަވައިފި
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހުޅުމާލެ އުތުރު ދާއިރާގެ މެންބަރު ޙުސައިން ޝަރީފު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ވަޒީރު ވިދާޅުވީ، އެ މިސްކިތް ބިނާކުރުމުގެ ކަންކަމާގުޅޭ އިދާރީ މަސައްކަތާއި އަދި މިސްކިތުގެ ޑިޒައިނާއި ގުޅިގެން، މަސައްކަތްކުރިއަށް ގެންދާ ކުންފުންޏަށް ބޮޑެތި ދަތިތަކާ ކުރިމަތިލާންޖެހިފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރު ސުވާލުކުރެއްވި އިރު މިސްކިތުގެ މައްސަލަ ހައްލުވިތާ 4 މަސް ފާއިތުވެ ހިނގައްޖެ
މެމްބަރުގެ ސުވާލަށް ޖަވާބުދެއްވަމުން މިނިސްޓަރު ޝަހީމް ވިދާޅުވީ، ތުޅާދޫ މިސްކިތް ހުރި ސަރަހައްދުން ގަބުރުތައް ނަގައި ސާފްކޮށް ނިމިގެންދިޔަ ރޯދަމަހު އެ މިސްކިތުގައި ނަމާދުކުރަން ފަށާފައިވާކަމަށެވެ
04 Aug 2026
ޣައްޒާގައި ބޭއްވޭ އެންމެ ބޮޑު އެއް ޖަނާޒާ މިއަދު
އިސްރާއީލުގެ ނިރުބަވެރި ބާރުތަކުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކުގައި ޝަހީދުކޮށްލާފައިވާ އެއް އާއިލާއަކަށް ނިސްބަތްވާ 112 މީހެއްގެ ހަށިގަނޑު ވަޅުލުމަށް ބާއްވާ ބޮޑު ޖަނާޒާ މިއަދު ބޭއްވުމަށް ތައްޔާރުވެއްޖެއެވެ. މިއީ މި ޤަތުލްއާއްމު ފެށުނު ފަހުން ބޭއްވޭ އެންމެ ބޮޑު އެއް ޖަނާޒާއެވެ.
04 Aug 2026
މި ދައުރުގައި ޤުރުއާނާ ބެހޭ މަރުކަޒުގެ މަސައްކަތްތައް ހުރިހާ ރަށަކަށް ފުޅާކުރެވޭނެ
މި ދައުރުގެ ތެރޭގައި ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުގެ މަސައްކަތްތައް މުޅި ރާއްޖެއަށް ފުޅާ ކުރެވިގެންދާނެ ކަމަށް އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ މުހައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.