ސަގާފީ ގުޅިވަރާއެކު ޑރ މުއިއްޒަށް ދިއްދޫއިން މަރުހަބާ ދެންނެވުން/ ފޮޓޯ: ޕީޕީއެމް
ހަބަރު
14 Aug 2023 | 19:30
ޑރ މުއިއްޒަށް ދިއްދޫއިން ހޫނު މަރުޙަބާއެއް!

މިއަހަރުގެ ރިޔާސީ އިންތިޚާބުގައި ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަން ތަމްސީލުކުރައްވާ ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ މުޙައްމަދު މުއިއްޒަށް ހއ ދިއްދޫއިން ހޫނު މަރުހަބާއެއް ކިޔައިފި އެވެ.

ޑރ މުއިއްޒު ދިއްދޫއަށް ވަޑައިގެންފައި ވަނީ މިއަދު ހަވީރުގެ ވަގުތެއްގަ އެވެ. އެމަނިކުފާނު އެރަށަށް ވަޑައިގަތުމާއެކު އެރަށުން ވަނީ ވަރަށް ހޫނު މަރުހަބާއެއް ދަންނަވާފަ އެވެ.

ގިނަ އަދަދެއްގެ ބަޔަކު ޑރ މުއިއްޒުގެ އިސްތިގުބާލުގައި ތިބިތަން ފެނިގެން ގޮސްފައިވެއެވެ. އަދި ދިއްދޫ ވަރަށް ބޮޑަށް ޑރ މުއިއްޒުގެ އިސްތިގުބާލަށް ޒީނަތްތެރިކޮށްފައިވާ ތަން ވެސް ވަނީ ފެނިގެން ގޮސްފަ އެވެ. އޭގެ އިތުރުން އެމަނިކުފާނަށް މަރުޙަބާ ދެންނެވުމަށްޓަކައި ސަގާފީ ކުޅިވަރު ހަރަކާތެއް ވެސް ކުރިއަށް ގެންދިޔަ އެވެ.

ޑރ މުއިއްޒަށް މަރުހަބާ ދެންވުމަށް ދިޔަ ދޮށީއުމުރުގެ ބޭފުޅަކު ޝުއޫރު ފާޅުކުރަނީ

ޑރ މުއިއްޒު ދިއްދޫއަށް ވަޑައިގެންފައިވާއިރު، މިރޭ އެރަށުގައި ބޮޑު ޖަލްސާއެއް ބޭއްވުމަށް ވެސް ވަނީ ހަމަޖެހިފައެވެ. މި ޖަލްސާގައި ދިއްދޫއަށް ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ވެރިކަމެއްގައި ކޮށްދެއްވާނެ މުހިންމު ކަންތައްތަކަށް ވެސް އަލިއަޅުވާލައްވާނެ އެވެ.

ޑރ މުއިއްޒު ބޮޑު ތިލަދުންމައްޗަށް ކުރައްވާ މި ދަތުރުފުޅުގައި ދިއްދޫއަކީ ފަހު މަންޒިލެވެ.

މި ދަތުރުފުޅަށް ބަލާއިރު ހއ ހދ ގެ ގިނަ ރަށްތަކަށް އެމަނިކުފާނު ވަނީ ވަޑައިގެންފަ އެވެ. އަދި އެ އަތޮޅަށް ކޮށްދެއްވާނެ ގިނަ ކަންތައްތަކާއި ގެންގުޅުއްވާނެ ތަރައްގީގެ ސިޔާސަތު އެމަނިކުފާނު ވަނީ ސާފުކޮށްދެއްވާފަ އެވެ.

ޑރ މުއިއްޒުގެ އިސްތިގުބާލުގައި ތިއްބެވި ފަރާތްތަކާއި ސަލާންކުރެއްވުމުގެ ތެރެއިން 

ތިލަދުންމަތީގެ ހުރިހާ ރަށަކުން ވެސް ޑރ މުއިއްޒަށް ވަރަށް ހޫނު މަރުހަބާއެއް ދަންނަވާފައިވާއިރު، އިދިކޮޅުން ގެންދަނީ ރާއްޖޭގެ އެކި ސަރަހައްދުތަކުގަޔާއި މާލެ ސަރަހައްދުގައި ވެސް ހުއްޓުމެއް ނެތި ކެމްޕޭނު ހަރަކާތްތައް ކުރިއަށް ގެންދަމުންނެވެ.

އިދިކޮޅުން ބުނާ ގޮތުގައި ރައްޔިތުން ތިބީ ރައީސް ޔާމިނުގެ ތަރައްގީގެ ފިކުރާއި އެއްކޮޅަށް ވޯޓުދޭން ތައްޔާރަށެވެ. އަދި ރިޔާސީ އިންތިޚާބު އެއްބުރުން ކާމިޔާބުކުރެވޭނެ ކަމުގެ ޔަގީންކަން ވެސް އޮތްކަމަށް އިދިކޮޅުން ދަނީ ބުނަމުންނެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
26 Sep 2026
ނުރައްކާތެރިކޮށް ދުއްވި މީހާ ދެނެގަނެވިއްޖެ، ހޯދުމުގެ މަސައްކަތް ދަނީ ކުރިއަށް: ފުލުހުން
މި މައްސަލަ އެއްވެސް ފަރާތަކުން ރިޕޯޓް ކޮށްފައި ނުވިނަމަވެސް، އެ މައްސަލަ ބަލަމުންދާކަމަށް ފުލުހުން ބުންޏެވެ
26 Sep 2026
ބިދޭސީންތަކެއް މަޑި ބާނާ މަންޒަރު ފެންނަ ވީޑިއޯއާ ގުޅިގެން މެމްބަރު ކުޑޫގެ ޕޯސްޓެއް
އެ ޕޯސްޓުގައި މެންބަރު ކުޑޫ ފާހަގަކޮށްފައިވާ ގޮތުގައި ބިދޭސީން މިފަދަ ޤާނޫނާ ޚިލާފު ޢަމަލުތައް ހިންގުމަށް ޖެހިލުންނުވާ ސަބަބަކީ އެފަދަ ކަންކަމުގައި އެކަށީގެންވާ ފިޔަވަޅު ނޭޅި ޤާނޫނީ ޒިންމާއިން ރެކެވޭނެ ފުރުޞަތު އޮތުމެވެ.
26 Sep 2026
ޕާކިސްތާނުގެ ފުލުހުންގެ ޗެކްޕޮއިންޓަކަށް ދިން ޖާނުންފިދާގެ ހަމަލާގައި 11 މީހަކު މަރުވެއްޖެ
ހަމަލާގައި މަރުވި މީހުންގެ ތެރޭގައި ސެކިއުރިޓީ ފޯސަސްގެ ހަތް މީހަކު ހިމެނޭ ކަމަށާއި ޒަޚަމްވި މީހުންގެ ތެރޭގައި ސެކިއުރިޓީ ބާރުތަކުގެ 20 މީހަކު ހިމެނޭ
26 Sep 2026
ހައުސިން ވުޒާރާގެ ލޮކަރުތަކެއް ހުއްދަ ނެތި ހުޅުވި މައްސަލައެއް ފުލުހުންނަށް ހުށަހަޅައިފި
ފުލުހުން ނެރުނު ބަޔާނުގައިވާ ގޮތުން އެ ވުޒާރާއިން އެ މައްސަލަ ރިޕޯޓުކުރުމާ ގުޅިގެން އިއްޔެ ރޭގަނޑު 19:18 ހާއިރު ފުލުހުން ވަނީ އެ ވުޒާރާއަށް ގޮސްފައެވެ. އެގޮތުން، ފުލުހުންގެ ކުރިމަތީގައި އެ ވުޒާރާގެ މުވައްޒަފުން ލޮކަރުތަކުގައި ހުރި ލިޔެކިޔުންތައް ބެލިއިރު އެއްވެސް ލިޔުމެއް ގެއްލިފައި ނުވާ ކަން ޔަގީންވެފައިވެއެވެ.
26 Sep 2026
ބެންކޮކް ފެންބޮޑުވުމުގައި ދިވެއްސަކަށް ގެއްލުމެއް ލިބުނުކަމުގެ ރިޕޯޓެއް އަދި ނެތް
ވޮއިސްއަށް މައުލޫމާތު ހިއްސާކުރަމުން ދިވެހިރާއްޖެއިން ތައިލެންޑަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ފުއާދު ތައުފީޤު ވިދާޅުވީ ބެންކޮކުގައި ތިބި ދިވެހިންގެ ރައްކާތެރިކަން ގާތުން ބައްލަވަމުން ގެންދަވާ ކަމަށެވެ
26 Sep 2026
ގެވެށި އަނިޔާ ލިބޭ މީހުންނަށް ތިން މަރުކަޒެއް ތަރައްޤީކުރަނީ
މި މަރުކަޒުތަކުގެ ބޭނުމަކީ ގެވެށި އަނިޔާ ލިބޭ ފަރާތްތަކަށް ރައްކާތެރިކަން ދީ އެ މީހުން ޢާންމު ދިރިއުޅުމަށް ރުޖޫޢަވުމަށް ބޭނުންވާ ހުރިހާ އެހީތެރިކަމެއް އެއް ފުރާޅެއްގެ ދަށުން ލިބޭނެ ގޮތް ހެދުން ކަމަށް ވަޒީރު ވިދާޅުވިއެވެ
26 Sep 2026
މިހާތަނަށް 8 ރަށުގައި އެފްއެސްއެމްގެ ޝެޑްތައް ގާއިމްކުރެވިއްޖެ: ސައީދު
އެފްއެސްއެމުން މިހާތަނަށް ޝެޑްތައް ގާއިމްކުރި ރަށްތަކުގެ ތެރޭގައި ހިމެނެނީ، ހަނިމާދޫ، އިހަވަންދޫ، އޭދަފުށި، ށ.މިލަންދޫ، ނިލަންދޫ، ދ.މީދޫ، ދުވާފަރުގެ އިތުރުން ކުޑަހުވަދޫއެވެ.
26 Sep 2026
ސާފް ޗެމްޕިއަންޝިޕަށް އިންޑިއާގެ ސީނިއާ ސްކޮޑު ނުފޮނުވުމަށް ނިންމައިފި
ސަރަޙައްދީ މުބާރާތެއްގައި ވާދަކުރުމަށްވުރެ މި ސަރަޙައްދުގެ ޤައުމުތަކަށްވުރެ ފެންވަރު ރަނގަޅު ޓީމަކާ ދެކޮޅަށް ކުޅުމުން އިންޑިއާގެ ފުޓުބޯޅައަށް ލިބޭ ފައިދާ ބޮޑުވާނެކަމަށް އެޤައުމުން ވަނީ ބުނެފައި