ޚާރިޖީ ވަޒީރު ޢަބްދުالله ޝާހިދު އާއި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ
ހަބަރު
15 Aug 2023 | 09:53
9 މަޝްރޫޢުއަކަށް 5.95 މިލިއަން ރުފިޔާގެ އެހީ ދީފި؛ މިފަހަރުވެސް އިންޑިޔާއިން!

ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓް (އެޗްއައިސީޑީޕީ) ގެ ދަށުން ރާއްޖޭގައި ހިންގުމަށް ހަމަޖެހިފައިވާ 9 މަޝްރޫއުއަކަށް 5.95 މިލިއަން ރުފިޔާގެ ހިލޭ އެހީ އިންޑިއާ އިން ދީފިއެވެ.

މިކަމާއި ގުޅިގެން ރާއްޖޭގައި ހުންނަ އިންޑިއާ ހައިކޮމިޝަނުން ބުނީ، މި އެއްބަސްވުންތަކުގައި ސޮއިކުރެވިފައިވަނީ ރާއްޖޭގެ ހާރިޖީ ވަޒީރު އަބްދުالله ޝާހިދު، މިދިޔަ ޖުލައި 11 ގައި އިންޑިއާ އަށް ކުރެއްވި ދަތުރުފުޅުގައި ކަމަށެވެ. 

އަދި މި 5.95 މިލިއަން ރުފިޔާގެ އެހީ ދީފައިވާ މަޝްރޫއުތަކުން މުޖުތަމައު އަށް ފައިދާ ކުރާނެ ކަމަށްވެސް ހައި ކޮމިޝަނުން ބުނެފައިވެއެވެ.

މި ނުވަ މަޝްރޫއުތަކުގެ ތެރޭގައި ހިމެނެނީ:

1- ރ. އުނގޫފާރު ހޮސްޕިޓަލްގައި މެންޓަލް ޔުނިޓް ތަރައްގީ ކުރުން.

2- ށ. ކަނޑިތީމުގަައި ވޮލީބޯޅަ ކޯޓެއް ތަރައްގީ ކުރުން.

3- މ. ދިއްގަރުގައި ގޭދޮށު މަސް ޕްލާންޓް ބެހެއްޓުން.

4- ށ. ފޯކައިދޫ ކޮމިއުނިޓީ ސެންޓަރަށް ފަރުނީޗަރާއި އިކުއިޕްމަންޓް ހޯދުން.

5- ތ. ވިލުފުށީ ސްކޫލް ޑިޖިޓަލައިޒޭޝަން ޕްރޮގްރާމް.

6- ފ. ނިލަންދޫ ހޮސްޕިޓަލް އަޕްގްރޭޑް ކުރުން.

7- ސްކޫލްތަކުގެ ކޮމްޕިއުޓަރ ލެބް އަޕްގްރޭޑް ކުރުން.

8- އުތީމުގަނޑުވަރުގެ ފުރާޅު ހިމާޔަތްކުރުމާއި ގަނޑުވަރުގެ ވަށައިގެންވާ ސަރަހައްދު ތަރައްގީކުރުން.

9- ގއ. ކޮނޑޭގައި މަގުބައްތި ހަރު ކުރުން.

އިންޑިޔާ ހައިކޮމިޝަނުން އިތުރަށް ބުނީ، ރާއްޖޭގައި ކޮމިއުނިޓީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓްތައް ހިންގުމަށް އެ ސަރުކާރުން ޖުމްލަ 361 މިލިއަން ރުފިޔާގެ ހިލޭ އެހީ ކަނޑައަޅާފައިވާ ކަަމަށެވެ. އަދި ދިވެހި ޚާރިޖީ ވުޒާރާއާއި ކަމާއި ބެހޭ އެހެން ވުޒާރާތަކާއި، ލޯކަލް ގަވަރމަންޓްތަކާ ގުޅިގެން ރާއްޖޭގެ 21 އަތޮޅެއްގައި 65 މަޝްރޫޢެއް އިންޑިއާ އިން ހިންގަމުން އަންނަ ކަންވެސް ފާހަގަކޮށްފައިވެއެވެ.

އޭގެ ތެރޭގައި ތެރޭގައި ކުޅިވަރާއި، ތައުލީމާއި، ސިއްހީ ދާއިރާއާއި، މަދަނީ ވަސީލަތްތަކާއި، މަސްވެރިކަމާއި، ފަތުރުވެރިކަމާއި، ސަގާފީ ދާއިރާ ފަދަ ދާއިރާތައް ހިމެނޭ އިރު އޭގެ ތެރެއިން 27 މަޝްރޫއެއްގެ މަސައްކަތް މިހާރު ނިމިފައިވާ ކަމަށާ އަދި ފަސް މަޝްރޫއެއް ވަނީ ނިމުމާ ގާތްވެފައިވާ ކަމަށް އެ ބަޔާނުގައި ވެއެވެ..

ކޮމެންޓް
ގުޅޭ ލިޔުންތައް
11 Oct 2026
ވަށަފަރު ކޮމެޓީގެ ރައީސާއި ތިން ރަށެއްގެ ކޮމެޓީއަށް މެންބަރުން ހޮވުން ނޮވެންބަރު 28 ގައި
ކޮމިޝަނުން ބުނީ ހއ. ވަށަފަރު އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސްގެ މަގާމަށާއި ނ. ކުޑަފަރީ, ވ. ތިނަދޫ އަދި ސ. ހުޅުދޫއަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރު ކަމަށް ކުރިމަތިލާން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.
11 Oct 2026
ވ. ތިނަދޫ ކައުންސިލްގެ ރައީސް ކަމަށް ހުޅުވާލައިފި، އިންތިހާބު ނޮވެންބަރު 28 ގައި
އިލެކްޝަންސް ކޮމިޝަނުން ބުނީ އެ އިންތިހާބު އަންނަ ނޮވެންބަރު 28 ވާ ހޮނިހިރު ދުވަހު ބާއްވާ ގޮތަށް ހަމަޖައްސާފައިވާ ކަމަށެވެ.
11 Oct 2026
އެމްޓީސީސީން ދިއްދޫގައި ތަރައްގީކުރި ވޮލީބޯޅަ ކޯޓު ރަސްމީކޮށް ހުޅުވައިފި
11 Oct 2026
ރަސްމާލެ މަޝްރޫއު ހުއްޓުވުމަށް ކުރާ މަސައްކަތް ކާމިޔާބެއް ނުވާނެ
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އަބްދުއްރަހީމް ވަނީ, ދެ ދައުރެއްގައި ހިނގި ދެ ކަމެއް އެއްފަދަ ކުރައްވައިފައެވެ. އެގޮތުން، ރައީސް ޔާމީންގެ ވެރިކަމުގައި ސައޫދީ އަރަބިއްޔާގެ ކުންފުންޏަކުން ފ. އަތޮޅުގައި ހިންގަން އުޅުނު މަޝްރޫއު ހުއްޓުވުމަށް އެމްޑީޕީ އޭރު އިސް ނެގި ކަން ފާހަގަކުރައްވައި، ޔޫއޭއީގެ ކުންފުންޏަކުން ރަސްމާލޭގައި ހިންގުމަށް ހަމަޖެހިފައިވާ ބޮޑު މަޝްރޫއަށް ހުރަސް އެޅުމަށް މިހާރު ރައީސް ޔާމީން އިސްވެ ހުންނަވައި އެމްޑީޕީއާ ގުޅިގެން ކުރައްވާ މަސައްކަތާ އެއްވެސް ފަރަގެއް ނެތް ކަމަށް ވިދާޅުވެފައިވެއެވެ.
11 Oct 2026
ރިޔާދުގެ އެއާޕޯޓަށް ހޫތީން ދިން ހަމަލާ ދިވެހި ސަރުކާރުން ކުށްވެރިކޮށްފި
މި ހަމަލާއަކީ ސައޫދީ އަރަބިއްޔާގެ އިތުރުން މުޅި ސަރަހައްދުގެ ސަލާމަތާއި ހަމަޖެހުމަށް ކުރިމަތިވެފައިވާ ބޮޑު ނުރައްކަލެއް ކަމަށް ހާރިޖިއްޔާގެ ބަޔާނުގައި ވަނީ ފާހަގަކޮށްފައެވެ.
11 Oct 2026
ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ސެޕްޓެމްބަރު މަހު 59 މިލިއަން ރުފިޔާ ދޫކޮށްފި
އެ އެޖެންސީން އާންމުކުރި ތަފާސްހިސާބުތައް ދައްކާ ގޮތުން ސެޕްޓެމްބަރު މަހު މާލީ އެހީ ލިބުނީ ޖުމުލަ 15،571 މީހަކަށެވެ. އޮގަސްޓް މަހާ އަޅާ ބަލާއިރު މިއީ ލިބުނު ފައިސާގެ އަދަދާއި އެހީ ލިބުނު މީހުންގެ އަދަދުވެސް އިތުރުވުމެކެވެ. އޮގަސްޓް މަހު 15،498 މީހަކަށް 58.4 މިލިއަން ރުފިޔާ ދޫކޮށްފައިވެއެވެ.
11 Oct 2026
ބޮޑުތަކުރުފާނުމަގުގެ ތިންވަނަ ފިޔަވަހީގެ މަސައްކަތް: ފެނާއި ނަރުދަމާ ހޮޅި އަޅަނީ
އެ ކުންފުނިން ހާމަކޮށްފައިވާ ގޮތުގައި، މި ފިޔަވަހީގެ ބޭނުމަކީ އެ ސަރަހައްދުގައި ފެނާއި ނަރުދަމާގެ ހިދުމަތް ހަރުދަނާކޮށް، ރައްޔިތުންނަށް ދިމާވެފައިވާ ދަތިތަކަށް ހައްލު ހޯދައިދިނުމެވެ.
11 Oct 2026
ރައްޔިތުންގެ މަޖިލީހަށް ސްޓާލިންކުންދޭ އިންޓަރނެޓް ލައިދޭނެ ބަޔަކު ހޯދަނީ
މިކަން ކޮށްދޭ ބަޔަކު ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް ސްޓާރލިނކް ސެޓެލައިޓް އިންޓަރނެޓް ކަނެކްޝަން ސަޕްލައިކޮށް، އިންސްޓޯލް ކުރުމުގެ މަސައްކަތް ކޮށްދޭން ޖެހޭ