ޕީއެންސީގެ ނާއިބު ރައީސް މުހައްމަދު ސަޢީދު-- ޕީޕީއެމް
ހަބަރު
15 Aug 2023 | 10:34
މި ނުކުތީ މިރާއްޖޭގެ ޑޮލަރުގެ އަގު ކުރިން ހުރިވަރަށް ގެނެސް އިގްތިޞާދު ކޮޅަށް ޖަހަން: ސަޢީދު

ނުކުމެ ތިއްބެވީ ދިވެހިރާއްޖޭގައި ޑޮލަރުގެ އަގު ދަށްކޮށް، އިގްތިޞާދު ނަގައި ކޮޅަށް ޖައްސަވާން ކަމަށް ކުރީގެ އިކޮނަމިކް މިނިސްޓަރު އަދި މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ. 

އަންނަ މަހުގެ 9 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިޚާބުގެ ކެމްޕެއިނަށް ހއ. ދިއްދޫގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ސައީދު ވިދާޅުވީ ދިވެހިރާއްޖޭގައި އުފަންވެފައިވާ ކޮންމެ ދިވެހި ރައްޔިތެއްގެ ބޮލުގައި 37 ހާސް ރުފިޔާގެ ދަރަނި މިސަރުކާރުން އަޅުވާފައިވާ ކަަމަށެވެ.

އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު އެކަނިވެސް ފަސްދޮޅަސް ފަސް މިލިއަން ރުފިޔާގެ ދަރަނި ނަގާފައިވާ ކަމަށާ އެއާއެކު ރާއްޖޭގެ ދަރަނި ސަތޭކަ ސާދަ ބިލިއަން ރުފިޔާއަށް އަރައި، އިންޑިއާގެ އަޅުވެތި ކަމަށް ގެންގޮސްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ސައީދު ވިދާޅުވީ މިހާބޮޑަށް ރާއްޖެ ދަރަނިވެރި ކުރި ވެރިއަކު މިރާއްޖެ ނުދެކޭ ކަމަށާއި އެހާގިނަ ފައިސާ ލޯނުގެ ގޮތުގައި ނެގިއިރު ރާއްޖެއަށް ގެނައި ތަރައްގީއެއް ފެންނަން ނެތްތާނގައި ދައުލަތުގެ މާލިއްޔާގައި ކާބޯތަކެތި ގަންނާނެ ފައިސާއެއް ވެސް ނެތް ކަމަށެވެ.

އެހެންކަމުން، ރައީސް ޔާމީންގެ އިރުޝާދުގެ ދަށުން ޕީޕީއެމް ޕީއެންސީއިން ނިކުތީ މިރާއްޖެ މިނިވަން ކޮށް އިގްތިޞާދު ކޮޅަށް ޖައްސަވަން ކަމަށްވެސް ސައީދު ވިދާޅުވިއެވެ. 

"ރައީސް ޔާމީންގެ އިރުޝާދުގެ ދަށުން އަޅުގަނޑުމެން މި ނިކުތީ މިރާއްޖެ މިނިވަން ކުރަން. މިރާއްޖޭގެ އިގްތިސާދު އަލުން އަނބުރާ ކޮޅަށް ޖަހަން. މިރާއްޖޭގެ ޑޮލަރުގެ އަގު އަލުން އަނބުރާ ހުރިވަރަށް ގެންނަން. މިރާއްޖޭގެ ބޭންކުތައް ވިޔާރިތައް، ކުދި، މެދު، ބޮޑެތި ވިޔަފާރިތަކަށް ދިރުން ގެންނަން. ޒުވާނުންނަށް އާއުންމީދުތަކެއް ގެންނާނަން. ކަނބަލުންނަށް ގެއްލިފައިވާ ހައްގުތައް ހޯދުމަށް ދިވެހިރާޖެއަށް އާރޯކަން ގެންނަން މަސައްކަތް ކުރާނެ ދެޕާޓީ އަކީ މީ" 

ޕީއެންސީގެ ނާއިބު ރައީސް މުހައްމަދު ސަޢީދު

ރޭގެ ޖަލްސާގައި ސައީދު ވަނީ މި ސަރުކާރާއި އިންޑިއާ އާއި ދެމެދު އޮންނަ ގުޅުމަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
26 Sep 2026
ނުރައްކާތެރިކޮށް ދުއްވި މީހާ ދެނެގަނެވިއްޖެ، ހޯދުމުގެ މަސައްކަތް ދަނީ ކުރިއަށް: ފުލުހުން
މި މައްސަލަ އެއްވެސް ފަރާތަކުން ރިޕޯޓް ކޮށްފައި ނުވިނަމަވެސް، އެ މައްސަލަ ބަލަމުންދާކަމަށް ފުލުހުން ބުންޏެވެ
26 Sep 2026
ބިދޭސީންތަކެއް މަޑި ބާނާ މަންޒަރު ފެންނަ ވީޑިއޯއާ ގުޅިގެން މެމްބަރު ކުޑޫގެ ޕޯސްޓެއް
އެ ޕޯސްޓުގައި މެންބަރު ކުޑޫ ފާހަގަކޮށްފައިވާ ގޮތުގައި ބިދޭސީން މިފަދަ ޤާނޫނާ ޚިލާފު ޢަމަލުތައް ހިންގުމަށް ޖެހިލުންނުވާ ސަބަބަކީ އެފަދަ ކަންކަމުގައި އެކަށީގެންވާ ފިޔަވަޅު ނޭޅި ޤާނޫނީ ޒިންމާއިން ރެކެވޭނެ ފުރުޞަތު އޮތުމެވެ.
26 Sep 2026
ޕާކިސްތާނުގެ ފުލުހުންގެ ޗެކްޕޮއިންޓަކަށް ދިން ޖާނުންފިދާގެ ހަމަލާގައި 11 މީހަކު މަރުވެއްޖެ
ހަމަލާގައި މަރުވި މީހުންގެ ތެރޭގައި ސެކިއުރިޓީ ފޯސަސްގެ ހަތް މީހަކު ހިމެނޭ ކަމަށާއި ޒަޚަމްވި މީހުންގެ ތެރޭގައި ސެކިއުރިޓީ ބާރުތަކުގެ 20 މީހަކު ހިމެނޭ
26 Sep 2026
ހައުސިން ވުޒާރާގެ ލޮކަރުތަކެއް ހުއްދަ ނެތި ހުޅުވި މައްސަލައެއް ފުލުހުންނަށް ހުށަހަޅައިފި
ފުލުހުން ނެރުނު ބަޔާނުގައިވާ ގޮތުން އެ ވުޒާރާއިން އެ މައްސަލަ ރިޕޯޓުކުރުމާ ގުޅިގެން އިއްޔެ ރޭގަނޑު 19:18 ހާއިރު ފުލުހުން ވަނީ އެ ވުޒާރާއަށް ގޮސްފައެވެ. އެގޮތުން، ފުލުހުންގެ ކުރިމަތީގައި އެ ވުޒާރާގެ މުވައްޒަފުން ލޮކަރުތަކުގައި ހުރި ލިޔެކިޔުންތައް ބެލިއިރު އެއްވެސް ލިޔުމެއް ގެއްލިފައި ނުވާ ކަން ޔަގީންވެފައިވެއެވެ.
26 Sep 2026
ބެންކޮކް ފެންބޮޑުވުމުގައި ދިވެއްސަކަށް ގެއްލުމެއް ލިބުނުކަމުގެ ރިޕޯޓެއް އަދި ނެތް
ވޮއިސްއަށް މައުލޫމާތު ހިއްސާކުރަމުން ދިވެހިރާއްޖެއިން ތައިލެންޑަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ފުއާދު ތައުފީޤު ވިދާޅުވީ ބެންކޮކުގައި ތިބި ދިވެހިންގެ ރައްކާތެރިކަން ގާތުން ބައްލަވަމުން ގެންދަވާ ކަމަށެވެ
26 Sep 2026
ގެވެށި އަނިޔާ ލިބޭ މީހުންނަށް ތިން މަރުކަޒެއް ތަރައްޤީކުރަނީ
މި މަރުކަޒުތަކުގެ ބޭނުމަކީ ގެވެށި އަނިޔާ ލިބޭ ފަރާތްތަކަށް ރައްކާތެރިކަން ދީ އެ މީހުން ޢާންމު ދިރިއުޅުމަށް ރުޖޫޢަވުމަށް ބޭނުންވާ ހުރިހާ އެހީތެރިކަމެއް އެއް ފުރާޅެއްގެ ދަށުން ލިބޭނެ ގޮތް ހެދުން ކަމަށް ވަޒީރު ވިދާޅުވިއެވެ
26 Sep 2026
މިހާތަނަށް 8 ރަށުގައި އެފްއެސްއެމްގެ ޝެޑްތައް ގާއިމްކުރެވިއްޖެ: ސައީދު
އެފްއެސްއެމުން މިހާތަނަށް ޝެޑްތައް ގާއިމްކުރި ރަށްތަކުގެ ތެރޭގައި ހިމެނެނީ، ހަނިމާދޫ، އިހަވަންދޫ، އޭދަފުށި، ށ.މިލަންދޫ، ނިލަންދޫ، ދ.މީދޫ، ދުވާފަރުގެ އިތުރުން ކުޑަހުވަދޫއެވެ.
26 Sep 2026
ސާފް ޗެމްޕިއަންޝިޕަށް އިންޑިއާގެ ސީނިއާ ސްކޮޑު ނުފޮނުވުމަށް ނިންމައިފި
ސަރަޙައްދީ މުބާރާތެއްގައި ވާދަކުރުމަށްވުރެ މި ސަރަޙައްދުގެ ޤައުމުތަކަށްވުރެ ފެންވަރު ރަނގަޅު ޓީމަކާ ދެކޮޅަށް ކުޅުމުން އިންޑިއާގެ ފުޓުބޯޅައަށް ލިބޭ ފައިދާ ބޮޑުވާނެކަމަށް އެޤައުމުން ވަނީ ބުނެފައި