Advertisement

ޖީއެސް ވޮލީބޯޅަ ޓޯނަމަންޓް 2023، ޓައިޓަލް ސްޕޮންސަރ އަކަށް ސޭލްސްކޯ ހާރޑްވެއަރ!

16 Aug 2023 | 17:15
2021 ވަނަ އަހަރު ބޭއްވުނު ޖީއެސް ވޮލީބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ޕޮލިސް ޓީމް

ކުލަބު ޖީއެސްގެ ފަރާތުން އިންތިޒާމްކޮށްގެން ހއ.ހޯރަފުށީ މިއަހަރުގެ ޑިސެމްބަރު 20 ގައި ފެށުމަށް ހަމަޖެހިފައިވާ 2 ވަނަ ޖީއެސް ވޮލީބޯޅަ ޓޯނަމަންޓުގެ ޓައިޓަލް ސްޕޮންސަރ އަކަށް ސޭލްސްކޯ ހާޑްވެއާ ހަމަޖައްސައިފި އެވެ.

މި މުބާރަތުގެ ޓައިޓަލް ސްޕޮންސަރ އަކަށް ސޭލްސްކޯ ހާރޑްވެއަރ ހަމަޖެހިގެން ދިއުމާއި ބެހޭގޮތުން ވާހަކަ ދައްކަމުން ޖީއެސް ކުލަބުގެ މެމްބަރު މުއްސަދު ބުނީ މިއީ މި މުބާރާތައް ލިބިގެންދިޔަ އިތުރު ފުރިހަމަ ކަމެއްކަމަށެވެ. އަދި ސޭލްސްކޯ ހާރޑްވެއަރ ގެ ފަރާތުން މި މުބާރާތަށް ލިބިގެންދާ އެހީތެރިކަމަށްޓަކައި އަޅުގަނޑުމެން ކުލަބުގެ ފަރާތުން ސޭލްސްކޯ ހާރޑްވެއަރ ގެ ވެރިންނަށް ވަރަށް އިޚްލާޞްތެރިކަމާއެކީ ޝުކުރު އަދާކުރަން މުއްސަދު ބުންޏެވެ.

އިތުރަށް ވާހަކަ ދައްކަމުން މުއްސަދު ބުނީ އެކި ސަބަބުތަކާއި ހުރެ މިދިޔައަހަރު މުބާރާތް ނުބޭއްވި ދިޔަ ނަމަވެސް މި ފަހަރު މި މަސައްކަތް ކުރަނީ ހުރިހާ ގޮތަކުން ވެސް ކުރީ މުބާރާތަށް ވުރެ ފެންވަރު ރަގަޅު މުބާރާތެއް ބޭއްވޭތޯ. އެގޮތުން ފުރަތަަމަ މުބާރާތުގައި ޗެމްޕިއަންކަން ޓީމަށް 10,000 ރުފިޔާ ގެ ފައިސާގެ އިނާމެއް ހުށަހަޅާފައިވާއިރު، މި އަހަރު އެ އަދަދު މިވަނީ 25,000 ރުފިޔާ އަށް ބޮޑުކޮށްފައެވެ. އަދި ރަނަރަޕް ޓީމަށް މި އަހަރު ވަނީ 10,000 ރުފިޔާ ހުށަހަޅާފައެވެ.

Advertisement

މި މުބާރާތުގައި ހއ.ހޯރަފުށީގައި ހަރަކާތެރިވާ ކުލަބު ޖަމިއްޔާތަކާއި ސަރުކާރުގެ އޮފީސްތަކާއި، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ އިތުރުން އަމިއްލަ ކުންފުނިތަކާއި އަމިއްލަ ވިޔަފާރިތަކަށް ބައިވެރިވުމުގެ ފުރުސަތު އޮނާނެއެވެ.

2021 ވަނަ އަހަރު ބޭއްވުނު ޖީއެސް ވޮލީބޯޅަ މުބާރާތުގައި ހަތަރު ޓީމު ބައިވެރިވިއިރު، މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ޕޮލިސް ޓީމެވެ.

މުބާރާތުގެ މުހިންމު ސުންގަޑިތައް:

2023 ސެޕްޓެމްބަރު 3 : ރަޖިސްޓަރީވުމަށް ހުޅުވާލުން

2023 އޮކްޓޯބަރު 1 : ރަޖިސްޓްރޭޝަނަށް ފޯމު ހުށަހެޅުމުގެ ފަހު ދުވަސް ( މި ދުވަހުގެ މެންދުރުފަހު 14:00ގެ ނިޔަލަށް)

2023 ނޮވެމްބަރު 1 : ޓީމު ލިސްޓް ހުށަހެޅުމަށް ހުޅުވާލުން

2023 ޑިސެމްބަރު 14 : ޓީމު ލިސްޓް ހުށަހެޅުމުގެ ފަހު ދުވަސް ( މި ދުވަހުގެ މެންދުރުފަހު 14:00ގެ ނިޔަލަށް)

Advertisement

ކޮމެންޓް