ކެލާގައި ބޭއްވި ޖަލްސާގައި ޑރ މުއިއްޒު ވާހަކަދައްކަވަނީ/ ފޮޓޯ: ޕީޕީއެމް
ހަބަރު
15 Aug 2023 | 12:32
ކެލާ ފަޅުގައި ރިސޯޓެއް އަޅާ، ލޯކަލް ޓުއަރިޒަމް ފުޅާކުރާނަން: ޑރ މުއިއްޒު

ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ވެރިކަމެއްގައި ހއ ކެލާގެ ފަޅުތެރޭގައި ރިސޯޓެއް ހަދާ، އެ ރަށަކީ ލޯކަލް ޓުއަރިޒަމް ފުޅާކުރާނެ ރަށެއްކަމުގައި ހައްދަވާނެކަމަށް، އެ ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓު ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ. 

އެމަނިކުފާނު މިފަދައިން ވިދާޅުވެފައި ވަނީ ތިލަދުންމައްޗަށް އެމަނިކުފާނު ކުރައްވާ ކެމްޕޭނު ދަތުރުފުޅުގައި މިއަދު ހއ ކެލާއަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާއި މުޚާތަބުކުރައްވާ ވާހަކަފުޅު ދައްކަވަމުންނެވެ. 

ޑރ މުއިއްޒު ވިދާޅުވީ ރަށުގައި ތިބެގެން އާމްދަނީ ލިބޭނެ ރަނގަޅު ވަޒީފާތައް ނެތުމުން، ކެލާގެ ގިނަ ޒުވާނުން ވަޒީފާ އަދާކުރަމުންދަނީ ރަށުން ބޭރުގައި ކަމަށެވެ. އެހެންކަމުން އެ މައްސަލަ ދާއިމީގޮތެއްގައި ޙައްލުކޮށްދިނުމަށް ކެލާގެ ފަޅުގައި ރިސޯޓެއް ހަދާދެއްވާނެ ކަމަށާއި، އަދި އެ ރަށަކީވެސް ޓުއަރިޒަމްގެ އެކި ހަރަކާތްތައް ހިންގޭނެ ރަށެއްގެ ގޮތުގައި ހައްދަވާދެއްވާނެ ކަމަށެވެ. 

"މިރަށުގެ ފަޅުގައި ޓުއަރިޒަމަށް ފުރުސަތު ހުޅުވާލާ، މި ދެންނެވީ ރިސޯޓު ތަރައްގީކޮށްދީ އަދި މި ރަށުގެ ބިމުގައި ވެސް އެކި ގޮތްގޮތުން ޓުއަރިޒަމްގެ ގޮތުން ކުރިއަށް ދެވޭނެ މަގުތައް ފަހިކޮށްދެވިގެން ދާނެ"

ޑރ މުއިއްޒު 

ޑރ މުއިއްޒު އިތުރަށް ވިދާޅުވީ ޓުއަރިޒަމަށް މިހާރު ޚާއްސަ ކުރެވިފައިވާ ބިމުން އެރަށުގެ ރައްޔިތުންނަށް ފައިދާވާ ގޮތަށް ކަންކަން ބަދަލުކޮށްދެއްވާނެ ކަމުގެ ޔަގީންކަން ވެސް ދެއްވާ ކަމަށެވެ. އޭގެ އިތުރުން ޑރ މުއިއްޒު ވިދާޅުވީ ޓުއަރިޒަމްގެ ސިނާއަތުގައި މަސައްކަތް ކުރުމަށް ބޭނުންވާ ފަރާތްތަކަށް، އެ ވިޔަފާރިތައް ކުރުމަށް ބޭނުންވާނެ ލުއި ލޯނު ޕީޕީއެމް-ޕީއެންސީގެ ވެރިކަމެއްގައި ފޯރުކޮށްދޭނެ ކަމަށެވެ. 

ކެލާއަށް ޑރ މުއިއްޒުގެ ވައުދުވެލެއްވި އިތުރުކަންކަން

ދަނޑުވެރިކަން ކުރާ ސަރަހައްދަށް ކަރަންޓުގެ ވަސީލަތް ފޯރުކޮށްދިނުން 

ބަނދަރާއި އެކު 4 ހެކްޓަރުގެ ބިން ހިއްކާ އިތުރުކުރުން 

ކެލާގައި މަސްވެރިކަމުގެ ސިނާއަތް ތައާރަފުކުރުން 

ބޯހިޔާވަހިކަން ކަށަވަރުކޮށްދިނުން 

ކެލާގައި ބޭއްވި ކެމްޕޭނު ޖަލްސާގެ ތެރެއިން...ފޮޓޯ: ޕީޕީއެމް 

ޑރ މުއިއްޒު ވިދާޅުވީ އެކަންކަން ކުރެވުމުގެ ސަބަބުން ރައްޔިތުންގެ ފުދުންތެރިކަން އިންތިހާއަށް އިތުރުވެގެންދާނެ ކަމަށެވެ.

އެމަނިކުފާނު ވެލައްވާ ވައުދުތައް ފުއްދަވާދެއްވާނެ ކަމުގެ ޔަގީންކަން ދެއްވާ ކަމަށާއި، ރައްޔިތުން އިތުބަރުކުރައްވާ ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނަށް ފުރުސަތު ދެއްވުމަށް ޑރ މުއިއްޒު ވަނީ އެދިވަޑައިގެންފަ އެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
26 Sep 2026
ނުރައްކާތެރިކޮށް ދުއްވި މީހާ ދެނެގަނެވިއްޖެ، ހޯދުމުގެ މަސައްކަތް ދަނީ ކުރިއަށް: ފުލުހުން
މި މައްސަލަ އެއްވެސް ފަރާތަކުން ރިޕޯޓް ކޮށްފައި ނުވިނަމަވެސް، އެ މައްސަލަ ބަލަމުންދާކަމަށް ފުލުހުން ބުންޏެވެ
26 Sep 2026
ބިދޭސީންތަކެއް މަޑި ބާނާ މަންޒަރު ފެންނަ ވީޑިއޯއާ ގުޅިގެން މެމްބަރު ކުޑޫގެ ޕޯސްޓެއް
އެ ޕޯސްޓުގައި މެންބަރު ކުޑޫ ފާހަގަކޮށްފައިވާ ގޮތުގައި ބިދޭސީން މިފަދަ ޤާނޫނާ ޚިލާފު ޢަމަލުތައް ހިންގުމަށް ޖެހިލުންނުވާ ސަބަބަކީ އެފަދަ ކަންކަމުގައި އެކަށީގެންވާ ފިޔަވަޅު ނޭޅި ޤާނޫނީ ޒިންމާއިން ރެކެވޭނެ ފުރުޞަތު އޮތުމެވެ.
26 Sep 2026
ޕާކިސްތާނުގެ ފުލުހުންގެ ޗެކްޕޮއިންޓަކަށް ދިން ޖާނުންފިދާގެ ހަމަލާގައި 11 މީހަކު މަރުވެއްޖެ
ހަމަލާގައި މަރުވި މީހުންގެ ތެރޭގައި ސެކިއުރިޓީ ފޯސަސްގެ ހަތް މީހަކު ހިމެނޭ ކަމަށާއި ޒަޚަމްވި މީހުންގެ ތެރޭގައި ސެކިއުރިޓީ ބާރުތަކުގެ 20 މީހަކު ހިމެނޭ
26 Sep 2026
ހައުސިން ވުޒާރާގެ ލޮކަރުތަކެއް ހުއްދަ ނެތި ހުޅުވި މައްސަލައެއް ފުލުހުންނަށް ހުށަހަޅައިފި
ފުލުހުން ނެރުނު ބަޔާނުގައިވާ ގޮތުން އެ ވުޒާރާއިން އެ މައްސަލަ ރިޕޯޓުކުރުމާ ގުޅިގެން އިއްޔެ ރޭގަނޑު 19:18 ހާއިރު ފުލުހުން ވަނީ އެ ވުޒާރާއަށް ގޮސްފައެވެ. އެގޮތުން، ފުލުހުންގެ ކުރިމަތީގައި އެ ވުޒާރާގެ މުވައްޒަފުން ލޮކަރުތަކުގައި ހުރި ލިޔެކިޔުންތައް ބެލިއިރު އެއްވެސް ލިޔުމެއް ގެއްލިފައި ނުވާ ކަން ޔަގީންވެފައިވެއެވެ.
26 Sep 2026
ބެންކޮކް ފެންބޮޑުވުމުގައި ދިވެއްސަކަށް ގެއްލުމެއް ލިބުނުކަމުގެ ރިޕޯޓެއް އަދި ނެތް
ވޮއިސްއަށް މައުލޫމާތު ހިއްސާކުރަމުން ދިވެހިރާއްޖެއިން ތައިލެންޑަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ފުއާދު ތައުފީޤު ވިދާޅުވީ ބެންކޮކުގައި ތިބި ދިވެހިންގެ ރައްކާތެރިކަން ގާތުން ބައްލަވަމުން ގެންދަވާ ކަމަށެވެ
26 Sep 2026
ގެވެށި އަނިޔާ ލިބޭ މީހުންނަށް ތިން މަރުކަޒެއް ތަރައްޤީކުރަނީ
މި މަރުކަޒުތަކުގެ ބޭނުމަކީ ގެވެށި އަނިޔާ ލިބޭ ފަރާތްތަކަށް ރައްކާތެރިކަން ދީ އެ މީހުން ޢާންމު ދިރިއުޅުމަށް ރުޖޫޢަވުމަށް ބޭނުންވާ ހުރިހާ އެހީތެރިކަމެއް އެއް ފުރާޅެއްގެ ދަށުން ލިބޭނެ ގޮތް ހެދުން ކަމަށް ވަޒީރު ވިދާޅުވިއެވެ
26 Sep 2026
މިހާތަނަށް 8 ރަށުގައި އެފްއެސްއެމްގެ ޝެޑްތައް ގާއިމްކުރެވިއްޖެ: ސައީދު
އެފްއެސްއެމުން މިހާތަނަށް ޝެޑްތައް ގާއިމްކުރި ރަށްތަކުގެ ތެރޭގައި ހިމެނެނީ، ހަނިމާދޫ، އިހަވަންދޫ، އޭދަފުށި، ށ.މިލަންދޫ، ނިލަންދޫ، ދ.މީދޫ، ދުވާފަރުގެ އިތުރުން ކުޑަހުވަދޫއެވެ.
26 Sep 2026
ސާފް ޗެމްޕިއަންޝިޕަށް އިންޑިއާގެ ސީނިއާ ސްކޮޑު ނުފޮނުވުމަށް ނިންމައިފި
ސަރަޙައްދީ މުބާރާތެއްގައި ވާދަކުރުމަށްވުރެ މި ސަރަޙައްދުގެ ޤައުމުތަކަށްވުރެ ފެންވަރު ރަނގަޅު ޓީމަކާ ދެކޮޅަށް ކުޅުމުން އިންޑިއާގެ ފުޓުބޯޅައަށް ލިބޭ ފައިދާ ބޮޑުވާނެކަމަށް އެޤައުމުން ވަނީ ބުނެފައި