ޑރ މުއިއްޒު ކެލާ ޖަލްސާގައި ވާހަކަދައްކަވަނީ/ ފޮޓޯ: ޕީޕީއެމް
ހަބަރު
15 Aug 2023 | 13:13
ވެރިކަން ކޮށްދޭނީ ވަކި ޕާޓީއަކަށް ނޫން، އެންމެނަށް ހަމަހަމައަށް: ޑރ މުއިއްޒު

ވެރިކަން ކޮށްދެއްވާނީ ވަކި ސިޔާސީ ޕާޓީއަކަށް ނޫން ކަމަށާއި، ރައްޔިތުންގެ މެދުގައި ހަމަހަމަކަން ޤާއިމްކުރައްވާނެ ކަމުގެ ޔަގީންކަން ދެއްވާކަމަށް ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓު ޑރ މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ. 

ޑރ މުއިއްޒު މިފަދައިން ވިދާޅުވެފައި ވަނީ އެމަނިކުފާނު ތިލަދުންމައްޗަށް ކުރައްވާ ކެމްޕޭނު ދަތުރުފުޅުގައި ހއ ކެލާއަށް ވަޑައިގެން ރައްޔިތުންނާއި މުޚާތަބުކުރައްވާ ވާހަކަދައްކަވަމުން ނެވެ. 

އެގޮތުން ޑރ މުއިއްޒު ވިދާޅުވީ ރައްޔިތުންނަށް ޚިދުމަތްކުރާނީ އަދުލުވެރިކަމާއި އެކުގައި ކަމަށެވެ. ވަކި ސިޔާސީ ޕާޓީއަކަށް ވީތީ، ނުވަތަ ސިޔާސީ ފިކުރު ތަފާތުވެގެން އެމީހަކާއި ދޭތެރޭ ތަފާތު ގޮތަކަށް އަމަލު ނުކުރައްވާނެކަމަށް ޑރ މުއިއްޒު ވިދާޅުވި އެވެ. އަދި ވިދާޅުވީ ތަރައްގީއަކީ ރައްޔިތުންގެ މެދުގައި ހަމަހަމަކަމާއެކު ގެންގަން ޖެހޭ އެއްޗެއްކަމަށް ދެކިވަޑައިގަންނަވާ ކަމަށެވެ. 

"އަޅުގަނޑުމެން ވެރިކަމެއްކުރަން އަންނާނީ ވަކި ޕާޓީއެއްގެ ބަޔަކަށް ނޫން. ހުރިހާ ރައްޔިތުންނަކީ ވެސް ހަމަހަމަ ބައެއް. އެ ރައްޔިތެއް ނިސްބަތްވާ ޕާޓީއެއް ސަބަބުން އަޅުގަނޑުމެންގެ ކޯލިޝަން ވެރިކަމެއްގައި ތަފާތެއް ނުކުރާނަން. ހުރިހާ ރައްޔިތުން ހަމަހަމަވާނެ"

ޑރ މުހައްމަދު މުއިއްޒު

ޑރ މުއިއްޒު ވިދާޅުވީ ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ވެރިކަން ވެގެންދާނީ ޤާނޫނުގައި ބަޔާންކޮށްފައިވާ ގޮތަށް ރައްޔިތުންނަށް ޚިޔާލުފާޅުކުރުމުގެ މިނިވަންކަމާއި، އެއްވެ އުޅުމުގެ މިނިވަންކަން ދޭނެ ވެރިކަމަކަށް ކަމަށެވެ. 

ރައްޔިތުންގެ އަޑު އައްސަވާނެ ކަމަށާއި، ރައްޔިތުންގެ ޚިޔާލާއި ޝުއޫރު ފާޅުކުރުމުގެ ފުރުސަތުވެސް ދެއްވާނެކަމަށް ޑރ މުއިއްޒު ވިދާޅުވި އެވެ. އެމަނިކުފާނު ވިދާޅުވީ ބަދަލު ހިފުމާއި އަނިޔާވެރިކަން ނިމުމަކަށް ގެންނަން ޖެހޭ ކަމަށެވެ.

ސިޔާސީ ގޮތުން ޚިޔާލު ތަފާތުވުމަކީ ރައްޔިތުންނާއި ގުޅުން ކަނޑާލަން ޖެހޭ ސަބަބެއް ނޫން ކަމަށާއި، ސަރުކާރުން ފޯރުކޮށްދޭ ޚިދުމަތްތައް ފޯރުކޮށްދޭން ޖެހޭނީ އޯގާތެރި ކަމާއެކު އެންމެނަށް ވެސް އޭގެން ހިއްސާވާ ގޮތަށް ކަން ޑރ މުއިއްޒުގެ ވާހަކައިގައި ފާހަގަކުރެއްވި އެވެ. 

އެމަނިކުފާނު މިފަދައިން ވިދާޅުވެފައި ވާއިރު، ކެލާއަށް އެމަނިކުފާނު ވަޑައިގަތުމުން، އެމަނިކުފާނާއި ދެކޮޅަށް މުޒާހަރާކުރި އެމްޑީޕީގެ ސަޕޯޓަރުންނާއި ވެސް ޑރ މުއިއްޒު ވަނީ ބައްދަލުކުރައްވާ ސަލާމްކުރައްވާފަ އެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
26 Sep 2026
ނުރައްކާތެރިކޮށް ދުއްވި މީހާ ދެނެގަނެވިއްޖެ، ހޯދުމުގެ މަސައްކަތް ދަނީ ކުރިއަށް: ފުލުހުން
މި މައްސަލަ އެއްވެސް ފަރާތަކުން ރިޕޯޓް ކޮށްފައި ނުވިނަމަވެސް، އެ މައްސަލަ ބަލަމުންދާކަމަށް ފުލުހުން ބުންޏެވެ
26 Sep 2026
ބިދޭސީންތަކެއް މަޑި ބާނާ މަންޒަރު ފެންނަ ވީޑިއޯއާ ގުޅިގެން މެމްބަރު ކުޑޫގެ ޕޯސްޓެއް
އެ ޕޯސްޓުގައި މެންބަރު ކުޑޫ ފާހަގަކޮށްފައިވާ ގޮތުގައި ބިދޭސީން މިފަދަ ޤާނޫނާ ޚިލާފު ޢަމަލުތައް ހިންގުމަށް ޖެހިލުންނުވާ ސަބަބަކީ އެފަދަ ކަންކަމުގައި އެކަށީގެންވާ ފިޔަވަޅު ނޭޅި ޤާނޫނީ ޒިންމާއިން ރެކެވޭނެ ފުރުޞަތު އޮތުމެވެ.
26 Sep 2026
ޕާކިސްތާނުގެ ފުލުހުންގެ ޗެކްޕޮއިންޓަކަށް ދިން ޖާނުންފިދާގެ ހަމަލާގައި 11 މީހަކު މަރުވެއްޖެ
ހަމަލާގައި މަރުވި މީހުންގެ ތެރޭގައި ސެކިއުރިޓީ ފޯސަސްގެ ހަތް މީހަކު ހިމެނޭ ކަމަށާއި ޒަޚަމްވި މީހުންގެ ތެރޭގައި ސެކިއުރިޓީ ބާރުތަކުގެ 20 މީހަކު ހިމެނޭ
26 Sep 2026
ހައުސިން ވުޒާރާގެ ލޮކަރުތަކެއް ހުއްދަ ނެތި ހުޅުވި މައްސަލައެއް ފުލުހުންނަށް ހުށަހަޅައިފި
ފުލުހުން ނެރުނު ބަޔާނުގައިވާ ގޮތުން އެ ވުޒާރާއިން އެ މައްސަލަ ރިޕޯޓުކުރުމާ ގުޅިގެން އިއްޔެ ރޭގަނޑު 19:18 ހާއިރު ފުލުހުން ވަނީ އެ ވުޒާރާއަށް ގޮސްފައެވެ. އެގޮތުން، ފުލުހުންގެ ކުރިމަތީގައި އެ ވުޒާރާގެ މުވައްޒަފުން ލޮކަރުތަކުގައި ހުރި ލިޔެކިޔުންތައް ބެލިއިރު އެއްވެސް ލިޔުމެއް ގެއްލިފައި ނުވާ ކަން ޔަގީންވެފައިވެއެވެ.
26 Sep 2026
ބެންކޮކް ފެންބޮޑުވުމުގައި ދިވެއްސަކަށް ގެއްލުމެއް ލިބުނުކަމުގެ ރިޕޯޓެއް އަދި ނެތް
ވޮއިސްއަށް މައުލޫމާތު ހިއްސާކުރަމުން ދިވެހިރާއްޖެއިން ތައިލެންޑަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ފުއާދު ތައުފީޤު ވިދާޅުވީ ބެންކޮކުގައި ތިބި ދިވެހިންގެ ރައްކާތެރިކަން ގާތުން ބައްލަވަމުން ގެންދަވާ ކަމަށެވެ
26 Sep 2026
ގެވެށި އަނިޔާ ލިބޭ މީހުންނަށް ތިން މަރުކަޒެއް ތަރައްޤީކުރަނީ
މި މަރުކަޒުތަކުގެ ބޭނުމަކީ ގެވެށި އަނިޔާ ލިބޭ ފަރާތްތަކަށް ރައްކާތެރިކަން ދީ އެ މީހުން ޢާންމު ދިރިއުޅުމަށް ރުޖޫޢަވުމަށް ބޭނުންވާ ހުރިހާ އެހީތެރިކަމެއް އެއް ފުރާޅެއްގެ ދަށުން ލިބޭނެ ގޮތް ހެދުން ކަމަށް ވަޒީރު ވިދާޅުވިއެވެ
26 Sep 2026
މިހާތަނަށް 8 ރަށުގައި އެފްއެސްއެމްގެ ޝެޑްތައް ގާއިމްކުރެވިއްޖެ: ސައީދު
އެފްއެސްއެމުން މިހާތަނަށް ޝެޑްތައް ގާއިމްކުރި ރަށްތަކުގެ ތެރޭގައި ހިމެނެނީ، ހަނިމާދޫ، އިހަވަންދޫ، އޭދަފުށި، ށ.މިލަންދޫ، ނިލަންދޫ، ދ.މީދޫ، ދުވާފަރުގެ އިތުރުން ކުޑަހުވަދޫއެވެ.
26 Sep 2026
ސާފް ޗެމްޕިއަންޝިޕަށް އިންޑިއާގެ ސީނިއާ ސްކޮޑު ނުފޮނުވުމަށް ނިންމައިފި
ސަރަޙައްދީ މުބާރާތެއްގައި ވާދަކުރުމަށްވުރެ މި ސަރަޙައްދުގެ ޤައުމުތަކަށްވުރެ ފެންވަރު ރަނގަޅު ޓީމަކާ ދެކޮޅަށް ކުޅުމުން އިންޑިއާގެ ފުޓުބޯޅައަށް ލިބޭ ފައިދާ ބޮޑުވާނެކަމަށް އެޤައުމުން ވަނީ ބުނެފައި