ގޯތި ގުރު ނެގުމަށް މީހުން ގަލޮޅު ދަނޑުގައި
ހަބަރު
15 Aug 2023 | 14:02
ގޯތި ލިބޭ މީހުންގެ ގުރު ނަގަން ފަށައިފި!

ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން މާލެ ސަރަޙައްދުން ބަންޑާރަގޯތި ދޫކުރުމަށްޓަކައި ހިންގާ ބިންވެރިޔާ ސްކީމުގެ ދަށުން މާލެ ސަރަޙައްދުން ގޯތި ލިބޭ ފަރާތްތަކަށް ލިބޭ ގޯތި ކަނޑައެޅުމަށްޓަކައި ގުރުއަތު ނެގުން ފަށައިފިއެވެ.

ގޯތި ލިބޭ މީހުންނަށް ލިބޭ ގޯތި ކަނޑައެޅުމަށްޓަކައި ގުރު ނެގުން މިހާރު ގަލޮޅު ދަނޑު ތެރޭގައި ކުރިއަށް ދާއިރު، މި ގުރު ނެގުން މާދަމާ، 16 އޯގަސްޓް 2023 ގައިވެސް ގަލޮޅު ދަނޑުގައި ކުރިއަށްދާނެ ކަމަށް ޕްލޭނިންގ މިނިސްޓްރީން ބުނެއެވެ. އަދި 17 އޯގަސްޓް 2023 އިން ފެށިގެން ހެންވޭރު ފުޓްބޯޅަ ދަނޑުގައި ގުރުނެގުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފަވާ ކަމަށް އެ މިނިސްޓްރީން ބުނެއެވެ. 

ޕްލޭނިންގ މިނިސްޓްރީން ބުނީ، ގުރުއަތު ނެގުމަށް ހާޒިރުވާނެ ތަނާއި ވަގުތު ގޯތި ލިބޭ ފަރާތްތަކުން " ގެދޮރުވެރިން ޕޯޓަލް" އަށް ވަނުމުން ފެންނާނެ ކަމަށާ ގުރުއަތު ލުމަށް ޙާޒިރުވާނީ ގޯތި ލިބޭ ފޯމުގެ 1 ބައިވެރިއެއް ކަމަށެވެ. އަދި ގޯތި ލިބޭ ފޯމުގެ އެއްވެސް ބައިވެރިއަކަށް ގުރުއަތުލުމަށް ހާޒިރުވެވެން ނެތްނަމަ ގުރުއަތު ނެގުމަށް ހާޒިރުވާނެ ފަރާތެއްގެ މައުލޫމާތު "ގެދޮރުވެރިން ޕޯޓަލް" މެދުވެރިކޮށް ހުށަހަޅުއްވަންވާނެ ކަމަށްވެސް އެ މިނިސްޓްރީން ބުނެއެވެ.

އަދި ކަނޑައަޅާފައިވާ ވަގުތެ ތެރޭގައި ގުރުއަތުލުމަށް ހާޒިރުނުވާ ފަރާތްތަކުގެ ގުރުއަތު ނެގުމަށް ހަމަޖެހިފައިވަނީ އެ މިނިސްޓްރީގެ ފަރާތުން އެކަމަށް ކަނޑައަޅާފައިވާ އޮފިޝަލެއް ކަންވެސް ފާހަގަކޮށްފައިވެއެވެ.

އެހެންކަމުން ގޯތި ލިބޭ ފޯމުގެ ބައިވެރިންގެ ތެރެއިން 1 ބައިވެރިއެއް ނުވަތަ ފޯމުގެ ބައިވެރިންގެ ފަރާތުން ކަނޑައަޅާ ފަރާތެއް، ގުރުއަތު ނެގުމަށް ހާޒިރުވުމަށް ހަމަޖެހިފައިވާ ވަގުތުގެ ތެރޭގައި ގުރުއަތުނެގުމަށް ހާއްސަކުރެވިފައިވާ ތަނަށް ހާޒިރުވުމަށް ޕްލޭނިންގ މިނިސްޓްރީން ވަނީ އެދިފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
07 Oct 2026
މަގުމަތީން ފޮށޭތާ ތިން މަސް; މައްސަލަ ފުލުހަށް, ތަހުގީގު ފަށައިފި
އަންހެން މީހާ ވަނީ އެ ވީޑިއޯ އާންމުކޮށްފަ އެވެ. އެ ވީޑިއޯގައި އެ އަންހެން މީހާ ފުލުހަށް މައްސަލަ ހުށައަޅަން ގޮސް އިންނަ މަންޒަރު ވެސް ފެނެ އެވެ.
07 Oct 2026
ފޭދޫފިނޮޅު ކައިރިން ލޯންޗަކާއި ދޯންޏެއް ޖެހި އެކްސިޑެންޓެއް
އެކްސިޑެންޓްގައި ދެމީހަކަށް އެކިވަރުގެ އަނިޔާ ލިބުނު ކަމަށެވެ. އަދި ހޮސްޕިޓަލަށް އެމީހުން ގެންދިޔަނަމަވެސް ސީރިއަސް އަނިޔާއެއް ނެތްކަމަށްވެސް ފުލުހުން ބުންޏެވެ.
07 Oct 2026
ސްރީލަންކާގެ ކުރީގެ ފަސްޓްލޭޑީ ޝިރާންތީގެ ބަންދަށް 6 ދުވަސް ޖަހައިފި
ބްރައިބަރީ ކޮމިޝަނުން ބުނެފައިވަނީ ޝިރާންތީ ހައްޔަރުކުރީ ދައުލަތުގެ ބޭންކަކުން 10 މިލިއަން ރުޕީސް ހޯދައި، އެ ފައިސާއަށް ޚިޔާނާތްތެރިވެ، ދައުލަތުގެ މުދަލާ ބެހޭ ގާނޫނާއި ކޮރަޕްޝަން ހުއްޓުވުމުގެ ގާނޫނާ ޚިލާފު އަމަލުތަކެއް ހިންގާފައިވާ ކަމަށް ކުރެވޭ ތުހުމަތުތަކާ ގުޅިގެން ފަށާފައިވާ ތަހްގީގަށް ކަމަށެވެ.
07 Oct 2026
ފަތުރުވެރިކަމާއި މަސްވެރިކަމުގައި ރާއްޖެ އާއި ބަންގްލަދޭޝް ގުޅިގެން މަސައްކަތްކުރަންޖެހޭ
މިނިސްޓަރު ވިދާޅުވީ، ދެމެހެއްޓެނިވި މަސްވެރިކަމާއި ފަތުރުވެރިކަން ކުރިއެރުވުމަށްޓަކައި ދެ ޤައުމު ގުޅިގެން މަސައްކަތް ކުރަންޖެހޭ ކަމަށެވެ
07 Oct 2026
ސައިކަލު ޖެހި ސީރިއަސް އަނިޔާވީ އެއް އާއިލާއެއްގެ ދެ މީހުންނަށް
ހުޅުމާލެ ފޭސް 2 ގައި ރޭ ދަންވަރު ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި، ސީރިއަސް އަނިޔާތަކެއް ލިބުނު މީހުންގެ ތެރޭގައި އެއް އާއިލާއަކަށް ނިސްބަތްވާ ދެބެންގެދެދަރި ދެ ޒުވާނުން ހިމެނޭކަން ހާމަވެއްޖެއެވެ.
07 Oct 2026
ހުޅުމާލޭ ފްލެޓްތަކުގެ ދެބައިކުޅަ އެއްބައި މީހުން ކުލި ނުދައްކާ: ޒުހައިރު
ދިވެހިރާއްޖޭގެ އަޑުގެ "އަހާށޭ ބުނާނަން" ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ޒުހައިރު ވިދާޅުވީ، އެ ކުންފުނިން ބެލެހެއްޓުމާ ހަވާލުވެފައިވާ ފްލެޓުތަކުގެ ތެރެއިން 50 އިންސައްތަ ފްލެޓުގެ ކުލި ނުލިބޭ ކަމަށެވެ. ކުލި ނުދެއްކެނީ ތަފާތު ސަބަބުތަކާ ހެދި މާލީ ދަތިކަން ދިމާވެގެން ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
07 Oct 2026
ލޭބަލްކުރުމުގެ ގަވާއިދަށް ވިޔަފާރިތައް އަހުލުވެރިކުރުމުގެ ސެޝަނެއް ބާއްވައިފި
އެޗްޑީސީއާއި އެމްއެފްޑީއޭ ގުޅިގެން ހުޅުމާލޭ ޓޭކްއެވޭ ވިޔަފާރިތަކަށް ކާބޯތަކެތި ބަންދުކުރުމާއި ލޭބަލްކުރުމުގެ އާ ގަވާއިދާ ބެހޭ މައުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފިއެވެ.
07 Oct 2026
ތަރައްގީގެ މަޝްރޫއުތައް ހަލުވިކުރުމަށް ކުންފުނިތަކުގެ ވެރިންނާ އެކު ކެބިނެޓުން މަޝްވަރާކޮށްފި
ރައީސް އޮފީހުން ބުނީ އެ ބައްދަލުވުމުގައި ރައީސްގެ ރިޔާސީ ވައުދުތަކާ ގުޅިގެން ހުރިހާ ރަށެއްގައި ކުރިއަށް ގެންދާ މަޝްރޫއުތަކާ ބެހޭ އެންމެ ފަހުގެ މައުލޫމާތު ހިއްސާކޮށް، ފުޅާ ދާއިރާއެއްގައި ހިޔާލު ބަދަލުކޮށްފައިވާ ކަމަށެވެ.