ޢަލީ ރަމީޒު-- ފޮޓޯ/ ދާރިސް ޓީވީ
ހަބަރު
16 Aug 2023 | 08:32
ޢަލީ ރަމީޒު, މާރިޔާއަށް: ތިމަންމެން މިއަންނަނީ ރައްޔިތުން އެދޭ ކަންކަމާއިގެންނޭ ބުނަން ލަދުނުގަނޭތޯ؟

ގައުމު އަޅުދާސްތު ކުރި މީހަކު ތިމަންމެން ރައްޔިތުން ގާތަށް މި އަންނަނީ ރައްޔިތުން އެދޭ ކަންކަމާއިގެންނޭ ބުނަން ލަދު ނުގަނޭތޯ ވިދާޅުވެ ޢަލީ ރަމީޒުގެ ބަހުގެ ހަމަލާތަކެއް ދިފާއީ ވަޒީރު މާރިޔާ އަހުމަދު ދީދީ އަށް އަމާޒުކުރައްވައިފިއެވެ. 

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހުގެ ކެންޕެއިން ކުރިއަށްދާ ގޮތާއި ގުޅޭގޮތުން މައުލޫމާތު ދެއްވަން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މާރިޔާ ވަނީ އިދިކޮޅު ކޯލިޝަނުގެ ރިޔާސީ ކެނޑިޑޭޓް ޑރ.މުހައްމަދު މުއިއްޒަކީ ޕީއެންސީ އާއި ސަލަފުގެ ކެނޑިޑޭޓެއް ކަމަށް ތަކުރާރުކޮށް ވިދާޅުވެފަ އެވެ. 

އެހެން ވިދާޅުވާ ސަބަބެއްގެ ގޮތުގައި މާރިޔާ ވިދާޅުވީ ޕީޕީއެމްގެ ބޭފުޅުންނަށް ވުރެ ބޮޑަށް، ވަކި ވަކިން ސަލަފު ޖަމިއްޔާގެ ބޭފުޅުން ޑރ. މުއިއްޒު އެންޑޯޒްކުރައްވާ ތަން ފެންނާތީ ކަމަށެވެ.

"އެހެންވީމާ އެގޮތަށް ފެންނަ ހެކިތަކަށް ބަލައި އަޅުގަނޑުމެން މި ދަންނަވަނީ ޕީއެންސީ ސަލަފުގެ ކެންޑިޑޭޓޭ،" މާރިޔާ ވިދާޅުވިއެވެ.

މީގެ އިތުރުން ވެސް މާރިޔާ ވަނީ، ރައްޔިތުންގެ ހާލު ބަލައި ރައްޔިތުންގެ ކަންކަން އެނގިގެން ވެރިކަމަށް ވާދަކުރައްވާ ހުންނެވި ހަމައެކަނި ކެންޑިޑޭޓަކީ ރައީސް ޞާލިހު ކަމަށާ، ޑރ. މުޢިއްޒު އަށް ރައްޔިތުންގެ ހާލުވެސް އެނގިވަޑައިނުގަންނަވާ ކަމަށެވެ. 

މާރިޔާގެ ބަހުގެ ހަމަލާތައް ސަލަފަށް އަމާޒުވުމާއި ގުޅިގެން އެކަމަށް ރައްދު ދެއްވައި އެ ޖަމިއްޔާގެ އަލީ ރަމީޒް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ދިފާއީ ވަޒީރުގެ މަގާމުގައި ހުރެ ބޭރު ގައުމެއްގެ ސިފައިން އަރައި ރާއްޖެ ހިފިދާނެ ކަމަށް ބުނެ، ގައުމު އަޅުދާސްތު ކުރި މީހަކު (މާރިޔާ) ތިމަންމެން ރައްޔިތުން ގާތަށް މި އަންނަނީ ރައްޔިތުން އެދޭ ކަންކަމާއިގެންނޭ ބުނަން ލަދު ގަންނަން ޖެހޭނެ ކަމަށެވެ.

ކޮމެންޓް
ފަރިޔާޟު
މާރިޔާއަކީ އިންޑިއާގެ ޕަޕެޓެއް
16 Aug 2023
ޢާމިރު
ސާބަހޭ އަލީ ރަމީޒު. މަގޭ ވަރަށް ތާއީދު ކުރިމީހެއް އިބޫ އަކީ. ޢެކަމް މާރިޔާ ހުރިއްޔާ މަގޭ ރައްޓެއްސަކުވެސް ލާހިކެއްނޫން ސޯލިހް އަށް ވޯޓް ދޭކަށް.
16 Aug 2023
ގުޅޭ ލިޔުންތައް
11 Jul 2026
ކޮންގްރެސްގެ އެތެރޭގެ އިންތިހާބު: 33،000 މެންބަރުން ވޯޓް ލި
މި އިންތިހާބުގައި ވޯޓްލުމުގެ ހައްގު އެ ޕާޓީގެ 69,000 މެންބަރުންގެ ތެރެއިން 40,000 މެންބަރުންނަށް ލިބިފައި އޮތެވެ. ޢަބްދުއްރަހީމް ވިދާޅުވި ގޮތުގައި ހިސާބުތައް ދައްކާ ގޮތުން މިއަދުގެ އިންތިހާބުގައި 85 އިންސައްތަ މެންބަރުން ވަނީ ވޯޓްލާފަ އެވެ.
11 Jul 2026
ޒުވާނުންގެ ޞިއްޙަތަށް ވުނަކުރުން ލާޒިމު: ރައީސް
އެމަނިކުފާނު މިކަން ފާހަގަކުރައްވާފައިވަނީ، ދުނިޔޭގެ އާބާދީ ދުވަހުގެ މުނާސަބަތުގައި ފޮނުއްވި މެސެޖުގައެވެ.
11 Jul 2026
ޒަކާތު ފަންޑުގެ އެހީގައި ބޯންމެރޯ ހަދަން ތެލެސީމިއާ ހަ ކުއްޖަކު އިންޑިއާއަށް ފުރަނީ
މިއީ މި އަހަރުގެ ތެރޭގައި ރާއްޖޭން ބޭރުން މި ފަރުވާ ހޯދުމަށް ފުރާ ތެލަސީމިއާ ކުދިންގެ ފުރަތަމަ ގްރޫޕެވެ. މީގެ އިތުރުން، އިދާރީ ގޮތުން ފުރިހަމަކުރަންޖެހޭ ކަންކަން ނިމުމުން، އިތުރު ހަތަރު ކުއްޖަކު ފުރުމަށް ވަނީ ހަމަޖެހިފަ އެވެ.
11 Jul 2026
މުސަރައާއި އިނާޔަތްތަކަށް ކުރި ހޭދަ އާއެކު މިއަހަރު ކުރި ހަރަދުތައް އިތުރުވެއްޖެ
ފިނޭންސުގެ ރިޕޯޓަށް ބަލާއިރު، ޚަރަދުތައް އިތުރުވި ނަމަވެސް، ދައުލަތުގެ ޕްރައިމަރީ ސާޕްލަސްގެ ގޮތުގައި 1.7 ބިލިއަން ރުފިޔާ ވަނީ ރެކޯޑުކުރެވިފައެވެ. މިއީ ދަރަނި އަދާކުރުމާއި އިންޓްރެސްޓްގެ ޚަރަދުތައް ނުހިމަނައި، ދައުލަތަށް ލިބޭ އާމްދަނީން އާންމު ޚަރަދުތައް ހަމަޖެއްސޭނެކަން އަންގައިދޭ މިންގަނޑެއްކަމަށް ދެކޭކަމަށް ފިނޭންސުން ބުންޏެވެ
11 Jul 2026
ނަލަހިޔާ ރެސިޑެންސްގެ އެޕާޓްމަންޓަކުން ހަތަރު މިލިއަން ރުފިޔާ ވަގަށް މައްސަލާގައި ފަސް މީހަކަށް ދައުވާ
މި މައްސަލާ ގައި ދައުވާ ލިބޭ މީހުން އަތުން ވަގަށް ނެގި ފައިސާ ބަދަލު ލިބޭ ފަރާތަށް ނަގައިދިނުމަށް ކޯޓުގައި ވަނީ އެދިފަ އެވެ.
11 Jul 2026
ޕަރަގުއޭގެ ސެނެޓަރު ސެލެސްޓޭ އަމަރިއްލާ، އަދިވެސް އެމްބާޕޭއާ ޖަދަލުކުރުމުގައި
އަމަރެއްލާ ބުނީ އެމްބާޕޭ ދެއްކި ވާހަކަތަކަށް މައާފަށް ނޭދޭނަމަ އާނާވެސް ކޯޓަށް ދާނޭކަމަށެވެ
11 Jul 2026
ފްލެޓާއި ގޯތި ހަމަޖައްސައިދޭނޭ ބުނެ، އޮޅުވާލައިގެން ފައިސާ ހޯދަނީ
މި މައްސަލަ ތަހްގީގްކުރަން ފެށީ ފުލުހުންގެ ސަމާލުކަމަށް މައްސަލަ އައުމުންކަމަށް ފުލުހުން ބުންޏެވެ
11 Jul 2026
އެމްއެމްއޭ ސްކޮލަރޝިޕަށް ކުރިމަތިލުމުގެ އެންމެ ފަހު ދުވަހަކީ އަންނަ ބުދަދުވަސް
ކޯހަށް ހޮވޭ ދަރިވަރުންނަށް ޓިއުޝަން ފީ އާއި ޔުނިވަރސިޓީއަށް ދައްކަންޖެހޭ އެހެނިހެން ފީތައް މި ސްކޮލަރޝިޕްގެ ތެރޭގައި ހިމެނެއެވެ. މީގެ އިތުރުންވެސް ދަރިވަރު ކުރަންޖެހޭ އެހެނިހެން ހަރަދުތައް ހިމެނެއެވެ