ޑިމޮކްރެޓްސްގެ މެނިފެސްޓޯ އިފްތިތާހު ކުރުމަށް ބޭއްވި ޖަލްސާގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވާހަކަ ދައްކަވަނީ --ފޮޓޯ/ ދުވަސް
ހަބަރު
16 Aug 2023 | 15:09
ހިޔާ ފްލެޓް ނުލިބުނީ ތިން ފަރާތަކަށް: ރައީސް ނަޝީދު

ހިޔާ ފްލެޓް ނުލިބި ކެންސަލް ވެފައިވަނީ ތިން ފަރާތަކަށް ކަމުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ. 

އެމަނިކުފާނު މިފަދައިން ވިދާޅުވެފައިވަނީ، "އިއްލިއަމްރު" ގެ ރިޔާސީ މެނިފެސްޓޯ އިއުލާނުކުރުމަށް ރޭ ސަލްޓަން ޕާކުގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.

ނަޝީދުގެ ވާހަކަފުޅުގައި ވިދާޅުވީ، ބޯހިޔާވަހިކަަމުގެ މައްސަލައަކީ މުޅިރާއްޖެއަށް މިވަގުތު ދިމާވެފައިވާ އެންމެ ބޮޑު މައްސަލަ ކަމަށާއި ، އެއީ ހަމައެކަނި މާލެ ސަރަހައްދަށް ދިމާވެފައިވާ މައްސަލައެއް ނޫން ކަމުގައެވެ.

މީގެ އިތުރުން ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލު ހޯދަން ޖެހިފައިވާ މިންވަރު، ރާއްޖޭގެ އެކި ކަންކޮޅުތަކަށް ދަތުރުކޮށްލުމުން ފެނިގެން ދާނެ ކަމުގައި ނަޝީދު ވަނީ ވިދާޅުވެފައެވެ. 

މީގެ އިތުރުން ނަޝީދު ވިދާޅުވީ، ކުރީގެ ރައީސް އަބްދުالله ޔާމީން ހިންގެވި ހިޔާ މަޝްރޫއުގެ ދަށުން 7000 ފްލެޓް އިމާރާތް ކުރަން ފަށައި، އެ މަސައްކަތް ނިންމާލެވުނީ މިހާރު މި ހިނގާ ރައީސް ސޯލިހުގެ ސަރުކާރުގައި ކަމަށާއި، އެ މަސައްކަތްތައް ނިންމުމަށްފަހު ފްލެޓްތަކަށް މީހުން ވެއްދުމަށްޓަކައި، އޭގެ ހައްގުވެރިން ހޯދުމަށް ޔާމީނުގެ ސަރުކާރުގައި ކުއްލިއަކަށް ހަރަކާތްތަކެއް ހިނގަން ފަށައި، ބައެއް ތަންތަނުން ފޯމު ދޫކުރުމާއި، ފޯމަށް އަރައިގަތުމުގެ ކަންކަން ކުރިއަށް ގެންދިޔަ ކަމުގައެވެ. 

ހިޔާ މަޝްރޫއުގެ ފްލެޓްތައް ނުލިބި، އެކަން މުޅިން ‘ކެންސަލް’ ވާނެ ކަމަށް އޭރުގައި ވާދަވެރިންގެ ގޮތުގައި ތިބި މިހާރުގެ އެމްޑީޕީގެ ބައެއް މެމްބަރުން ވިދާޅުވަމުން ގެންދެވިކަން ފާހަގަކުރައްވައި ނަޝީދު ވިދާޅުވީ އެ 7000 ފްލެޓަށް ފޯމު ހުށަހެޅި މީހުންނާއި އެދުނު މީހުން އަދި ހައްގުވެފައި އޮތް ކަމަށް ބުނި އެންމެން ކެންސަލް ވާނޭ ކިޔައި އަޑު ފެތުރުނު ކަމަށް ނަޝީދު ވިދާޅުވިއެވެ.
އޭގެ އިތުރުން، މި ސަރުކާރުން ދޫކުރަމުންދާ ގޯތި މަޝްރޫއަށް ފާޑުވިދާޅުވަމުން ނަޝީދު ފާހަގަ ކުރެއްވި ގޮތުގައި، އެ މަޝްރޫއުއަކީ އެއްވެސް ޕްލޭނެއް ނެތި ކުރިއަށް ގެންދާ މަޝްރޫއުއެކެވެ.


އެހެން ނަމަވެސް ފްލެޓް ދީ ނިމިއްޖެ. އަޅުގަނޑު ހަނދާންވާ ގޮތުގާ ކެންސަލްވީ ތިން މީހުން

މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު 

އޭގެ އިތުރުން، މި ސަރުކާރުން ދޫކުރަމުންދާ ގޯތި މަޝްރޫއަށް ފާޑުވިދާޅުވަމުން ނަޝީދުވަނީ އެ މަޝްރޫއުއަކީ އެއްވެސް ޕްލޭނެއް ނެތި ކުރިއަށް ގެންދާ މަޝްރޫއެއްގެ ގޮތުގައި ސިފަ ކުރައްވައިފައެވެ. 

ހިޔާ ފްލެޓުން އެޕާޓްމެންޓް ނުލިބުނީ ތިން މީހުންނަށް ކަމަށް ރައީސް ނަޝީދު ވިދާޅުވި އިރު، ރައީސް ޔާމީނުގެ ވެރިކަމުގައި ފްލެޓް ލިބުނު ލިޔުން ލިބި، މި ވެރިކަމުގައި ފްލެޓް ނުލިބުނު ގިނަ އަދަދެއްގެ މީހުން އަދިވެސް އަންނަނީ އެކަމާ ނުރުހުން ފާޅުކުރަމުންނެވެ. 

ކޮމެންޓް
ޖަނގުދީފު
މިދޯބޭފުޅުންނަކީ؟ މިދަރަޖަމިލިބެނީ ކިތައް ދޮގުހެދީމަތޯ؟
17 Aug 2023
ޢައްލެއު ަޅޮ
އެއީ ކޮން ތިން ފަރާތެއް ތޯ؟
17 Aug 2023
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.