ޕީޕީއެމްގެ ނާއިބު ރައީސް ޣައްސާން މައުމޫން-- ފޮޓޯ/ ޕީޕީއެމް
ހަބަރު
16 Aug 2023 | 17:33
ރައްޔިތުންގެ މަތިން ހަނދާން ނައްތާލާ ވެރިންގެ މަތިން ރައްޔިތުންވެސް ހަނދާންނައްްތާލަންޖެހޭ: ޣައްސާން

ވެރިކަމަށް އައުމަށް ރައްޔިތުންނަށް ވައުދުތަކެއް ވުމަށްފަހު، ވެރިކަން ލިބުމުން ރައްޔިތުންގެ މަތިން ހަނދާން ނައްތާލާ ވެރިންގެ މަތިން ރައްޔިތުންވެސް ހަނދާން ނައްތާލަންޖެހޭ ކަމަށް، ޕީޕީއެމްގެ ނާއިބު ރައީސް، ޣައްސާން ވިދާޅުވެއްޖެއެވެ. 

ރިޔާސީ ކެންޕެއިނަށް އިދިކޮޅުު ޕީއެންސީގެ ރަނިންމޭޓާއި ޓީމު ގދ އަތޮޅަށް ކުރައްވަމުންދާ ދަތުރުފުޅުގައި އެ އަތޮޅު ފިޔޯރީ އަށް ވަޑައިގެން، ބޭއްވި ކެންޕެއިން ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޣައްސާން ވިދާޅުވީ، 2018 ވަނަ އަހަރު، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ވެރިކަމަށް ވަޑައިގެންނެވުމަށްޓަކައި ފިޔޯރީއަށް ވެވަޑައިގެންނެވި އެއްވެސް ވަޢުދެއް ފުއްދަވާފައި ނުވާކަމަށެވެ. 

"މިއީ ހަގީގަތުގައި އަޅުގަނޑުމެން ހީ ސަމާސާ ކުރިޔަސް ވަރަށް ހިތާމަކުރަންޖެހޭ ކަމެއް. ރައްޔިތުން ވެރިން އިންތިހާބު ކުރަނީ، އެމީހުންގެ ފަރާތުން ރައްޔިތުންނަށް ޚިދުމަތްތަކެއް އެދި ތިބެ. ބައިވަރު ކަންތައްތަކެއް ކޮށްދޭނަމޭ (ވެރިން) ވިދާޅުވެގެން، އެކަންތައްތައް ހާސިލް ކުރުމަށްޓަކައި. ވަރަށް ބޮޑު އިތުބާރަކާއިއެކީ. ވަރަށް ބޮޑު އުއްމީދެއްގައި."

ޣައްސާން މައުމޫން 

އެހެންނަމަވެސް، ރައްޔިތުންގެ އެ އުއްމީދުތައް ނުފުއްދޭއިރު، ދޮގު ވާހަކަތައް ދައްކަވައިގެން ވެރިކަމަށް އަންނަ މީހުން މަތިން ރައްޔިތުން ހަނދާން ނައްތާލަންޖެހޭ ކަމަށް ޣައްސާން ވިދާޅުވިއެެވެ. 

"އެހެން ނަމަވެސް، ސިޔާސީ ގޮތުން ދޮގު ވާހަކަތައް ދައްކައިގެން، އިންތިހާބުތައް ކާމިޔާބު ކޮށްގެން އައިސް, ރައްޔިތުންގެ މަތިން ހަނދާންނައްތާލާ މީހުން މަތިން ރައްޔިތުން އެބަޖެހޭ ހަނދާން ނައްތާލަން."

ޣައްސާން މައުމޫން 

ޣައްސާން ވިދާޅުވީ، މި ސަރުކާރުން ވަމުންދާ ވަޢުދުތަކާއި ޚިލާފަށް، ކުރީގެ ރައީސް، ޔާމިން އަބްދުލްގައްޔޫމް ގެ ޓީމުން ވެވަޑައިގަންނަވަމުންދާ ވަޢުދުތަކަކީ ވަރަށް ބޮޑަށް ވަށްޖެހޭ ވަޢުދުތަކެއް ކަމަށެވެ. އެހެންކަމުން، ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އިދިކޮޅުު ޕީއެންސީގެ ކެންޑިޑޭޓު ޑރ މުހައްމަދު މުއިއްޒު އަށް ވޯޓުދީ، އޭނާ ވެރިކަމަށް އިންތިހާބު ކުރުމަކީ، ރައްޔިތުންގެ މުސްތަގުބަލަށްޓަކައި ކޮށްދެވޭ ވަރަށް މުހިންމު ކަމެއް ކަމަށްވެސް ޣައްސާން ވިދާޅުވިއެެވެ. 

އަދި ރައީސް ޔާމީން ޖަލުން މިނިވަންވެ ވަޑައިގެންނެވުމަށް އޮތް އެންމެ ފަހި ފުރުޞަތަކީވެސް ޑރ މުއިއްޒު ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވުމް ކަމަށް ޣައްސާން ވިދާޅުވިއެެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
26 Sep 2026
ނުރައްކާތެރިކޮށް ދުއްވި މީހާ ދެނެގަނެވިއްޖެ، ހޯދުމުގެ މަސައްކަތް ދަނީ ކުރިއަށް: ފުލުހުން
މި މައްސަލަ އެއްވެސް ފަރާތަކުން ރިޕޯޓް ކޮށްފައި ނުވިނަމަވެސް، އެ މައްސަލަ ބަލަމުންދާކަމަށް ފުލުހުން ބުންޏެވެ
26 Sep 2026
ބިދޭސީންތަކެއް މަޑި ބާނާ މަންޒަރު ފެންނަ ވީޑިއޯއާ ގުޅިގެން މެމްބަރު ކުޑޫގެ ޕޯސްޓެއް
އެ ޕޯސްޓުގައި މެންބަރު ކުޑޫ ފާހަގަކޮށްފައިވާ ގޮތުގައި ބިދޭސީން މިފަދަ ޤާނޫނާ ޚިލާފު ޢަމަލުތައް ހިންގުމަށް ޖެހިލުންނުވާ ސަބަބަކީ އެފަދަ ކަންކަމުގައި އެކަށީގެންވާ ފިޔަވަޅު ނޭޅި ޤާނޫނީ ޒިންމާއިން ރެކެވޭނެ ފުރުޞަތު އޮތުމެވެ.
26 Sep 2026
ޕާކިސްތާނުގެ ފުލުހުންގެ ޗެކްޕޮއިންޓަކަށް ދިން ޖާނުންފިދާގެ ހަމަލާގައި 11 މީހަކު މަރުވެއްޖެ
ހަމަލާގައި މަރުވި މީހުންގެ ތެރޭގައި ސެކިއުރިޓީ ފޯސަސްގެ ހަތް މީހަކު ހިމެނޭ ކަމަށާއި ޒަޚަމްވި މީހުންގެ ތެރޭގައި ސެކިއުރިޓީ ބާރުތަކުގެ 20 މީހަކު ހިމެނޭ
26 Sep 2026
ހައުސިން ވުޒާރާގެ ލޮކަރުތަކެއް ހުއްދަ ނެތި ހުޅުވި މައްސަލައެއް ފުލުހުންނަށް ހުށަހަޅައިފި
ފުލުހުން ނެރުނު ބަޔާނުގައިވާ ގޮތުން އެ ވުޒާރާއިން އެ މައްސަލަ ރިޕޯޓުކުރުމާ ގުޅިގެން އިއްޔެ ރޭގަނޑު 19:18 ހާއިރު ފުލުހުން ވަނީ އެ ވުޒާރާއަށް ގޮސްފައެވެ. އެގޮތުން، ފުލުހުންގެ ކުރިމަތީގައި އެ ވުޒާރާގެ މުވައްޒަފުން ލޮކަރުތަކުގައި ހުރި ލިޔެކިޔުންތައް ބެލިއިރު އެއްވެސް ލިޔުމެއް ގެއްލިފައި ނުވާ ކަން ޔަގީންވެފައިވެއެވެ.
26 Sep 2026
ބެންކޮކް ފެންބޮޑުވުމުގައި ދިވެއްސަކަށް ގެއްލުމެއް ލިބުނުކަމުގެ ރިޕޯޓެއް އަދި ނެތް
ވޮއިސްއަށް މައުލޫމާތު ހިއްސާކުރަމުން ދިވެހިރާއްޖެއިން ތައިލެންޑަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ފުއާދު ތައުފީޤު ވިދާޅުވީ ބެންކޮކުގައި ތިބި ދިވެހިންގެ ރައްކާތެރިކަން ގާތުން ބައްލަވަމުން ގެންދަވާ ކަމަށެވެ
26 Sep 2026
ގެވެށި އަނިޔާ ލިބޭ މީހުންނަށް ތިން މަރުކަޒެއް ތަރައްޤީކުރަނީ
މި މަރުކަޒުތަކުގެ ބޭނުމަކީ ގެވެށި އަނިޔާ ލިބޭ ފަރާތްތަކަށް ރައްކާތެރިކަން ދީ އެ މީހުން ޢާންމު ދިރިއުޅުމަށް ރުޖޫޢަވުމަށް ބޭނުންވާ ހުރިހާ އެހީތެރިކަމެއް އެއް ފުރާޅެއްގެ ދަށުން ލިބޭނެ ގޮތް ހެދުން ކަމަށް ވަޒީރު ވިދާޅުވިއެވެ
26 Sep 2026
މިހާތަނަށް 8 ރަށުގައި އެފްއެސްއެމްގެ ޝެޑްތައް ގާއިމްކުރެވިއްޖެ: ސައީދު
އެފްއެސްއެމުން މިހާތަނަށް ޝެޑްތައް ގާއިމްކުރި ރަށްތަކުގެ ތެރޭގައި ހިމެނެނީ، ހަނިމާދޫ، އިހަވަންދޫ، އޭދަފުށި، ށ.މިލަންދޫ، ނިލަންދޫ، ދ.މީދޫ، ދުވާފަރުގެ އިތުރުން ކުޑަހުވަދޫއެވެ.
26 Sep 2026
ސާފް ޗެމްޕިއަންޝިޕަށް އިންޑިއާގެ ސީނިއާ ސްކޮޑު ނުފޮނުވުމަށް ނިންމައިފި
ސަރަޙައްދީ މުބާރާތެއްގައި ވާދަކުރުމަށްވުރެ މި ސަރަޙައްދުގެ ޤައުމުތަކަށްވުރެ ފެންވަރު ރަނގަޅު ޓީމަކާ ދެކޮޅަށް ކުޅުމުން އިންޑިއާގެ ފުޓުބޯޅައަށް ލިބޭ ފައިދާ ބޮޑުވާނެކަމަށް އެޤައުމުން ވަނީ ބުނެފައި