މާޅޮހު ރައްޔިތުންނާއި އެކު ބޭއްވި ޖަލްސާގައި ރައީސް ޞާލިޙް ވާހަކަފުޅު ދައްކަވަނީ. ފޮޓޯ: އެމްޑީޕީ
ހަބަރު
16 Aug 2023 | 21:50
ކޮންމެ ރަށެއްގެ ކައިރީ ޕިކްނިކް ދެވޭނެ ރަށެއް ހަދައިދޭނަން: ރައީސް ޞާލިޙް

އެމްޑީޕީ ކޯލިޝަންގެ ސިޔާސަތުތައް ތަންފީޒުވެގެން ދާއިރު ކޮންމެ ރަށެއްގެ ކައިރީ ދަތުރު ދެވޭނެ ރަށެއް ހައްދަވައި ދެއްވާނެ ކަމަށް ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ރައީސް ޞާލިޙް މިހެން ވިދާޅުވީ އަރިއުތުރަށް ކުރައްވަމުން ގެންދަވާ ކެމްޕޭނު ދަތުރުފުޅުގައި މާޅޮހަށް ވަޑައިގެން މާޅޮހުގެ ރައްޔިތުންނާއި ބައްދަލުކުރައްވައި ވާހަކަ ދައްކަވަމުންނެވެ.

"އަޅުގަނޑު މިރަށަށް އައިން މިރަށުގަ ބަނދަރެއް ނެތް އިރުވެސް، ކުޑަ ބަނދަރެއް އޮތް އިރުވެސް، އަދި މިހާރު މިއޮތް ބަނދަރު ހެދެމުން ދާއިރުވެސް، ރައްޔިތުން ބޭނުންވާގޮތައް ރައްޔިތުން ބޭނުންވާ ބަދަލުތަކާއި އެކީގައި އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ އެމަސައްކަތް ކޮށް ނިންމާނަން، އެގޮތުން އެބަނދަރު ނިމޭއިރުގައި ލޯކަލް ބީޗަކާއި ދޯނި އެހެލާ ތަނެއް އެއާއި އެކީގައި ހެދިގެން ދާނެ" ރައީސް ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ ރައްޔިތުން ބޭނުންވާ ބޯހިޔާ ވަހިކަމުގެ މައްސަލައަށް ހައްލެއް ހޯދުމަށްޓަކައި މާޅޮހުގައި އަޅުއްވައިދެއްވާނެ ކަމަށެވެ. އަދި އަމިއްލަ ގޯތީގައި ގެ އެޅުމަށް ބޭނުންވާ ފަރާތްތަކަށް، ގެދޮރު ހެދުމަށް ބޭނުންވާ ލޯނު ދިނުމަށް ޚާއްސަކޮށް ހަދާ ބޭންކުން ސޮފްޓް ލޯނު ދޫކުރަށްވާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

މިއާއި އެކު މާޅޮހުގައި ޒަމާނީ ފެންވަރުގެ ބޮޑު ހުކުރު މިސްކިތެއް އަޅައިދެއްވާނެ ކަމަށާއި، ޒުވާނުން ބޭނުންވާހެން ކުޅިވަރުތައް ކުޅުމަށް ވޮލީ ކޯޓެއް އަޅައިދެއްވާނެ ކަމަށްވެސް ރައީސް ޞާލިޙް ވިދާޅުވިއެވެ.

"ސިއްޚީ ޚިދުމަތަކީ މިރަށުގައި ބަދަލު ކުރަން ޖެހިފައި އޮތް  އެއް ދާއިރާ، ކުރިއަށް އޮތް ތަނުގައި ސިއްޚީ މަރުކަޒު ބޮޑުކޮށް އެސެންޓަރު 24 ގަޑިއިރަށް އަޅުގަނޑުމެން ބަދަލު ކޮށްދޭނަން، އެއާއި އެކީގައި އިތުރު ޚިދްމަތްތައް އެތަނުން ލިބޭ ގޮތް އަޅުގަނޑުމެން ހަދައިދޭނަން" ރައީސް ޞާލިޙް  ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އެ ކޯލިޝަންގެ ސިޔާސަތުތައް ތަންފީޒުވެގެން ދާއިރު ކޮންމެ ރަށަކަށް ކައިރިން ޕިކްނިކް ދެވޭނެ ރަށެއް ހަދައިދޭ ކަމަށާއި، މާޅޮހަށްވެސް އެފަދަ ރަށެއް ހައްދަވައި ދެއްވާނެ ކަމަށް ރައީސް ޞާލިޙް ވިދާޅުވިއެވެ.

ރައްޔިތުން އެދޭ ގޮތައް މާޅޮހުގައި ގެސްޓުންނަށް ޚާއްސަ ބީޗެއް، ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތުގެ ތެރެއިން ހައްދަވައިދެއްވާނެ ކަމަށާއި އަދި މާޅޮހުގައި އިތުރު އައިސް ޕްލާންޓެއް ގާއިމް ކޮށްދެއްވާނެ ކަމަށް ރައީސް ޞާލިޙް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ސެޕްޓެމްބަރ 9 ގައި ރައްޔިތުން ނިންމަވާ ނިންމެވުމާއި އެކު މާޅޮހުގެ ތަރައްޤީގެ މަޝްރޫޢުތައް ބާރު ސްޕީޑުގައި ކުރިއަށް ދާނެ ކަމަށެވެ.

އަރިއުތުރުގެ ދަތުރަށް ފަހު މާދަމާ ރައީސް ޞާލިޙާއި އެމަނިކުފާނުގެ ޓީމު ވަޑައިގަންނަވާނީ އަރި ދެކުނުގެ ރަށްތަކަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
ހިމަބިހީގެ އިތުރު 13 ކޭސް، ޖުމްލަ އަދަދު 199 އަށް
އެޗްޕީއޭ އިން ބުނީ މިދިޔަ ހަފްތާގައި ހިމަބިހީގެ 13 ކޭސް މާލެ ސަރަހައްދުން ފެނިފައިވާ ކަމަށެވެ.
04 Aug 2026
ނުރަނގަޅު ތަޞައްވުރު ފެތުރުން ހުއްޓާލުމަށް ކަސްޓަމްސްއިން އިލްތިމާސްކޮށްފި
ރާއްޖެއަށް އެތެރެކުރުން މަނާތަކެތި ބޯޑަރުން އެތެރެވިޔަނުދީ ހިފެހެއްޓުމަކީ ކަސްޓަމްސްގެ ޤާނޫނީ ޒިންމާއެއް ކަމަށާއި، އެ މަސައްކަތާމެދު ރައްޔިތުންގެ މެދުގައި ނުރަނގަޅު ތަޞައްވުރެއް އުފެދޭގޮތަށް ޢަމަލުނުކުރުމަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން އިލްތިމާސްކޮށްފިއެވެ.
04 Aug 2026
ބީއެމްއެލްގެ ހިންގުމުގެ އޮނިގަނޑަށް ބޮޑެތި ބަދަލުތަކެއް ގެނެސްފި
ބީއެމްއެލްއިން ބުނީ މި ބަދަލުތަކަކީ ބޭންކުގެ ޒިންމާދާރުކަން އިތުރުކުރުމަށާއި، ކަސްޓަމަރުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް ފަސޭހަކޮށް، ދެމެހެއްޓެނިވި ކުރިއެރުމެއް ހޯދުމަށް އެކުލަވާލާފައިވާ ދިގު މުއްދަތުގެ އިސްތިރާތީޖީގެ ދަށުން ގެނައި ބަދަލުތަކެއް ކަމަށެވެ. މިގޮތުން ގެނައި ބަދަލުތަކާއެކު އެގްޒެކެޓިވް ޓީމުގެ ހަތަރު މެންބަރަކު ވަނީ ކުރިއަށް އޮތް ހަ މަސް ދުވަހުގެ މުއްދަތަށް އާ މަގާމުތަކަކާ ހަވާލުވެފައެވެ.
04 Aug 2026
ވީއައިއޭއާއި މާމަހި ލައުންޖް ވޯލްޑް ޓްރެވަލް އެވޯޑްސް އަށް ނޮމިނޭޓްވެއްޖެ
ވޯލްޑް ޓްރެވަލް އެވޯޑްސް 2026 ގެ ޝަރަފުވެރި ދެ ކެޓަގަރީއަކުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓާއި މާމަހި އެގްޒެކެޓިވް ލައުންޖް ނޮމިނޭޓްވެއްޖެއެވެ.
04 Aug 2026
އެސްޖޭ މިސްކިތް ލަސްވުމުން ކުންފުނީގެ ދިފާޢުގައި ޝަހީމް ނުކުންނަވައިފި
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހުޅުމާލެ އުތުރު ދާއިރާގެ މެންބަރު ޙުސައިން ޝަރީފު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ވަޒީރު ވިދާޅުވީ، އެ މިސްކިތް ބިނާކުރުމުގެ ކަންކަމާގުޅޭ އިދާރީ މަސައްކަތާއި އަދި މިސްކިތުގެ ޑިޒައިނާއި ގުޅިގެން، މަސައްކަތްކުރިއަށް ގެންދާ ކުންފުންޏަށް ބޮޑެތި ދަތިތަކާ ކުރިމަތިލާންޖެހިފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރު ސުވާލުކުރެއްވި އިރު މިސްކިތުގެ މައްސަލަ ހައްލުވިތާ 4 މަސް ފާއިތުވެ ހިނގައްޖެ
މެމްބަރުގެ ސުވާލަށް ޖަވާބުދެއްވަމުން މިނިސްޓަރު ޝަހީމް ވިދާޅުވީ، ތުޅާދޫ މިސްކިތް ހުރި ސަރަހައްދުން ގަބުރުތައް ނަގައި ސާފްކޮށް ނިމިގެންދިޔަ ރޯދަމަހު އެ މިސްކިތުގައި ނަމާދުކުރަން ފަށާފައިވާކަމަށެވެ
04 Aug 2026
ޣައްޒާގައި ބޭއްވޭ އެންމެ ބޮޑު އެއް ޖަނާޒާ މިއަދު
އިސްރާއީލުގެ ނިރުބަވެރި ބާރުތަކުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކުގައި ޝަހީދުކޮށްލާފައިވާ އެއް އާއިލާއަކަށް ނިސްބަތްވާ 112 މީހެއްގެ ހަށިގަނޑު ވަޅުލުމަށް ބާއްވާ ބޮޑު ޖަނާޒާ މިއަދު ބޭއްވުމަށް ތައްޔާރުވެއްޖެއެވެ. މިއީ މި ޤަތުލްއާއްމު ފެށުނު ފަހުން ބޭއްވޭ އެންމެ ބޮޑު އެއް ޖަނާޒާއެވެ.
04 Aug 2026
މި ދައުރުގައި ޤުރުއާނާ ބެހޭ މަރުކަޒުގެ މަސައްކަތްތައް ހުރިހާ ރަށަކަށް ފުޅާކުރެވޭނެ
މި ދައުރުގެ ތެރޭގައި ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުގެ މަސައްކަތްތައް މުޅި ރާއްޖެއަށް ފުޅާ ކުރެވިގެންދާނެ ކަމަށް އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ މުހައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.