ރައީސް ޞާލިޙް ފެރިދޫގައި ބޭއްވުނު ޖަލްސާގައި ވާހަކަ ދައްކަވަނީ. ފޮޓޯ:އެމްޑީޕީ
ހަބަރު
16 Aug 2023 | 22:04
ރައްޔިތުން ބޭނުންވަނީ ރައްޔިތުން ބޭނުންވާ ކަންކަން ކޮށްދޭ ސަރުކާރެއް: ރައީސް ޞާލިޙް

ރައްޔިތުން ބޭނުންވަނީ ރައްޔިތުން ބޭނުންވާ ކަންކަން ކޮށްދޭ ސަރުކާރެއް ކަމަށް ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ އެމަނިކުފާނު ރިޔާސީ އިންތިޚާބަށް ކެމްޕޭނު ކުރެއްވުމަށް އަރިއުތުރަށް މިއަދު ކުރައްވަމުންދާ ދަތުރުފުޅުގައި އެއަތޮޅު ފެރިދުއަށް ވަޑައިގެން ފެރިދޫގެ ރައްޔިތުންނާއި ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

"ފެރިދޫއަކީ އެއްވެސް އިރެއްގައި އެމްޑީޕީގެ އެއްވެސް ކައުންސިލަރެއް އިންތިޚާބުވެފައި ހުރި ކައުންސިލެއް ނޫން، އެހެންނަމަވެސް މިއަދު ފެރިދޫގެ މުޅި ކައުންސިލް އޮތީ އެމްޑީޕީއަށް، ހުރިހާ ކައުންސިލަރުން އެމްޑީޕީއާއި ގުޅިވަޑައިގަންނަވައިފި، އަދި އެންމެފަހު ބޭއްވުނު ޑަބްލިޔު ޑީ ސީގެ ބައިއިލެކްޝަންގައި ފުރަތަމަ ފަހަރަށް އެމްޑީޕީއަށް ގޮނޑިއެއް ވަނީ ކަށަވަރުވެފައި، ހަމަޔަޤީނުންވެސް އޭގެން މިދޭހަވަނީ ވަޢުދުތަކެއްވެ ރައްޔިތުނަށް ކަންތައްތަކެއް ކޮށްދޭކަމަށް ވަންޏާ، އެކަން ޤަބޫލް ކުރާ ރައްޔިތުން ތިބޭ ކަން، ރައްޔިތުން ބޭނުންވަނީ ރައްޔިތުން އެބޭނުންވާ ކަންކަން ކޮށްދޭނެ ސަރުކާރެއް އޮންނަންކަން" ރައީސް ޞާލިޙް ވިދާޅުވިއެވެ.

ރައީސް ޞާލިޙް ވިދާޅުވީ މިސަރުކާރުން ވަޢުދުތައްވެ އެވަޢުދުތައް ފުއްދަމުން މިދަނީ ކުޑަރަށެއް ބޮޑު ރަށެއް ނުބަލައި ކަމަށެވެ. ރައްޔިތަކަށް ވީތީ ފޯރުކޮށްދޭންޖެހޭ ޚިދްމަތްތަކަކާއި ވަޞީލަތް ތަކެއް ހުރިކަން ޤަބޫލުކޮށް، އެއީ ސަރުކާރުގެ މައްޗަށް އޮތް ޒިންމާ އެއްކަމަށް ޤަބޫލުކޮށްގެން ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ މިރޭ އުކުޅަހުގައި ބޭއްވުމަށް ހަމަޖެހިފައިވާ ޖަލްސާގައި އަމާން މުޖްތަމަޢެއް ރާއްޖޭގައި ކުރިއަށް އޮތް ފަސް އަހަރު ތަންފީޒު ކުރާނެ ސިޔާސަތުތައް ތަޢާރަފްކުރެވިގެން ދާނެ ކަމަށެވެ.

އުކުޅަހަށް ކުރައްވާ ދަތުރުފުޅަށް ފަހު އަރިއުތުރުގެ ދަތުރު ނިންމަވައި މާދަމާ ރައީސް ދަތުރުކުރައްވާނީ އަރި ދެކުނަށެވެ. މާދަމާ އެންމެ ފުރަތަމަ ވަޑައިގަތުމަށް ހަމަޖެހިފައިވަނީ ހިމަންދޫއަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
25 Aug 2026
ވިނަރެސް ޓަވަރުތައް ހިމެނޭ މަގުގައި ނުރައްކާތެރި އެކްސިޑެންޓެއް
މި އެކްސިޑެންޓްގައި އެކަކަށް އަނިޔާވެ އެމަޖެންސީގައިި އެމްބިއުލާންސް ގެނެސް ވަނީ ހޮސްޕިޓަލަށް ގެންގޮސްފައެވެ
25 Aug 2026
ވަޒަންހުރި މެގަޒިނެއް ގެނައި އެމެރިކާ މީހާގެ ބަންދަށް 10 ދުވަސް
އޭނާއަތުން އެ މެގަޒިން ފެނިފައިވަނީ ބަލާފާސްކުރުމުގެ ތެރޭގައިކަމަށް ފުލުހުން ބުންޏެވެ.
25 Aug 2026
ކުށްކޮށްގެން ހޯދާ މުދާ ދައުލަތަށް ނެގުމާ ބެހޭ ބިލް މަޖިލީހަށް ފޮނުވައިފި
މި ބިލް ޤާނޫނަކަށް ވުމުން ޖިނާއީ ބޮޑެތި ކުށްތައް ކުރާ ފަރާތްތަކުން އެފަދަ ނޭދެވޭ ޢަމަލުތަކުގެ ތެރެއިން ހޯދާ މުދަލާއި ފައިސާއިން މާލީ މަންފާ ހޯދުން ހުއްޓުވުމަށް ބޮޑު ބާރަކަށް ވެގެންދާނޭކަމަށް ރައީސް ވަނީ ފާހަގަކުރައްވާފައެވެ.
25 Aug 2026
ޕާކިސްތާނުގައި ޕެޓްރޯލާއި ޑީސެލްގެ އަގު އަނެއްކާ ވެސް ބޮޑުކޮށްފި
ދުނިޔޭގެ ސާފުނުކުރާ ތެލުގެ ބާޒާރަށް ބަލާ އިރު ހޯމަ ދުވަހު އޭޝިއާގެ ވިޔަފާރީގެ ވަގުތުތަކުގައި ދެ ބެންޗްމާކުގެ އަގު ދަށަށް ދިޔައެވެ. ޑަބްލިއުޓީއައި ސާފުނުކުރާ ތެޔޮ 2.16 އިންސައްތަ ދަށްވެ ފީފާއެއް 85.18 ޑޮލަރަށް ވެއްޓުނު އިރު ބްރެންޓް ސާފުނުކުރާ ތެޔޮ 2.19 އިންސައްތަ ދަށްވެ ފީފާއެއް 92.32 ޑޮލަރަށް ތިރިވެފައިވެއެވެ
25 Aug 2026
އޮޑިޓަރ ޖެނެރަލް ހުސައިން ނިޔާޒީ ތިލަފުއްޓަށް
ތިމާވެއްޓާ ބެހޭ ވުޒާރާއިން ބުނީ، އޮޑިޓަރ ޖެނެރަލްގެ މި ދަތުރުފުޅުގައި ތިލަފުށީގައި ކުނީގެ ކަންކަން ހިންގުމަށް ޤާއިމުކޮށްފައިވާ އެކި އިޖުރާއަތްތަކާއި ވަސީލަތްތައް ބެލެހެއްޓޭ ގޮތް ބައްލަވާލައްވާފައިވާކަމަށެވެ
25 Aug 2026
ޝީ އިންޑިއާއަށް ވަޑައިގަންނަވާނީ ބޮޑު ވަފުދަކާއެކު
މަސްދަރުތަކުން ބުނާ ގޮތުގައި، ޗައިނާގެ އޮފިޝަލުން މިހާރު ދަނީ ދިއްލީގެ ހޮޓާތަކާއި ސެކިއުރިޓީ އިންތިޒާމުތައް ހަމަޖެއްސުމުގެ މަސައްކަތް ކުރަމުންނެވެ
25 Aug 2026
ޕާކިސްތާނުގެ ސަލާމަތީ އޮފިޝަލަކު މަރާލައި، 5 ފުލުހަކު ޒަޚަމްކޮށްލައިފި
ޒަޚަމްވި ފުލުހުންނަށް ކައިރީގައިވާ ހޮސްޕިޓަލެއްގައި ފަރުވާ ދެމުންދާއިރު، އެމީހުންގެ ހާލު ސީރިއަސް ނޫން ކަމަށް ފުލުހުން މައުލޫމާތު ދެއެވެ
25 Aug 2026
ހދ.އަތޮޅުގެ ޗެމްޕިއަންކަން ހަނިމާދޫއަށް
ޗެމްޕިއަންކަން ހޯދި ހަނިމާދޫގެ އިތުރުން ފައިނަލުން ބަލިވި ނައިވާދޫ ވެސް ވަނީ މުބާރާތުގެ ޒޯން ބުރަށް ދަތުރުކޮށްފައެވެ.