ޕީއެންސީގެ ނައީސް މުޙައްމަދު ސައީދު/ ފޮޓޯ: ޕީޕީއެމް
ހަބަރު
16 Aug 2023 | 21:30
ބޯހިޔާވަހިކަން ދޭނެ ގޮތް އެންމެ ބޮޑަށް ދަންނާނެ ކެންޑިޑޭޓަކީ މުއިއްޒު: ސައީދު

މިއަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ 8 ކެންޑިޑޭޓުންގެ ތެރެއިން ދިވެހިރާއްޖޭގެ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލަ ޙައްލުކުރައްވާނެ ގޮތް އެނގިވަޑައިގަންނަވާނީ ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ރިރާސީ ކެންޑިޑޭޓު ޑރ މުޙައްމަދު މުއިއްޒުއަށް ކަމަށް ކުރީގެ އިކޮނޮމިކް މިނިސްޓަރު އަދި މީހަރު މަޖިލީހުގެ މާވަށު ދާއިރާގެ މެމްބަރު އަދި ޕީއެންސީގެ ނައިބު ރައީސް މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ. 

ސައީދު މިފަދައިން ވިދާޅުވެފައި ވަނީ ކުޑަހުވަދޫގައި ބޭއްވި ޑރ މުއިއްޒުގެ ރިޔާސީ ކެމްޕޭނުގެ ޖަލްސާގައި ވާހަކަދައްކަވަމުން ނެވެ. 

އެގޮތުން ސައީދު ވިދާޅުވީ ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީން ބޯހިޔާވަހިކަމުގެ މައްސަލަ ޙައްލުކުރުމަށް ހަރުދަނާ ސިޔާސަތެއް ގެންގުޅެމުން ނުދާކަން ފާހަގަކުރެވޭ ކަމަށެވެ. ވެރިކަމުގައި ވެސް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ސަރުކާރަށް މަސައްކަތްކޮށްދެވިފައި ނުވާކަމަށް ސައީދު ވިދާޅުވި އެވެ. 

އޭގެ އިތުރުން ސައީދު ވިދާޅުވީ އެމްޑީޕީގައި ތިއްބެވުމަށްފަހު ނިކުމެ "ދަ ޑިމޮކްރެޓްސް" ގެ ނަމުގައި ޕާޓީއެއް އުފައްދައިގެން އުޅޭ ފަރާތްތަކުން ވެސް ބޯހިޔާވަހިކަމުގެ މައްސަލަ ޙައްލުކުރުމަށް ގެންގުޅުއްވަނީ އެކަށީގެންވާ ސިޔާސަތެއް ނޫން ކަމަށެވެ. 

އެހެން ނަމަވެސް ޑރ މުއިއްޒަކީ އެ މަސައްކަތްޕުޅު ކުރައްވާ، ކާމިޔާބު ނަތީޖާތަކެއް ނެރެދެއްވާފައިވާ ބޭފުޅެއްކަން ސައީދު ފާހަގަކުރެއްވި އެވެ. އަދި ވިދާޅުވީ މިއަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ ކެންޑިޑޭޓުންގެ ތެރެއިން ބޯހިޔާވަހިކަމުގެ މައްސަލަ ޙައްލުކޮށްދެއްވާނެ ގޮތް އެންމެ ރަނގަޅަށް އެނގިވަޑައިގަންވާނެ ކެންޑިޑޭޓަކީ ޑރ މުއިއްޒު ކަމަށެވެ. އަދި އެކަން ރައްޔިތުންނަށް އެނގިލައްވާނެ ކަމަށް ސައީދު ވިދާޅުވި އެވެ. 

"ބޯހިޔާވަހިކަން ދިނުމުގެ ވިސްނުން ދިވެހިރާއްޖޭގައި މިވަގުތު ތިބި ރިޔާސީ ކެންޑިޑޭޓުންގެ ތެރެއިން އެންމެ އައުލާކަން ބޮޑީ، އެންމެ ދަންނާނެ ބޭފުޅަކީ އަޅުގަނޑުމެންގެ ކެންޑިޑޭޓު ނޫންތޯ؟ ދިވެހިރާއްޖެ ޝައްކު ކުރާކަށް މިއަދު ޖާގައެއް ނެތް މިކަމުގައި"

ޕީއެންސީގެ ނައިބު ރައީސް މުޙައްމަދު ސައީދު

2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމު ވަނީ 18 އަހަރު ފުރޭ ކޮންމެ ކުއްޖަކަށް އަމިއްލަ ބޯހިޔާވަހިކަމެއް ކަށަވަރުކޮށްދިނުމަށް ފްލެޓެއް ނުވަތަ ގެދޮރު އިމާރާތްކުރާނެ ބިންކޮޅެއް ދެއްވާނެކަމަށް ވައުދުވެވަޑައިގެންފަ އެވެ. 

އެހެން ނަމަވެސް އެ އަހަރުގެ ރިޔާސީ އިންތިޚާބު ރައީސް ޔާމިނަށް ކާމިޔާބުވާގޮތް ނުވެ ސަރުކާރު ވަނީ ބަދަލުވެފަ އެވެ. އެފަހުން 2023 އަށް ވެސް ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން، އެ ކޯލިޝަންގެ ވެރިކަމެއްގައި ކުރިންވެސް ބުނިގޮތަށް 18 އަހަރު ފުރޭ ކޮންމެ ކުއްޖަކަށް އަމިއްލަ ފްލެޓެއް ނުވަތަ ބިންކޮޅެއް ދޭނެކަމަށް ވައުދުވެފައި ކަމަށް ވާއިރު، ޑރ މުއިއްޒު ގެންދަވަނީ އެ ވައުދު ތަކުރާރު ކުރައްވަމުން ނެވެ. އަދި ރައްޔިތުންނަށް ބޯހިޔާވަހިކަން ކަށަވަރުކޮށްދޭނެކަމުގެ ޔަގީންކަން ދަނީ ދެއްވަމުން ނެވެ. 

ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ވެރިކަމެއްގައި ބޯހިޔާވަހިކަން ކަށަވަރުކޯށްދިނުމަށް ގެންގުޅެއްވާނެ ސިޔާސަތުގެ ތަފްސީލު ވަކިން ޖަލްސާއެއްގައި ހާމަކުރައްވާނެކަމަށް އެ ކޯލިޝަނުން ވަނީ ބުނެފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
26 Sep 2026
ނުރައްކާތެރިކޮށް ދުއްވި މީހާ ދެނެގަނެވިއްޖެ، ހޯދުމުގެ މަސައްކަތް ދަނީ ކުރިއަށް: ފުލުހުން
މި މައްސަލަ އެއްވެސް ފަރާތަކުން ރިޕޯޓް ކޮށްފައި ނުވިނަމަވެސް، އެ މައްސަލަ ބަލަމުންދާކަމަށް ފުލުހުން ބުންޏެވެ
26 Sep 2026
ބިދޭސީންތަކެއް މަޑި ބާނާ މަންޒަރު ފެންނަ ވީޑިއޯއާ ގުޅިގެން މެމްބަރު ކުޑޫގެ ޕޯސްޓެއް
އެ ޕޯސްޓުގައި މެންބަރު ކުޑޫ ފާހަގަކޮށްފައިވާ ގޮތުގައި ބިދޭސީން މިފަދަ ޤާނޫނާ ޚިލާފު ޢަމަލުތައް ހިންގުމަށް ޖެހިލުންނުވާ ސަބަބަކީ އެފަދަ ކަންކަމުގައި އެކަށީގެންވާ ފިޔަވަޅު ނޭޅި ޤާނޫނީ ޒިންމާއިން ރެކެވޭނެ ފުރުޞަތު އޮތުމެވެ.
26 Sep 2026
ޕާކިސްތާނުގެ ފުލުހުންގެ ޗެކްޕޮއިންޓަކަށް ދިން ޖާނުންފިދާގެ ހަމަލާގައި 11 މީހަކު މަރުވެއްޖެ
ހަމަލާގައި މަރުވި މީހުންގެ ތެރޭގައި ސެކިއުރިޓީ ފޯސަސްގެ ހަތް މީހަކު ހިމެނޭ ކަމަށާއި ޒަޚަމްވި މީހުންގެ ތެރޭގައި ސެކިއުރިޓީ ބާރުތަކުގެ 20 މީހަކު ހިމެނޭ
26 Sep 2026
ހައުސިން ވުޒާރާގެ ލޮކަރުތަކެއް ހުއްދަ ނެތި ހުޅުވި މައްސަލައެއް ފުލުހުންނަށް ހުށަހަޅައިފި
ފުލުހުން ނެރުނު ބަޔާނުގައިވާ ގޮތުން އެ ވުޒާރާއިން އެ މައްސަލަ ރިޕޯޓުކުރުމާ ގުޅިގެން އިއްޔެ ރޭގަނޑު 19:18 ހާއިރު ފުލުހުން ވަނީ އެ ވުޒާރާއަށް ގޮސްފައެވެ. އެގޮތުން، ފުލުހުންގެ ކުރިމަތީގައި އެ ވުޒާރާގެ މުވައްޒަފުން ލޮކަރުތަކުގައި ހުރި ލިޔެކިޔުންތައް ބެލިއިރު އެއްވެސް ލިޔުމެއް ގެއްލިފައި ނުވާ ކަން ޔަގީންވެފައިވެއެވެ.
26 Sep 2026
ބެންކޮކް ފެންބޮޑުވުމުގައި ދިވެއްސަކަށް ގެއްލުމެއް ލިބުނުކަމުގެ ރިޕޯޓެއް އަދި ނެތް
ވޮއިސްއަށް މައުލޫމާތު ހިއްސާކުރަމުން ދިވެހިރާއްޖެއިން ތައިލެންޑަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ފުއާދު ތައުފީޤު ވިދާޅުވީ ބެންކޮކުގައި ތިބި ދިވެހިންގެ ރައްކާތެރިކަން ގާތުން ބައްލަވަމުން ގެންދަވާ ކަމަށެވެ
26 Sep 2026
ގެވެށި އަނިޔާ ލިބޭ މީހުންނަށް ތިން މަރުކަޒެއް ތަރައްޤީކުރަނީ
މި މަރުކަޒުތަކުގެ ބޭނުމަކީ ގެވެށި އަނިޔާ ލިބޭ ފަރާތްތަކަށް ރައްކާތެރިކަން ދީ އެ މީހުން ޢާންމު ދިރިއުޅުމަށް ރުޖޫޢަވުމަށް ބޭނުންވާ ހުރިހާ އެހީތެރިކަމެއް އެއް ފުރާޅެއްގެ ދަށުން ލިބޭނެ ގޮތް ހެދުން ކަމަށް ވަޒީރު ވިދާޅުވިއެވެ
26 Sep 2026
މިހާތަނަށް 8 ރަށުގައި އެފްއެސްއެމްގެ ޝެޑްތައް ގާއިމްކުރެވިއްޖެ: ސައީދު
އެފްއެސްއެމުން މިހާތަނަށް ޝެޑްތައް ގާއިމްކުރި ރަށްތަކުގެ ތެރޭގައި ހިމެނެނީ، ހަނިމާދޫ، އިހަވަންދޫ، އޭދަފުށި، ށ.މިލަންދޫ، ނިލަންދޫ، ދ.މީދޫ، ދުވާފަރުގެ އިތުރުން ކުޑަހުވަދޫއެވެ.
26 Sep 2026
ސާފް ޗެމްޕިއަންޝިޕަށް އިންޑިއާގެ ސީނިއާ ސްކޮޑު ނުފޮނުވުމަށް ނިންމައިފި
ސަރަޙައްދީ މުބާރާތެއްގައި ވާދަކުރުމަށްވުރެ މި ސަރަޙައްދުގެ ޤައުމުތަކަށްވުރެ ފެންވަރު ރަނގަޅު ޓީމަކާ ދެކޮޅަށް ކުޅުމުން އިންޑިއާގެ ފުޓުބޯޅައަށް ލިބޭ ފައިދާ ބޮޑުވާނެކަމަށް އެޤައުމުން ވަނީ ބުނެފައި