ޑރ މުއިއްޒު ކުޑަހުވަދޫ ޖަލްސާގައި ވާހަކަދައްކަވަނީ/ ފޮޓޯ: ޕީޕީއެމް
ހަބަރު
16 Aug 2023 | 22:06
އަޅުގަނޑުގެ ވެރިކަމުގައި އެއާ އެމްބިއުލާންސް ތައާރަފްކުރާނަން: ޑރ މުއިއްޒު

ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ވެރިކަމުގައި އެއާ އެމްބިއުލަންސްގެ ޚިދުމަތް ތައާރަފްކުރުމަށް އެ ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓު ޑރ މުޙައްމަދު މުއިއްޒު ވައިދުވެވަޑައިގެންފި އެވެ. 

ޑރ މުއިއްޒު މިފަދައިން ވައުދުވެވަޑައިގެންފައި ވަނީ މެދުރާއްޖެތެރެއަށް އެމަނިކުފާނު ކުރައްވާ ރިޔާސީ ކެމްޕޭނު ދަތުރުފުޅުގައި ދ ކުޑަހުވަދޫއަށް ވަޑައިގެން އެ ރަށުގައި ބޭއްވި ރިޔާސީ ކެމްޕޭނުގެ ޖަލްސާގައި ވާހަކަދައްކަވަމުން ނެވެ. 

އަވަސް ފަރުވާއަށް ބޭނުންވާ ފަރާތްތަކަށް ސިއްޙީ ޚިދުމަތް ފޯރުކޮށްދިނުމަށް ރައީސް ޔާމީން އަބްދުލްގައްޔޫމުގެ ވެރިކަމުގައި ވަނީ ރާއްޖޭގައި ސީ އެމްބިއުލާންސްގެ ޚިދުމަތް ތައާރަފްކޮށްފަ އެވެ. އަދި ސީ އެމްބިއުލާންސްގެ ފްލީޓު މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސްއާއި ހަވާލުކޮށް އެ ޚިދުމަތް އިންތިޒާމުވެގެން ހިންގަމުން ގެންދެވިއެވެ. 

ޑރ މުއިއްޒު ވިދާޅުވާ ގޮތުގައި އެމަނިކުފާނު ގެންގުޅުއްވަނީ ރައީސް ޔާމިނުގެ ސިޔާސަތާއި އެމަނިކުފާނުގެ މެނިފެސްޓޯއެވެ. އެގޮތުން ރައީސް ޔާމިނުގެ ވެރިކަމުގައި ސިއްހީ ނިޒާމަށް އިންގިލާބީ ބޮޑު ބަދަލެއް ގެނެސް ރައްޔިތުންނަށް ރާއްޖޭގައި ތިބެގެން ރަނަގޅު ފެންވަރުގެ ސިއްހީ ޚިދުމަތް ފޯރުކޮށްދެވޭނެ އިންތިޒާމުތައް ހަމަޖައްސާދެއްވާފައިވާކަން ޑރ މުއިއްޒު ފާހަގަކުރެއްވި އެވެ. 

އެއާއެކު އެމަނިކުފާނު ވިދާޅުވީ ސިއްޙީ އަވަސް ފަރުވާގެ ޚިދުމަތް ފުޅާކުރުމަށް އެމަނިކުފާނުގެ ވެރިކަމުގައި އެއާ އެމްބިއުލަންސްގެ ޚިދުމަތް ތައާރަފްކުރައްވާނެ ކަމަށެވެ. އަދި އެ ޚިދުމަތް ކުރިއަށް ގެންދިއުމަށް ޓެސްޓު ފްލައިޓެއް ނެގެސް، އެކަމުގެ މަސައްކަތްތައް ވަރަށް އަވަސް މުއްދަތެއްގެ ތެރޭގައި ފައްޓަވާދެއްވާނެ ކަމަށެވެ. 

ސިއްހީ ފަރުވާއާއި ހަމަޔަށް ނުދެވި ނުވަރަ ފަރުވާ ނުލިބި އެ ހައްގުން އެއްވެސް ރައްޔިތަކު މަހުރޫމުވެގެން ނުވާނެ ކަމަށާއި، އެ އަސާސީ ހައްގު ކަށަވަރުކޮށްދިނުމަށް ޚާއްސަ އިސްކަމެއް ދެއްވައިގެން މަސައްކަތްޕުޅު ކުރައްވާނެކަމުގެ ޔަގީންކަން ޑރ މުއިއްޒު ވަނީ ވިދާޅުވެފަ އެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
26 Sep 2026
ނުރައްކާތެރިކޮށް ދުއްވި މީހާ ދެނެގަނެވިއްޖެ، ހޯދުމުގެ މަސައްކަތް ދަނީ ކުރިއަށް: ފުލުހުން
މި މައްސަލަ އެއްވެސް ފަރާތަކުން ރިޕޯޓް ކޮށްފައި ނުވިނަމަވެސް، އެ މައްސަލަ ބަލަމުންދާކަމަށް ފުލުހުން ބުންޏެވެ
26 Sep 2026
ބިދޭސީންތަކެއް މަޑި ބާނާ މަންޒަރު ފެންނަ ވީޑިއޯއާ ގުޅިގެން މެމްބަރު ކުޑޫގެ ޕޯސްޓެއް
އެ ޕޯސްޓުގައި މެންބަރު ކުޑޫ ފާހަގަކޮށްފައިވާ ގޮތުގައި ބިދޭސީން މިފަދަ ޤާނޫނާ ޚިލާފު ޢަމަލުތައް ހިންގުމަށް ޖެހިލުންނުވާ ސަބަބަކީ އެފަދަ ކަންކަމުގައި އެކަށީގެންވާ ފިޔަވަޅު ނޭޅި ޤާނޫނީ ޒިންމާއިން ރެކެވޭނެ ފުރުޞަތު އޮތުމެވެ.
26 Sep 2026
ޕާކިސްތާނުގެ ފުލުހުންގެ ޗެކްޕޮއިންޓަކަށް ދިން ޖާނުންފިދާގެ ހަމަލާގައި 11 މީހަކު މަރުވެއްޖެ
ހަމަލާގައި މަރުވި މީހުންގެ ތެރޭގައި ސެކިއުރިޓީ ފޯސަސްގެ ހަތް މީހަކު ހިމެނޭ ކަމަށާއި ޒަޚަމްވި މީހުންގެ ތެރޭގައި ސެކިއުރިޓީ ބާރުތަކުގެ 20 މީހަކު ހިމެނޭ
26 Sep 2026
ހައުސިން ވުޒާރާގެ ލޮކަރުތަކެއް ހުއްދަ ނެތި ހުޅުވި މައްސަލައެއް ފުލުހުންނަށް ހުށަހަޅައިފި
ފުލުހުން ނެރުނު ބަޔާނުގައިވާ ގޮތުން އެ ވުޒާރާއިން އެ މައްސަލަ ރިޕޯޓުކުރުމާ ގުޅިގެން އިއްޔެ ރޭގަނޑު 19:18 ހާއިރު ފުލުހުން ވަނީ އެ ވުޒާރާއަށް ގޮސްފައެވެ. އެގޮތުން، ފުލުހުންގެ ކުރިމަތީގައި އެ ވުޒާރާގެ މުވައްޒަފުން ލޮކަރުތަކުގައި ހުރި ލިޔެކިޔުންތައް ބެލިއިރު އެއްވެސް ލިޔުމެއް ގެއްލިފައި ނުވާ ކަން ޔަގީންވެފައިވެއެވެ.
26 Sep 2026
ބެންކޮކް ފެންބޮޑުވުމުގައި ދިވެއްސަކަށް ގެއްލުމެއް ލިބުނުކަމުގެ ރިޕޯޓެއް އަދި ނެތް
ވޮއިސްއަށް މައުލޫމާތު ހިއްސާކުރަމުން ދިވެހިރާއްޖެއިން ތައިލެންޑަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ފުއާދު ތައުފީޤު ވިދާޅުވީ ބެންކޮކުގައި ތިބި ދިވެހިންގެ ރައްކާތެރިކަން ގާތުން ބައްލަވަމުން ގެންދަވާ ކަމަށެވެ
26 Sep 2026
ގެވެށި އަނިޔާ ލިބޭ މީހުންނަށް ތިން މަރުކަޒެއް ތަރައްޤީކުރަނީ
މި މަރުކަޒުތަކުގެ ބޭނުމަކީ ގެވެށި އަނިޔާ ލިބޭ ފަރާތްތަކަށް ރައްކާތެރިކަން ދީ އެ މީހުން ޢާންމު ދިރިއުޅުމަށް ރުޖޫޢަވުމަށް ބޭނުންވާ ހުރިހާ އެހީތެރިކަމެއް އެއް ފުރާޅެއްގެ ދަށުން ލިބޭނެ ގޮތް ހެދުން ކަމަށް ވަޒީރު ވިދާޅުވިއެވެ
26 Sep 2026
މިހާތަނަށް 8 ރަށުގައި އެފްއެސްއެމްގެ ޝެޑްތައް ގާއިމްކުރެވިއްޖެ: ސައީދު
އެފްއެސްއެމުން މިހާތަނަށް ޝެޑްތައް ގާއިމްކުރި ރަށްތަކުގެ ތެރޭގައި ހިމެނެނީ، ހަނިމާދޫ، އިހަވަންދޫ، އޭދަފުށި، ށ.މިލަންދޫ، ނިލަންދޫ، ދ.މީދޫ، ދުވާފަރުގެ އިތުރުން ކުޑަހުވަދޫއެވެ.
26 Sep 2026
ސާފް ޗެމްޕިއަންޝިޕަށް އިންޑިއާގެ ސީނިއާ ސްކޮޑު ނުފޮނުވުމަށް ނިންމައިފި
ސަރަޙައްދީ މުބާރާތެއްގައި ވާދަކުރުމަށްވުރެ މި ސަރަޙައްދުގެ ޤައުމުތަކަށްވުރެ ފެންވަރު ރަނގަޅު ޓީމަކާ ދެކޮޅަށް ކުޅުމުން އިންޑިއާގެ ފުޓުބޯޅައަށް ލިބޭ ފައިދާ ބޮޑުވާނެކަމަށް އެޤައުމުން ވަނީ ބުނެފައި