ޔާސިރާއި އެކު ކުޅުދުއްފުށީ މޭޔަރު އަދި ކަައުންސިލް މެމްބަރުން ރައީސް ޞާލިޙާއި އެކު. ފޮޓޯ:އެމްޑީޕީ
ހަބަރު
17 Aug 2023 | 09:20
ޔާސިރު އަލުން އެމްޑީޕީއަށް! ނަޝީދު ވިދާޅުވީ ޟަމީރުގެ ބަލިކަށިކަމެއް ކަމަށް!

ކުޅުއްދުފުށީ އުތުރު ދާއިރާގެ މެމްބަރު ޔާސިރު ޢަބްދުއްލަތީފާއި އެސިޓީގެ މޭޔަރު މުހައްމަދު އާތިފާއި ކައުންސިލްގެ މެމްބަރުން، ދަ ޑިމޮކްރެޓްސް ދޫކޮށް އެމްޑީޕީއާ އަލުން ގުޅިވަޑައިގަތުމުން އެކަމަށް ކުރީގެ ރައީސް އަދި ދަ ޑިމޮކްރަޓްސްގެ ބާނީ މުޙައްމަދު ނަޝީދު ފާޑު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު ވިދާޅުވެފައިވަނީ އެބޭފުޅުން ޖެހިވަޑައިގަތީ ވަގުތީ އުފަލުގެ އަޖަލުގައި ކަމަށާއި އެއީ ޟަމީރުގެ ބަލިކަށި ކަމެއް ކަމަށެވެ.

ދަ ޑިމޮކްރެޓްސްގެ ބާނީ، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ ބައެއް ޒުވާނުން ވަގުތީ ފައިދާގެ ދަޅައިގައި ވަރަށް އަވަހަށް ޖެހިދާ ކަމަށާއި ކުޅުދުއްފުށި ރައްޔިތުންނަކީ އެހާ އަވަހަށް ޟަމީރު ގުޑާ ބައެއް ކަމަށް ޤަބޫލު ކުރެއްވިފައި ނެތް ކަމަށެވެ.

ރައީސް ނަޝީދު މިފަދައިން ވާހަކަފުޅު ދައްކަވައިފައިވަނީ ކުޅުދުއްފުށީގައި އިއްޔެ ހަވީރު ބޭއްވި ބައްދަލުވުމެއްގައެވެ.

މެމްބަރު ޔާސިރާއި، ކައުންސިލްގެ ހަތް މެމްބަރުން ދަ ޑިމޮކްރެޓްސް އިން ވަކިވުމަށްފަހު އަލުން އެމްޑިޕީއަށް ބަދަލުވެ، އެމްޑީޕީގެ މެމްބަރޝިޕް ފޯމް ހަވާލު ކުރެއްވީ އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓު، ރައީސް އިބްރާހިމް މުޙައްމަދު ޞާލިހާއެވެ.

އެބޭފުޅުންގެ މެމްބަރޝިޕް ފޯމު ރައީސް ޞާލިޙާއި ހަވާލުކުރައްވާފައިވަނީ ސޯލްޓު ކެފޭ އިމާރާތުގައި ހުންނަ އެ ކެމްޕޭނު އޮފީހުގައި ބޭއްވި ބައްދަލުވުމެއްގަ އެވެ.

އިއްޔެގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ވަކި ބޭފުޅެއްގެ ނަން ހަމަނުކުރައްވައި ރައީސް ނަޝީދު ވިދާޅުވީ ޒުވާނުން މައިދާނަށް ނެރުއްވުމަށް އިންތިހާއަށް މަސައްކަތްތައް ކުރައްވާ ކަމަށެވެ. އަދި އެފަދަ ފުރުސަތު ދެއްވި، އަދި ގާތްކަން ބެހެއްޓެވި އެކަކީ ކުޅުދުއްފުށީ ޒުވާނެއް ކަމަށެވެ.

"އޭގެ ތެރެއިން އެއް ކުއްޖަކު މަޖިލީހުގެ މުގައްރަރަކަށް ހަދައި މަޖިލީހުން ލިބެމުންދިޔަ ހުރިހާ ފުރުސަތެއް އަރުވަމުން ގެންދިޔައިން،، އަދި އެ ބޭފުޅާއާ އެކުގައި ހުސް ވަގުތާއި ވީހާވެސް ގިނައިން މަޝްވަރާކޮށް ވާހަކަ ދައްކާ ހަދަމުން ގެންދިޔައިން، އެހެން ނަމަވެސް ވަގުތީ ފައިދާގެ ދަޅައިގައި ޒުވާން އުމުރުގައި ބައެއް ބޭފުޅުން ޖެހިދޭ" ރައީސް ނަޝީދު ވިދާޅުވި އެވެ.

ޑިމޮކްރެޓްސް އުފެއްދެވުމަށް މަސަކަތްތަކެއް ކުރައްވަމުން ގެންދެވި ޔާސިރު އެޕާޓީ ދޫކުރައްވައި ވަޑައިގެންނެވި ސަބަބެއް ހާމަ ކުރައްވައި ފައިނުވާއިރު ރައްދު ޖަވާބެއްވެސް ޔާސިރު ދެއްވައިފައެއް ނުވެއެވެ. ނަމަވެސް ކުޅުދުއްފުށީ މޭޔަރު އެމްޑީޕީއާ އެނބުރި ގުޅެން ނިންމި ނިންމުން ދިފާޢު ކުރައްވާ ވިދާޅުވެފައިވަނީ ކުޅުދުއްފުށީ ރައްޔިތުންގެ ހައްގުގައި ނުކުރައްވާނެ ކަމެއް ނޯންނާނެ ކަމަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
ޤަތަރު އެއާވޭޒްއިން ރާއްޖެއަށް ކުރާ ދަތުރުތައް އިތުރުކުރަނީ
މި ބަދަލާއެކު، ގަތަރުގެ ހަމަދު އިންޓަނޭޝަނަލް އެއާޕޯޓް މެދުވެރިކޮށް ރާއްޖެއަށް ދުވާލަކު ތިން ފްލައިޓް އޮޕަރޭޓް ކުރާނެއެވެ.
13 Sep 2026
ވިއްސާރައިގައި އައްޑޫގެ އިތުރު ގެތަކަކަށް ބޮޑެތި ގެއްލުންތަކެއް
މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ދެކުނުގެ އަތޮޅުތަކަށް ބޯކޮށް ވާރޭވެހި، ފެންބޮޑުވުމުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ލިބެމުންދާ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ހާމަކޮށްފިއެވެ.
13 Sep 2026
އެމްބާޕޭގެ ގޯލްތަކާއެކު ރެއާލް މެޑްރިޑުން، ރަޔޯ ވަޔެކާނޯ ބަލިކޮށް ދެވަނައަށް
13 Sep 2026
ސަންޑަލޭންޑް ބަލިކޮށް އާސެނަލް މޮޅުވުމުގެ ސިލްސިލާ ކުރިއަށް
ސަންޑަލޭންޑް މެޗުން ލިބުނު މޮޅާއެކު އާސެނަލް މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑަކާއެކުގައެވެ. ދެވަނައިގައި އޮތް މެންޗެސްޓާ ސިޓީ މިއަދު މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށް ނުކުންނާނެއެވެ
13 Sep 2026
އިސްލާމްދީނަކީ ރާއްޖޭގެ ޤައުމީ ބިންގާ: ރައީސް މަޢުމޫން
އިސްލާމް ދީނަކީ ދިވެހިރާއްޖޭގެ ޤައުމީ ބިންގާ ކަމަށާ އެ ދީން ދޫކޮށްލައިގެން ފަރު ނުޖެއްސޭނެ ކަމުގައި ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މަޢުމޫން ޢަބްދުލްޤައްޔޫމް ގޮވާލައްވައިފިއެވެ.
13 Sep 2026
އަރިދަފުސް ރޯގާ އާއި ބޭރަށްހިންގުން އިތުރުވަނީ
ރާއްޖޭގައި މި ދުވަސްވަރު އަރިދަފުސް ރޯގާ، ހޮޑުލުން އަދި ބޭރަށްހިންގުމުގެ ކޭސްތައް އިތުރުވަމުންދާތީ، އެކަމަށް ސަމާލުވެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
އައްޑޫ ލިންކު ރޯޑުގެ ހާލަތު ގޯސްވެ، ޒަރޫރީ ބޭނުންތަކަށް މެނުވީ މަގަށް ނުނިކުތުމަށް އެދިއްޖެ
އައްޑޫ ސިޓީއަށް މިހާރު ކުރަމުންދާ ވިއްސާރައިގެ ސަބަބުން އައްޑޫ ލިންކް ރޯޑުގެ ހާލަތު އިތުރަށް ގޯސްވެ، ނުރައްކާތެރި ހާލަތަކަށް ގޮސްފައިވާތީ، ޒަރޫރީ ބޭނުންތަކަށް މެނުވީ އެ މަގުގައި އުޅަނދުފަހަރު ނުދުއްވުމަށް އައްޑޫ ސިޓީ ކައުންސިލުން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
ހާޓް އެޓޭކް ޖެހޭ މީހުންގެ ލޭގައި މައިކްރޯޕްލާސްޓިކް ހުންނަ މިންވަރު އިތުރު
ނުރައްކާތެރި ބާވަތުގެ ހާޓް އެޓޭކެއް ކަމަށްވާ "އެސްޓީ-އެލިވޭޝަން މައޮކާޑިއަލް އިންފާކްޝަން" (ސްޓެމީ) ޖެހޭ މީހުންގެ ހިތުގެ ލޭހޮޅިތަކުގައި، އާދައިގެ ސިއްހަތެއްގައި ހުންނަ މީހުންނާއި ހިތުގެ އެހެނިހެން ދާއިމީ ބަލިތައް ހުންނަ މީހުންނަށް ވުރެ މައިކްރޯޕްލާސްޓިކާއި ނެނޯޕްލާސްޓިކް ހުންނަ މިންވަރު އިތުރުކަން އައު ދިރާސާއަކުން ދައްކައިފިއެވެ.