ޑރ މުއިއްޒު ކުޑަހުވަދޫ ޖަލްސާގައި ވާހަކަދައްކަވަނީ/ ފޮޓޯ: ޕީޕީއެމް
ހަބަރު
17 Aug 2023 | 09:20
ކުޑަހުވަދޫގައި ސަރަޙައްދީ ބަނދަރެއް އަޅަން ޑރ މުއިއްޒު ވައުދުވެއްޖެ!


ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ވެރިކަމެއްގައި ދ. ކުޑަހުވަދޫގައި ސަރަހައްދީ ބަނދަރެއް އަޅުއްވާދެއްވުމަށް އެ ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓު ޑރ މުޙައްމަދު މުއިއްޒު ވައުދުވެވަޑައިގެންފި އެވެ.

މެދުރާއްޖެތެރެއަށް ޑރ މުއިއްޒު ކުރައްވާ ރިޔާސީ ކެމްޕޭނު ދަތުރުފުޅުގައި ދ ކުޑަހުވަދޫއަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާއި މުޚާތަބުކުރައްވާ ވާހަކަދައްކަވަމުން ޑރ މުއިއްޒު ވިދާޅުވީ ގުދުރަތީގޮތުން ކުޑަހުވަދޫ ހެދިފައިވަނީ ވަރަށް ސްޓްރެޓެޖިކް ލޮކޭޝަނެއްގައި ކަމަށެވެ.

އެހެންކަމުން، އެ ރަށުގައި ހިންގާ ތަރައްގީގެ މަޝްރޫއުތަކުގެ ފައިދާ ކުޑަހުވަދޫގެ ރައްޔިތުންގެ އިތުރުން ސަރަހައްދުގެ އެތައް ރައްޔިތުންނަށް ކުރާނެކަމަށް ޑރ މުއިއްޒު ވިދާޅުވި އެވެ.

އެކަން ފާހަގަކުރައްވާ ޑރ މުއިއްޒު ވިދާޅުވީ ކުޑަހުވަދޫގައި ބަނދަރު ހެދުނު ނަމަވެސް، އެ ބަނދަރަކީ މިހާރު އެރަށުގެ ރައްޔިތުން ބޭނުންކުރުމަށް ވެސް އެންމެ އެކަށީގެންވާ ބަންދަރެއް ނޫން ކަމަށެވެ.

ޑރ މުއިއްޒު ވިދާޅުވީ ކުޑަހުވަދޫ ބަނދަރު އަޕްގްރޭޑުކުރެވި ސަރަހައްދީ ބަނދަރެއްގެ ގޮތުގައި ތަރައްގީކުރުމަކީ ރައްޔިތުންނާއި، ސަރަހައްދުގެ އެންމެނަށް ވެސް އެންމެ ފައިދާބޮޑުވާނެ ގޮތްކަމަށް ދެކިވަޑައިގަންނަވާ ކަމަށެވެ. އަދި ކުޑަހުވަދޫގައި ސަރަހައްދީ ބަނދަރެއް ތަރައްގީ ކުރުމުގެ ތަނީޖާއެއްގެ ގޮތުން ވިޔަފާރިތައް ފުޅާވެ، ރައްޔިތުންނަށް ލިބޭ އާމްދަނީ އިތުރުވެގެންދާނެ ކަމަށް ޑރ މުއިއްޒު ވިދާޅުވި އެވެ.

"ރައީސް ޔާމީން 2018ގައި ވެސް ހިމަނުއްވާފައިވާ ކަމެއް ސަރަހައްދީ ބަނދަރަކީ. އެހެންވީމާ އެ ބަނދަރަކީ މި ސަރަހައްދަށް ކޮމާޝަލް ޑިވެލޮޕްމަންޓު އަދި އެއާޕޯޓު ހެދުމާއި އެކީގައިވެސް ވަރަށް ފެކޮޅުޖެހޭ ފީސިބަލް ކަމަކަށް ވާނެ. އޭގެ ސަބަބުން ގިނަ ވަޒީފާތަކެއް އުފެދި ވިޔަފާރި އެތައް ގުނައަކަށް އިތުރުވެގެންދާ ކަމަކަށް ވާނެ. އެހެންވީމާ މިތަނުގައި ސަރަހައްދީ ބަނދަރެއް ހެދުމަކީ މުޅި ރާއްޖޭގެ ތަރައްގީއަށް ބަލާއިރު، އެއީ މި ރަށަށާއި މި ސަރައްދަށް ވަރަށް ބޮޑު ކުރިއެރުމެއް ލިބޭނެ ކަމެއް ކަމަށް ވާތީ އިރާދަކުރެއްވިއްޔާ އެފަދަ ބަނދަރެއް ހެދުމަކީ މި ރަށުގައި ކުރިއަށް ގެންދެވޭނެ ކަމެއް"

ޑރ މުޙައްމަދު މުއިއްޒު

ސަރަހައްދީ ބަނދަރު އެޅުމުގެ އިތުރުން ވެސް ކުޑަހުވަދޫގެ ހިއްކާފައި އޮތް ސަރަހައްދުގައި ބޯހިޔާވަހިކަން ދޭނެ ފެސިލިޓީތައް ހަދައި، ފެނާއި ނަރުދަމާގެ ޚިދުމަތް ޤާއިމްކުރައްވާނެކަމަށް ޑރ މުއިއްޒު ވިދާޅުވި އެވެ.

އަދި ކުޑަހުވަދޫ ޒުވާނުންނަށް ޚާއްސަކޮށްގެން ސްޕޯޓްސް އެރީނާ ތަރައްގީކޮށް، އެތަނުގައި މިހާރު ކުޅޭ ކުޅިވަރުތަކުގެ އިތުރުން، އިތުރު ކުޅިވަރުތައް ކުޅެވޭނެ ފެސިލީޓައް އަޅުއްވާދެއްވާނެކަމުގެ ޔަގީންކަން ވެސް ޑރ މުއިއްޒު ދެއްވި އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
26 Sep 2026
ނުރައްކާތެރިކޮށް ދުއްވި މީހާ ދެނެގަނެވިއްޖެ، ހޯދުމުގެ މަސައްކަތް ދަނީ ކުރިއަށް: ފުލުހުން
މި މައްސަލަ އެއްވެސް ފަރާތަކުން ރިޕޯޓް ކޮށްފައި ނުވިނަމަވެސް، އެ މައްސަލަ ބަލަމުންދާކަމަށް ފުލުހުން ބުންޏެވެ
26 Sep 2026
ބިދޭސީންތަކެއް މަޑި ބާނާ މަންޒަރު ފެންނަ ވީޑިއޯއާ ގުޅިގެން މެމްބަރު ކުޑޫގެ ޕޯސްޓެއް
އެ ޕޯސްޓުގައި މެންބަރު ކުޑޫ ފާހަގަކޮށްފައިވާ ގޮތުގައި ބިދޭސީން މިފަދަ ޤާނޫނާ ޚިލާފު ޢަމަލުތައް ހިންގުމަށް ޖެހިލުންނުވާ ސަބަބަކީ އެފަދަ ކަންކަމުގައި އެކަށީގެންވާ ފިޔަވަޅު ނޭޅި ޤާނޫނީ ޒިންމާއިން ރެކެވޭނެ ފުރުޞަތު އޮތުމެވެ.
26 Sep 2026
ޕާކިސްތާނުގެ ފުލުހުންގެ ޗެކްޕޮއިންޓަކަށް ދިން ޖާނުންފިދާގެ ހަމަލާގައި 11 މީހަކު މަރުވެއްޖެ
ހަމަލާގައި މަރުވި މީހުންގެ ތެރޭގައި ސެކިއުރިޓީ ފޯސަސްގެ ހަތް މީހަކު ހިމެނޭ ކަމަށާއި ޒަޚަމްވި މީހުންގެ ތެރޭގައި ސެކިއުރިޓީ ބާރުތަކުގެ 20 މީހަކު ހިމެނޭ
26 Sep 2026
ހައުސިން ވުޒާރާގެ ލޮކަރުތަކެއް ހުއްދަ ނެތި ހުޅުވި މައްސަލައެއް ފުލުހުންނަށް ހުށަހަޅައިފި
ފުލުހުން ނެރުނު ބަޔާނުގައިވާ ގޮތުން އެ ވުޒާރާއިން އެ މައްސަލަ ރިޕޯޓުކުރުމާ ގުޅިގެން އިއްޔެ ރޭގަނޑު 19:18 ހާއިރު ފުލުހުން ވަނީ އެ ވުޒާރާއަށް ގޮސްފައެވެ. އެގޮތުން، ފުލުހުންގެ ކުރިމަތީގައި އެ ވުޒާރާގެ މުވައްޒަފުން ލޮކަރުތަކުގައި ހުރި ލިޔެކިޔުންތައް ބެލިއިރު އެއްވެސް ލިޔުމެއް ގެއްލިފައި ނުވާ ކަން ޔަގީންވެފައިވެއެވެ.
26 Sep 2026
ބެންކޮކް ފެންބޮޑުވުމުގައި ދިވެއްސަކަށް ގެއްލުމެއް ލިބުނުކަމުގެ ރިޕޯޓެއް އަދި ނެތް
ވޮއިސްއަށް މައުލޫމާތު ހިއްސާކުރަމުން ދިވެހިރާއްޖެއިން ތައިލެންޑަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ފުއާދު ތައުފީޤު ވިދާޅުވީ ބެންކޮކުގައި ތިބި ދިވެހިންގެ ރައްކާތެރިކަން ގާތުން ބައްލަވަމުން ގެންދަވާ ކަމަށެވެ
26 Sep 2026
ގެވެށި އަނިޔާ ލިބޭ މީހުންނަށް ތިން މަރުކަޒެއް ތަރައްޤީކުރަނީ
މި މަރުކަޒުތަކުގެ ބޭނުމަކީ ގެވެށި އަނިޔާ ލިބޭ ފަރާތްތަކަށް ރައްކާތެރިކަން ދީ އެ މީހުން ޢާންމު ދިރިއުޅުމަށް ރުޖޫޢަވުމަށް ބޭނުންވާ ހުރިހާ އެހީތެރިކަމެއް އެއް ފުރާޅެއްގެ ދަށުން ލިބޭނެ ގޮތް ހެދުން ކަމަށް ވަޒީރު ވިދާޅުވިއެވެ
26 Sep 2026
މިހާތަނަށް 8 ރަށުގައި އެފްއެސްއެމްގެ ޝެޑްތައް ގާއިމްކުރެވިއްޖެ: ސައީދު
އެފްއެސްއެމުން މިހާތަނަށް ޝެޑްތައް ގާއިމްކުރި ރަށްތަކުގެ ތެރޭގައި ހިމެނެނީ، ހަނިމާދޫ، އިހަވަންދޫ، އޭދަފުށި، ށ.މިލަންދޫ، ނިލަންދޫ، ދ.މީދޫ، ދުވާފަރުގެ އިތުރުން ކުޑަހުވަދޫއެވެ.
26 Sep 2026
ސާފް ޗެމްޕިއަންޝިޕަށް އިންޑިއާގެ ސީނިއާ ސްކޮޑު ނުފޮނުވުމަށް ނިންމައިފި
ސަރަޙައްދީ މުބާރާތެއްގައި ވާދަކުރުމަށްވުރެ މި ސަރަޙައްދުގެ ޤައުމުތަކަށްވުރެ ފެންވަރު ރަނގަޅު ޓީމަކާ ދެކޮޅަށް ކުޅުމުން އިންޑިއާގެ ފުޓުބޯޅައަށް ލިބޭ ފައިދާ ބޮޑުވާނެކަމަށް އެޤައުމުން ވަނީ ބުނެފައި