ކްރިސްޓިއަނުންގެ ފައްޅިއަކަށް ގެއްލުންދީ އަލިފާން ރޯކޮށްލައިފައި.
ހަބަރު
17 Aug 2023 | 11:16
ޕާކިސްތާނުގައި ބޮޑު ހަމަނުޖެހުމެއް، ދެ ފައްޅިއެއްގައި ރޯކޮށްލައިފި!

ޕާކިސްތާނުގެ ޕަންޖާބުގެ ޖަރަންވާލާ ޕްރޮވިންސްގައި ކްރިސްޓިއަނުން އަޅުކަންކުރާ ދެ ފައްޅިއެއްގައި ރޯކޮށްލައި ހަމަނުޖެހުން ތަކެއް ހިންގައިފިއެވެ.

މި ހަމަނުޖެހުންތައް ހިންގާފައިމިވަނީ ޕާކިސްތާނުގައި އުޅޭ ދެ ކްރިސްޓިއަނަކު އިސްލާމްދީނަށް ފުރައްސާރަކުރި ކަމަށް ބުނާ މައްސަލައަކާއި ގުޅިގެނެވެ. އިސްލާމްދީނަށް ފުރައްސާރަ ކުރުމަކީ ޕާކިސްތާނުގެ ޤާނޫނުގެ ދަށުން މަރުގެ ޙުކުމް އިއްވޭ ކުށެކެވެ.

ޕަންޖާބުގެ ފައިސަލްއާބާދުގައި މި ކަން ހިނގާފައިމިވަނީ އެސަރަހައްދުގައި ދިރިއުޅޭ ކްރިސްޓިއަނެއް ކަމަށްވާ ރާޖާ އާމިރް ނަމަކަށް ކިޔާ މީހަކާއި އޭނަގެ ރައްޓެއްސެއް ކީރިތި ޤުރުއާނުގެ ގަނޑުތަކެއް މުސްޙަފުން ވަކިކޮށް ބިންމައްޗަށް އުކައި ޤަދަރުކުޑަކޮށް ހެދުމާއި، މުސްޙަފްގެ ގަނޑުތަކުގައި އެއަށް ފުރައްސާރަކޮށް ބަސްތައް ލިޔުނު ކަމަށް އެސަރަހައްދުގައި ދިރިއުޅޭ މުސްލިމުންނަށް އެނގިގެނެވެ.

މިކަމާއި ގުޅިގެން ހިތްހަމަނުޖެހި ރުޅި ވެރިކަން ފާޅު ކުރަމުންދިޔަ މުސްލިމުންގެ ގްރޫޕަކުން ވަނީ ދެ ފައްޅިއެއްގައި ރޯކޮށްލައި އިތުރު ހަތަރު ފައްޅިއަކަށް ގެއްލުންދީފައިވާ ކަމަށް ޕާކިސްތާނު ޕޮލިހުން ވަނީ ބުނެފައެވެ.

އަދި އެގްރޫޕުން ވަނީ އެސަރަހައްދުގައި ދިރިއުޅޭ ކްރިސްޓިއަނުންގެ ގެތަކަށް ވެސް އެކި ވަރުގެ ގެއްލުންތައް ދީފައެވެ. ހިފައިގެންގުޅޭ ސާމާނާއި ފަރުނީޗަރު ފަދަ ތަކެތި އަންދައިލައި އެގެތަކަށް ބޮޑެތި ގެއްލުންތަކެއް ވަނީ ދީފައެވެ.

މިކަމުގެ ސަބަބުން ޖަރަންވާލާ ޕްރޮވިންސްގައި ދިރިއުޅޭ ބައެއް ކްރިސްޓިއަނުން ޕްރޮވިންސް ދޫކޮށް ފިލައިގެން ގޮސްފައިވާ ކަމަށްވެސް މީޑިއާ ތަކުން ބުނެއެވެ.

ޤުރުއާނަށް ފުރައްސާރަ ކުރުމުން ޕަންޖާބުގައި އުފެދުނު ހަމަނުޖެހުންތަކުގެ ތެރޭގައި ކްރސްޓިއަން ފައްޅިތަކަށް ގެއްލުންދިނުމުން ޕާކިސްތާނުގެ މައިނޯރިޓީ ކަމަށްވާ ކްރިސްޓިއަނުން ދަނީ ކަރާޗީގައި އެކަމާއި ދެކޮޅަށް އަޑު އުފުލަމުންނެވެ.

ޕާކިސްތާނުގެ ޤާނޫނުގެ ދަށުން މީހަކު އިސްލާމްދީނަށް ފުރައްސާރަ ކުރިކަމުގެ ކުށް ސާބިތު ވެއްޖެނަމަ އެމީހަކަށް މަރުގެ ޙުކުމް އިއްވައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
ކްލަބް މެޗެއްގައި ޤައުމީޓީމް ޖާޒީ ބޭނުންކުރުން؛ ދޭހަވީ ގޮތެއްފޮތެއް ނެތްކަން؟
މި މައްސަލައިގައި ވޮއިސްއާ ވާހަކަދައްކަމުން ރާއްޖޭގެ ޤައުމީ ޓީމުގެ ކުރީގެ މަޝްހޫރު ފޯވާޑަކު ވެސް ވަނީ މިއީ އެއްގޮތަކަށް ވެސް ބަލައިގަނެވޭނެ ކަމެއް ނޫންކަމަށް ބުނެފައެވެ.
13 Sep 2026
ގިނަ އަދަދެއްގެ ކުދީންނާއެކު މި އަހަރުގެ "މަންފާ ނަމާދު ވޯކްޝޮޕް" ފަށައިފި
މި އަހަރު ވޯކްޝޮޕް ކުރިއަށް ގެންދަނީ ދެ ދަންފަޅިއަކަށް ދެ އުމުރު ފުރައަކަށް ބަހާލައިގެންނެވެ. އެއީ ހަތް އަހަރާއި 10 އަހަރާއި ދެމެދުގެ ދަރިވަރުން އަދި 10 އަހަރާއި 14 އަހަރާ ދެމެދުގެ އުމުރުފުރާ އެވެ.
13 Sep 2026
ހުރިހާ ރަށެއްގައި ނަސޭހަތުގެ ބޯޑް ހަރުކުރުމުގެ މަސައްކަތް: ކ އަތޮޅުގައި ފަށައިފި
އިސްލާމިކް މިނިސްޓްރީން ބުނީ ނަސޭހަތުގެ މެސެޖުތައް ހިމެނޭ ބޯޑްތައް ކ އަތޮޅުގެ ހުރިހާ ރަށަކަށް މިހާރު ފޮނުވާފައިވާ ކަމަށެވެ.
13 Sep 2026
ތާރީހީ ދުވަހު ރާއްޖޭގެ ބޮޑު މިސްކިތުގެ ބިންގާ އަޅައިފި, ދެ އަހަރުން ނިންމާނެ
ސަރުކާރުން ބުނީ ރާއްޖޭގައި ބިނާކުރަން ހަމަޖެހިފައިވާ އެންމެ ބޮޑު މިސްކިތުގެ ނަމަކީ "ޖާމިޢުއްސުލްޠާން މުޙައްމަދު ބުން ޢަބްދުﷲ" ކަމަށެވެ.
13 Sep 2026
ސިފައިންގޭގެ ހިދުމަތްތެރިޔާ ޖާދޫ މަނިކު ނިޔާވެއްޖެ
މަނިކަކީ ދިވެހި ދައުލަތަށް 46 އަހަރަށްވުރެ ދިގު މުއްދަތެއްގައި ޚިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ. އޭނާއަށް ވަނީ ދައުލަތަށް ހިދުމަތް ކުރެއްވުމުގެ އިނާމު، 2023 ވަނަ އަހަރު ލިބިވަޑައިގެންފަ އެވެ.
13 Sep 2026
ޤަތަރު އެއާވޭޒްއިން ރާއްޖެއަށް ކުރާ ދަތުރުތައް އިތުރުކުރަނީ
މި ބަދަލާއެކު، ގަތަރުގެ ހަމަދު އިންޓަނޭޝަނަލް އެއާޕޯޓް މެދުވެރިކޮށް ރާއްޖެއަށް ދުވާލަކު ތިން ފްލައިޓް އޮޕަރޭޓް ކުރާނެއެވެ.
13 Sep 2026
ވިއްސާރައިގައި އައްޑޫގެ އިތުރު ގެތަކަކަށް ބޮޑެތި ގެއްލުންތަކެއް
މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ދެކުނުގެ އަތޮޅުތަކަށް ބޯކޮށް ވާރޭވެހި، ފެންބޮޑުވުމުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ލިބެމުންދާ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ހާމަކޮށްފިއެވެ.
13 Sep 2026
އެމްބާޕޭގެ ގޯލްތަކާއެކު ރެއާލް މެޑްރިޑުން، ރަޔޯ ވަޔެކާނޯ ބަލިކޮށް ދެވަނައަށް