ރައީސް ނަޝީދާއި ޔޫރަޕިއަން ޕާލަމެންޓުގެ މެންބަރު ނާޗޯ ސަންޗެޒް އަމޯ ބައްދަލުކުރެއްވުން -- ފޮޓޯ/ މަޖިލިސް
ހަބަރު
17 Aug 2023 | 12:04
އީޔޫ އިން ރައީސް ނަޝީދަށް ދެންނެވީ ރައީސް ޔާމީންގެ މައްސަލައިގެ ތެރެއަށް ނުވަންނާނެ ކަމަށް!

އިދިކޮޅު ލީޑަރުގެ ގޮތުގައި ހުންނެވި ކުރީގެ ރައީސް އަބްދުالله ޔާމީން އަބްދުލްގައްޔޫމު ގެއަށް ބަދަލު ކުރުމަށް ޓަކައި ޔޫރަޕިއަން ޔޫނިއަން (އީޔޫ)ގެ އެހީއަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު އެދިވަޑައިގެންނެވުމުން، އީޔޫ އިން ދެއްވި ޖަވާބު އެ ޖަމިއްޔާއިން ހާމަކޮށްފިއެވެ. 

ރިޔާސީ އިންތިޚާބުގެ މަސައްކަތް އޮބްޒާވްކުރުމަށް ޓަަކައި އީޔޫއިން ފޮނުވާ ވަފުދުގެ ޗީފް އޮބްޒާވަރުގެ ގޮތުގައި ހަމަޖައްސައިފައިވާ ޔޫރަޕިއަން ޕާލަމެންޓުގެ މެންބަރު ނާޗޯ ސަންޗެޒް އަމޯއާއެކު ރައީސް ނަޝީދު ވަނީ ދާދިފަހުން ބައްދަލުވުމެއް ބާއްވާފައެވެ. 

އެ ބައްދަލުވުމުގައި އިންތިޚާބުގެ މިނިވަންކަން ޔަގީންކުރަން ރައީސް ޔާމީން ގެއަށް ބަދަލުކުރުން މުހިންމުކަމަށް ނަޝީދު ވިދާޅުވިކަމަށް މަޖިލީހުގެ އިދާރާއިން ވަނީ ބުނެފައެވެ. 

މި ބައްދަލުވުން ކުރިއަށް ދިޔައިރު ރައީސް ނަޝީދުގެ އަރިހުގައި ޕީއެންސީގެ ޕީޖީ ލީޑަރު އާދަމް ޝަރީފް އުމަރާއި، ޑިމޮކްރެޓްސްއަށް ނިސްބަތްވާ މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ބައިވެރިވެލެއްވިއެވެ.

ރައީސް ނަޝީދާއި ޔޫރަޕިއަން ޕާލަމެންޓުގެ މެންބަރު ނާޗޯ ސަންޗެޒް އަމޯ ބައްދަލުކުރެއްވުން -- ފޮޓޯ/ މަޖިލިސް

ނަޝީދުގެ އެ އެދިލެއްވުމަށް ދެއްވީ ކޮށް ޖަވާބެއްތޯ މިއަދު އީޔޫ އޮބްޒާވަރުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ވަނީ ސުވާލު ކޮށްފައެވެ. 

އެ ސުވާލަށް ޖަވާބު ދެއްވަމުން ޔޫރަޕިއަން ޕާލަމެންޓުގެ މެންބަރު ނާޗޯ ސަންޗެޒް އަމޯ ވިދާޅުވީ، ރައީސް ނަޝީދު އެފަދައިން އެދި ލެއްވުމުން، އެމަނިކުފާނާއި ދެން ތިއްބެވި މެންބަރުންގެ އަރިހުގައިވެސް ދެންނެވީ، ރައީސް ޔާމީންގެ މައްސަލައިގެ ތެރެއަށް ނުވަންނާނެ ކަމަށެވެ. އަދި އޭގެ ސަަބަބެއް ކަމަށް އޭނާ ވިދާޅުވީ، އެ ވަފުދު އައިސް ތިބީ އިންތިހާބު ކުރިއަށްދާ ގޮތް ބެއްލެވުމަށް ކަމަށާ، އެހެން ކަމުން، އެކަމުގެ ބޭރުން، ރާއްޖޭގެ ދާޚިލީ ކަމެއްގެ ތެރެއަށް ވަދެ ޝަރީއަތުގެ ތެރެއަށް ނުވަންނާނެ ކަމަށްވެސް އޭނާ ދެންނެވި ކަމަށެވެ.

މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން

"އަހަރެމެންގެ މިޝަން އަކީ އިންތިހާބު އޮބްޒާވް ކުރުން. އެހެންވީމާ ރައީސް ނަޝީދާއިދެން ތިއްބެވި ބޭފުޅުންވެސް، ރައީސް ޔާމީން ގޭބަންދަށް ބަދަލު ކުރާ ވާހަކަ ދެއްކެވީމާ އެހެން ދަންނަވާފައިވާނީ. އަދި އެއިން ބޭރުގައި އެއްވެސް ކަމެއް އަހަރެމެންނަކަށް ނުކުރެވޭނެ. ރައީސް ޔާމީންގެ ޝަރީއަތުގެ މަރުހަލާގެ ތެރެއަށް ވަދެ، އެކަމާއި ގުޅޭ ގޮތުން އެއްވެސް ކޮމެންޓެއް، އަހަރެމެންނަށް ނުދެވޭނެ. އެހެންވީމާ، ރައީސް ނަޝީދަށްވެސް ދެންނެވިން، އަހަރެމެންނަކީ އިންތިހާބު އޮބްޒާވް ކުރަން އައިސް ތިބި ބައެކޭ. އެހެންވީމާ، ރާއްޖޭގެ ދާޚިލީ އެފަދަ ކަމެއްގެ ތެރެއަށް ނުވަދެވޭނެ ކަމަށް ދެންނެވިން." ޔޫރަޕިއަން ޕާލަމެންޓުގެ މެންބަރު ނާޗޯ ސަންޗެޒް އަމޯ ވިދާޅުވި އެވެ. 

ކޮމެންޓް
ށަވިޔަނި
އެމީހުން ވެސް ހަނދާން ހުންނާނެ ނޫންތޯ، ޔާމީނުގެ ވެރިކަމުގައި އިދިކޮޅު އެންމެން ތިބީ ޖަލުގައިކަން، އެކަމުގެ ޝަކުވާ އެމީހުންނާ ހަމައަށް ވެސް ދިޔަކަން
17 Aug 2023
ގުޅޭ ލިޔުންތައް
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ