ކުޑަހުވަދޫ ޖަލްސާގައި ޑރ މުޢިއްޒު ވާހަކަފުޅު ދައްކަވަނީ. ފޮޓޯ: ޕީޕީއެމް
ހަބަރު
17 Aug 2023 | 12:39
ދަރިމައިވުމުގެ ފަރުވާ އާސަންދައިން ދިނުމަށް ޑރ މުޢިއްޒުގެ ވަޢުދެއް

ރާއްޖޭގައި ކަންބޮޑުވާ މިންވަރަށް އިތުރުވެފައިވާ ދަރިމައިނުވުމުގެ މައްސަލަތަކަށް ބޭނުންވާ ފަރުވާ އާސަންދައިގެ ދަށުން ދިނުމަށް ޕީޕީއެމް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ މުހައްމަދު މުޢިއްޒު ވަޢުދުވެވަޑައިގެންފިއެވެ.

ރިޔާސީ ރޭހުގެ ކެމްޕޭނަށް ރޭ ދ ކުޑަހުވަދޫގައި ބޭއްވި ޖަލްސާގައި ވަހަކަދައްކަވަމުން ޑރ މުޢިއްޒު ވިދާޅުވީ ސިއްޚީ ޚިދްމަތްތައް ދޭ އާސަންދަ އިންޝިޔުރެސްގެ ނިޒާމަށް ބޮޑެތި ބަދަލުތަކެއް ގެންނަވާނެ ކަން އިޢުލާނު ކުރައްވައިފައެވެ.

އަދި އޭގެ ތެރޭގައި ރާއްޖެގެ ގިނަ ބަޔަކަށް ދިމާވެފައިވާ ދަރިމައިނުވުމުގެ މައްސަލަތަކަށް ހޯދަން ޖެހޭ ފަރުވާތައް އާސަންދައިގެ ދަށުން ލިބޭނެ ގޮތް ހައްދަވައި ދެއްވާނެކަމަށް ޑރ މުޢިއްޒު ވަނީ ވިދާޅުވެފައެވެ.

ރޭ ކުޑަހުވަދޫގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން މުޢިއްޒު އިތުރަށް ވިދާޅުވީ މިހާރު އެކަމަށް ކުރާ ޚަރަދުތައް ކުރަނީ އަމިއްލަ ޖީބުން ކަމަށެވެ. އަދި އައިވީއެފްގެ ޚިދުމަތް އާސަންދައިން މުޅިން ހިލޭ ދިނުމަށް ޑރ މުޢިއްޒު ވަޢުދުވެވަޑައިގެންނެވިއެވެ.

މިއާއި އެކު މުޢިއްޒު ވަނީ ސިއްޚީ ޚިދުމަތަށް އެހެންވެސް ބަދަލުތައް ގެންނަވާނެ ކަމަށް ވިދާޅުވެފައެވެ.އެގޮތުން ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި ސީ އެމްބިއުލާންސްގެ ޚިދުމަތް ފެއްޓެވުމުން ބަލި މީހުންނަށް ބޮޑު ލުއިފަސޭހަތަކެއް ލިބިގެން ދިޔަކަމަށް އޭނާ ވިދާޅުވި އެވެ. މިއާއިއެކު ދެން އަންނަ ސަރުކާރެއްގައި އެއަރ އެމްބިއުލާންސްގެ ޚިދުމަތަށް ސީ ޕްލޭނެއް ތައްޔާރުކޮށް އެ ޚިދުމަތް ޓެސްޓު ކުރާނެ ކަމަށެވެ.

މި ޚިދުމަތް ކާމިޔާބުވެއްޖެނަމަ އެއަރ އެމްބިއުލާންސް ފްލީޓެއް ތަޢާރަފް ކޮށް ފުޅާ ދާއިރާއެއްގައި ޚިދުމަތް ދެމުން ގެންދާނެކަމަށް މުޢިއްޒު ވަޢުދުވެވަޑައިގަތެވެ. މުޢިއްޒު ވިދާޅުވީ މީގެ ސަބަބުން އެއް ރަށުން އަނެއް ރަށަށް ދަތުރުކުރާ ހާލު ބޮޑު ބަލި މީހުންނަށް ބޮޑެތި ލުއިތަކެއް ލިބޭނެ ކަމަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ
03 Aug 2026
ވެހިކަލް ފީ މާލެ ސިޓީ ކައުންސިލް ބަޖެޓުން އުނިކުރަން އެދިއްޖެ
އެއްގަމު އުޅަނދުތަކުގެ އަހަރީ ފީގެ ގޮތުގައި މާލޭ ސިޓީ ކައުންސިލަށް ލިބޭ ފައިސާ އެ ކައުންސިލުގެ ބަޖެޓުން އުނިކޮށް ސަރުކާރަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށް ހައުސިން ވުޒާރާގެ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބު އެދިވަޑައިގެންފިއެވެ.
03 Aug 2026
އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުގައި އިންސާފްކޮށްދޭނޭ ފަނޑިޔާރުން ހޯދަނީ
ޝަރުތުތަކުގެ ތެރޭގައި ވާދަކުރުމުގެ ބައިގައި އެއްވެސް ގިންތިއަކުން ވާދަކުރާ ފަރާތެއް ކަމުގައި ނުވުމާއި، ފަނޑިޔާރުކަން ކުރުމަށް ހުށަހަޅާ ގިންތީގައި ވާދަކުރާ ފަރާތަކާއި އާއިލީ ގުޅުމެއް އޮތް ފަރާތެއް ނުވަތަ ވިޔާފާރީގެ މަސްލަހަތު އޮތް ފަރާތެއްކަމުގައި ނުވުމެވެ. މީގެ އިތުރުންވެސް އިތުރު ޝަރުތުތައް ހިމެނޭ
03 Aug 2026
ގިނަބަޔަކު އެ ފިލްމަކަށް އިންތިޒާރުކުރާ ޖަންނަތު މިރޭ އޮލިމްޕަހަށް
03 Aug 2026
ބެލްޖިއަމަށާއި، އީޔޫ ސަފީރުކަމުގެ މަޤާމަށް ދިޔާނާ ޢައްޔަންކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ބެލްޖިއަމަށާއި، ޔޫރަޕިއަން ޔޫނިއަނަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމުގެ މަޤާމަށް ކުރީގެ ބަންޑާރަ ނާއިބު ފާޠިމަތު ދިޔާނާ މިއަދު ޢައްޔަންކުރައްވައިފިއެވެ.