ރޭ ކުޑަހުވަދޫގައި ބޭއްވި ޖަލްސާގެ ތެރެއިން--ފޮޓޯ/ ޕީޕީއެމް
ހަބަރު
17 Aug 2023 | 13:26
ބޮޑު ޗުއްޓީ ބަދަލުކުރުމާއި ގުޅިގެން ރިސޯޓް މުވައްޒަފުންގެ ހުރި ކަންބޮޑުވުންތަކަށްވެސް ހައްލު ގެންނާނަން: ޑރ. މުޢިއްޒު

ޕީޕީއެމް، ޕީއެންސީ ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަމެއްގައި ސުކޫލު ބޮޑު ޗުއްޓީ ކުރިން އޮތް ގޮތަށް އަހަރުގެ ފަހުކޮޅަށް ބަދަލުކޮށްދެއްވާނެކަަމަށް ވެވަޑައިގެންނެވި ވައުދާއި ގުޅިގެން ރިސޯޓް މުވައްޒަފުންގެ ހުރި ކަންބޮޑުވުންތައް ވެސް ހައްލު ކޮށްދެއްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވެއްޖެއެވެ. 

ރިޔާސީ ކެމްޕެއިނަށް ދ. ކުޑަހުވަދުއަށް ވަޑައިގެން ރޭ އެރަށު ބޭއްވި ޖަލްސާގައި މުޢިއްޒު ވަނީ، 2025 ވަނަ އަހަރުން ފެށިގެން ސުކޫލު ބޮޑު ޗުއްޓީ ޑިސެމްބަރަށް ބަދަލުކުރައްވާނެ ކަނޑ މުޢިއްޒު ވަނީ އިއުލާން ކުރައްވައިފަ އެވެ. 

އެކަމާއި ގުޅިގެން ރިސޯޓު ތަކުގައި މަސައްކަތްކުރާ މުވައްޒަފުންގެ ކަންބޮޑުވުންތައް ލިބެމުންދާ ކަމަށް މުޢިއްޒު މިއަދު ކުރެއްވި ޓުވީޓެއްގައި ވަނީ ވިދާޅުވެފަ އެވެ.

"އަޅުގަނޑު މި ކަންބޮޑުވުމަށް ޙައްލު ގެނެސްދޭނަަން. ތަފްސީލް މިރޭ ފ.ނިލަންދޫގައި އޮންނަ ޖަލްސާގައި ހާމަކުރާނަން އިންޝާ الله" މުޢިއްޒު ވިދާޅުވިއެވެ. 

ރޭ ބޭއްވި ޖަލްސާގައި  މުޢިއްޒު ވިދާޅުވީ ސްކޫލްތަކުގެ ބޮޑުޗުއްޓީ އަހަރުގެ މެދުތެރެއަށް ބަދަލުކުރުމަކީ ރައްޔިތުން ބޭނުންވާ ގޮތަށް ނުބަލައި މި ސަރުކާރުން ކޮށްފައިވާ ކަމެއްކަމަށެވެ.

"މި ސަރުކާރުން ސްކޫލު ބަންދު ބަންދު ގެނައުމުން ހުޅަނގު މޫސުމުގެ އެންމެ ނުބައި ދުވަސްވަރަށް މި ބަދަލުވަނީ. އެ ބަދަލުގެ ސަބަބުން ބޮޑު ބަންދުގެ ބޭނުމެއް ނުހިފޭ. އާއިލާތަކަށް އޭގެ ބޭނުމެއް ނުހިފޭ. އޭގެ ސަބަބުން ބަންދުގެ ބޮޑު ބައެއް ގެއްލޭ. މިނިވަން ދުވަހުގެ ކުޅިވަރުގައި ބައިވެރިވާ ހުރިހާ ކުދިން މަޑުކުރަން ޖެހޭ" މުޢިއްޒު ވިދާޅުވިއެވެ. 

މީގެ ކުރިން ނޮވެމްބަރު މަހާއި ޑިސެމްބަރު މަހު ބޮޑު ޗުއްޓީ އޮންނަ އޮތުން ބަދަލުކޮށް، އަހަރުގެ މެދުތެރެއަށް ބޮޑު ޗުއްޓީ ހަމަޖައްސައި ސުކޫލުތަކުގެ ދިރާސީ އަހަރު ފެށުން މީލާދީ އަހަރުގެ މެދުތެރެއަށް ބަދަލުކޮށްފައިވަނީ 2021 ވަނަ އަހަރުއެވެ. އެހެންނަމަވެސް އެގޮތަށް ބަދަލު ކުރުމުން، ބޮޑު ޗުއްޓީއަށް މޫސުން ގޯސްވުމާ ގުޅިގެން ބޮޑު ބަންދުގައި ވެސް އެއްވެސް ތަނަކަށް ދަތުރުނުކުރެވި އާއިލާތަކަށް އެއްކޮށް މަޖާކޮށްލުމުގެ ފުރުސަތު ނުލިބޭ ކަމުގެ ޝަކުވާ ބެލެނިވެރިން ކުރެއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
26 Sep 2026
ނުރައްކާތެރިކޮށް ދުއްވި މީހާ ދެނެގަނެވިއްޖެ، ހޯދުމުގެ މަސައްކަތް ދަނީ ކުރިއަށް: ފުލުހުން
މި މައްސަލަ އެއްވެސް ފަރާތަކުން ރިޕޯޓް ކޮށްފައި ނުވިނަމަވެސް، އެ މައްސަލަ ބަލަމުންދާކަމަށް ފުލުހުން ބުންޏެވެ
26 Sep 2026
ބިދޭސީންތަކެއް މަޑި ބާނާ މަންޒަރު ފެންނަ ވީޑިއޯއާ ގުޅިގެން މެމްބަރު ކުޑޫގެ ޕޯސްޓެއް
އެ ޕޯސްޓުގައި މެންބަރު ކުޑޫ ފާހަގަކޮށްފައިވާ ގޮތުގައި ބިދޭސީން މިފަދަ ޤާނޫނާ ޚިލާފު ޢަމަލުތައް ހިންގުމަށް ޖެހިލުންނުވާ ސަބަބަކީ އެފަދަ ކަންކަމުގައި އެކަށީގެންވާ ފިޔަވަޅު ނޭޅި ޤާނޫނީ ޒިންމާއިން ރެކެވޭނެ ފުރުޞަތު އޮތުމެވެ.
26 Sep 2026
ޕާކިސްތާނުގެ ފުލުހުންގެ ޗެކްޕޮއިންޓަކަށް ދިން ޖާނުންފިދާގެ ހަމަލާގައި 11 މީހަކު މަރުވެއްޖެ
ހަމަލާގައި މަރުވި މީހުންގެ ތެރޭގައި ސެކިއުރިޓީ ފޯސަސްގެ ހަތް މީހަކު ހިމެނޭ ކަމަށާއި ޒަޚަމްވި މީހުންގެ ތެރޭގައި ސެކިއުރިޓީ ބާރުތަކުގެ 20 މީހަކު ހިމެނޭ
26 Sep 2026
ހައުސިން ވުޒާރާގެ ލޮކަރުތަކެއް ހުއްދަ ނެތި ހުޅުވި މައްސަލައެއް ފުލުހުންނަށް ހުށަހަޅައިފި
ފުލުހުން ނެރުނު ބަޔާނުގައިވާ ގޮތުން އެ ވުޒާރާއިން އެ މައްސަލަ ރިޕޯޓުކުރުމާ ގުޅިގެން އިއްޔެ ރޭގަނޑު 19:18 ހާއިރު ފުލުހުން ވަނީ އެ ވުޒާރާއަށް ގޮސްފައެވެ. އެގޮތުން، ފުލުހުންގެ ކުރިމަތީގައި އެ ވުޒާރާގެ މުވައްޒަފުން ލޮކަރުތަކުގައި ހުރި ލިޔެކިޔުންތައް ބެލިއިރު އެއްވެސް ލިޔުމެއް ގެއްލިފައި ނުވާ ކަން ޔަގީންވެފައިވެއެވެ.
26 Sep 2026
ބެންކޮކް ފެންބޮޑުވުމުގައި ދިވެއްސަކަށް ގެއްލުމެއް ލިބުނުކަމުގެ ރިޕޯޓެއް އަދި ނެތް
ވޮއިސްއަށް މައުލޫމާތު ހިއްސާކުރަމުން ދިވެހިރާއްޖެއިން ތައިލެންޑަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ފުއާދު ތައުފީޤު ވިދާޅުވީ ބެންކޮކުގައި ތިބި ދިވެހިންގެ ރައްކާތެރިކަން ގާތުން ބައްލަވަމުން ގެންދަވާ ކަމަށެވެ
26 Sep 2026
ގެވެށި އަނިޔާ ލިބޭ މީހުންނަށް ތިން މަރުކަޒެއް ތަރައްޤީކުރަނީ
މި މަރުކަޒުތަކުގެ ބޭނުމަކީ ގެވެށި އަނިޔާ ލިބޭ ފަރާތްތަކަށް ރައްކާތެރިކަން ދީ އެ މީހުން ޢާންމު ދިރިއުޅުމަށް ރުޖޫޢަވުމަށް ބޭނުންވާ ހުރިހާ އެހީތެރިކަމެއް އެއް ފުރާޅެއްގެ ދަށުން ލިބޭނެ ގޮތް ހެދުން ކަމަށް ވަޒީރު ވިދާޅުވިއެވެ
26 Sep 2026
މިހާތަނަށް 8 ރަށުގައި އެފްއެސްއެމްގެ ޝެޑްތައް ގާއިމްކުރެވިއްޖެ: ސައީދު
އެފްއެސްއެމުން މިހާތަނަށް ޝެޑްތައް ގާއިމްކުރި ރަށްތަކުގެ ތެރޭގައި ހިމެނެނީ، ހަނިމާދޫ، އިހަވަންދޫ، އޭދަފުށި، ށ.މިލަންދޫ، ނިލަންދޫ، ދ.މީދޫ، ދުވާފަރުގެ އިތުރުން ކުޑަހުވަދޫއެވެ.
26 Sep 2026
ސާފް ޗެމްޕިއަންޝިޕަށް އިންޑިއާގެ ސީނިއާ ސްކޮޑު ނުފޮނުވުމަށް ނިންމައިފި
ސަރަޙައްދީ މުބާރާތެއްގައި ވާދަކުރުމަށްވުރެ މި ސަރަޙައްދުގެ ޤައުމުތަކަށްވުރެ ފެންވަރު ރަނގަޅު ޓީމަކާ ދެކޮޅަށް ކުޅުމުން އިންޑިއާގެ ފުޓުބޯޅައަށް ލިބޭ ފައިދާ ބޮޑުވާނެކަމަށް އެޤައުމުން ވަނީ ބުނެފައި