މީދޫ ޖަލްސާގައި އަބްދުއްރަހީމް ވާހަކަދައްކަވަނީ/ ފޮޓޯ: ޕީޕީއެމް
ހަބަރު
17 Aug 2023 | 15:06
ގައުމުގެ ހާލަތު މި އޮތީ ޓެސްޓުކުރަން ވެރިކަން ދޭވަރަށް ވުރެ ގޯސްކޮށް: އަބްދުއްރަހީމް

ދިވެހިރާއްޖޭގެ ހާލަތު މިއަދު މިއޮތީ ޓެސްޓުކުރަން ވެރިކަމަށް މީހަކު ގެންނަ ވަރަށްވުރެ މާ ދެރަ ހާލަތެއްގައި ކަމަށް އިދިކޮޅު ކޯލިޝަން ހިންގެވުމާއި ވަގުތީގޮތުން ހަވާލުވެ ހުންނެވި ޕީއެންސީގެ ރައީސް އަބްދުއްރަހީމް ވިދާޅުވެއްޖެ އެވެ.

އަބްދުއްރަހީމް މިފަދައިން ވިދާޅުވެފައިވަނީ ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓު ޑރ މުޙައްމަދު މުއިއްޒު ދ އަތޮޅަށް ކުރައްވާ ކެމްޕޭނު ދަތުރުފުޅުގައި ދ މީދޫއަށް ވަޑައިގެން ރައްޔިތުންނާއި މުޚާތަބުކުރައްވާ ވާހަކަދައްކަވަމުން ނެވެ.

އަބްދުއްރަހީމް ވިދާޅުވީ މިއަހަރުގެ ސެޕްޓެމްބަހުގެ 9ގައި ލާ ވޯޓަކީ ގައުމީ މަސްލަހަތު އިސްކޮށް، ރައްޔިތުންގެ ތަރައްގީއާއި ދޭތެރޭ ވިސްނަވާ ލައްވާ ވޯޓަކަށް ހެއްދެވުމަށް އެދިވަޑައިގަންނަވާ ކަމަށެވެ. މި އިންތިޚާބަކީ ފަހަރެއްގައި ވެސް ޓެސްޓުކުރަން، ނުވަތަ ރަނގަޅު މީހަކަށް ވެދާނެކަމަށް ބަލާ ވޯޓުދެއްވާ ފަހަރަކަށް ހައްދައިގެން ނުވާނެ ކަމަށެވެ.

ރިޔާސީ އިންތިޚާބުގައި ވޯޓުދޭއިރު، ރިޔާސީ ކެންޑިޑޭޓުންގެ ތައުލީމާއި ތަޖުރިބާއާއި އިޚްލާސްތެރިކަމާއި މެދު ރައްޔިތުން ފުންކޮށް ވިސްނަން ޖެހޭކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.

އެއާއި ގުޅުވާ އަބްދުއްރަހީމް ވިދާޅުވީ މިއަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ ކެންޑިޑޭޓުންނަށް ބަލާއިރު، ތައުލީމީ ގޮތުން ބެލިޔަސް، ތަޖުރިބާގެ ގޮތުން ބެލި ނަމަވެސް އަދި އިޚްލާސްތެރިކަމަށް ބެލި ނަމަވެސް ޑރ މުއިއްޒާއި ވާދަކޮށްލެވޭނެ ބޭފުޅަކު ފެންނަން ވެސް ނެތްކަމަށެވެ.

ޑރ މުއިއްޒުއަކީ ރައީސް ޔާމިނުގެ ސިޔާސަތުތައް ރަނގަޅަށް އެނގިވަޑައިގަންނަވާ ބޭފުޅެއް ކަމަށާއި، އެމަނިކުފާނުގެ ސިޔާސަތުގެ ތެރެއިން އެންމެ އިސްކުރައްވާ އިސްލާމްދީނާއި، ދިވެހިރާއްޖޭގެ މިނިވަންކަން ރައްކާތެރިކުރުމުގެ ސިޔާސަތު ޑރ މުއިއްޒު ތަންފީޒުކުރައްވާނެ ކަމުގެ ފުރިހަމަ ޔަގީންކަން އޮތްކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.

އެއާއެކު އަބްދުއްރަހީމް ވިދާޅުވީ ޑރ މުއިއްޒަކީ ރައީސް ޔާމީންގެ ފުރިހަމަ ތާއީދާއި އިތުބާރު ލިބިވަޑައިގެން ހުންނެވި ބޭފުޅެއް ކަމަށެވެ.

އެހެންކަމުން މި އިންތިޚާބުގައި، މި ކަންކަމާއި ދޭތެރޭ ރައްޔިތުން ފުންކޮށް ވިސްނަވާ މި އިންތިޚާބަކީ ގައުމާއި ރައްޔިތުންނަށްޓަކައި ދޭ ވޯޓަކަށް ހެއްދެވުމަށް އަބްދުއްރަހީމް ވަނީ އިލްތިމާސްކުރައްވާފަ އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
26 Sep 2026
ނުރައްކާތެރިކޮށް ދުއްވި މީހާ ދެނެގަނެވިއްޖެ، ހޯދުމުގެ މަސައްކަތް ދަނީ ކުރިއަށް: ފުލުހުން
މި މައްސަލަ އެއްވެސް ފަރާތަކުން ރިޕޯޓް ކޮށްފައި ނުވިނަމަވެސް، އެ މައްސަލަ ބަލަމުންދާކަމަށް ފުލުހުން ބުންޏެވެ
26 Sep 2026
ބިދޭސީންތަކެއް މަޑި ބާނާ މަންޒަރު ފެންނަ ވީޑިއޯއާ ގުޅިގެން މެމްބަރު ކުޑޫގެ ޕޯސްޓެއް
އެ ޕޯސްޓުގައި މެންބަރު ކުޑޫ ފާހަގަކޮށްފައިވާ ގޮތުގައި ބިދޭސީން މިފަދަ ޤާނޫނާ ޚިލާފު ޢަމަލުތައް ހިންގުމަށް ޖެހިލުންނުވާ ސަބަބަކީ އެފަދަ ކަންކަމުގައި އެކަށީގެންވާ ފިޔަވަޅު ނޭޅި ޤާނޫނީ ޒިންމާއިން ރެކެވޭނެ ފުރުޞަތު އޮތުމެވެ.
26 Sep 2026
ޕާކިސްތާނުގެ ފުލުހުންގެ ޗެކްޕޮއިންޓަކަށް ދިން ޖާނުންފިދާގެ ހަމަލާގައި 11 މީހަކު މަރުވެއްޖެ
ހަމަލާގައި މަރުވި މީހުންގެ ތެރޭގައި ސެކިއުރިޓީ ފޯސަސްގެ ހަތް މީހަކު ހިމެނޭ ކަމަށާއި ޒަޚަމްވި މީހުންގެ ތެރޭގައި ސެކިއުރިޓީ ބާރުތަކުގެ 20 މީހަކު ހިމެނޭ
26 Sep 2026
ހައުސިން ވުޒާރާގެ ލޮކަރުތަކެއް ހުއްދަ ނެތި ހުޅުވި މައްސަލައެއް ފުލުހުންނަށް ހުށަހަޅައިފި
ފުލުހުން ނެރުނު ބަޔާނުގައިވާ ގޮތުން އެ ވުޒާރާއިން އެ މައްސަލަ ރިޕޯޓުކުރުމާ ގުޅިގެން އިއްޔެ ރޭގަނޑު 19:18 ހާއިރު ފުލުހުން ވަނީ އެ ވުޒާރާއަށް ގޮސްފައެވެ. އެގޮތުން، ފުލުހުންގެ ކުރިމަތީގައި އެ ވުޒާރާގެ މުވައްޒަފުން ލޮކަރުތަކުގައި ހުރި ލިޔެކިޔުންތައް ބެލިއިރު އެއްވެސް ލިޔުމެއް ގެއްލިފައި ނުވާ ކަން ޔަގީންވެފައިވެއެވެ.
26 Sep 2026
ބެންކޮކް ފެންބޮޑުވުމުގައި ދިވެއްސަކަށް ގެއްލުމެއް ލިބުނުކަމުގެ ރިޕޯޓެއް އަދި ނެތް
ވޮއިސްއަށް މައުލޫމާތު ހިއްސާކުރަމުން ދިވެހިރާއްޖެއިން ތައިލެންޑަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ފުއާދު ތައުފީޤު ވިދާޅުވީ ބެންކޮކުގައި ތިބި ދިވެހިންގެ ރައްކާތެރިކަން ގާތުން ބައްލަވަމުން ގެންދަވާ ކަމަށެވެ
26 Sep 2026
ގެވެށި އަނިޔާ ލިބޭ މީހުންނަށް ތިން މަރުކަޒެއް ތަރައްޤީކުރަނީ
މި މަރުކަޒުތަކުގެ ބޭނުމަކީ ގެވެށި އަނިޔާ ލިބޭ ފަރާތްތަކަށް ރައްކާތެރިކަން ދީ އެ މީހުން ޢާންމު ދިރިއުޅުމަށް ރުޖޫޢަވުމަށް ބޭނުންވާ ހުރިހާ އެހީތެރިކަމެއް އެއް ފުރާޅެއްގެ ދަށުން ލިބޭނެ ގޮތް ހެދުން ކަމަށް ވަޒީރު ވިދާޅުވިއެވެ
26 Sep 2026
މިހާތަނަށް 8 ރަށުގައި އެފްއެސްއެމްގެ ޝެޑްތައް ގާއިމްކުރެވިއްޖެ: ސައީދު
އެފްއެސްއެމުން މިހާތަނަށް ޝެޑްތައް ގާއިމްކުރި ރަށްތަކުގެ ތެރޭގައި ހިމެނެނީ، ހަނިމާދޫ، އިހަވަންދޫ، އޭދަފުށި، ށ.މިލަންދޫ، ނިލަންދޫ، ދ.މީދޫ، ދުވާފަރުގެ އިތުރުން ކުޑަހުވަދޫއެވެ.
26 Sep 2026
ސާފް ޗެމްޕިއަންޝިޕަށް އިންޑިއާގެ ސީނިއާ ސްކޮޑު ނުފޮނުވުމަށް ނިންމައިފި
ސަރަޙައްދީ މުބާރާތެއްގައި ވާދަކުރުމަށްވުރެ މި ސަރަޙައްދުގެ ޤައުމުތަކަށްވުރެ ފެންވަރު ރަނގަޅު ޓީމަކާ ދެކޮޅަށް ކުޅުމުން އިންޑިއާގެ ފުޓުބޯޅައަށް ލިބޭ ފައިދާ ބޮޑުވާނެކަމަށް އެޤައުމުން ވަނީ ބުނެފައި