ރަޢީސް ނަޝީދު ޑިމޮކްރެޓްސްގެ ޖަލްސާއެއްގައި ވާހަކަދައްކަވަނީ.
ހަބަރު
17 Aug 2023 | 18:31
ނުހިއްކާ އޮތް ތަނުން ގޯތި ދިން މީހުނަށް ހިކިފަސްތަނުން ގޯތި ދޭންޖެހޭ: ރައީސް ނަޝީދު

ނުހިއްކާ އޮތް ތަނުން ގޯތި ދިން މީހުނަށް މާލެ ސަރަހައްދުގެ ހިކިފަސްތަނަކުން ގޯތި ދޭން ޖެހޭކަމަށް ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު މިހެންވިދާޅުވީ އޭނާ ކުރެއްވެވި ޓްވީޓެއްގައެވެ.

"ނުހިއްކާ އޮތް ސަރަހައްދުތަކުން ގޯތި ލިބުނު ފަރާތްތަކަށް މާލެ ސަރަހައްދުގެ ހިކިފަސްތާކުން ބޯހިޔާވަހިކަން ހަމަޖައްސަން ޖެހޭ" ރައީސް ނަޝީދު ވިދާޅުވެފައިވެއެވެ.

ރައީސް ނަޝިދު އިތުރަށް ވިދާޅުވީ ގިރާވަރު ފަޅު ހިއްކާވާހަކައަކީ އަދި މާބޮޑު ޕްލޭނެއް ނެތް ވަރަށް ދުރު ވާހަކައެއް ކަމަށެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވެފައި މިވަނީ ބިންވެރިޔާ ސްކީމްގެ ދަށުން މާލޭގެ ރައްޔިތުންނަށް ގޯތި ދޫކުރަމުންދާ ދަނޑިވަޅެއްގައެވެ. އެގޯތިތައް ދޫކުރަން ފަށައިފައިވަނީ މިހަފްތާގެ އަންގާރަ ދުވަހުއެވެ.

ބިންވެރިޔާ ސްކީމްގެ ދަށުން ގޯއްޗަށް އެދި ހުށައެޅުމަށް ހުޅުވާލުމުން 15،164 ފޯމު ހުށަހަޅާފައިވާއިރު އޭގެ ތެރޭގައި ވަކި ފަރުދުން އަދި އެކަކަށް ވުރެ ގިނަމީހުން ބައިވެރިވެރިވާ  ގޮތުގައި ޖުމްލަ 23،088 މީހުން ހިމެނެއެވެ. މީގެ ތެރެއިން 19،858 މީހުން ގޯއްޗަށް ޝަރުތު ހަމަވެއެވެ. ގޯތި ލިބޭ މީހުންގެ ވަގުތީ ލިސްޓުގައި 10،314 މީހުން ހިމެނެއެވެ.

ގޯތި ލިބޭ މީހުންގެ ދާއިމީ ލިސްޓުގައި 18,955 މީހުން ހިމެނޭއިރު ގޯތި ނުލިބޭ ލިސްޓުގައި 684 ފަރާތެއް ހިމެނެއެވެ. ގޯތި ގުރުގައި ގޯތި ލިބޭ ތަންތަނަށް ކަނޑައަޅަނީ ބަކެޓަކަށް ކަރުދާސްކޮޅު އަޅާ އޭގެ ތެރެއިން ނެގޭ ތަނަކުންނެވެ.  މީގެ ތެރޭގައި ހުޅުމާލެ އާއި ގުޅިފަޅުން އަދި ގިރާވަރު ފަޅުން ނެގޭ ގޯތިތައް ހިމެނެއެވެ.

އަދި ގުރުއަތު ކަރުދާސް ކޮޅާއެކު، ގޯތި ހުންނާނެ ތަންވެސް އެނގެއެވެ.

ޕްލޭނިންގެ މިނިސްޓްރީއިން އަކްރަމް ކަމާލުއްދީން ވިދާޅުވެފައިވަނީ ގޯތިތައް ދެނީ ރެޖިސްޓަރ ކުރުމަށްފަހު، އިންވެސް ވަކިކޮށްފައި ކަމުން، ސަރުކާރު ބަދަލުވި ކަމުގައިވިޔަސް، ޤާނޫނީ ހުރަހެއް ނޯންނާނެ ކަމަށެވެ.

ހުޅުމާލެ އިން 1،351 ގޯތި ދޫކުރަން ނިންމާފައިވާއިރު، ގުޅީފަޅުން 2،218 ގޯތި އަދި ގިރާވަރުފަޅުން 5،432 ގޯތި ދޫކުރަން ނިންމާފައި ވެއެވެ. މީގެ ތެރެއިން ހުޅުމާލެ އިން ދޫކުރާ ގޯތިތައް ދޫކުރާނީ ހުޅުމާލޭ ދެވަނަ ފިޔަވަހިންނެވެ.

ހިއްކައިފައި ނުވާ ސަރަހައްދުތަކުން ގޯތި ދީފައިވާތީ ގިނަ ބަޔަކު ދަނީ ސަރުކާރަށް ފާޑު ކިޔަމުންނެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.