ދީން
18 Aug 2023 | 13:25
ރަހިމުގެ ގުޅުން ދެމެހެއްޓުމަކީ ނުބައި މަރަކުން މަރުވެދިޔުމާއި ދުރުހެލި ކުރައްވާ ކަމެއް: ޚުތުބާ

ރަހިމުގެ ގުޅުން ދެމެހެއްޓުމަކީ އުމުރު ދިގުވެ، ރިޒުގު ތަނަވަސްވެ، ނުބައި މަރަކުން މަރުވެދިޔުމާއި ދުރުހެލި ކުރައްވާ ކަމެއް ކަމަށް ހުކުރު ޚުތުބާގައި ބުނެފިއެވެ.

ރަހިމުގެ ގުޅުން ދެމެހެއްޓުން މިމައުޟޫއަށް އިއްވި ޚުތުބާގައި ބުނީ ރަހިމުގެ ގުޅުން ދެމެހެއްޓުމަކީ ހުތުބާގައި ބުނި ގޮތުގައި ރަހިމުގެ ގުޅުން ދެމެހެއްޓުމަކީ މުސްލިމުންގެ މައްޗަށް ވާޖިބުވެގެންވާ ކަމެއް ކަމަށާ އެއީ ސުވަރުގެ ވަނުމުގެ ސަބަބުތަކުގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށެވެ. 

"ރަހިމުގެ ގުޅުން ދެމެހެއްޓުމަކީ އީމާންކަމުގެ އަލާމާތްތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ. ރަހިމުގެ ގުޅުން ދެމެހެއްޓުމަކީ އުމުރު ދިގުކޮށްދެއްވައި، ރިޒްގު ތަނަވަސްކޮށްދެއްވައި ނުބައި މަރަކުން މަރުވެދިޔުމާ ދުރުހެލި ކުރައްވާނޭ ކަމެކެވެ،" ހުތުބާގައި ބުނެފައިވެ އެވެ.

މިއާއެކު ޚުތުބާގައި ބުނީ، ބައެއް މީހުންނަށް އެމީހުންގެ ގާތްތިމާގެ މީހުންނަކީ ކޮން ބައެއްކަން އެނގުނުކަމުގައި ވިޔަސް އެމީހުންނަށް ޒިޔާރަތްކުރުމާއި ބަލިވުމުން ގޮވައިލަންދިޔުން އެމީހުންގެ ދަރިންނަށް މަނާކުރާ ކަމަށެވެ. މިއީ މައިންބަފައިން އެމީހުންގެ ދަރީންނަށް ރަހިމުގެ ގުޅުން ކެނޑުމަށް ގޮވައިލާ ގޮވައިލުމެއް ކަމަށް ޚުތުބާގައި ބުނެފައިވެއެވެ. 

ރަހިމުގެ ގުޅުން ދެމެހެއްޓުމަކީ ފާފަ ފުއްސަވާ ކަމެއް ކަން ފާހަގަކޮށް ޚުތުބާގައި ބުނީ، އެ ގުޅުން ކަނޑާ މީހުންގެ އަމަލުތައް މާތް الله ގަބޫލު ނުކުރައްވާނެ ކަމަށް ވާރިދުވެފައިވާ ކަމަށެވެ.

"ހަމަކަށަވަރުން އާދަމުގެ ދަރީން ކުރާ އަމަލުތައް ކޮންނެ ހުކުރު ވިލޭރޭއަކު މާތް الله ގެ ހަޟްރަތައް ހުށަހެޅޭނެތެވެ. ފަހެ ރަހިމުގެ ގުޅުން ކަނޑާފައިވާ މީހާގެ އަމަލުތައް ގަބޫލު ނުކުރައްވާނެތެވެ،" ކީރިތި ރަސޫލާ (ޞ) ހަދީޘް ކުރައްވާފައިވާ ބަސްފުޅެއްގެ މާނާގައިވާ ކަމަށް ހުތުބާގައި ބުނެފައިވެ އެވެ.

އެހެންކަމުން ރަހިމުގެ ގުޅުން ބަދަހިކުރުމަށް ޚުތުބާގައި ވަނީ ގޮވާލާފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
12 Sep 2026
މޫސުން ވަރަށް ގޯސްވެއްޖެ. ބައެއް ސަރަހައްދުތަކަށް ޔެލޯ އެލާޓް
ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ފިޔަވައި އެހެން ދަތުރުތައް ނުކުރުމަށާއި، ދަތުރަށް ފުރުމުގެ ކުރިން މޫސުމާ ބެހޭ އެންމެ ފަހުގެ މަޢުލޫމާތު ހޯދައި، ސަލާމަތީ ވަސީލަތްތައް ފުރިހަމައަށް ހުރިތޯ ޔަޤީންކުރުމަށް ކަމާބެހޭ ފަރާތްތަކުން ވަނީ އަންގާފައެވެ
12 Sep 2026
ބްރިޖު ރައްކާތެރިކޮށް ރަނގަޅު ގޮތުގައި ބެލެހެއްޓުމަށް ގުޅިގެން މަސައްކަތް ކުރުމަށް ސަފީރު ގޮވާލައްވައިފި
މި ދެ ބޯޓު ވަނީ ދިޔަވެ، މާލެ އަތޮޅުގެ އިރުން، ރާއްޖޭގެ ސަރަހައްދުން 30 ނޯޓިކަލްމޭލު ބޭރަށް މިރޭގެ ވަގުތެއްގައި އަޑިއަށް ގޮސްފަ އެވެ.
11 Sep 2026
ބްރިޖަށް އުރުނު ދެ ބޯޓް ދިޔަވެ އަޑިއަށް ހިނގައްޖެ
ސިނަމާލެ ބްރިޖަށް ރޭ އުރުނު ދެ ބޯޓް ދިޔަވެ މިރޭ އަޑިއަށް ހިނގައްޖެ އެވެ.
11 Sep 2026
ފީފާއިން ބައްސާމް އުމުރަށް ސަސްޕެންޑްކޮށް، 1.2 މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފި
ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް، ކޮވިޑް-19 ގެ ރިލީފް ފަންޑުގެ ފައިސާ އަމިއްލަ ބޭނުމަށް ބޭނުންކުރި މައްސަލައިގައި ފުޓްބޯޅައާ ގުޅުންހުރި އެންމެހައި ހަރަކާތްތަކުން އުމުރަށް ސަސްޕެންޑްކޮށް، ބޮޑު އަދަދަކުން ޖޫރިމަނާކުރުމަށް ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ (ފީފާ) އިން ނިންމައިފިއެވެ.
11 Sep 2026
ޕީއެންސީގެ އަންހެނުންގެ ހަރަކާތުގެ ރައީސާ އަކަށް މިނިސްޓަރު ހީނާ
ހީނާ އަކީ ޕީޕީއެމް / ޕީއެންސީ އެކުގައި ހިންްގިއިރު އެ ޕާޓީގެ އިސް މަގާމުތައް ފުރުއްވި ބޭފުޅެކެވެ. އެގޮތުން ދެ ޕާޓީގެ ތަރުޖަމާންކަން ކުރެއްވި އެވެ.
11 Sep 2026
ބޯޓް އުރުނު ހާދިސާ؛ ބްރިޖުގެ ސްޓްރަކްޗާއަށް ގެއްލުމެއް ނުވޭ
މި ތެޔޮ ބޯޓު އުތުރު ފަރާތުން އޮޔާ އައިސް އެންމެ ފުރަތަމަ ޖެހުނީ ސިނަމާލެ ބްރިޖުގެ ތަނބެއްގައެވެ. ތަނބުގައި ޖެހުމުގެ ސަބަބުން ބޯޓަށް އެކި ވަރުގެ ގެއްލުންތައް ލިބިފައިވެ އެވެ.
11 Sep 2026
ދެކުނަށް މޫސުން ގޯސް; ފޭދޫގެ 30 ވުރެ ގިނަ ގެއަށް ފެންވަދެ ގެއްލުން
އެ އޮތޯރިޓީން ބުނީ އައްޑޫ ސިޓީގެ ރަށްރަށުގައި ފެންބޮޑުވުމާ ގުޅިގެން، ކައުންސިލްތަކާއިސިފައިންނާއި ފުލުހުން ގުޅިގެން ފެންހިއްކުމުގެ މަސައްކަތް މެދުކެނޑުމެއްނެތި ދަނީ ކުރަމުން ކަމަށެވެ.
11 Sep 2026
އިކުއިޓީ ޕޭމަންޓް ދެއްކޭނެ ފެސޭހަ ސިސްޓަމެއް ގާއިމް ކުރަނީ
އިކުއިޓީ ޕޭމަންޓް ދެއްކޭނެ ލުއި ސިސްޓަމެއް ގާއިމް ކުރުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.