އާރްޓީއެލް ފެރީ
ހަބަރު
18 Aug 2023 | 17:27
އާރްޓީއެލް ފެރީގެ ޚިދުމަތް އައްޑޫ އާއި ފުވައްމުލަކު ސިޓީއަށް ފަށައިފި

މުޅި ރާއްޖެ ފެރީގެ ނިޒާމުން ގުޅައިލުމުގެ ގޮތުން އެމްޓީސީސީން ހިންގާ ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރްޓީއެލް) ނިޒާމުގެ ދަށުން އައްޑުއާއި ފުވައްމުލަކު ސިޓީއަށް ފެރީގެ ޚިދުމަތްތައް މިއަދު ފަށައިފިއެވެ.

މިއަދު މި ދެ އަތޮޅުގައި ފެށި ފެރީގެ ޚިދުމަތް މިމަހުގެ 24 ގެ ނިޔަލަށް ހިލޭ ލިބިގެންދާނެ ކަމުގައި ނި ޚިދުމަތް ފޯރުކޮށްދޭ އެމްޓީސީސީން ބުނެއެވެ. 

މީގެ އިތުރުން ގއ. އަދި ގދ. އަތޮޅާއި އައްޑުއާއި ފުވައްމުލައް ދެމެދު ދަތުރުތައް ކުރެވޭހެން ހައިވޭ ލިންކެއް ވެސް ގާއިމްކޮށްފައިވާކަމަށާއި ފުރަތަމަކޮޅު ދަތުރުތައް ހިލޭކުރުމުގެ މައިގަނޑު ބޭނުމަކީ ފެރީގެ ޝެޑިއުލަށް ރައްޔިތުން އަހުލުވެރިކުރުވުމާއި މި ޚިދުމަތް ރަނގަޅަށް ތަޖުރިބާކުރުމުގެ ފުރުސަތު ރައްޔިތުންނަށް ދިނުންކަމަށް ވެސް އެމްޓީސީސީން ބުނެއެވެ. 

އެމްޓީސީސީން ބުނީ ހިލޭ ދަތުރުތަކަށް ފެރީން ޖާގަ ހޯދޭނީ އެ ރަށެއްގެ ކައުންސިލް މެދުވެރިކޮށް ބުކްކޮށްގެން ކަމަށެވެ. އަދި 24 ވަނަ ދުވަހުގެ ފަހުން ފެރީ ޚިދުމަތުން އަގު ނެގޭނެ ކަމަށާއި އެހާ ހިސާބުން ކައުންސިލް މެދުވެރިކޮށް ބުކް ކުރުމުގެ ފުރުސަތު ބަންދުވާނެ ކަނަށް އެމްޓީސީސީން ބުނެއެވެ. އޭގެ ފަހުން ދަތުރު ބުކްކުރެވޭނީ އާރްޓީއެލް ޓްރެވަލް އެޕް ނުވަތަ ވެބްސައިޓް މެދުވެރިކޮށްކަމަށް އެމްޓީސީސީން މައުލޫމާތު ދެއެެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ
03 Aug 2026
ވެހިކަލް ފީ މާލެ ސިޓީ ކައުންސިލް ބަޖެޓުން އުނިކުރަން އެދިއްޖެ
އެއްގަމު އުޅަނދުތަކުގެ އަހަރީ ފީގެ ގޮތުގައި މާލޭ ސިޓީ ކައުންސިލަށް ލިބޭ ފައިސާ އެ ކައުންސިލުގެ ބަޖެޓުން އުނިކޮށް ސަރުކާރަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށް ހައުސިން ވުޒާރާގެ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބު އެދިވަޑައިގެންފިއެވެ.
03 Aug 2026
އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުގައި އިންސާފްކޮށްދޭނޭ ފަނޑިޔާރުން ހޯދަނީ
ޝަރުތުތަކުގެ ތެރޭގައި ވާދަކުރުމުގެ ބައިގައި އެއްވެސް ގިންތިއަކުން ވާދަކުރާ ފަރާތެއް ކަމުގައި ނުވުމާއި، ފަނޑިޔާރުކަން ކުރުމަށް ހުށަހަޅާ ގިންތީގައި ވާދަކުރާ ފަރާތަކާއި އާއިލީ ގުޅުމެއް އޮތް ފަރާތެއް ނުވަތަ ވިޔާފާރީގެ މަސްލަހަތު އޮތް ފަރާތެއްކަމުގައި ނުވުމެވެ. މީގެ އިތުރުންވެސް އިތުރު ޝަރުތުތައް ހިމެނޭ
03 Aug 2026
ގިނަބަޔަކު އެ ފިލްމަކަށް އިންތިޒާރުކުރާ ޖަންނަތު މިރޭ އޮލިމްޕަހަށް