އަމިއްލަ ގޮތުން ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ފާރިސް މައުމޫނު
ހަބަރު
18 Aug 2023 | 22:02
އަމިއްލަ މަސައްކަތް ކުރާ ފަރާތްތައްވެސް ފާރިޝްގެ ވެރިކަމެއްގައި ޕެންޝަން ސްކީމުގައި ބައިވެރިކުރަނީ

ނުރަސްމީ ނުވަތަ އަމިއްލައަށް އާމްދަނީ ހޯދުމަށް މަސައްކަތް ކުރާ ފަރާތްތަކުން ވެސް އެ ލިބޭ އާމްދަނީން ޕެންޝަން ސްކީމުގައި ބައިވެރިކުރާނެ ކަމުގައި އަމިއްލަ ގޮތުން ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ފާރިސް މައުމޫނު ވިދާޅުވެއްޖެއެވެ. 

ރިޔާސީ އިންތިހާބުގެ ކެމްޕެއިންގައި މިރޭ މ.ވިކްޓްރީ ހައުސްގައި ފާރިޝްގެ ކެމްޕެއިން ޖަގަހައެއް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ފާރިޝް ވިދާޅުވީ، އެ މަނިކުފާނުގެ ސަރުކާރެއްގައި އެންމެ އާދައިގެން ދިރިއުޅެމެއް އުޅެމުން އަންނަ ރައްޔިތުންނަންވެސް ހާއްސަ ސަމާލުކަމެއް ދީގެން އެފަރާތްތަކަށް އަޅާލައްވާނެ ކަމުގައި ވިދާޅުވެފައެވެ. 

މިގޮތުން ފާރިޝް ވިދާޅުވީ، މިވަގުތު އިގްތިސާދީ ގާނޫނީ ހަމަތައް އެކުލަވާލެވިފައި އޮންނަ ގޮތުން އަމިއްލަ މަސައްކަތުން ގޭގައި ތިބެގެން އާމްދަނީ ހޯދަމުން އަންނަ ފަރާތްތަކަށް ބޭންކްތަކާއި ހަމައިން މާލީ އެހީތެރިކަން ލިބުމުގެ ފުރުސަތު ފަހިވެފައި ނެތްކަމުގައެވެ. 

އެހެންކަމުން އެފަދަ ފަރާތްތަކަށްވެސް އެ މަނިކުފާނުގެ ވެރިކަމެއްގައި ބޭންކް ތަކާއި ސަރުކާރު މެދުވެރިވެރިކޮށްވެސް މާލީ އެހީތެރިކަމާ ތަނަވަސް ކޮށްދީ، މަސައްކަތް ކުރިއެރުވުމުގައި އެހީތެރިކަން ފޯރުކޮށްދޭނެ ކަމުގައެވެ. 

މިގޮތުން މަސައްކަތް ކުރާ އުމުރު ފަހަނައަޅާއިރު އެފަދަ ފަރާތްތަަށްވެސް ޕެންޝަން ސްކީމުގައި ބައިވެރިވެ ފައިސާ ލިބިގެން ދާނެގޮތް ތަނަވަސް ކޮށްދިނުން އެއީ އެމަނިކުފާނުގެ ތަސައްވުރެއް ކަމުގައި ފާރިޝް ވިދާޅުވިއެވެ. 

އެމީހުން ކުރާ މަސައްކަތުން ލިބޭ އާމްދަނީއެއްގެ ކޮންމެސް ބައެއް އެމީހުން ޕެންޝަންގެ ގޮތުގައި ޖަމާކޮށް، އެއާ އެއް މިންވަރަކަށް ދައުލަތުން ވެސް ޖަމާކޮށް، އެމީހުންގެ މަސައްކަތު އުމުރު ނިމޭއިރު އެމީހުންނަށްވެސް އެކަށީގެންވާ ޕެންޝަން ފައިސާ ލިބޭނެ ގޮތް ހަދައިދިނުން 

ފާރިސް ވިދާޅުވިއެވެ. 

މީގެ އިތުރުން ފާރިޝް ވަނީ ފްރީލާންސް މަސައްކަތް ކުރާ ފަރާތްތަކަށްވެސް ބޭންކް ތަކާއި ސަރުކާރު މެދުވެރިވެރިކޮށް މާލީ އެހީތެރިކަން ފަސޭހައިން ލިބޭނެ މަގު ތަނަވަސްކޮށްދެއްވާނެ ކަމުގައި ވިދާޅުވެފައެވެ.

ރިޔާސީ އިންތިޚާބުގެ ވަގުތު ކުޑަތަންވަމުން އަންނަ އިރު ފާރިޝް އާއި އެމަނިކުފާނުގެ ރަނިންމޭޓް އަބްދުއްސައްތާރު ވެސް އަންނަވަނީ އިންތިހާބުގެ ކެމްޕެއިން ހަރަކާތްތައް ކުރިއަށް ގެންދަވާ، އެ ބޭފުޅުންގެ މެނިފެސްޓޯ އިޢުލާން ކުރައްވަމުންނެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
12 Sep 2026
މޫސުން ވަރަށް ގޯސްވެއްޖެ. ބައެއް ސަރަހައްދުތަކަށް ޔެލޯ އެލާޓް
ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ފިޔަވައި އެހެން ދަތުރުތައް ނުކުރުމަށާއި، ދަތުރަށް ފުރުމުގެ ކުރިން މޫސުމާ ބެހޭ އެންމެ ފަހުގެ މަޢުލޫމާތު ހޯދައި، ސަލާމަތީ ވަސީލަތްތައް ފުރިހަމައަށް ހުރިތޯ ޔަޤީންކުރުމަށް ކަމާބެހޭ ފަރާތްތަކުން ވަނީ އަންގާފައެވެ
12 Sep 2026
ބްރިޖު ރައްކާތެރިކޮށް ރަނގަޅު ގޮތުގައި ބެލެހެއްޓުމަށް ގުޅިގެން މަސައްކަތް ކުރުމަށް ސަފީރު ގޮވާލައްވައިފި
މި ދެ ބޯޓު ވަނީ ދިޔަވެ، މާލެ އަތޮޅުގެ އިރުން، ރާއްޖޭގެ ސަރަހައްދުން 30 ނޯޓިކަލްމޭލު ބޭރަށް މިރޭގެ ވަގުތެއްގައި އަޑިއަށް ގޮސްފަ އެވެ.
11 Sep 2026
ބްރިޖަށް އުރުނު ދެ ބޯޓް ދިޔަވެ އަޑިއަށް ހިނގައްޖެ
ސިނަމާލެ ބްރިޖަށް ރޭ އުރުނު ދެ ބޯޓް ދިޔަވެ މިރޭ އަޑިއަށް ހިނގައްޖެ އެވެ.
11 Sep 2026
ފީފާއިން ބައްސާމް އުމުރަށް ސަސްޕެންޑްކޮށް، 1.2 މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފި
ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް، ކޮވިޑް-19 ގެ ރިލީފް ފަންޑުގެ ފައިސާ އަމިއްލަ ބޭނުމަށް ބޭނުންކުރި މައްސަލައިގައި ފުޓްބޯޅައާ ގުޅުންހުރި އެންމެހައި ހަރަކާތްތަކުން އުމުރަށް ސަސްޕެންޑްކޮށް، ބޮޑު އަދަދަކުން ޖޫރިމަނާކުރުމަށް ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ (ފީފާ) އިން ނިންމައިފިއެވެ.
11 Sep 2026
ޕީއެންސީގެ އަންހެނުންގެ ހަރަކާތުގެ ރައީސާ އަކަށް މިނިސްޓަރު ހީނާ
ހީނާ އަކީ ޕީޕީއެމް / ޕީއެންސީ އެކުގައި ހިންްގިއިރު އެ ޕާޓީގެ އިސް މަގާމުތައް ފުރުއްވި ބޭފުޅެކެވެ. އެގޮތުން ދެ ޕާޓީގެ ތަރުޖަމާންކަން ކުރެއްވި އެވެ.
11 Sep 2026
ބޯޓް އުރުނު ހާދިސާ؛ ބްރިޖުގެ ސްޓްރަކްޗާއަށް ގެއްލުމެއް ނުވޭ
މި ތެޔޮ ބޯޓު އުތުރު ފަރާތުން އޮޔާ އައިސް އެންމެ ފުރަތަމަ ޖެހުނީ ސިނަމާލެ ބްރިޖުގެ ތަނބެއްގައެވެ. ތަނބުގައި ޖެހުމުގެ ސަބަބުން ބޯޓަށް އެކި ވަރުގެ ގެއްލުންތައް ލިބިފައިވެ އެވެ.
11 Sep 2026
ދެކުނަށް މޫސުން ގޯސް; ފޭދޫގެ 30 ވުރެ ގިނަ ގެއަށް ފެންވަދެ ގެއްލުން
އެ އޮތޯރިޓީން ބުނީ އައްޑޫ ސިޓީގެ ރަށްރަށުގައި ފެންބޮޑުވުމާ ގުޅިގެން، ކައުންސިލްތަކާއިސިފައިންނާއި ފުލުހުން ގުޅިގެން ފެންހިއްކުމުގެ މަސައްކަތް މެދުކެނޑުމެއްނެތި ދަނީ ކުރަމުން ކަމަށެވެ.
11 Sep 2026
އިކުއިޓީ ޕޭމަންޓް ދެއްކޭނެ ފެސޭހަ ސިސްޓަމެއް ގާއިމް ކުރަނީ
އިކުއިޓީ ޕޭމަންޓް ދެއްކޭނެ ލުއި ސިސްޓަމެއް ގާއިމް ކުރުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.