ރޮނާލްޑޯ އަކް ތާވޮން އާއި ދެކޮޅަށް ކުޅެނީ
ކުޅިވަރު
19 Aug 2023 | 09:21
އަރަބި ކުލަބް ޗެންޕިްއަންސް ކަޕްގެ ޗެންޕިއަން އަލް ނަސްރު ލީގުގައި ކުޅުނު ދެވަނަ މެޗުން ވެސް ބަލިވެއްޖެ!

ސައުދީ ޕްރޮފެޝަނަލް ލީގުގައި ކުޅުނު ދެވަނަ މެޗުން ވެސް ބަލިވެ، އަލް ނަސްރު ލީގު ތާވަލުގެ 15 ވަނައަށް ވެއްޓިއްޖެ އެވެ. ރޭ އަމިއްލަ ދަނޑުގައި އަލް ތާވޮން އާއި ދެކޮޅަށް ކުޅުނު މެޗުން އެޓީމު ބަލިވީ 2-0 ގެ ނަތީޖާއަކުންނެވެ.

ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗުގައި، ފުރަތަމަ ނުރައްކާތެރި ހަމަލާއެއް ފެނިގެންދިޔައީ އަލް ނަސްރުގެ ފަރާތުންނެވެ. އެގޮތުން މެޗުގެ 8 ވަނަ މިނެޓުގައި ތާވޮންގެ ޕެނަލްޓީ އޭރިއާ ބޭރުން ކްރިސްޓިއާނޯ ރޮނާލްޑޯ ފޮނުވާލި ބާރު ހަމަލާ އެޓިމުގެ ބްރެޒިލް ކީއްޕަރު މައިސަން ދިފާއުކުރިއިރު، މިހާފުގައި ތާވޮން އިން އުފެއްދި ނުރައްކާތެރި ފުރަތަމަ ހަމަލާގައި އެޓީމުން ވަނީ ލަނޑެއް ކާމިޔާބުކޮށް މެޗުގެ ލީޑު ހޯދާފައެވެ.

ފުރަތަމަ ހާފުގެ 20 ވަނަ މިނެޓުގައި އެޓީމަށް ލިބުނު ކޯނަރެއްގައި ބްރެޒިލްގެ މިޑްފީލްޑަރު މެތިއުސް ގޯލު ކުރިމައްޗަށް ހުރަސްކޮށްދިން ބޯޅައެއް ބޮލުން ގޯލުގެ ތެރެއަށް ފޮނުވާލައިގެން މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ކެމަރޫންގެ ފޯވާޑް ލިއަންޑްރޭ ޓަވަމްބާ އެވެ.

ފުރަތަަމަ ހާފުގެ އިތުރު ވަގުތުގެ ތެރޭގައި ތާވޮންގެ ޕެނަލްޓީ އޭރިއާ ތެެރެއިން އެޓީމުގެ ކުޅުންތެރިއަކު ފޮފާނާއަށް ކުރި ފައުލަކާއި ގުޅިގެން ރެފްރީ ވަނީ އަލް ނަސްރަށް ޕެނަލްޓީއެއް ދީފައެވެ. ނަމަވެސް ވީއޭއާރުން ބެލުމަށްފަހު ރެފްރީ ވަނީ އެނިންމުން ބަދަލުކޮށް އެއީ ޕެނަލްޓީއެއް ނޫންކަމަށް ނިންމާފައެވެ. މިއާއެކު ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 1-0 ގެ ނަތީޖާއަކުން އަލް ތާވޮން ކުރީގައި އޮވެގެންނެވެ.

މެޗުގެ ދެވަަނަ ހާފުގައި އަލް ނަސްރުން އެޓީމުގެ ކުޅުން ރަނގަޅުކޮށް ލަނޑުޖަހާނެ ގިނަ ފުރުސަތުތަކެއް ތަނަވަސްކުރި ނަމަވެސް މިހާފުގައި އެޓީމުގެ ބްރެޒިލް ފޯވާޑް އެންޑަސަން ޓަލިސްކާ އާއި ކްރޮއޭޝިއާގެ މިޑްފީލްޑަރު މާސެލޯ ބްރޮޒޮވިޗްގެ އިތުރުން ސެނަގާލްގެ ފޯވާޑް މާނޭއަށް ލިބުނު ހުސް ފުރުސަތުގެ ބޭނުން ވަނީ ނުކުރެވިފައެވެ.

މީގެއިތުރުންވެސް މެޗުގެ އިތުރު ވަގުތުގެ ތެރޭގައި މާނޭއަށް ލިބުނު ހުސް ފުރުސަތުގައި އޭނާ ވަނީ ލަނޑެއް ކާމިޔާބުކޮށް މެޗުގެ ނަތީޖާ އެއްވަރުކޮށްފައެވެ. ނަމަވެސް ވީއޭއާރުން ބެލުމަށްފަހު ރެފްރީ ނިންމީ އެއީ އޮފްސައިޑް ލަނޑެއް ކަމަށެވެ.

މިމެޗުގައި އަލް ތާވޮން އިން ކާމިޔާބުކުރި ދެވަނަ ލަނޑު ދެވަނަ ހާފުގެ އިތުރު ވަގުތުގެ ތެރޭގައި ކާމިޔާބުކޮށްދިނީ އެޓީމުގެ މިޑްފިލްޑަރު އަހުމަދު ބަހިއުސަން އެވެ. މިލަނޑާއެކު މެޗުގެ ކުޅުން ނިމިގެންދިޔައީ 2-0 ގެ ނަތީޖާއަކުން އަލް ތާވޮން ކުރީގައި އޮވެގެންނެވެ.

މި މެޗުން ލިބުނު ތިން ޕޮއިންޓާއެކު ކުޅުނު ދެ މެޗުން ހަތަރު ޕޮއިންޓް ހަމަކޮށް އަލް ތާވޮން މިވަގުތު އޮތީ ލީގު ތާވަލްގެ ހަތަރުވަނައިގައެވެ. އަދި މި މެޗުން ބަލިވި އަލް ނަސްރު ލީގުގައި ކުޅުނު ދެވަނަ މެޗުން ވެސް ބަލިވެފައިވާ އިރު އެޓީމު މިވަގުތު އޮތީ ލީގު ތާވަލްގެ 15 ވަނައިގައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.