ޢަމްރު ބ އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން. ފޮޓޯ: ޑިމޮކްރެޓްސް
ހަބަރު
19 Aug 2023 | 17:44
ތުޅާދޫގައި އެއަރޕޯޓެއް އަޅައިދޭނަން: ޢަމްރު

ޑިމްކޮރެޓްސްގެ ވެރިކަމެއްގައި ތުޅާދޫގައި އެއަރޕޯޓެއް އަޅައިދޭނެކަމަށް ޑިމޮކްރެޓްސްގެ ރަނިންގމޭޓް ހުސެއިން ޢަމްރު ވިދާޅުވެއްޖެއެވެ.

ޢަމްރު މިހެން ވިދާޅުވީ ރިޔާސީ ކެމްޕޭނަށް ބ އަތޮޅަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި އެއަތޮޅު ތުޅާދޫއަށް ވަޑައިގެން އެރަށުގައި ހުންނަވައިގެން ވާހަކަ ދައްކަވަމުންނެވެ.

ޢަމްރު ވިދާޅުވީ ތުޅާދޫ އަކީ 3000 މީހުންގެ އާބާދީއެއް އޮންނަ ރަށެއް ކަމަށާއި އެންމެ ކައިރީގައި ވެސް އޮންނަނީ ދަރަވަންދޫ އެއަރޕޯޓު ކަމަށެވެ. އެތަނުން ފުރައިގެން މާލެ އަށް ދާންވިޔަސް ދަރަވަންދުއަށް ދާން ސްޕީޑް ބޯޓެއްގައި 45 މިނިޓް ނަގާކަމަށެވެ. އަދި އެއީ މޫސުން އެންމެ ރީތި ދުވަހެއްގައި ނަމަ 1000 ރުފިޔާ ކަމަށާއި އެއަގު 5000 އަށް އަރާ ފަހަރުވެސް ދާ ކަމަށް ޢަމްރު ވިދާޅުވިއެވެ.

މީގެ އިތުރުން ޢަމްރު ވިދާޅުވީ އަނގަމަތި ޑިންގީ އެއްގައި ދާކަމަށްވާނަމަ 1200 އެއްހާރުފިޔާ ދަރަވަންދުއަށް ދާން ނަނގާ ކަމަށެވެ.

"ތުޅާދޫ އަށް ވަރަށް މުހިންމު އެއްޗެއް އަސްލު އެއަރޕޯޓަކީ، އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންގެ ސަރުކާރެއްގައި ތުޅާދޫގައި އެންމެ ފުރަތަމަ ކުރާނެ ކަމަކީވެސް ތުޅާދޫގައި އެއަރޕޯޓެއްގެ މަސައްކަތް ފެށުން" ޢަމްރު ވިދާޅުވިއެވެ.

 ދަ ޑިމޮކްރެޓްސް ކެމްޕެއިންގައި ބ އަތޮޅުގެ ރަށްތަކަށް ޢަމްރު ޒިޔާރަތްކުރައްވަމުން ދާއިރު އެދަތުރު ފެއްޓެވީ ބ ކިހާދޫއިން ނެވެ. އެދަތުރުގައި ޢަމްރު އާއި އެކު ޑިމޮކްރެޓްސްގެ އިސް ލީޑަރ އަދި ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އީވާ އަބްދުالله ވެސް ދަނީ ބައިވެރިވެވަޑައި ގަންނަވަމުންނެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
25 Aug 2026
ވަޒަންހުރި މެގަޒިނެއް ގެނައި އެމެރިކާ މީހާގެ ބަންދަށް 10 ދުވަސް
އޭނާއަތުން އެ މެގަޒިން ފެނިފައިވަނީ ބަލާފާސްކުރުމުގެ ތެރޭގައިކަމަށް ފުލުހުން ބުންޏެވެ.
25 Aug 2026
ކުށްކޮށްގެން ހޯދާ މުދާ ދައުލަތަށް ނެގުމާ ބެހޭ ބިލް މަޖިލީހަށް ފޮނުވައިފި
މި ބިލް ޤާނޫނަކަށް ވުމުން ޖިނާއީ ބޮޑެތި ކުށްތައް ކުރާ ފަރާތްތަކުން އެފަދަ ނޭދެވޭ ޢަމަލުތަކުގެ ތެރެއިން ހޯދާ މުދަލާއި ފައިސާއިން މާލީ މަންފާ ހޯދުން ހުއްޓުވުމަށް ބޮޑު ބާރަކަށް ވެގެންދާނޭކަމަށް ރައީސް ވަނީ ފާހަގަކުރައްވާފައެވެ.
25 Aug 2026
ޕާކިސްތާނުގައި ޕެޓްރޯލާއި ޑީސެލްގެ އަގު އަނެއްކާ ވެސް ބޮޑުކޮށްފި
ދުނިޔޭގެ ސާފުނުކުރާ ތެލުގެ ބާޒާރަށް ބަލާ އިރު ހޯމަ ދުވަހު އޭޝިއާގެ ވިޔަފާރީގެ ވަގުތުތަކުގައި ދެ ބެންޗްމާކުގެ އަގު ދަށަށް ދިޔައެވެ. ޑަބްލިއުޓީއައި ސާފުނުކުރާ ތެޔޮ 2.16 އިންސައްތަ ދަށްވެ ފީފާއެއް 85.18 ޑޮލަރަށް ވެއްޓުނު އިރު ބްރެންޓް ސާފުނުކުރާ ތެޔޮ 2.19 އިންސައްތަ ދަށްވެ ފީފާއެއް 92.32 ޑޮލަރަށް ތިރިވެފައިވެއެވެ
25 Aug 2026
އޮޑިޓަރ ޖެނެރަލް ހުސައިން ނިޔާޒީ ތިލަފުއްޓަށް
ތިމާވެއްޓާ ބެހޭ ވުޒާރާއިން ބުނީ، އޮޑިޓަރ ޖެނެރަލްގެ މި ދަތުރުފުޅުގައި ތިލަފުށީގައި ކުނީގެ ކަންކަން ހިންގުމަށް ޤާއިމުކޮށްފައިވާ އެކި އިޖުރާއަތްތަކާއި ވަސީލަތްތައް ބެލެހެއްޓޭ ގޮތް ބައްލަވާލައްވާފައިވާކަމަށެވެ
25 Aug 2026
ޝީ އިންޑިއާއަށް ވަޑައިގަންނަވާނީ ބޮޑު ވަފުދަކާއެކު
މަސްދަރުތަކުން ބުނާ ގޮތުގައި، ޗައިނާގެ އޮފިޝަލުން މިހާރު ދަނީ ދިއްލީގެ ހޮޓާތަކާއި ސެކިއުރިޓީ އިންތިޒާމުތައް ހަމަޖެއްސުމުގެ މަސައްކަތް ކުރަމުންނެވެ
25 Aug 2026
ޕާކިސްތާނުގެ ސަލާމަތީ އޮފިޝަލަކު މަރާލައި، 5 ފުލުހަކު ޒަޚަމްކޮށްލައިފި
ޒަޚަމްވި ފުލުހުންނަށް ކައިރީގައިވާ ހޮސްޕިޓަލެއްގައި ފަރުވާ ދެމުންދާއިރު، އެމީހުންގެ ހާލު ސީރިއަސް ނޫން ކަމަށް ފުލުހުން މައުލޫމާތު ދެއެވެ
25 Aug 2026
ހދ.އަތޮޅުގެ ޗެމްޕިއަންކަން ހަނިމާދޫއަށް
ޗެމްޕިއަންކަން ހޯދި ހަނިމާދޫގެ އިތުރުން ފައިނަލުން ބަލިވި ނައިވާދޫ ވެސް ވަނީ މުބާރާތުގެ ޒޯން ބުރަށް ދަތުރުކޮށްފައެވެ.
25 Aug 2026
ބިދޭސީ މުވައްޒަފުންގެ މުސާރަ ރާއްޖޭގެ ބޭންކް އެކައުންޓަށް
ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންނަށް މުސާރަ ބޭންކް އެކައުންޓަށް ޖަމާކުރުން ލާޒިމުކޮށް ބިދޭސީން ވަޒީފާ އަދާކުރުމާ ގުޅޭ ގަވައިދަށް ހޯމްލޭންޑް ސެކިއުރިޓީ ވުޒާރާއިން މިއަދު ތިން އިސްލާހެއް ގެނެސްފިއެވެ.