މެސީ ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ
ކުޅިވަރު
20 Aug 2023 | 13:00
44 ތައްޓާއެކު ކެރިއަރުގައި އެންމެ ގިނަ ތަށި ކާމިޔާބުކުރި ކުޅުންތެރިއަކަށް މެސީ

ނޯތު އަދި ސެންޓްރަލް އެމެރިކާ ލީގު ކަޕްގެ  ފައިނަލްގައި ނަޝްވީލް އެފްސީ ބަލިކޮށް މުބާރާތުގެ ޗެމްޕިއަންކަން އިންޓަ މިއާމީ އިން ފުރަތަަމަ ފަހަރަށް ހޯދައިފި އެވެ. މި ކާމިޔާބީއާއިއެކު އެޓީމުގެ ކެޕްޓަން ލަޔޮނަލް މެސީއަށް ވަނީ ތާރީޚީ ރެކޯޑެއް ލިބިފައެވެ.

މި ތައްޓާއެކު މެސީއަށް ވަނީ ކެރިއަރުގައި އެންމެ ގިނަ ތަށި ކާމިޔާބު ކުރި ކުޅުންތެރިޔާގެ ޝަރަފު ލިބިފައެވެ. އެއީ ޖުމުލަ 44 ތައްޓާއެކު ގައެވެ. އޭނާ ވަނީ ބާސެލޯނާ އާއެކު 35 ތަށި، ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ) އާއެކު ތިން ތަށި، އާޖެންޓީނާ އާއެކު ފަސް ތަށި އަދި މިއާމީ އާއެކު އެއް ތަށި ކާމިޔާބުކޮށްފަ އެވެ. މެސީގެ ފަހަތުން 43 ތައްޓާއެކު މިލިސްޓުގެ ދެވަނަގައި އޮތީ ބްރެޒިލްގެ ޑެނީ އަލްވޭސް އެވެ. މީގެ އިތުރުން މި މުބާރާތުގެ އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ މަގާމާއި އެންމެ މޮޅު ކުޅުންތެރިޔަގެ މަގާމު ވެސް ލިބުނު މެސީ އަށެވެ.

މިއަދު ހެނދުނު ކުޅުނު ފައިނަލް މެޗު އިންޓަ މިއާމީން ކާމިޔާބު ކުރީ ޕެނަލްޓީ ޖަހައިގެންނެވެ. މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ދެ ޓީމު 1-1 ގެ ނަތީޖާއަކުން އެއްވަރުވެ، ނަތީއްޖާނެރުމަށްޓަކައި ޖެހި ޕެނަލްޓީގައި އެޓީމު ކުރިހޯދީ 8-10 ގެ ނަތީޖާއަކުންނެވެ.

ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗުގައި ފުރަތަަމަ ލަނޑުޖަހައި ކުރިހޯދީ އިންޓަ މިއާމީ އިންނެވެ. މިލަނޑު ފުރަތަމަ ހާފުގެ 23 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އެޓީމުގެ ކެޕްޓަން މެސީ އެވެ. މިއީ މިއާމީ އަށް ބަދަލުވެ މެސީ އެ ޓީމަށް ކުޅުނު ހަތް ވަނަ މެޗުގައި އޭނާ ކާމިޔާބުކުރި 10 ވަނަ ލަނޑެވެ. މިލަނޑާއެކު ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 1-0 ގެ ނަތީޖާއަކުން އިންޓަ މިއާމީ ކުރީގައި އޮވެގެންނެވެ.

މެޗުގެ ދެވަަނަ ހާފުގައި ނަޝްވީލް އިން އެޓީމުގެ ކުޅުން ރަނގަޅުކޮށް އެޓޭކުތައް އިތުރަށް ވަރުގަދަކުރިއިރު، އެޓީމުން މެޗުގެ ނަތީޖާ އެއްވަރުކުރި ލަނޑު ދެވަނަ ހާފުގެ 57 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ހައިޓީގެ ފޯވާޑް ފަފާ ޕިކޯލްޓް އެވެ.

މިލަނޑާއެކު މެޗުގެ ކުޅުން ނިމިގެންދިޔައީ 1-1 ގެ ނަތީޖާއަކުން ދެޓީމް އެއްވަރުވެފައި އޮވެގެންނެވެ. މިއާއެކު މެޗުގެ ނަތީޖާ ނެރުމަށް ޖެހި ޕެނަލްޓީ ގައި މިއާމީން ކުރި ހޯދީ 10-8 އިންނެވެ. މެޗުގެ ފުރަތަމަ ފަސް ޕެނަލްޓީގެ ތެރެއިން ކޮންމެ ޓީމަކަށް ވެސް ކާމިޔާބު ކުރެވުނީ ހަތަރު ޕެނަލްޓީ އެވެ. މިއާމީގެ ޕެނަލްޓީތައް ކާމިޔާބު ކުރީ މެސީ، ސާޖިއޯ ބުސްކެޓްސް، ކަމްޕަނާ އަދި މިލާ އެވެ. އެ ޓީމަށް ނާކާމިޔާބުވީ އުލޯގެ ޕެނަލްޓީ އެވެ. ނަޝްވީލް އިން ވަނީ މުޚްތާރް، ގޮޑޯއީ، ޒިމާމަން އަދި ސުރިޖުގެ ޕެނަލްޓީ އެވެ. ނާކާމިޔާބުވީ ލީލްގެ ޕެނަލްޓީ އެވެ. ފަސް ޕެނަލްޓީ އަށް ފަހު ދެން ޖެހި ހުރިހާ ޕެނަލްޓީއެއް މިއާމީން ކާމިޔާބު ކުރި އެވެ. ނަމަވެސް ނަޝްވީލްގެ އެއް ޕެނަލްޓީ ވަނީ ނާކާމިޔާބުވެފަ އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.