ގުޅިފަޅު އަދި ގިރާވަރުފަޅު ހއްކުމުގެ މަސައްކަތް. ފޮޓޯ: އިންޓަރނެޓް
ހަބަރު
20 Aug 2023 | 14:58
އޮކްޓޯބަރުގެ ނިޔަލަށް ގިރާވަރު ފަޅު ހިއްކައި ނިމޭނެ: އަކްރަމް

މިއަހަރުގެ އޮކްޓޯބަރު މަހުގެ ނިޔަލަށް ގިރާވަރު ފަޅު ހިއްކައި ނިމޭނެ ކަމަށް ހައުސިންގ މިނިސްޓްރީގެ ނައިބު އަކްރަމް ކަމާލުއްދީން ވިދާޅުވެއްޖެއެވެ.

"ވޮއިސް" އަށް މަޢުލޫމާތު ދެއްވަމުން އަކްރަމް ވިދާޅުވީ އޮކްޓޫބަރުގެ ނިޔަލަށް ގިރާވަރުފަޅު ހިއްކައި ނިންމާނެ ކަމަށެވެ. އަދި ފަޅު ހިއްކުން ކުރިއަށް ދާ މިންވަރަކުން ގޯތި ކަނޑަމުން ދާނެ ކަމަށްވެސް އަކްރަމް ވިދާޅުވިއެވެ.

އަކްރަމް ވިދާޅުވީ ވަރަށް އަވަހަށް އެހެންތަންނުން ކަނޑައިފައިވާ ގޯތިތައް ދޫކުމުގެ މަސައްކަތް ފައްޓަވާނެ ކަމަށެވެ.

ބިންވެރިޔާ ސްކީމް ގެ ދަށުން ގޯތި ދޫކުރުމަށް ހަމަޖައްސައި ގޯތިދެމުން އަންނަނީ ހުޅުމާލޭ ދެވެނަ ފިޔަވަހި، ގުޅިފަޅު އަދި ގިރާވަރުފަޅުންނެވެ.

ބިންވެރިޔާ ސްކީމްގެ ދަށުން ޝަރުތު ހަމަވާ 19639 މީހުންނަށް 9000އަށްވުރެ ގިނަ ގޯތި ދޫކުރުމަށް ވަނީ ނިންމާފައެވެ. ގޯތި ލިބޭ މީހުންނަށް ގޯތި ލިބޭ ސަރަޙައްދު ކަނޑައެޅުމަށް ގުރުއަތު ނެގުން މިހާރު ދަނީ ކުރިއަށެވެ. މި ސްކީމްގެ ދަށުން އެންމެ ގިނަ ގޯތި ދިނުމަށް ނިންމާފައިވަނީ ގިރާވަރު ފަޅުންނެވެ.

އެގޮތުން އެސަރަޙައްދުން 5000 ގޯތި ދިނުމަށް ކަނޑައަޅާފައިވެއެވެ. މީގެއިތުރުން ގުޅިފަޅުން 2200އަށްވުރެ ގިނަ ގޯތި އަދި ހުޅުމާލެ ދެވަނަ ފިޔަވަހިން 1300އަށްވުރެ ގިނަ ގޯތި ދިނުމަށް ވަނީ ނިންމާފައެވެ.

ގޯތި ދިނުމަށްޓަކައި ބޭނުންވާ ބިން ކަނޑައެޅުމަށްޓަކައި ގިރާވަރު ފަޅު އަދި ގުޅިފަޅު ހިއްކުމުގެ މަޝްރޫޢު މިހާރު ދަނީ ކުރިއަށެވެ. ބިން ހިއްކުމުގެ މަސައްކަތް ކުރިއަށްގެންދަނީ ރާއްޖޭގައި އެފަދަ ބޮޑެތި މަޝްރޫޢުތައް ކުރިއަށްގެންގޮސްފައިވާ ނެދަލޭންޑްސްގެ ސީއެމްސީ-ބޮސްކާލިސް ޖޮއިންޓު ވެންޗާ ކުންފުނިންނެވެ.

.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
ހިމަބިހީގެ އިތުރު 13 ކޭސް، ޖުމްލަ އަދަދު 199 އަށް
އެޗްޕީއޭ އިން ބުނީ މިދިޔަ ހަފްތާގައި ހިމަބިހީގެ 13 ކޭސް މާލެ ސަރަހައްދުން ފެނިފައިވާ ކަމަށެވެ.
04 Aug 2026
ނުރަނގަޅު ތަޞައްވުރު ފެތުރުން ހުއްޓާލުމަށް ކަސްޓަމްސްއިން އިލްތިމާސްކޮށްފި
ރާއްޖެއަށް އެތެރެކުރުން މަނާތަކެތި ބޯޑަރުން އެތެރެވިޔަނުދީ ހިފެހެއްޓުމަކީ ކަސްޓަމްސްގެ ޤާނޫނީ ޒިންމާއެއް ކަމަށާއި، އެ މަސައްކަތާމެދު ރައްޔިތުންގެ މެދުގައި ނުރަނގަޅު ތަޞައްވުރެއް އުފެދޭގޮތަށް ޢަމަލުނުކުރުމަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން އިލްތިމާސްކޮށްފިއެވެ.
04 Aug 2026
ބީއެމްއެލްގެ ހިންގުމުގެ އޮނިގަނޑަށް ބޮޑެތި ބަދަލުތަކެއް ގެނެސްފި
ބީއެމްއެލްއިން ބުނީ މި ބަދަލުތަކަކީ ބޭންކުގެ ޒިންމާދާރުކަން އިތުރުކުރުމަށާއި، ކަސްޓަމަރުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް ފަސޭހަކޮށް، ދެމެހެއްޓެނިވި ކުރިއެރުމެއް ހޯދުމަށް އެކުލަވާލާފައިވާ ދިގު މުއްދަތުގެ އިސްތިރާތީޖީގެ ދަށުން ގެނައި ބަދަލުތަކެއް ކަމަށެވެ. މިގޮތުން ގެނައި ބަދަލުތަކާއެކު އެގްޒެކެޓިވް ޓީމުގެ ހަތަރު މެންބަރަކު ވަނީ ކުރިއަށް އޮތް ހަ މަސް ދުވަހުގެ މުއްދަތަށް އާ މަގާމުތަކަކާ ހަވާލުވެފައެވެ.
04 Aug 2026
ވީއައިއޭއާއި މާމަހި ލައުންޖް ވޯލްޑް ޓްރެވަލް އެވޯޑްސް އަށް ނޮމިނޭޓްވެއްޖެ
ވޯލްޑް ޓްރެވަލް އެވޯޑްސް 2026 ގެ ޝަރަފުވެރި ދެ ކެޓަގަރީއަކުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓާއި މާމަހި އެގްޒެކެޓިވް ލައުންޖް ނޮމިނޭޓްވެއްޖެއެވެ.
04 Aug 2026
އެސްޖޭ މިސްކިތް ލަސްވުމުން ކުންފުނީގެ ދިފާޢުގައި ޝަހީމް ނުކުންނަވައިފި
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހުޅުމާލެ އުތުރު ދާއިރާގެ މެންބަރު ޙުސައިން ޝަރީފު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ވަޒީރު ވިދާޅުވީ، އެ މިސްކިތް ބިނާކުރުމުގެ ކަންކަމާގުޅޭ އިދާރީ މަސައްކަތާއި އަދި މިސްކިތުގެ ޑިޒައިނާއި ގުޅިގެން، މަސައްކަތްކުރިއަށް ގެންދާ ކުންފުންޏަށް ބޮޑެތި ދަތިތަކާ ކުރިމަތިލާންޖެހިފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރު ސުވާލުކުރެއްވި އިރު މިސްކިތުގެ މައްސަލަ ހައްލުވިތާ 4 މަސް ފާއިތުވެ ހިނގައްޖެ
މެމްބަރުގެ ސުވާލަށް ޖަވާބުދެއްވަމުން މިނިސްޓަރު ޝަހީމް ވިދާޅުވީ، ތުޅާދޫ މިސްކިތް ހުރި ސަރަހައްދުން ގަބުރުތައް ނަގައި ސާފްކޮށް ނިމިގެންދިޔަ ރޯދަމަހު އެ މިސްކިތުގައި ނަމާދުކުރަން ފަށާފައިވާކަމަށެވެ
04 Aug 2026
ޣައްޒާގައި ބޭއްވޭ އެންމެ ބޮޑު އެއް ޖަނާޒާ މިއަދު
އިސްރާއީލުގެ ނިރުބަވެރި ބާރުތަކުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކުގައި ޝަހީދުކޮށްލާފައިވާ އެއް އާއިލާއަކަށް ނިސްބަތްވާ 112 މީހެއްގެ ހަށިގަނޑު ވަޅުލުމަށް ބާއްވާ ބޮޑު ޖަނާޒާ މިއަދު ބޭއްވުމަށް ތައްޔާރުވެއްޖެއެވެ. މިއީ މި ޤަތުލްއާއްމު ފެށުނު ފަހުން ބޭއްވޭ އެންމެ ބޮޑު އެއް ޖަނާޒާއެވެ.
04 Aug 2026
މި ދައުރުގައި ޤުރުއާނާ ބެހޭ މަރުކަޒުގެ މަސައްކަތްތައް ހުރިހާ ރަށަކަށް ފުޅާކުރެވޭނެ
މި ދައުރުގެ ތެރޭގައި ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުގެ މަސައްކަތްތައް މުޅި ރާއްޖެއަށް ފުޅާ ކުރެވިގެންދާނެ ކަމަށް އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ މުހައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.