ފުނަދޫ ބައްދަލުވުމުގައި ގާސިމް ވާހަކަ ދައްކަވަނީ--
ހަބަރު
20 Aug 2023 | 16:14
އަޅުގަނޑުމެން މިތިބީ ހިނގައިގަންނާނެ ގޮތެއް ނޭނގިފައި؛ އެވަރަށް އޮޅުން އަރުވާލައިފި: ގާސިމް

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ގެ މި ސަރުކާރުން ދިވެހިންނަށް ކަންކަން ވަރަށް ބޮޑަށް އޮޅުވާލާފައިވާ ކަމަށް ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ލީޑަރ، އަދި ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ. 

ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް އުތުރުގެ ރަށްތަކަށް ކުރައްވަމުންދާ ދަތުރުފުޅުގެ ތެރެއިން ށ.ފުނަދޫ ރައްޔިތުންނާއި ބައްދަލުކުރައްވައި ވާހަކަ ދައްކަވަމުން ގާސިމް ވިދާޅުވީ، ގައުމެއްގެ މިނިވަންކަމާއި ރައްކާތެރިކަން ކަށަވަރު ނުކުރެވޭ ކަމަށް ވާނަމަ، ގެނެވޭނެ ތަރައްގީއެއް ނޯންނާނެ ކަމަށެވެ. 

އަޅުގަނޑުމެން މިއަދު މިތިބީ ސުވާލު މާކެއްގެ ތެރޭގައިތޯ؟ ނުވަތަ ހަތަރެސްކަން ގޯޅިއެއްގެ މެދަށް އައިސް ހުއްޓުން އަރާފައިތޯ؟ ދާންވީ ކޮޅެއް ނޭނގިފައިތޯ، ރަނގަޅަށް ވިސްނާލީމަ އެނގޭނެ، ހަތަރެސްކަން ގޯޅިއެއްގެ މެދުތެރޭގައި މިތިބީ. ހިނގައިގަންނަންވީ ކޮން ކޮޅަކަށް ކަން ނޭނގިފައި. ރަނގަޅު މަގަކީ ކޮބައިކަން ބައެއް މީހުންނަށް ނޭނގިފައި މިތިބީ. އެވަރަށް އަޅުގަނޑުމެންނަށް މިއޮތީ އޮޅުން އަރުވާލާފައި. 

ގާސިމް އިބްރާހިމް 

ދިވެހިންނަށް ކަންކަން އޮޅުވާލާފައިވާ ކަމަށް ގާސިމް ވިދާޅުވާ ވާހަކައިގެ ތަފްސީލަށް ވަޑައިގަންނަވަމުން އޭނާ ވިދާޅުވީ، ދިވެހިރާއްޖޭގެ މިނިވަންކަން އޮތީ ވަރަށް ނާޒުކު ހާލަތެއްގައި ކަމަށެވެ. އެގޮތުން ދިވެހިރާއްޖޭގައި ދިވެހި ރައްޔިތުންނެކޭ އެއްފަދައިން އިންޑިޔާ ސިފައިން ހަރަކާތްތެރިވެ އުޅޭކަމަށް ގާސިމް ވަނީ ވިދާޅުވެފައެވެ.

"އޭގެ މިސާލެއް ދަންނަވާލާނަން. އަޅުގަނޑުމެން ގައުމުގައި ކިތައް ހިސާބުގައި އަޅުގަނޑުމެންގެ ސިފައިންނަށް، ފުލުހުންނަށް ވަދެ ޗެކް ނުކުރެވޭ ތަންތަން ހުރީ ކިތައް ތަނުގައިތޯ އަޅުގަނޑުމެން ބަލައިލަމާތޯ؟" 

ގާސިމް އިބްރާހިމް 

ގާސިމް ވިދާޅުވީ ދާދިފަހުން ރިޔާސީ ކެންޕެއިނަށް ހަނިމާދޫއަށް ވަޑައިގެން އެރަށު ރައްޔިތުންނާ ބައްދަލު ކުރައްވާ ވާހަކަ ދައްކަވަމުން ދިޔަ ވަގުތު، އެ ސަރަހައްދުގައި ދިވެހި ފުލުހުންނާއި ސިފައިން ފިޔަވާ އިތުރު ބަޔަކު ހަމަ އެގޮތަށް ބައިބަޔަށް އެނބުރޭތަން ފެނުނު ކަމަށާއި، އެމީހުންނަކީ އިންޑިއާ ސިފައިން ކަމަށް ބައެއް މީހުން ބުނާ ކަމަށެވެ. އަދި އެމީހުން އެމީހުން ހަރަކާތްތެރިވަމުންދިޔައީ ގާސިމްގެ ސަލާމަތާއި ރައްކާތެރިކަމަށް ބުނި ކަމަށާ، ނަމަވެސް ދިވެހި ފުލުހުންނާއި ސިފައިން ތިއްްބާ އިންޑިއާ ސިފައިން އެކަން ކުރަންވީ ސަބަބެއް ނުވިސްނޭ ކަމަށް އޭނާ ވިދާޅުވި އެވެ. 

ޤާސިމް ވިދާޅުވީ ވަކި ބޭފުޅަކު ވެރިކަމަށް ގެނައުމަށް އަވައްޓެރި ވަކި ގައުމަކުން ވަރަށް ބޮޑަށް ވިސްނުން ގެންގުޅޭކަމަށެވެ. އަދި އެކަންކަމުގެ ފަހަތުގައި ފޮރުވިފައިވާ ކަންތައްތަކެއް ހުރިކަން ހާމަވާ ކަމަށްވެސް ވިދާޅުވިއެވެ.

މީގެ އިތުރުން ގާސިމް ވިދާޅުވީ ފާއިތުވެދިޔަ ތިން ހަތަރު އަހަރުތެރޭ 3 ބިލިޔަނަށްވުރެ ގިނަ ޑޮލަރުގެ ފައިސާ ލޯނުގެ ގޮތުގައި ނަގާފައިވާކަމަށާ، އެ ފައިސާ ދައްކަން ޖެހެނީ ކިތައް އަހަރުން ކަމެއްވެސް ސަރުކާރަށް ނޭގޭ ކަމަށެވެ. 

"މިއަދުގެ ދުނިޔޭގައި އެއްގޮތަކަށްވެސް ހަނގުރާމަވެރިން ނާންނާނެ ޤައުމު ހިފާން ހަނގުރާމަ ކުރާކަށް. އަދި އަމުދުން މިކަހަލަ ކުދިކުދި ޖަޒީރާ ޤައުމުތައް. އެހެންކަހަލަ އުކުޅުތައް ބޭނުންކޮށްގެން ފައިސާގެ ދަހިވެތިކަން ދީ ދަރަނިވެރިކޮށްގެން ތަންތަން ހިފަމުންދާނީ."

ގާސިމް އިބްރާހިމް 

މިއާއެކު ގާސިމް ވަނީ، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހަށް ދެވަނަ ދައުރަކަށް އިންތިހާބުކޮށްގެން، ދިވެހިރާއްޖެ ބަޔަކަށް ދަރަނިވެރި އަޅުވެތިވެގެން ދާނެކަން ފާހަގަކުރައްވައި އެކަން އެގޮތަށް ވާން ދިވެހިން ބޭނުންވޭތޯ ސުވާލު ކުރައްވާފައެވެ. 

ކޮމެންޓް
ޢިބްރާހީމް
ތިކަންކަން ތިޔަހިސާބަށް ގެންދިޔައީ ގާސިމްވެސް ބައިވެރިވެގެން . މިހާރު ދައްކާ ވާހަކަ ރައްޔިތުން ގަބޫލެއް ނުކުރާނެ .
20 Aug 2023
ގުޅޭ ލިޔުންތައް
02 Aug 2026
ޖޫސްޕެޓީ ކޮތަޅަކަށް މަސްތުވާތަކެތި އަޅައިގެން އުޅެނިކޮށް ހައްޔަރު ކޮށްފި
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ އުދަރެސް / ތ. ދިޔަމިގިލި، ރާޝިދު ޢަބްދުލްމަޖީދު (26އ) އެވެ.
02 Aug 2026
މީގެ 40 އަހަރު ކުރިން ގެއްލުނު މީހަކު ދިރިހުރިތޯ ބަލަން އިއުލާންކޮށްފި
ގެމަނަފުށީ ކޯޓުން ބުރާސްފަތި ދުވަހު ކުރި އިއުލާނެއްގައި ބުނެފައިވަނީ، ދިރިހުރިތޯ ބަލަމުންދަނީ ގއ. ދިޔަދޫ / ތަނޑިރަތްމާގޭ، ހަސަން މުހައްމަދު ކަމަށެވެ. އެހެންކަމުން، އޭނާ ދުނިޔޭގައި ހުރިކަން ނުވަތަ ނެތްކަން އެނގޭ އެއްވެސް ފަރާތެއް ވާނަމަ، ކުރިއަށް އޮތް 10 ދުވަހުގެ ތެރޭގައި ލިޔުމަކުން އެކަން އެ ކޯޓަށް އެންގުމަށް ވަނީ އެދިފައެވެ.
02 Aug 2026
ކޮޅުވެއްޓި ބަންޑުން ޖަހާލައިގެން ގެއްލުނު ދެ މީހުން އަދިވެސް ނުފެނޭ
މި މަސައްކަތުގައި ކަނޑުމަގުން ކޯސްޓްގާޑް ޝިޕް 'އިމާދުއްދީން' އާއި ފާސްޓް އިންޓަރސެޕްޓަރ ކްރާފްޓް ހަރަކާތްތެރިވަމުން ދާއިރު، މިހާތަނަށް ކުރެވުނު މަސައްކަތުން އެ ދެ މީހުން އަދި ފެނިފައެއް ނުވެއެވެ.
02 Aug 2026
އަބަދު ނިދި އައިސްފައި ހުންނަނީ ކީއްވެ؟
ހެނދުނު ހޭލީއްސުރެ ނިދި އައިސްފައި, އޮފީހުގައި ލޯ ހުޅުވައިގެން އިނުން ދަތިވެފައި، ހަވީރު ގެއަށް އައިސް ސޯފާގައި ޖައްސައިލާ ގޮތަށް ނިދިފައި, މިއީ ވަރަށް ގިނަ ދިވެހީންނަށް ކޮންމެ ދުވަހަކު ކުރެވޭ ތަޖުރިބާއެކެވެ.
02 Aug 2026
އިރާނަށް ދޭން އުޅުނު ހަމަލާތައް މަޑުޖައްސާލައިފިން: ޑޮނަލްޑް ޓްރަމްޕް
ޓްރަމްޕް ބުނީ އިރާނާއެކު "އަވަސް" އެއްބަސްވުމަކަށް އާދެވޭނެ ކަމުގެ އުންމީދުގައި ހަމަލާތައް ކެންސަލް ކުރަން ނިންމީ، އިރާނާއި މެދުއިރުމަތީގެ ބައެއް އެހެން ގައުމުތަކުން އެކަމަށް އެދުމުން ކަމަށެވެ. މި އެއްބަސްވުމުގެ ދަށުން ހޯރްމޫޒް ކަނޑުއޮޅި ވަގުތުން ހުޅުވާލުމާއި، އިރާނުގެ ނިއުކްލިއަރ ބިރުވެރިކަން ނިމުމަކަށް ގެންނަން ޖެހޭނެ ކަމަށް ޓްރަމްޕް ބުންޏެވެ.
01 Aug 2026
ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ މިފަހަރު ލައްވާލީ އެންމެ ވަރުގަދަ ގްރޫއްޕްގައި
މިފަހަރުގެ ސާފް ޗެމްޕިއަންޝިޕް ބޭއްވުމަށް ހަމަޖެހިފައިވަނީ ބަންގްލަދޭޝްގައެވެ. މުބާރާތް ކުރިއަށްގެންދިއުމަށް ނިންމާފައިވަނީ ނޮވެމްބަރުމަހުގެ 4 ކުން ފެށިގެން 17 ގެ ނިޔަލަށެވެ.
01 Aug 2026
ސިފައިންގެ 73 ވަނަ އަސާސީ ތަމްރީން ކޯހުގެ ދަސްވެނިވުން ބާއްވައިފި
01 Aug 2026
އޮމަދޫ ފުލުހުންގެ މަރުކަޒުގެ މަސައްކަތް ކުރިއަށް