އަލީ ރަމީޒު--
ހަބަރު
20 Aug 2023 | 17:56
"އަލީ ރަމީޒުގެ އިމާމްކަން ކުރުމުގެ ހުއްދަ ހިފަހައްޓާފައިވަނީ މިނިސްޓަރު އަންގައިގެން"

ދާރިސް ޓީވީގެ ސްޓޭޝަން މެނޭޖަރު އަލީ ރަމީޒުގެ އިމާމުކަން ކުރުމުގެ ހުއްދަ ހިފަހައްޓާފައިވަނީ އިސްލާމިކް މިނިސްޓަރު ޑރ. އަހްމަދު ޒާހިރުގެ އެންގެވުމަށްކަމަށް އެ މިނިސްޓްރީގެ ކުރީގެ ޕާމަނަންޓް ސެކެރެޓަރީ ހަސީބް އިސްމާއިލް ވިދާޅުވެއްޖެއެވެ.

އިމާމުވެ ހުކުރުނަމާދު ކުރުމާއި އީދު ނަމާދު ކުރުމުގެ ހުއްދަ އަލީ ރަމީޒަށް ދީފައިވަނީ އޮކްޓޫބަރު 11، 2010 ވަނަ އަހަރު އެވެ. އެހެންނަމަވެސް، އޭނާ އިއްޔެ މީސްމީޑިއާގައި އާއްމު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އިސްލާމިކް މިނިސްޓްރީން އޭނާގެ އިމާމު ކަމުގެ ހުއްދަ ހިފަހައްޓާފައިވާތާ ފަސް އަހަރު ވެފައިވާ ކަމަށެވެ. 

މިކަމާއި ގުޅިގެން ހަސީބު ފޭސްބުކުގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އަލީ ރަމީޒުގެ އިމާމް ކަމުގެ ހުއްދަ ހިފެހެއްޓި މައްސަލާގައި ބައެއް ފަރާތްތަކުން އޭނާ އާއި ސުވާލު ކުރަމުން ގެންދާ ކަމަށެވެ. 

އެހެންކަމުން އެކަން ވެފައި އޮތް ގޮތް ސާފުކޮށްދެއްވަމުން ހަސީބު ވިދާޅުވީ، މާލޭ އޭރިޔާގެ މިސްކިތްތަކުގައި އިމާމުވެ ނަމާދުކުރުމަށްޓަކައި އިސްލާމިކް މިނިސްޓްރީގައި ކަނޑައަޅާފައި އޮންނަ އިމާމުންގެ ޕޫލްގައި ރަޖިސްޓްރީވުމަށް އެދި 2019 ވަނަ އަހަރުގެ ތެރޭގައި އަލީ ރަމީޒް އެ މިނިސްޓްރީގައި އެދުނު އެދުމަށް އެ މިނިސްޓްރީން އެއްވެސް މަގުބޫލު ސަބަބެއް ނެތި 2021 ވަނަ އަހަރުގެ އޮގަސްޓްމަހާއި ޖެހެންދެންވެސް އެ މައްސަލައިގައި ވަކި ޖަވާބެއް ދީފައި ނުވާކަމަށެވެ.

އަދި އަލީއަށް އިމާމުކަން ކުރުމުގެ ފުރުސަތު ނުދީ އޮތީ އެ މިނިސްޓްރީގެ އެންމެ އިސް ފަރާތުގެ އެންގެވުމުގެ މަތިންކަން އޭރުގެ މިނިސްޓްރީގެ ކަންކަން ހިންގަން ހުރި ފަރާތުގެ ހައިސިއްޔަތުން އޭނާއަށް އެނގިފައިވާތީ އެކަން ރައްޔިތުންނަށް ސާފުކޮށްދޭން ބޭނުންވާކަމަށްވެސް ހަސީބު ވިދާޅުވެފައިވެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ
03 Aug 2026
ވެހިކަލް ފީ މާލެ ސިޓީ ކައުންސިލް ބަޖެޓުން އުނިކުރަން އެދިއްޖެ
އެއްގަމު އުޅަނދުތަކުގެ އަހަރީ ފީގެ ގޮތުގައި މާލޭ ސިޓީ ކައުންސިލަށް ލިބޭ ފައިސާ އެ ކައުންސިލުގެ ބަޖެޓުން އުނިކޮށް ސަރުކާރަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށް ހައުސިން ވުޒާރާގެ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބު އެދިވަޑައިގެންފިއެވެ.
03 Aug 2026
އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުގައި އިންސާފްކޮށްދޭނޭ ފަނޑިޔާރުން ހޯދަނީ
ޝަރުތުތަކުގެ ތެރޭގައި ވާދަކުރުމުގެ ބައިގައި އެއްވެސް ގިންތިއަކުން ވާދަކުރާ ފަރާތެއް ކަމުގައި ނުވުމާއި، ފަނޑިޔާރުކަން ކުރުމަށް ހުށަހަޅާ ގިންތީގައި ވާދަކުރާ ފަރާތަކާއި އާއިލީ ގުޅުމެއް އޮތް ފަރާތެއް ނުވަތަ ވިޔާފާރީގެ މަސްލަހަތު އޮތް ފަރާތެއްކަމުގައި ނުވުމެވެ. މީގެ އިތުރުންވެސް އިތުރު ޝަރުތުތައް ހިމެނޭ