ޑރ މުއިއްޒު ހިތަދޫ ޖަލްސާގައި ވާހަކަދައްކަވަނީ/ ފޮޓޯ: ޕީޕީއެމް
ހަބަރު
21 Aug 2023 | 23:21
ރައްޔިތުން ނިންމަންވީ، ބްރިޖު އެޅި މީހުން ތޯ؟ ނޫނީ އަޅަން އުޅެ ނޭޅުނު މީހުން ތޯ؟ : ޑރ މުއިއްޒު

ދެ ސަރުކާރަކުން ބްރިޖު އެޅުމުގެ މަސައްކަތް ކުރިއަށް ގެންގޮސްފައިވާ ގޮތް ރައްޔިތުންނަށް ފެނިގެންދާނެ ކަމަށާއި، ވޯޓުދެއްވާނީ ބްރިޖުގެ މަސައްކަތް ވައުދުވިގޮތަށް ނިންމުނު މީހުންނަށްތޯ ނުވަތަ އެ ވައުދުވެ އެކަން ނުކުރެވުނު މީހުންނަށްތޯ ގޮތް ނިންމަވާއިރު، ރައްޔިތުން އެކަމާއި ވިސްނާވަޑައިގަތުމަށް ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓު ޑރ މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ. 

ޑރ މުއިއްޒު މިފަދައިން ވިދާޅުވެފައި ވަނީ އައްޑޫ ސިޓީއަށް ޑރ މުއިއްޒު ކުރައްވާ ރިޔާސީ ކެމްޕޭނު ދަތުރުފުޅުގައި އައްޑޫ ސިޓީ ހިތަދޫގައި ބޭއްވި ކެމްޕޭނު ޖަލްސާގައި ރައްޔިތުން އެދޭގޮތަށް ހިތަދޫގައި ބްރިޖު އަޅުއްވާދެއްވާނެ ކަމަށް ވައުދުވެވަޑައިގެން ވާހަކަފުޅު ދައްކަވަމުން ނެވެ. 

ޑރ މުއިއްޒު ވިދާޅުވީ ބްރިޖަކީ ހަމައެކަނި ބްރިޖެއް އަޅާލުމަށް ކުރާކަމެއް ނޫން ކަމަށެވެ. އެގޮތުން ބްރިޖަކީ ތަރައްގީގެ ކުރިމަގަށް އެޅޭ ފާލަމެއް ކަމަށާއި، އެއީ ސަރަހައްދީ ތަރައްގީއަށް ކުރާ "އިންވެސްޓުމަންޓެއް" ގެ ގޮތުގައި ޑރ މުއިއްޒު ސިފަކުރެއްވި އެވެ. އަދި އެއީ ދެކޮޅުޖެހޭ ސިޔާސަތުގެ ތެރެއިން އޭގެ ފައިދާ ލިބިގެންދާނެ އިންވެސްޓެއްކަން ޑރ މުއިއްޒު ފާހަގަކުރެއްވި އެވެ. 

ޑރ މުއިއްޒު ވިދާޅުވީ ހިތަދޫ ބްރިޖު އެޅުމުގެ މަޝްރޫއު ކުރިއަށް ގެންގޮސްދެއްވާނެކަމުގެ ޔަގީންކަން ދެއްވާކަމަށެވެ. 

ބްރިޖު އެޅުމުގެ ވާހަކަތައް އަދި، ބްރިޖު އެޅުމަށް ވައުދުވާއިރު، ދެ ސަރުކާރަކުން ބްރިޖު އެޅުމުގެ މަޝްރޫއު ކުރިއަށް ގެންގޮސްފައިވާ ގޮތް ރައްޔިތުން ވާނީ ވަރަށް ގާތުން ތަޖުރިބާކޮށްފައިވާނެކަމަށް ޑރ މުއިއްޒު ވިދާޅުވި އެވެ. 

އަދި އެ ވާހަކައާއި ގުޅުވާ ޑރ މުއިއްޒު ވިދާޅުވީ ރައްޔިތުންނާއި ޤައުމުގެ ތަރައްގީއަށް ކުރަން ޖެހިފައިވާ މުހިންމު ގިނަ މަސައްކަތަކެއް ހުރި ނަމަވެސް ގައުމު ހަވާލުކުރާނީ ކޮން ބަޔަކާކަން ޚިޔާރުކުރައްވާނީ ރައްޔިތުން ކަމަށެވެ. 

އެހެން ނަމަވެސް އެ ނިންމުން ނިންމަވާއިރު، ގައުމު ހަވާލުކުރާނީ ވައުދުވި ގޮތަށް ބްރިޖު އެޅި މީހުންނާއި ތޯ؟ ނުވަތަ އެ ވައުދުވެ ބްރިޖު އަޅަން އުޅެ ނޭޅުނު މީހުންނާތޯ ރައްޔިތުން އަމިއްލައަށް ސުވާލުކުރެއްވުމަށްފަހު ގޮތް ނިންމެވުމަށް ޑރ މުއިއްޒު ވަނީ އެދިވަޑައިގެންފަ އެވެ. 

"ބްރިޖެއް އެޅުނުތަނާއި، އަޅަން އުޅެ ނޭޅުނުތަނާއި، ރައްޔިތުންނަށް ފެނިފައި އޮންނާނެ. އެހެންވީމަ ރައްޔިތުން ޚިޔާރުކުރަންވީ ބްރިޖު އެޅި ފަރާތްތޯ؟ އަޅަން އުޅެ ނޭޅި ފަރާތްތޯ؟ ގައުމު ހަވާލުކުރާނީ؟

ޑރ މުޙައްމަދު މުއިއްޒު 

ޑރ މުއިއްޒު ވިދާޅުވީ ރައްޔިތުން ގޮތް ނިންމާ، ބްރިޖު އެޅުމުގެ މަސައްކަތް ނިންމި ފަރާތާއި ގައުމުގެ ހިންގުން ހަވާލުކޮށްފިކަމަށް ވާނަމަ އަދި ރައްޔިތުން ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނަށް އިތުބާރުކޮށް ވެރިކަން ދީފިކަމަށް ވާނަމަ ހިތަދޫގައި ބްރިޖު އަޅާދެއްވާނެކަމުގެ ޔަގީންކަން ދެއްވާކަމަށް ޑރ މުއިއްޒު ވިދާޅުވި އެވެ. 

ބްރިޖުގެ އިތުރުން ވެސް އައްޑޫ ސިޓީ ތަރައްގީކުރުމަށް ޕްރޮގްރެސިވް ކޮންގްރެސް ކޯލީޝަނުން ގިނަ ކަންތައްތަކެއް ކުރުމަށް ރާވާފައިވާ ކަމަށާއި، ރައްޔިތުން ފުރުސަތު ދެއްވައިފި ނަމަ އެކަންކަން ކުރާނެކަމުގެ ޔަގީންކަން ވެސް ދެއްވާކަމަށް ޑރ މުއިއްޒު ވިދާޅުވި އެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ