ތުޅާދޫގައި ބޭއްވުނު ޖަލްސާގައި ދާޚިލީ ވަޒީރު ޢިމްރާން ވާހަކަަދައްކަވަނީ. ފޮޓޯ:އެމްޑީޕީ
ހަބަރު
22 Aug 2023 | 10:41
ޤައުމެއް ތަރައްޤީ ވާނީ އެޤައުމެއްގެ މީހުންދިރިއުޅޭ ހުރިހާތަނެއް ތަރައްޤީވެގެން: ޢިމްރާން

ޤައުމެއް ތަރައްޤީ ވާނީ އެޤައުމެއްގެ މީހުންދިރިއުޅޭ ހުރިހާތަނެއް ތަރައްޤީވެގެން ކަމަށް ދާޚިލީ ވަޒީރު އަދި ޢަދާލަތު ޕާޓީގެ ރައީސް ޢިމްރާން އަބްދުالله ވިދާޅުވެއްޖެއެވެ.

ޢިމްރާން މިހެން ވިދާޅުވީ ރިޔާސީ އިންތިޚާބުގެ ކެމްޕޭނަށް ބ ތުޅާދޫގައި ބޭއްވުނު ރައީސް ޞާލިޙްގެ ކެމްޕޭނު ޖަލްސާއެއްގައި ވާހަކަދައްކަވަމުންނެވެ.

"ޤައުމެއް ތަރައްޤީވާނީ އެޤައުމެއްގެ ރައްޔިތަކު ދިރިއުޅޭ ހުރިހާ ސިޓީ އެއް ހުރިހާ އަވަށެއް، ހުރިހާ ބައެއް ތަރައްޤީވެގެން، މި ޤައުމު ތަރައްޤީވާނީ މި ޤައުމުގެ މީހުން އުޅޭ ހުރިހާ ރަށެއް ތަރައްޤީކޮށްގެން، ހުރިހާ ރަށަކަށް ކުރިއެރުން ހޯދައިގެން، ހުރިހާ އެންމެންގެ ދިރިއުޅުމުގެ ފެންވަރު މައްޗަށް ޖައްސައިގެން" ޢިމްރާން ވިދާޅުވިއެވެ.

އޭގެ އިތުރުން ޢިމްރާން ވިދާޅުވީ ރާއްޖެ ތަރައްޤީވާނީ މިރާއްޖޭގައި ދިރިއުޅޭ ކޮންމެ މުވާޠިނެއްގެ ވިސްނުމާއި ފިކުރާއި ދިރިއުޅުމުގެ ފެންވަރު މައްޗަށް ޖައްސައި ދީގެން ކަމަށެވެ.

ޢިމްރާން ވިދާޅުވީ އެކަމަށްޓަކައި ރައީސް ޞާލިޙް ހިންގަވާ ހުރިހާ ޕްރޮގްރާމްތައް އޮތީ ވަރަށް ޝާމިލްކޮށް ވަށައިޖެހޭގޮތައް ކަމަށެވެ. އެގޮތުން ކިޔަވައިދިނުމާއި، އުނގަންނައި ދިނުމާއި، ތަމްރީނު ދިނުމާއި، ހުނަރުވެރިކަމާއި، މަސައްކަތްކުރެވޭނެ ގޮތާއި ލޯނާއި ހުރިހާ އެއްޗެއް ވަށައިޖެހޭގޮތައް މިގެންދެވެނީ މުޅި ރާއްޖެ ތަރައްޤީ ކޮށްގެންކަމަށް އޭނާ ވިދާޅުވިއެވެ.

ޢިމްރާން ވިދާޅުވީ މިއަދު ފެންނަނީ ވާދަވެރި ކެންޑިޑޭޓުން ނުކުމެ ކޮންމެވެސް އެއްތަންކޮޅެއް ތަރައްޤީ ކުރުމަށް ހިފައިގެން އުޅޭ ތަން ކަމަށެވެ.

"ވަރަށް ސާފުކޮށް އަޅުގަނޑުމެންނަށް އެބަ އިނގޭ ރައީސުލް ޖުމްހޫރިއްޔާ މިޤައުމު ތަރައްޤީ ކުރުމަށް މިގެންގުޅުއްވާ ވަރުގެ ފުރިހަމަ ޝާމިލް ތަޞައްވުރެއް އޮތް ތަރައްޤީގެ ފުރިހަމަ މެނިފެސްޓޯ އެއް އޮތް އެއްވެސް ކެންޑިޑޭޓަކު ނެތް" ޢިމްރާން ވިދާޅުވިއެވެ.

މީގެ އިތުރުން ޢިމްރާން ވިދާޅުވީ ރާއްޖޭގެ ހުރިހާ ރައްޔިތުންނެއް ތަރައްޤީ ކުރާނެ މެނިފެސްޓޯއެއް އޮތީ ރައީސް ޞާލިޙްގެ އަތުގައި ކަމަށެވެ.

ބ. އަތޮޅަށް ރައީސް ޞާލިޙާއި ޓީމުން ކުރައްވަމުން ގެންދަވާ ކެމްޕޭނު ދަތުރުފުޅުގައި މިއަދުވެސް ބ.އަތޮޅުގެ ބައެއް ރަށްރަށަށް ވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
ވީއައިއޭއާއި މާމަހި ލައުންޖް ވޯލްޑް ޓްރެވަލް އެވޯޑްސް އަށް ނޮމިނޭޓްވެއްޖެ
ވޯލްޑް ޓްރެވަލް އެވޯޑްސް 2026 ގެ ޝަރަފުވެރި ދެ ކެޓަގަރީއަކުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓާއި މާމަހި އެގްޒެކެޓިވް ލައުންޖް ނޮމިނޭޓްވެއްޖެއެވެ.
04 Aug 2026
އެސްޖޭ މިސްކިތް ލަސްވުމުން ކުންފުނީގެ ދިފާޢުގައި ޝަހީމް ނުކުންނަވައިފި
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހުޅުމާލެ އުތުރު ދާއިރާގެ މެންބަރު ޙުސައިން ޝަރީފު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ވަޒީރު ވިދާޅުވީ، އެ މިސްކިތް ބިނާކުރުމުގެ ކަންކަމާގުޅޭ އިދާރީ މަސައްކަތާއި އަދި މިސްކިތުގެ ޑިޒައިނާއި ގުޅިގެން، މަސައްކަތްކުރިއަށް ގެންދާ ކުންފުންޏަށް ބޮޑެތި ދަތިތަކާ ކުރިމަތިލާންޖެހިފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރު ސުވާލުކުރެއްވި އިރު މިސްކިތުގެ މައްސަލަ ހައްލުވިތާ 4 މަސް ފާއިތުވެ ހިނގައްޖެ
މެމްބަރުގެ ސުވާލަށް ޖަވާބުދެއްވަމުން މިނިސްޓަރު ޝަހީމް ވިދާޅުވީ، ތުޅާދޫ މިސްކިތް ހުރި ސަރަހައްދުން ގަބުރުތައް ނަގައި ސާފްކޮށް ނިމިގެންދިޔަ ރޯދަމަހު އެ މިސްކިތުގައި ނަމާދުކުރަން ފަށާފައިވާކަމަށެވެ
04 Aug 2026
ޣައްޒާގައި ބޭއްވޭ އެންމެ ބޮޑު އެއް ޖަނާޒާ މިއަދު
އިސްރާއީލުގެ ނިރުބަވެރި ބާރުތަކުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކުގައި ޝަހީދުކޮށްލާފައިވާ އެއް އާއިލާއަކަށް ނިސްބަތްވާ 112 މީހެއްގެ ހަށިގަނޑު ވަޅުލުމަށް ބާއްވާ ބޮޑު ޖަނާޒާ މިއަދު ބޭއްވުމަށް ތައްޔާރުވެއްޖެއެވެ. މިއީ މި ޤަތުލްއާއްމު ފެށުނު ފަހުން ބޭއްވޭ އެންމެ ބޮޑު އެއް ޖަނާޒާއެވެ.
04 Aug 2026
މި ދައުރުގައި ޤުރުއާނާ ބެހޭ މަރުކަޒުގެ މަސައްކަތްތައް ހުރިހާ ރަށަކަށް ފުޅާކުރެވޭނެ
މި ދައުރުގެ ތެރޭގައި ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުގެ މަސައްކަތްތައް މުޅި ރާއްޖެއަށް ފުޅާ ކުރެވިގެންދާނެ ކަމަށް އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ މުހައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
04 Aug 2026
ކޮޅުވެއްޓިން ގެއްލުނު ދެ މީހުން އަދިވެސް ނުފެނޭ
ކ. ގާފަރު ކައިރިން ބަންޑުންޖަހާލި އެލްސީވީން ގެއްލިގެން ހޯދަމުންދާ ދެ މީހުން ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް ކޯސްޓްގާޑުން ކަނޑާއި ވައިގެ މަގުން ކުރިއަށްގެންދާ ކަމަށާ އެހެން ނަމަވެސް އަދި އެމީހުން ނުފެންނަ ކަމަށް އެ އިދާރާއިން ބުނެފިއެވެ.
04 Aug 2026
ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރުގައި 15،403 މީހުން
މިއަހަރުގެ އެޕްރީލް މަހުގެ ނިޔަލަށް ރާއްޖޭގައި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ގޮތުގައި 15،403 ފަރާތެއް ދަފްތަރުކުރެވިފައިވާ ކަމަށް އެންސްޕާއިން ބުނެފިއެވެ. މީގެ ތެރޭގައި އޭޕްރީލް މަހު އަލަށް ރަޖިސްޓަރީވި 96 ފަރާތެއްވެސް ހިމެނެއެވެ.
04 Aug 2026
ނިޔަފަތި ކެއުމުގެ އާދަ ހުއްޓައިލާނީ ކިހިނެއް؟
ނިޔަފަތި ކެއުމަކީ ގިނަ ބަޔަކު ނޭނގި ނަމަވެސް ކޮށް އުޅޭ ވަރަށް ޢާންމު އާދައެކެވެ. ދިރާސާތަކުން ދައްކާ ގޮތުގައި ފުރާވަރުގެ ކުދީންގެ ތެރެއިން ގާތްގަނޑަކަށް 45 އިންސައްތަ ކުދީން ނިޔަފަތި ކައެވެ. އަދި ކުޑަކުދީންގެ ތެރެއިން 30 އިންސައްތަ ކުދީންނާއި ޒުވާނުންގެ ތެރެއިން 25 އިންސައްތަ މީހުންނާއި ދޮށީ ޢުމުރުގެ ފަސް އިންސައްތަ މީހުންގެ ގައިގައި މި އާދަ ހުރެއެވެ.