މާޅޮހުގައި ބޭއްވި ޖަލްސާގައި ރައީސް ޞާލިޙް ވާހަކަދައްކަވަނީ. ފޮޓޯ: އެމްޑީޕީ
ހަބަރު
22 Aug 2023 | 12:50
ތަރައްޤީގެ މަޝްރޫޢުތައް ކުރިއަށް މިގެންދަނީ ކުރިއަށްއޮތް ޖީލުތަކަށް ރާއްޖޭގެ ރީތިކަން ވާރުތަވާނޭހެން: ރައީސް ޞާލިޙް

ރާއްޖޭގައި ހިންގަމުންދާ ތަރައްޤީގެ މަޝްރޫޢުތައް ކުރިއަށް ގެންދަނީ ކުރިއަށް އޮތްޖީލުތަކަށް ރާއްޖޭގެ ޤުދުރަތީ ރީތިކަން ވާރުތަކުރެވޭނޭހެން ކަމަށް ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ވިދާޅުއްޖެއެވެ.

ރައީސް ޞާލިޙް މިހެން ވިދާޅުވީ ރިޔާސީ ކެމްޕޭނަށް ބ.އަތޮޅު މާޅޮހަށް ވަޑައިގެން އެރަށު ރައްޔިތުންނާއި ބައްދަލު ކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.

"އަޅުގަނޑުމެންގެ ތަރައްޤީގެ މަޝްރޫޢުތައް ކުރިއަށް މިގެންދަނީ ރާއްޖެ ހިމާޔަތްކޮށް ކުރިއަށް އޮތް ޖީލުތަކަށްވެސް މިރާއްޖޭގެ މިރީތި ކަމާއި، މިމުއްސަނދިކަން ވާރުތަކުރެވޭނެ ގޮތައް" ރައީސް ޞާލިޙް ވިދާޅުވިއެވެ.

ރައީސް ޞާލިޙް ވިދާޅުވީ ތަންތަން ހިމާޔަތް ކޮށްފައި ބާއްވާ އިރުގައި އޭގެ އެންމެ ރަނގަޅު ފައިދާ އެތަނަކުން ލިބޭ ގޮތައް އެކަން ކުރަންއެބަޖެހޭ ކަމަށެވެ. އަދި ކުރިއަށް އޮތް ދައުރުގެ ތެރޭގައި ހިމާޔަތް ކުރެވޭ ތަންތަނުން ރަނގަޅު ފައިދާލިބޭ  ކަހަލަ ނިޒާމަކަށް އެކަންތައް ބަދަލު ކޮށް އޭގެތެރެއިން އެރަށަކަށާއި އެއަތޮޅަކަށާއި މުޅި ރާއްޖެއަށް އެތަނަކުން ފައިދާ ލިބޭފަދަ ނިޒާމެއްގެ ދަށަށް އެތަންތަން ގެންނާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

"މިހާތަނަށް އައި އިރުގައި މި ސަރުކާރުން ސޯލާ ހަކަތަ  34.6 މެގަވޯޓުގެ ސޯލާ ހަކަތަ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޖަހައިފިން، މީގެ ސަބަބުން އެރަށްރަށުގެ ކަރަންޓުގެ އަގަށް ހެޔޮ ބަދަލުތަކެއް ލުއި ބަދަލުތަކެއް އެބަލިބޭ، ކުރިއަށް އޮތް ތަނުގައި މި ޕްރޮގްރާމް އިތުރަށް ހިންގައި ވަކިވަކިން ގޭގޭގައި ސޯލާ ބެހެއްޓޭ ގޮތައް ފެނަކައިން އެދަނީ އެމަސައްކަތް ކުރަމުން" ރައީސް ޞާލިޙް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އޭގެ ސަބަބުން ގޭގޭގެ ކަރަންޓު ބިލަށް އެތައް ބޮޑުތަނެއް ލުއިވެގެން ދާނެކަމަށެވެ. އަދި ރާއްޖެ އެތެރެކުރާ ޑިސަލާއި ޕެޓްރޯލަށް ޚަރަދުކުރާ ބޭރު ފައިސާގެ އެތައް ގުނައެއް ރައްކާ ކުރެވޭނެ ކަމަށް ރައީސް ޞާލިޙް ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް ޞާލިޙް ވިދާޅުވީ ރޭގައި އިޢުލާނު ކުރެވުނު ސަރުކާރުގެ މުވައްޒަފުންގެ މުސާރަ އިތުރުކުރުމުގެ ވާހަކައަށް ޢަމަލު ކުރެވެން ފެށުމާއި އެކު ރާއްޖެއަށް ބޮޑު ބަދަލެއް އަންނާނެ ކަމަށާއި އޭގެ ސަބަބުން ރައްޔިތުންގެ ދިރިއުޅުން އުފާވެރި ވެގެން ދާނެ ކަމަށެވެ.

ބ. އަތޮޅަށް ކުރައްވަމުން މިގެންދަވާ ދަތުރުފުޅުގައި މިއަދު މާޅޮސް، ދޮންފަނު، ކިހާދޫ، ކަމަދޫ، ކެންދޫ އަދި ދަރަވަންދޫއަށް ވަޑައިގަންނަވާނެއެވެ. އަދި ދަރަވަންދޫގައި ޖަގަހަ ބައްދަލުވުމެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Aug 2026
ކައުންސިލްތަކުގެ އިހުތިސާސްގައި ހިމެނޭ ބިންތައް ސަރުކާރަށް ނެގޭ އިސްލާހެއް
ރަށްރަށާއި ސިޓީ ކައުންސިލްތަކުގެ އިހުތިސާސްގެ ތެރޭގައި ހިމެނޭ ބިންތަކާއި ތަންތަން، ސަރުކާރުގެ ތަރައްގީގެ މަޝްރޫއުތައް ހިންގުމަށްޓަކައި ސަރުކާރަށް ނެގޭގޮތަށް ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް މުހިންމު އިސްލާހުތަކެއް ގެނައުމުގެ ބިލު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.
05 Aug 2026
ވިލުންތެރި ދައުލަތެއް ބިނާކުރެވޭނީ ނަޒާހަތްތެރިކަން އިތުރުކޮށްގެން
މުސްތަގުބަލުގެ ޖީލުތަކަށް ހަރުދަނާ ޑިމޮކްރަސީތަކާއި ދުޅަހެޔޮ އިޤުތިޞާދުތައް ކަށަވަރުކޮށްދެވޭނީ ނަޒާހަތްތެރިކަމާއި ޖަވާބުދާރީވުމާއި ދެފުށް ފެންނަ ގޮތްތަކާއި އީޖާދީ ވުނަކުރުންމަތީ އެންމެން ގުޅިގެން މަސައްކަތް ކޮށްގެން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
05 Aug 2026
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން އއ. އުކުޅަހަށް ވަޑައިގަންނަވައިފި
ރައީސުލްޖުމްހުރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު އއ. އުކުޅަހަށް މިއަދު ވަޑައިގަންނަވައިފިއެވެ.
05 Aug 2026
ހުއްދަނެތް އުފެއްދުންތައް ފިހާރަތަކުންވެސް ލިބެން ހުރޭ: އެމްއެފްޑީއޭ
ރާއްޖޭގައި މިހާތަނަށް 8000 އަށްވުރެ ގިނަ ފުޑް ސަޕްލިމަންޓް ލިސްޓުކޮށްފައިވާ ކަމަށާއި ހުއްދައެއް ނެތި ސަޕްލިމަންޓްތައް އިޝްތިހާރު ނުކޮށްވެސް ވިއްކަމުންދާކަމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން ބުނެފިއެވެ.
05 Aug 2026
ދިރިއުޅޭ މާހައުލުގެ ސަބަބުންވެސް ދަރިވަރުންގެ ނަތީޖާއަށް އަސަރު ކުރޭ
ދަރިވަރަކު ސްކޫލުން ހޯދާ ނަތީޖާއަކީ ހަމައެކަނި އެ ކުއްޖަކު ފޮތްތަކަށް ދޭ ސަމާލުކަމެއްގެ މައްޗަށް ބިނާވެފައިވާ ކަމެއް ނޫނެވެ. ދަރިވަރުން ދިރިއުޅޭ މާހައުލާއި، ގެދޮރުގެ ހާލަތަކީ އެކުދިންގެ ކިޔެވުމަށާއި އިމްތިޙާންތަކުގެ ނަތީޖާއަށް ސީދާ ގޮތުންނާއި ނުސީދާ ގޮތުން ބޮޑެތި އަސަރުތަކެއް ކުރާ ކަމެކެވެ. ދާދިފަހުން ކުރެވުނު ދިރާސާތަކުން ދައްކާ ގޮތުގައި، ދިރިއުޅޭ ތަނުގެ ފެންވަރު ދަށްވުމަކީ ދަރިވަރުން ސްކޫލަށް ހާޒިރުވާ މިންވަރު މަދުވެ، މާއްދާތަކުން ލިބޭ މާކްސް ދަށްވުމަށް މެދުވެރިވާ މައިގަނޑު އެއް ސަބަބެވެ.
05 Aug 2026
މޯދީއަށް ބަދުބަސް ބުނި އިންޑިއާގެ އަންހެން ކުއްޖަކަށް މަރުގެ އިންޒާރު
އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ފުރައްސާރަކޮށް ބަދުބަސް ބުނި ކަމަށް ބުނެ ފުލުހުންނަށް ހުށަހެޅި މައްސަލައަކާ ގުޅިގެން، ނޮއިޑާގެ އުމުރުން 15 އަހަރުގެ އަންހެން ކުއްޖަކާއި އޭނާގެ މަންމައަށް މަރުގެ އިންޒާރު ލިބި، ސަލާމަތީ ސަބަބުތަކަށްޓަކައި ތިން ފަހަރެއްގެ މަތިން ދިރިއުޅޭ ތަން ބަދަލުކުރަން މަޖުބޫރުވެއްޖެއެވެ.
05 Aug 2026
މެޑްރިޑް އަލިފާނުގެ ހާދިސާގައި ގެއްލުންވި ފަރާތްތަކަށް މެސީގެ ފަރާތުން މާލީ އެހީއެއް
އަލިފާނުގެ މި ހާދިސާގައި ގާތްގަނޑަކަށް 34,000 ހެކްޓަރުގެ ބޮޑު ސަރަހައްދެއް ވަނީ އަނދާ އަޅިއަށް ވެފައެވެ
05 Aug 2026
މާދަމާ މާފަރުގައި ފަށާ "ވިޔަނަ ކޭމްޕް" އަށް މުޅި ރަށް ތައްޔާރުވެއްޖެ
ޅ. ނައިފަރު ފަތިސް ޖަމްޢިއްޔާއިން އިސްނަގައިގެން ބާއްވަމުން އަންނަ ކާމިޔާބު "ވިޔަނަ ކޭމްޕް" ގެ 2026 ވަނަ އަހަރުގެ އެޑިޝަން މި މަހުގެ 6 ވަނަ ދުވަހު ނ. މާފަރުގައި ފެށުމަށްޓަކައި އެ ރަށުގެ މުވައްސަސާތަކާއި ޖަމްޢިއްޔާތަކުން ފުރިހަމައަށް ތައްޔާރުވެއްޖެއެވެ.