ސަންދާން އަހަންމައިދީ
ހަބަރު
23 Aug 2023 | 08:33
ސަންދާން އަހަންމައިދީ އަވަހާރަވެއްޖެ

ރާއްޖޭގެ ސިޔާސީ އިސްލާހީ މަސައްކަތުގައި މުހިންމު ދައުރެއް އަދާކުރެއްވި އަހްމަދު އިބްރާހިމް ދީދީ (ސަންދާން އަހަންމައިދީ) އަވަހާރަ ވެއްޖެ އެވެ.

އުމުރުން 72 އަހަރުގައި، ސަންދާން އަހަންމައިދީ އަވަހާރަވީ އާލާސްކަންފުޅާ އުޅުއްވާތާ ދުވަސްތަކެއް ފަހުން ރޭ ފަތިހުގެ ވަގުތެއް ގައެވެ. 

އަހަންމައިދީގެ ޖަނާޒާ އޮތީ އަސުރު ނަމާދަށް ފަހު ހުޅުމާލެ ސަހަރާގައެވެ.

އައްޑޫ ސިޓީއަށް އުފަން ސަންދާނު އަހައްމައިދީއަކީ ރާއްޖޭގެ ސިޔާސީ މަޝްރަހުގައި އެކި ދުވަސްވަރުމަތިން އުފެދުނު ހަލަބޮލިކަމުގައި ޤައުމު ހަމަމަގަށް އެޅުވުމުގައި މީޑިއާތަކާއި، މިނިވަން މުއައްސަސާތަކާއި، އަދި ސިޔާސީ ފަރާތްތަކާއި ގުޅިގެން މަސައްކަތްކުރެއްވި ޖެހިލުން ކުޑަ ބޭފުޅެކެވެ.

އެގޮތުން ރައީސް މައުމޫންގެ ވެެރިކަމުގައި ރާއްޖެއަށް އިސްލާހީ ބަދަލުތައް ގެނައުމަށް ކުރެވުނު މަސައްކަތުގައި އަހަންމައިދީ ވަނީ ވަރަށް އިސް ދައުރެއް އަދާކުރައްވާފައެވެ. 

ރައީސް މައުމޫންގެ ވެރިކަމުގެ ތެރޭގައި އިންޓަރނެޓްގެ ޒަރީއާއިން ނެރެން ފެށި ސަންދާންގެ އިސްމޭސްތިރިއަކީވެސް އަހައްމައިދީއެވެ. އެމަޖައްލާ ނެރުއްވައި އޭރު ދައުލަތާއި، ރައީސް މައުމޫނަށް ފާޑުވިދާޅުވެ ލިޔުއްވި ބައެއް އާޓިކަލް ތަކާއި ގުޅިގެން 2002 ވަނަ އަހަރު އަހައްމައިދީ އުމުރަށް ޖަލަށް ލެއްވިއެވެ.

ނަމަވެސް އޭގެ ފަހުން 2006 ވަނައަހަރު އަހައްމައިދީއަށް ރައީސް މައުމޫން ވަނީ މަޢާފު ދެއްވާފައެވެ.

އަހައްމައިދީ ވަނީ 2008 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިޚާބުގައި ޤައުމީ ޕާޓީގެ ޑރ.ހަސަން ސައީދަށް ތާއީދު ކުރައްވައި އެޕާޓީގައި މުހިންމު ދައުރެއް އަދާކުރައްވާފައެވެ.

އަދި 2008 ވަނަ އަހަރު ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ގެނައުމަށްވެސް މަސައްކަތް ކުރެއްވިއެވެ. އެފަހުން، ނަޝީދުގެ ސަރުކާރުގެ ތެރެއިން ހިނގަމުންދިޔަ ނޭދެވޭ ކަންކަމާއި ދެކޮޅަށް އިދިކޮޅު ފަރާތްތަކާއިއެކު މަސައްކަތް ކުރެއްވިއެވެ. އެ މަސައްކަތުގެ ތެރެއިން ތަކުރާރުކޮށް ހައްޔަރު ކުރެވި ޖަލުގައި ވެސް ބަންދު ކުރެވިފައި ވެއެވެ. 

ނަޝީދުގެ އިތުރުން ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ހިންގަމުން ދިޔަ ނުރަނގަޅު ކަންކަމާއި ދެކޮޅަށް ވެސް އަޑުއުފުއްލެވި އެވެ.

ސަންދާނު އަހައްމައިދީ އަކީ އޭނާގެ މިޒާޖުގައި ވަރަށް މަޑުމައިތިރި، ހިތްހެޔޮ އެންމެނާވެސް ވަރަށް ގުޅޭ ބޭފުޅެކެވެ. ހަތުރުންނާއި މިތުރުންނަށް ވަރަށް ގާތް ގުޅުމެއް ބޭއްވެވިއެވެ. ދީނީ ކަންކަމަށް ނުހަނު ފަރުވާތެރިވެވަޑައިގެންނެވި އެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
11 Oct 2026
ވަށަފަރު ކޮމެޓީގެ ރައީސާއި ތިން ރަށެއްގެ ކޮމެޓީއަށް މެންބަރުން ހޮވުން ނޮވެންބަރު 28 ގައި
ކޮމިޝަނުން ބުނީ ހއ. ވަށަފަރު އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސްގެ މަގާމަށާއި ނ. ކުޑަފަރީ, ވ. ތިނަދޫ އަދި ސ. ހުޅުދޫއަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރު ކަމަށް ކުރިމަތިލާން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.
11 Oct 2026
ވ. ތިނަދޫ ކައުންސިލްގެ ރައީސް ކަމަށް ހުޅުވާލައިފި، އިންތިހާބު ނޮވެންބަރު 28 ގައި
އިލެކްޝަންސް ކޮމިޝަނުން ބުނީ އެ އިންތިހާބު އަންނަ ނޮވެންބަރު 28 ވާ ހޮނިހިރު ދުވަހު ބާއްވާ ގޮތަށް ހަމަޖައްސާފައިވާ ކަމަށެވެ.
11 Oct 2026
އެމްޓީސީސީން ދިއްދޫގައި ތަރައްގީކުރި ވޮލީބޯޅަ ކޯޓު ރަސްމީކޮށް ހުޅުވައިފި
11 Oct 2026
ރަސްމާލެ މަޝްރޫއު ހުއްޓުވުމަށް ކުރާ މަސައްކަތް ކާމިޔާބެއް ނުވާނެ
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އަބްދުއްރަހީމް ވަނީ, ދެ ދައުރެއްގައި ހިނގި ދެ ކަމެއް އެއްފަދަ ކުރައްވައިފައެވެ. އެގޮތުން، ރައީސް ޔާމީންގެ ވެރިކަމުގައި ސައޫދީ އަރަބިއްޔާގެ ކުންފުންޏަކުން ފ. އަތޮޅުގައި ހިންގަން އުޅުނު މަޝްރޫއު ހުއްޓުވުމަށް އެމްޑީޕީ އޭރު އިސް ނެގި ކަން ފާހަގަކުރައްވައި، ޔޫއޭއީގެ ކުންފުންޏަކުން ރަސްމާލޭގައި ހިންގުމަށް ހަމަޖެހިފައިވާ ބޮޑު މަޝްރޫއަށް ހުރަސް އެޅުމަށް މިހާރު ރައީސް ޔާމީން އިސްވެ ހުންނަވައި އެމްޑީޕީއާ ގުޅިގެން ކުރައްވާ މަސައްކަތާ އެއްވެސް ފަރަގެއް ނެތް ކަމަށް ވިދާޅުވެފައިވެއެވެ.
11 Oct 2026
ރިޔާދުގެ އެއާޕޯޓަށް ހޫތީން ދިން ހަމަލާ ދިވެހި ސަރުކާރުން ކުށްވެރިކޮށްފި
މި ހަމަލާއަކީ ސައޫދީ އަރަބިއްޔާގެ އިތުރުން މުޅި ސަރަހައްދުގެ ސަލާމަތާއި ހަމަޖެހުމަށް ކުރިމަތިވެފައިވާ ބޮޑު ނުރައްކަލެއް ކަމަށް ހާރިޖިއްޔާގެ ބަޔާނުގައި ވަނީ ފާހަގަކޮށްފައެވެ.
11 Oct 2026
ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ސެޕްޓެމްބަރު މަހު 59 މިލިއަން ރުފިޔާ ދޫކޮށްފި
އެ އެޖެންސީން އާންމުކުރި ތަފާސްހިސާބުތައް ދައްކާ ގޮތުން ސެޕްޓެމްބަރު މަހު މާލީ އެހީ ލިބުނީ ޖުމުލަ 15،571 މީހަކަށެވެ. އޮގަސްޓް މަހާ އަޅާ ބަލާއިރު މިއީ ލިބުނު ފައިސާގެ އަދަދާއި އެހީ ލިބުނު މީހުންގެ އަދަދުވެސް އިތުރުވުމެކެވެ. އޮގަސްޓް މަހު 15،498 މީހަކަށް 58.4 މިލިއަން ރުފިޔާ ދޫކޮށްފައިވެއެވެ.
11 Oct 2026
ބޮޑުތަކުރުފާނުމަގުގެ ތިންވަނަ ފިޔަވަހީގެ މަސައްކަތް: ފެނާއި ނަރުދަމާ ހޮޅި އަޅަނީ
އެ ކުންފުނިން ހާމަކޮށްފައިވާ ގޮތުގައި، މި ފިޔަވަހީގެ ބޭނުމަކީ އެ ސަރަހައްދުގައި ފެނާއި ނަރުދަމާގެ ހިދުމަތް ހަރުދަނާކޮށް، ރައްޔިތުންނަށް ދިމާވެފައިވާ ދަތިތަކަށް ހައްލު ހޯދައިދިނުމެވެ.
11 Oct 2026
ރައްޔިތުންގެ މަޖިލީހަށް ސްޓާލިންކުންދޭ އިންޓަރނެޓް ލައިދޭނެ ބަޔަކު ހޯދަނީ
މިކަން ކޮށްދޭ ބަޔަކު ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް ސްޓާރލިނކް ސެޓެލައިޓް އިންޓަރނެޓް ކަނެކްޝަން ސަޕްލައިކޮށް، އިންސްޓޯލް ކުރުމުގެ މަސައްކަތް ކޮށްދޭން ޖެހޭ