ހެރިޓޭޖް މިނިސްޓަރ ޔުމްނާ މައުމޫން. ފޮޓޯ: ޕީއެސްއެމް
ހަބަރު
23 Aug 2023 | 10:25
ޔުމްނާ މައުމޫންގެ ތާއީދު ރައީސް ޞާލިޙަށް

މިސަރުކާރުގެ ހެރިޓޭޖް މިނިސްޓަރު ކަން ކުރައްވަމުން ގެންދަވާ ޔުމްނާ މައުމޫން ކުރިއަށް އޮތް އިންތިޚާބުގައިވެސް މިހާރުގެ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙަށް ތާއީދު ކުރައްވާނެ ކަމަށް ވިދާޅުވެއްޖެއެވެ.

ރާއްޖޭގައި 30 އަހަރު ވެރިކަން ކުރެއްވެވި ރައީސް މައުމޫންގެ ދަރިކަނބަލުން ޔުމްނާ މައުމޫން ރައީސް ޞާލިޙަށް ތާއީދު ކުރައްވާކަމަށް ވިދާޅުވެފައިވަނީ އޭނާ ކުރައްވަވާފައިވާ ޓްވީޓެއްގައެވެ.

ޔުމްނާ ވިދާޅުވެފައިވަނީ ޤައުމުގެ ހަމަޖެހުމާއި ތަރައްޤިއަށް ރައީސް ޞާލިޙް ދެވަނަ ދައުރަކަށް އިންތިޚާބު ކުރުމަކީ މުހިންމު ކަމެއް ކަމަށް ޤަބޫލުކުރައްވަވާކަމަށެވެ.

"ރައްޔިތުންނަށް ލުއިފަސޭހަ ކޮށްދޭން މި ސަރުކާރުން ފަށާފައިވާ މުހިންމު މަސައްކަތްތަކާއި މަޝްރޫޢުތައް ކުރިޔަށް ގެންދިޔުން މުހިންމު" ޔުމްނާ ވިދާޅުވެފައިވެއެވެ.

ޔުމްނާ ރައީސް ޞާލިޙަށް ތާއީދު ކުރައްވަން ނިންމަވާފައިވާއިރު ޔުމްނާގެ އެއްބަނޑުއެއްބަފާ ބޭފުޅެއް ކަމަށްވާ ފާރިސް މައުމޫން ވެސް ރިޔާސީ އިންތިޚާބުގައި ވާދަކުރައްވަވައެވެ.

ޣައްސާން މައުމޫނު ހުންނެވީ ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުޢިއްޒުގެ ފަހަތްޕުޅުގައެވެ.

ދުންޔާ މައުމޫން ހުންނެވީ އެމްއެންޕީގެ ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނާޒިމްގެ ފަހަތްޕުޅުގައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
08 Jul 2026
އެކައުންޓިންގ ދާއިރާ ކުރިއެރުވުމަށް ދެފަރާތުން އެއްބަސްވުން
އެލައިޑް އިން ބުނީ، މި އެއްބަސްވުމުގެ މައިގަނޑު މަގްސަދަކީ ދާއިރާގެ ކުރިއެރުވުމަށްޓަކައި ދެ ފަރާތް ގުޅިގެން މަސައްކަތްކުރުމާއި، އިލްމީ ދިރާސާތައް ހިއްސާކުރުމުގެ އިތުރުން، އެކައުންޓިންގ ދާއިރާގައި އަހުލާގީ މިންގަނޑުތައް ހިފެހެއްޓުމާއި މާލީ ދާއިރާގެ ދެފުށް ފެންނަ މިންވަރު އިތުރުކުރުން ކަމަށެވެ.
08 Jul 2026
ވޯލްޑް ކަޕަށް ބޮޑު ހޭދައެެއް؛ ކޮންމެ ޓީމަކަށް ލިބޭނީ ކިހާވަރެއް؟
2026 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ އިނާމު ފައިސާ އިތުރުކުރުމަށް ފީފާއިން ނިންމާފައިވާއިރު، މުބާރާތުގައި ވާދަކުރާ ގައުމުތަކުގެ މެދުގައި 871 މިލިއަން ޑޮލަރު ބަހާލެވޭނެއެވެ. އަޅާކިޔުމެއްގެ ގޮތުން ބަލާއިރު، 2022 ވަނަ އަހަރު ގަތަރުގައި ބޭއްވި ވޯލްޑް ކަޕްގެ ޖުމްލަ އިނާމު ފައިސާގެ އަދަދަކީ 440 މިލިއަން ޑޮލަރެވެ.
08 Jul 2026
ކެންސަރުގެ ފަރުވާއަށާ ޓެސްޓްތައް ހެދުމަށް ބޭރަށްދާ މީހުން 2000އިން މަތީގައި
ރާއްޖޭގައި ކެންސަރު ބައްޔަށް ފަރުވާ ހޯދާ މީހުން އަހަރުން އަހަރަށް އިތުރު ވަމުންދާކަމަށާ މިދިޔަ އަހަރު އެކަނިވެސް ކެންސަރަށް ފަރުވާ ހޯދައި، ބައްޔާ ގުޅޭ ޓެސްޓްތައް ހެދުމަށް 2000 އަށްވުރެ ގިނަ މީހުން ބޭރަށް ދިޔަކަމަށް ސިއްޙަތާ ބެހޭ ވަޒީރު ޤީލާ ޢަލީ ވިދާޅުވެއްޖެއެވެ.
08 Jul 2026
ތިން ކިލޯއަށް ވުރެ ގިނަ މަސްތުވާތަކެއްޗާއެކު ދެ މީހަކު ހައްޔަރުކޮށްފި
މި އޮޕަރޭޝަންގައި ހައްޔަރުކޮށްފައިވަނީ ދަފްތަރު. ނަންބަރު ދރ 071 / މާލެ، ފަތުޙު އާދަމް ޙަސަންފުޅު (44އ) އާއި، ބަންގްލަދޭޝް، ޝާހު އަލްތަބުރް ރަޙްމާން (31އ) އެވެ.
08 Jul 2026
ރައީސް ލިޔުންތެރިންނަށް ތަހުނިޔާ ފޮނުއްވައިފި
34 ވަނަ ލިޔުންތެރިންގެ ދުވަހުގެ މުނާސަބަތުގައި ރައީސް މުޢިއްޒު ލިޔުންތެރިންނަށް ތަހުނިޔާ ފޮނުއްވައި ޙައްޤު ބަސް ފެތުރުމަށާއި ޤައުމަށް ފާގަތިވާނެ ގޮތަށް ލިޔުމަށް ގޮވާލައްވައިފިއެވެ.
08 Jul 2026
ސިއްޙީ ފަރުވާ ހޯދަން ބޭރަށްދާ މީހުންގެ އަދަދު މަދު ކުރެވިއްޖެ
2023 ވަނަ އަހަރާ ބަލައި، އާސަންދަ މެދުވެރިކޮށް ސިއްޙީ ފަރުވާ ހޯދަން ރާއްޖެއިން ބޭރަށްދާ މީހުންގެ އަދަދު މަދު ކުރެވިފައިވާ ކަމަށް ސިއްޙަތާއި ބެހޭ ވަޒީރު ޤީލާ ޢަލީ ވިދާޅުވެއްޖެއެވެ.
08 Jul 2026
އުރީދޫ އެޕްގެ އޮޓޯޕޭ އިން ފައިސާ ދައްކާ ދުވަސް އިޚްތިޔާރުކުރެވޭ ގޮތް ހަދައިފި
އުރީދޫ އެޕްގެ އޮޓޯޕޭ ފީޗާގެ ދަށުން ކަސްޓަމަރުން ބޭނުންވާ ތާރީޚެއްގައި އޮޓޮމެޓިކުން ބިލްތަކަށް ފައިސާ ދެއްކުމާއި ރީޗާޖްކުރެވޭނެ ގޮތް ހަމަޖައްސައިދީފައިވެއެވެ.
08 Jul 2026
އާޖެންޓީނާ އާއި މިޞްރު ބައްދަލުކުރި މެޗުގެ ވީއޭއާރުގެ މައްސަލަތައް
އެޓްލާންޓާ ސްޓޭޑިއަމްގައި އަންގާރަ ދުވަހު ކުޅުނު ވޯލްޑް ކަޕްގެ ގަދަ 16 ގެ ފޯރިގަދަ މެޗުގައި، މިޞްރުގެ މައްޗަށް 3-2 އިން ކުރިހޯދައި އާޖެންޓީނާ މުބާރާތުގެ ކުއާޓާ ފައިނަލަށް ވަނީ ދަތުރުކޮށްފައެވެ.