ރައީސް ޞާލިޙް ކެންދޫގައި ބޭއްވުުނު ޖަލްސާގައި ވާހަކަދައްކަވަނީ. ފޮޓޯ: އެމްޑީޕީ
ހަބަރު
23 Aug 2023 | 11:14
އިންތިޚާބު މިއޮތީ އެއްބުރުން ނިމިފަ، ވިސްނުން އިސްކުރައްވާ އަޅުގަނޑުމެންގެ ފަހަތަށް އަރުއްވާ: ރައީސް ޞާލިޙް

އިންތިޚާބު މިއޮތީ އެއްބުރުން ނިމިފައި ކަމަށާއި، ވިސްނުން އިސްކުރައްވާ އެމްޑީޕީގެ ފަހަތައް އެރުމަށް ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ރައީސް ޞާލިޙް މިހެން ވިދާޅުވީ އިއްޔެ ބ.ކެންދޫއަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާއި ބައްދަލުކުރައްވައި ވާހަކަ ދައްކަވަމުންނެވެ.

ރައީސް ވިދާޅުވީ ބ.އަތޮޅުގެ ބޮޑު އަޤްލަބިއްޔަތަކާއި އެކު ބ.އަތޮޅުން އެމްޑީޕީ ކޯލިޝަނަށް ތާއީދު އޮތީ ލިބިފައި ކަމަށެވެ.

ރައީސް ވިދާޅުވީ "ސީރިޔަސް" ކަމާއިއެކު މި އިންތިޚާބު ކާމިޔާބުކުރުމަށް މަސައްކަތް ކުރައްވާ ފެންނަނީ މަދު ބައެއް ކަމަށެވެ. ދެން ތިއްބެވި ބޭފުޅުން މަސައްކަތް ކުރަމުން ގެންދަވާތަން ފެންނަނީ އިންތިޚާބު ދެވަނަ ބުރަކަށް ގެންދިޔުމަށް ކަމަށާއި ދެވަނަބުރެއްގައި ކޯލިޝަން ހަދައިގެން ސަރުކާރުގެ މަޤާމްތައް ހޯދުމަށް ކަމަށް ވެސް ރައީސް ޞާލިޙް ވިދާޅުވިއެވެ.

"ޖަންގަލީގަ މަގުތައް ހުންނާނީ އެކި ގޮތްގޮތައް، އަންތަރީހަށް ނުމެ އަރާ ވިސްނުން އިސްކުރަންޖެހޭ ފުރަތަމަ، ދަންނަވަންތޯ މި އިންތިޚާބު މިއޮތީ ފުރަތަމަ ބުރުން ނިމިފަ، މިއަކު ޝައްކެއް ކުރާނެ ކަމެއް އަޅުގަނޑަކަށް މިއަދަކު ނުފެނޭ، ދެންވެސް ކުރަންވި ކަމަކީ ވިސްނުން އިސްކުރައްވާ އަޅުގަނޑުމެންނާއި އެއްކޮޅަށް އެހުރިހާ ބޭފުޅުން އަރައިވަޑައިގަންނަވަންވީ" ރައީސް ޞާލިޙް ވިދާޅުވިއެވެ.

ރައީސް ޞާލިޙް ވިދާޅުވީ ކެންޑިޑޭޓުންނަށާއި ޕާޓީތަކަށް ވެސް ފައިދާ ހުރި ގޮތަކީ އެއީ ކަމަށެވެ. ރައީސް ވިދާޅުވީ ދެވަނަ ބުރަކަށް މި އިންތިޚާބު ގެންގޮސްގެން ބައިނަގަން ނޫޅުއްވުމަށެވެ.

ރައީސް ޞާލިޙް ވިދާޅުވީ މީގެ ކުރިން ދެވަނަ ބުރަށް ގޮސްގެން ކޯލިޝަން ހަދައިގެން އައިސް ކޯލިޝަން މާ ގިނަދުވަހެއް ނުވެ ރޫޅުނު ކަމަށާއި، 2018 ގެ އިންތިޚާބަށް ފުރަތަމަ ބުރަށް ކޯލިޝަން އަކާއި އެކު ކުރިމަތިލީ އެތަޖުރިބާގެ އަލީގައި ކަމަށެވެ. ތަފާތު ސިޔާސީ ޚިޔާލު ތަކާއިއެކުވެސް ރައްޔިތުންނަސް ޚިދްމަތް ކުރުމަށް ދެމިއޮވެވުނީ މަޝްވަރާ ކުރެވި މައްސަލަތައް ހައްލުކުރެވިގެން ކަމަށެވެ.

ރައީސް ޞާލިޙް ކެމްޕޭނަށް ކުރައްވަމުން މިގެންދަވާ ދަތުރުފުޅުގައި ކޯލިޝަން ޕާޓީތަކުގެ އިސް ލީޑަރުން ދަނީ ބައިވެރިވަމުންނެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
12 Oct 2026
އިންޑިއާ މީހަކު ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި
މި ފައިސާ އަތުލައިގެންފައި ވަނީ މި މަހުގެ ހަތްވަނަ ދުވަހު ރާއްޖެއިން ބޭރަށް ފުރަންދިޔަ އިންޑިއާ މީހެއްގެ އަތުންނެވެ.
12 Oct 2026
އިމާރާތްކުރުމުގެ ލައިސަންސް ނެތި ޖަލުތައް އަޅަން ޕޮލްކޯއަށް 45.5 މިލިއަން ރުފިޔާ، ލިބުނީ ގެއްލުން
ޕޮލްކޯއަކީ މީގެ ކުރިންވެސް ފުލުހުންގެ ފްލެޓްތައް އެޅުމުގެ މައްސަލާގައި އުސޫލުން ބޭރުން ބޮޑެތި މުއާމަލާތްތަކެއް ހިންގާފައިވާ މުއައްސަސާއެއްކަން އޮޑިޓް އޮފީހުން ނެރުނު ބްލޫސް ހައުސިން ޕްރޮޖެކްޓާ ގުޅޭ ހާއްސަ އޮޑިޓްގައި ވަނީ ބަޔާންކޮށްފައެވެ. އެގޮތުން އެންމެ ފާހަގަކޮށްލެވެނީ ފުލުހުންގެ ޓަވަރުތައް އެޅުމަށް އެޑްވާންސް ފައިސާގެ ގޮތުގައި ދޭންޖެހޭ 58.9 މިލިއަން ރުފިޔާގެ ބަދަލުގައި އެކި ނަންނަމުގައި 124 މިލިއަނަށްވުރެ ގިނަ ރުފިޔާ އައިލެންޑް އެކްސްޕާޓް ކިޔާ ކުންފުންޏަކަށް ދިން މުއާމަލާތާ ގުޅޭ މައްސަލައެވެ.
12 Oct 2026
ރަސްމާލެ މަޝްރޫޢުގެ ކަންބޮޑުވުންތަކާއެކު ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އެކުގައި މަސައްކަތް ކުރަން އެއްބަސްވެއްޖެ
މި ކަންކަމަށް ޙައްލެއް ހޯދުމުގެ ގޮތުން، އިތުރު ދީނީ ޢިލްމުވެރިންނާއި ޖަމްޢިއްޔާތައް ބައިވެރިކޮށްގެން ކުރެވެހެން ހުރި މަސައްކަތްތައް، ގުޅިގެން ކުރުމަށް ދެ ފަރާތުން ވަނީ އެއްބަސްވެފަ އެވެ.
12 Oct 2026
އިމާރާތްކުރުމުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް އަމަލުކުރުމަށް އެޗްޑީސީގެ އިލްތިމާސެއް
މުއްދަތު ހަމަވުމަށްފަހު، ހުޅުމާލޭގެ އެއްވެސް ކޮންސްޓްރަކްޝަން ސައިޓެއްގައި މަސައްކަތް ކުރިއަށްގެންދެވޭނީ، ގަވާއިދާ އެއްގޮތަށް ރައްކާތެރިކަމުގެ ހުރިހާ ފިޔަވަޅުތައް އަޅައި، ސޭފްޓީ މިންގަނޑުތައް ފުރިހަމަކުރުމަށްފަހު
12 Oct 2026
ޚައިބަރު ޕްރޮވިންސްގައި ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާންކޮށް، ޢިމްރާން ޚާންގެ ޕާޓީގެ ވެރިކަން ނިމުމަކަށް
މި ނިންމުމާއެކު އެ ޕްރޮވިންސްގައި ޢިމްރާން ޚާންގެ ޕާޓީން ވެރިކަންކުރަމުންދިޔަ ސަރަޙައްދީ ސަރުކާރުގެ ބާރުތައް ކަނޑުވާލައި، އެ ސަރަޙައްދަށް ޕާކިސްތާނުގެ އަސްކަރީ ސިފައިން މިހާރު ވަނީ ފޮނުވާފައެވެ
12 Oct 2026
ދެއްވަދޫ ހޭންޑްބޯޅަ ކޯޓުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި
ގއ. ދެއްވަދޫގައި ހޭންޑްބޯޅަ ކޯޓެއް ތަރައްޤީކުރުމުގެ 1.81 މިލިއަން ރުފިޔާގެ މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށް، 120 ދުވަހުން ނިންމުމަށް ވަނީ ކަނޑައަޅައިފައެވެ.
12 Oct 2026
ވެލާނާ އެއާޕޯޓް ދެ ކެޓަގަރީއަކުން ވާދަކުރަނީ
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ވޯލްޑް ޓްރެވަލް އެވޯޑްސް 2026 ގެ ލީޑިންގ އެއާޕޯޓް އަދި ކަސްޓަމަރ އެކްސްޕީރިއަންސް ކެޓަގަރީއަށް ނޮމިނޭޓްވެ، ދުނިޔޭގެ ބޮޑެތި އެއާޕޯޓްތަކާ ވާދަކުރާނެއެވެ.
12 Oct 2026
ޔާމީންގެ ދިފާއީ ހެކިތަކާއި އަދީބު، ޒިޔަތުގެ ހެކިބަސް ބަލައިގަންނަން ނިންމައިފި
ވ. އާރަށް ކުއްޔަށް ދިން މުޢާމަލާތާ ގުޅިގެން ކުރީގެ ރައީސް ޢަބްދުالله ޔާމީންގެ މައްޗަށް ކުރާ ރިޝްވަތާއި މަނީ ލޯންޑަރިންގެ ދައުވާގެ ޝަރީޢަތުގައި، ދިފާޢީ ހެކިތައް ބަލައިގަތުމަށާއި ދައުލަތުން ހުށަހެޅި ކުރީގެ ނައިބު ރައީސް އަޙުމަދު އަދީބާއި އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޢަބްދުالله ޒިޔަތުގެ ހެކިބަސް ނެގުމަށް ކްރިމިނަލް ކޯޓުން މިއަދު ނިންމައިފިއެވެ.