ކިނަޅޮހުގައި ބޭއްވުނު ޖަލްސާގައި ރައީސް ވާހަކަފުޅު ދައްކަވަނީ ފޮޓޯ: އެމްޑީޕީ
ހަބަރު
23 Aug 2023 | 15:21
ހެޔޮވެރިކަމެއް ކުރެވޭނީ ރައްޔިތުންގެ އަޑު އަހައިގެން: ރައީސް ޞާލިޙް

ހެޔޮވެރިކަމެއް ކުރެވޭނީ ރައްޔިތުންގެ އަޑު އަހައިގެން ރައްޔިތުންގެ މުހުތާދު ތައް ފުއްދައިދީގެން ކަމަށް ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ރައީސް ޞާލިޙް މިހެން ވިދާޅުވީ ކެމްޕޭނަށް ކުރައްވަމުންގެންދަވާ ދަތުރު ފުޅުގައި ރ.ކިނަޅޮހަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާއި ބައްދަލުކުރައްވައި ވާހަކަ ދައްކަވަމުންނެވެ.

"އަޅުގަނޑު ހިތުން ވެރިކަމެއްގެ އެންމެ މުހިންމު ސިފައަކީ، ރައްޔިތުން އިންތިޚާބު ކުރާ ވެރިކަމެއްގައި ހުންނަންޖެހޭނެ އެންމެ މުހިންމު ސިފައަކީ ހެޔޮވެރިކަމެއް، ހެޔޮވެރިކަމެއް ކުރުމަށްޓަކައި ކުރަން ޖެހޭ ކަމަކީ ތިމާއަށް ހަމައެކަނި ފެންނަ ގޮތް އެއީ ހަމައެކަނި ގޮތްކަމަށް ނުބަލައި ރައްޔިތުންގެ އަޑު އަހައިގެން ރައްޔިތުންގެ މުހުތާދުތައް ދެނެގަނެގެން ރައްޔިތުން ބޭނުންވާ ގޮތައް ވެރިކަން ކުރުން" ރައީސް ޞާލިޙް ވިދާޅުވިއެވެ.

ރައީސް ޞާލިޙް އިތުރަށް ވިދާޅުވީ މީގެ ކުރީގެ ހަތަރު ވެރިކަމެއް ފެނިގެން ހިނގައްޖެ ކަމަށާއި، މީގެ ކުރީގެ އިންތިޚާބުތައް ކައިރިވެގެން ދާއިރު އެންމެން އެއް އަޑަކުން ގޮވަނީ ވެރިކަން ބަދަލު ކުރަން ކަމަށެވެ.

އަދި އެއީ ރައްޔިތުން އެދުނު ފަދަ ހެޔޮ ވެރިކަމެއް ރައްޔިތުން އިންތިޚާބު ކުރި ފަރާތައް ނުކުރެވުމުން ކަމަށް ރައީސް ވިދާޅުވިއެވެ. މިއަދު އެކަންތަފާތު ކަމަށާއި ވެރިކަމަށް އައުމުގެ ކުރިން ވީ ވަޢުދުތައް ފުއްދަމުންދާތަން ރައްޔިތުން އެބަ ދެކޭ ކަމަށް ރައީސް ޞާލިޙް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މިހާރު މިވަމުންދާ ވަޢުދުތައް ފުއްދާނެ ކަމުގެ ޔަޤީންކަން ރަށްރަށުގެ ރައްޔިތުންނަށް މިހާރު އެބައޮތް ކަމަށެވެ.

"އަޅުގަނޑުމެންނަށް ބިންގަލެއް އެޅިއްޖެ، އަސާސީ ޚިދްމަތްތައް އަދި ކިރިޔާ ރައްޔިތުންނަށް ފޯރުކޮށްދީ މިނިމެނީ، އެއަށްފަހުގައި އަދި މީހެއްގެ ދިރިއުޅުމުގެ މަސައްކަތް ފަށައިގަނެވޭނީ، ކުރިއަށް އޮތް ތަނުގައި އަޅުގަނޑުމެންގެ މެނިފެސްޓޯ އެކުލެވިފައިމިއޮތީ އެކަމުގެ މައްޗަށް" ރައީސް ވިދާޅުވިއެވެ.

ލާމަރުކަޒީކޮށް ރައްޔިތުންނާއި ވީހާ ގާތުން މަސައްކަތް ކުރެވޭނެ ގޮތެއް އޮތުމަކީ ހެޔޮވެރިކަމެއް ކުރުމަށް ކޮންމެހެން ބޭނުންވާ ކަމެއް ކަމަށާއި، މުޅި ރާއްޖެއަށް މިގެނެވޭ ތަރައްޤީގެ އެއް ސަބަބަކީ ލާމަރުކަޒީކޮށް ބާރުތައް ދޫކޮށްލުން ކަމަށް ރައީސް ޞާލިޙް ވިދާޅުވިއެވެ.

ރ.އަތޮޅަށް މިއަދު ފެއްޓެވި ދަތުރުފުޅުގައި ރައީސް ޞާލިޙް ކިނަޅޮހަށް ވަޑައިގަތުމުން އެމަނިކުފާނަށް ގިނަ ބަޔަކު ވަނީ މަރުޙަބާ ކިޔައިފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
ވީއައިއޭއާއި މާމަހި ލައުންޖް ވޯލްޑް ޓްރެވަލް އެވޯޑްސް އަށް ނޮމިނޭޓްވެއްޖެ
ވޯލްޑް ޓްރެވަލް އެވޯޑްސް 2026 ގެ ޝަރަފުވެރި ދެ ކެޓަގަރީއަކުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓާއި މާމަހި އެގްޒެކެޓިވް ލައުންޖް ނޮމިނޭޓްވެއްޖެއެވެ.
04 Aug 2026
އެސްޖޭ މިސްކިތް ލަސްވުމުން ކުންފުނީގެ ދިފާޢުގައި ޝަހީމް ނުކުންނަވައިފި
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހުޅުމާލެ އުތުރު ދާއިރާގެ މެންބަރު ޙުސައިން ޝަރީފު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ވަޒީރު ވިދާޅުވީ، އެ މިސްކިތް ބިނާކުރުމުގެ ކަންކަމާގުޅޭ އިދާރީ މަސައްކަތާއި އަދި މިސްކިތުގެ ޑިޒައިނާއި ގުޅިގެން، މަސައްކަތްކުރިއަށް ގެންދާ ކުންފުންޏަށް ބޮޑެތި ދަތިތަކާ ކުރިމަތިލާންޖެހިފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރު ސުވާލުކުރެއްވި އިރު މިސްކިތުގެ މައްސަލަ ހައްލުވިތާ 4 މަސް ފާއިތުވެ ހިނގައްޖެ
މެމްބަރުގެ ސުވާލަށް ޖަވާބުދެއްވަމުން މިނިސްޓަރު ޝަހީމް ވިދާޅުވީ، ތުޅާދޫ މިސްކިތް ހުރި ސަރަހައްދުން ގަބުރުތައް ނަގައި ސާފްކޮށް ނިމިގެންދިޔަ ރޯދަމަހު އެ މިސްކިތުގައި ނަމާދުކުރަން ފަށާފައިވާކަމަށެވެ
04 Aug 2026
ޣައްޒާގައި ބޭއްވޭ އެންމެ ބޮޑު އެއް ޖަނާޒާ މިއަދު
އިސްރާއީލުގެ ނިރުބަވެރި ބާރުތަކުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކުގައި ޝަހީދުކޮށްލާފައިވާ އެއް އާއިލާއަކަށް ނިސްބަތްވާ 112 މީހެއްގެ ހަށިގަނޑު ވަޅުލުމަށް ބާއްވާ ބޮޑު ޖަނާޒާ މިއަދު ބޭއްވުމަށް ތައްޔާރުވެއްޖެއެވެ. މިއީ މި ޤަތުލްއާއްމު ފެށުނު ފަހުން ބޭއްވޭ އެންމެ ބޮޑު އެއް ޖަނާޒާއެވެ.
04 Aug 2026
މި ދައުރުގައި ޤުރުއާނާ ބެހޭ މަރުކަޒުގެ މަސައްކަތްތައް ހުރިހާ ރަށަކަށް ފުޅާކުރެވޭނެ
މި ދައުރުގެ ތެރޭގައި ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުގެ މަސައްކަތްތައް މުޅި ރާއްޖެއަށް ފުޅާ ކުރެވިގެންދާނެ ކަމަށް އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ މުހައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
04 Aug 2026
ކޮޅުވެއްޓިން ގެއްލުނު ދެ މީހުން އަދިވެސް ނުފެނޭ
ކ. ގާފަރު ކައިރިން ބަންޑުންޖަހާލި އެލްސީވީން ގެއްލިގެން ހޯދަމުންދާ ދެ މީހުން ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް ކޯސްޓްގާޑުން ކަނޑާއި ވައިގެ މަގުން ކުރިއަށްގެންދާ ކަމަށާ އެހެން ނަމަވެސް އަދި އެމީހުން ނުފެންނަ ކަމަށް އެ އިދާރާއިން ބުނެފިއެވެ.
04 Aug 2026
ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރުގައި 15،403 މީހުން
މިއަހަރުގެ އެޕްރީލް މަހުގެ ނިޔަލަށް ރާއްޖޭގައި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ގޮތުގައި 15،403 ފަރާތެއް ދަފްތަރުކުރެވިފައިވާ ކަމަށް އެންސްޕާއިން ބުނެފިއެވެ. މީގެ ތެރޭގައި އޭޕްރީލް މަހު އަލަށް ރަޖިސްޓަރީވި 96 ފަރާތެއްވެސް ހިމެނެއެވެ.
04 Aug 2026
ނިޔަފަތި ކެއުމުގެ އާދަ ހުއްޓައިލާނީ ކިހިނެއް؟
ނިޔަފަތި ކެއުމަކީ ގިނަ ބަޔަކު ނޭނގި ނަމަވެސް ކޮށް އުޅޭ ވަރަށް ޢާންމު އާދައެކެވެ. ދިރާސާތަކުން ދައްކާ ގޮތުގައި ފުރާވަރުގެ ކުދީންގެ ތެރެއިން ގާތްގަނޑަކަށް 45 އިންސައްތަ ކުދީން ނިޔަފަތި ކައެވެ. އަދި ކުޑަކުދީންގެ ތެރެއިން 30 އިންސައްތަ ކުދީންނާއި ޒުވާނުންގެ ތެރެއިން 25 އިންސައްތަ މީހުންނާއި ދޮށީ ޢުމުރުގެ ފަސް އިންސައްތަ މީހުންގެ ގައިގައި މި އާދަ ހުރެއެވެ.