މީދޫ ރައްޔިތުން ރައީސް ޞާލިޙަށް މަރުޙަބާ ކިޔަނީ. ފޮޓޯ:އެމްޑީޕީ
ހަބަރު
23 Aug 2023 | 21:26
ރައްޔިތުން ތިބީ އެކައްޗެއް ކިޔައިގެން އުފާވެރި އަމާން ރާއްޖެއެއް ހޯދުމަށް: ރައީސް ޞާލިޙް

ދިވެހިރައްޔިތުން ތިބީ އެކައްޗެއް ކިޔައިގެން އުފާވެރި އަމާން ރާއްޖެއެއް ހޯދުމަށް ކަމަށް ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ ރ.މީދޫގައި ބޭއްވި ބައްދަލުވުމެއް ގައި ވާހަކަ ދައްކަވަމުންނެވެ.

"އަޅުގަނޑަށް ފެންނަނީ ވަރަށް އުންމީދީ މަންޒަރެއް، އުފާވެރި އަމާން ރާއްޖެ ހޯއްދެވުމަށްޓަކައި ރައްޔިތުން އެކީ ނުކެމެތިއްބެވިތަން، އިރާދަކުރެއްވިއްޔާ މިއިންތިޚާބު ވެގެންދާނެ އެންމެ ބޮޑު ތަފާތަކުން އެއްބުރުން ނިމިގެންދާނެ އިންތިޚާބަށް" ރައީސް ޞާލިޙް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ރައްޔިތުންގެ އިތުބާރު އެމަނިކުފާނަށް އޮތް ކަމަށެވެ. އަދި ވޭތުވެދިޔަ ތަނުގައި މިސަރުކާރުން ކުރި މަސައްކަތް އަދި ކުރަމުންދާ މަސައްކަތް ރައްޔިތުން ބަލައި ގަނެފައިވާ ކަމަށްވެސް ރައީސް ޞާލިޙް ވިދާޅުވިއެވެ.

ރައީސް ޞާލިޙުގެ ވާހަކަފުޅުގައި އިތުރަށް ވިދާޅުވީ އުފާވެރި އަމާން ރާއްޖެއެއް ހޯދައިދިނުމަށް މިކުރާ މަސައްކަތަކީ ރާއްޖެގެ ހުރިހާ ރައްޔިތުންނަށް ތަފާތުކުރުމެއް ނެތި އެކަން ހޯދައި ދިނުން ކަމަށާއި، އެއީ ވަކިރަށެއް ވަކި ފިކުރެއް ވަކި ވިސްނުމެއް އޭގައި ބެލުމެއް ނެތި ކޮންމެ ރައްޔިތަކަށް އެބޭނުންވަ އަސާސީ ހައްޤުތަކާއި ބޭނުންވާ މިނިވަންކަމާއި ބޭނުންވާ ފުދުންތެރިކަން އެމީހަކަށް އެއާއިލާއަކަށް ހޯދައިދިނުން ކަމަށެވެ.

ހަމައެއާއިއެކު ކުރިއަށް އޮތް ދައުރުގައިވެސް ކަންތައްތައް ރޭވިގެން ހިނގަމުންދާނީ އެގޮތައް ކަމަށް ރައީސް ވިދާޅުވިއެވެ. އަދި އެއްވެސް ރަށެއް ތަފާތުކުރުމެއް ނެތި މަޝްރޫޢުތައް ކުރިއަށް ގެންދަވާނެ ކަމަށް ރައީސް ޞާލިޙް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ކުރިން މީދޫއަކީ ވަކި ޕާޓީއެއްގެ ޖަގަހައެކޭ ބުނާ މިންވަރަށް އެއްޕާޓީއަކަށް ތާއީދު ކުރި ބައެއް ކަމަށާއި، ނަމަވެސް މިހާރު މީދޫގެވެސް ގިނަ މީހުން ތިބީ ރަށުތަރައްޤީއާއި އެކު ކުރިއަށްދާން ނިންމައިންގެން ކަމަށެވެ.

ރައީސް ޞާލިޙް ވިދާޅުވީ ސިޔާސީ ޙިޔާލު ތަފާތުވުނަތަކެއް ހުއްޓަސް މީދޫ ރައްޔިތުންވެސް މިހާރު ބޭނުންވަނީ ރަށުގެ ތަރައްޤީ ކަމަށެވެ.

ރައީސް ޞާލިޙް ރ.އަތޮޅަށް ކުރައްވަމުން މިގެންދަވާ ދަތުރުފުޅުގައި ރ.އަތޮޅުގެ ގިނަ ރަށްތަކަކަށް ވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ. އިންތިޚާބަށް 16 ދުވަހަށް ވެފައިވާއިރު އިންތިޚާބުގައި ވާދަކުރައްވާ ހުރިހާ ކެންޑިޑޭޓުންވެސް މިހާރު ވަނީ ކެމްޕޭނުގެ ފޯރި ވަރަށްބޮޑަށް ގަދަކުރައްވައިފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
ވީއައިއޭއާއި މާމަހި ލައުންޖް ވޯލްޑް ޓްރެވަލް އެވޯޑްސް އަށް ނޮމިނޭޓްވެއްޖެ
ވޯލްޑް ޓްރެވަލް އެވޯޑްސް 2026 ގެ ޝަރަފުވެރި ދެ ކެޓަގަރީއަކުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓާއި މާމަހި އެގްޒެކެޓިވް ލައުންޖް ނޮމިނޭޓްވެއްޖެއެވެ.
04 Aug 2026
އެސްޖޭ މިސްކިތް ލަސްވުމުން ކުންފުނީގެ ދިފާޢުގައި ޝަހީމް ނުކުންނަވައިފި
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހުޅުމާލެ އުތުރު ދާއިރާގެ މެންބަރު ޙުސައިން ޝަރީފު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ވަޒީރު ވިދާޅުވީ، އެ މިސްކިތް ބިނާކުރުމުގެ ކަންކަމާގުޅޭ އިދާރީ މަސައްކަތާއި އަދި މިސްކިތުގެ ޑިޒައިނާއި ގުޅިގެން، މަސައްކަތްކުރިއަށް ގެންދާ ކުންފުންޏަށް ބޮޑެތި ދަތިތަކާ ކުރިމަތިލާންޖެހިފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރު ސުވާލުކުރެއްވި އިރު މިސްކިތުގެ މައްސަލަ ހައްލުވިތާ 4 މަސް ފާއިތުވެ ހިނގައްޖެ
މެމްބަރުގެ ސުވާލަށް ޖަވާބުދެއްވަމުން މިނިސްޓަރު ޝަހީމް ވިދާޅުވީ، ތުޅާދޫ މިސްކިތް ހުރި ސަރަހައްދުން ގަބުރުތައް ނަގައި ސާފްކޮށް ނިމިގެންދިޔަ ރޯދަމަހު އެ މިސްކިތުގައި ނަމާދުކުރަން ފަށާފައިވާކަމަށެވެ
04 Aug 2026
ޣައްޒާގައި ބޭއްވޭ އެންމެ ބޮޑު އެއް ޖަނާޒާ މިއަދު
އިސްރާއީލުގެ ނިރުބަވެރި ބާރުތަކުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކުގައި ޝަހީދުކޮށްލާފައިވާ އެއް އާއިލާއަކަށް ނިސްބަތްވާ 112 މީހެއްގެ ހަށިގަނޑު ވަޅުލުމަށް ބާއްވާ ބޮޑު ޖަނާޒާ މިއަދު ބޭއްވުމަށް ތައްޔާރުވެއްޖެއެވެ. މިއީ މި ޤަތުލްއާއްމު ފެށުނު ފަހުން ބޭއްވޭ އެންމެ ބޮޑު އެއް ޖަނާޒާއެވެ.
04 Aug 2026
މި ދައުރުގައި ޤުރުއާނާ ބެހޭ މަރުކަޒުގެ މަސައްކަތްތައް ހުރިހާ ރަށަކަށް ފުޅާކުރެވޭނެ
މި ދައުރުގެ ތެރޭގައި ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުގެ މަސައްކަތްތައް މުޅި ރާއްޖެއަށް ފުޅާ ކުރެވިގެންދާނެ ކަމަށް އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ މުހައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
04 Aug 2026
ކޮޅުވެއްޓިން ގެއްލުނު ދެ މީހުން އަދިވެސް ނުފެނޭ
ކ. ގާފަރު ކައިރިން ބަންޑުންޖަހާލި އެލްސީވީން ގެއްލިގެން ހޯދަމުންދާ ދެ މީހުން ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް ކޯސްޓްގާޑުން ކަނޑާއި ވައިގެ މަގުން ކުރިއަށްގެންދާ ކަމަށާ އެހެން ނަމަވެސް އަދި އެމީހުން ނުފެންނަ ކަމަށް އެ އިދާރާއިން ބުނެފިއެވެ.
04 Aug 2026
ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރުގައި 15،403 މީހުން
މިއަހަރުގެ އެޕްރީލް މަހުގެ ނިޔަލަށް ރާއްޖޭގައި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ގޮތުގައި 15،403 ފަރާތެއް ދަފްތަރުކުރެވިފައިވާ ކަމަށް އެންސްޕާއިން ބުނެފިއެވެ. މީގެ ތެރޭގައި އޭޕްރީލް މަހު އަލަށް ރަޖިސްޓަރީވި 96 ފަރާތެއްވެސް ހިމެނެއެވެ.
04 Aug 2026
ނިޔަފަތި ކެއުމުގެ އާދަ ހުއްޓައިލާނީ ކިހިނެއް؟
ނިޔަފަތި ކެއުމަކީ ގިނަ ބަޔަކު ނޭނގި ނަމަވެސް ކޮށް އުޅޭ ވަރަށް ޢާންމު އާދައެކެވެ. ދިރާސާތަކުން ދައްކާ ގޮތުގައި ފުރާވަރުގެ ކުދީންގެ ތެރެއިން ގާތްގަނޑަކަށް 45 އިންސައްތަ ކުދީން ނިޔަފަތި ކައެވެ. އަދި ކުޑަކުދީންގެ ތެރެއިން 30 އިންސައްތަ ކުދީންނާއި ޒުވާނުންގެ ތެރެއިން 25 އިންސައްތަ މީހުންނާއި ދޮށީ ޢުމުރުގެ ފަސް އިންސައްތަ މީހުންގެ ގައިގައި މި އާދަ ހުރެއެވެ.